Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައުލޫމާތުތައް ހާމަކުރުން

ތަސައްވުރަކީ، މައުލޫމާތަށް އެދުމުގެ ކުރިން އިދާރާތަކުން މައުލޫމާތުތައް ހާމަކުރާ ހިސާބަށް ގެންދިއުން: އިންފޮމޭޝަން ކޮމިޝަނަރު

އެގޮތަށް މައުލޫމާތުތައް ހާމަކުރާނަމަ މައުލޫމާތުތަކަށް ރައްޔިތުން އެދޭ މިންވަރު މަދުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ސެޕްޓެމްބަރު 2021 | ބުދަ 18:48
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު ޢާހިދު ރަޝީދު ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު ޢާހިދު ރަޝީދު ވާހަކަދައްކަވަނީ

ތަސައްވުރަކީ ގާނޫނުގައި ބުނެފައިވާ މިންގަނޑަށް މައުލޫމާތަށް އެދުމުގެ ކުރިން ދައުލަތުގެ ހުރިހާ އިދާރާއަކުން މައުލޫމާތުތައް ގަވާއިދުން ހާމަކުރާ ހިސާބަށް ގެންދިއުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު ޢާހިދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޢާހިދު ވިދާޅުވީ އެކޮމިޝަންގެ ތަސައްވުރަކީ ދައުލަތުގެ ހުރިހާ އިދާރާކުން ވެސް ހާމަކުރަންޖެހޭ މައުލޫމާތުތައް ގަވާއިދުން ހާމަކުރާ ހިސާބަށް ގެންދިއުން ކަމަށެވެ. އެގޮތަށް މައުލޫމާތުތައް ހާމަކުރާނަމަ އެފަދަ މައުލޫމާތުތަކަށް ރައްޔިތުން އެދޭ މިންވަރު މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޢާހިދު ވިދާޅުވީ ގާނޫނުގައި ބުނެފައިވާ މިންގަނޑަށް ދައުލަތުގެ ހުރިހާ އިދާރާއަކުން ވެސް އެއްހަމައެއްގައި މަސައްކަތް ކުރާނަމަ މައްސަލަތައް ވެސް މަދުވާނެ ކަމަށެވެ.

އެހިސާބަށް ގެންދިއުމަށް ގިނަ މަސައްކަތްތައް ކުރާކަން ފާހަގަކުރައްވައި އާހިދު ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަނީ އެފަދަ މުއައްސަސާއަކާ މަޝްވަރާކޮށް ހައްލު ހޯދުމަށް ކަމަށެވެ. އެގޮތުން މުއައްޒަފުން ހޭލުންތެރި ކުރުވުމާއި، ދިމާވާ ގޮންޖެހުންތައް ދެނެގަނެ ހައްލު ހޯދައިދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދައުލަތުގެ އިދާރާތަކުން ކޮންމެހެން އަޕްޑޭޓް ކޮށްފައި ހުންނަން ޖެހޭ މައުލޫމާތުތައް އަޕްޑޭޓް ކުރަންޖެހޭ ކަމަށާއި، އެކަމަށް ވެސް ވަރަށް ބާރު އަޅާ ކަމަށެވެ.

ރާއްޖޭގައި ކުރިންސުރެ އޮތީ ސިއްރުކުރުމުގެ ސަގާފަތެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ, މައުލޫމާތަށް އެދިގެން މައުލޫމާތު ނުލިބޭކަމުގެ ޝަކުވާއެއް އަތުވެއްޖެނަމަ އެމައްސަލައެއް ބަލާ ކަމަށެވެ. އަދި ފޯރުކޮށްދޭން ޖެހޭ މައުލޫމާތެއް ނަމަ އެމައުލޫމާތެއް ފޯރުކޮށްދޭ ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރާ މިންވަރާއި ހާމަކޮށްފައި ހުރި ގޮތް މޮނިޓަރ ކުރަން ފަށާނެ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރު

އިތުރަށް ކިޔާލަން

18 މެއި 2024

ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!

18 މެއި 2024
ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!
14 ޖެނުއަރީ 2022

މިވަގުތު ރަން ވަނަ ދެވޭވަރުގެ އިދާރާއެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރ

14 ޖެނުއަރީ 2022
މިވަގުތު ރަން ވަނަ ދެވޭވަރުގެ އިދާރާއެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރ
13 ޖެނުއަރީ 2022

މައުލޫމާތު ފޯރުކޮށްދިނުމަށް ޖެހިލުންވަނީ ކުރީއްސުރެ އޮތް އާދަކާދައިގެ ސަބަބުން

13 ޖެނުއަރީ 2022
މައުލޫމާތު ފޯރުކޮށްދިނުމަށް ޖެހިލުންވަނީ ކުރީއްސުރެ އޮތް އާދަކާދައިގެ ސަބަބުން
18 އެޕްރީލު 2017

އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި

18 އެޕްރީލު 2017
އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި
10 އެޕްރީލު 2017

ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް

10 އެޕްރީލު 2017
ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް
06 އެޕްރީލު 2017

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

06 އެޕްރީލު 2017
ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް