Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026 | އާދީއްތަ 09:57

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ދެއްވި ތަޤުރީރުގައި، ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވި ރާގާއި ބަސްމަގު ހުރި ގޮތުން އެމަނިކުފާނުގެ އަސްލު މިޒާޖު ހާމަވެފައިވާ ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. މައުލޫމާތު ހާމަކުރުމުގައި މި ސަރުކާރުން ނަމޫނާ ދައްކާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަން ބަޔާންކޮށް، އިންފޮމޭޝަން ކޮމިޝަނަރަށް އެމަނިކުފާނު ކުރެއްވި ތުހުމަތުތަކަށް މި ލިޔުމުގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 26 ޖުލައި 2026 | އާދީއްތަ 09:57
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް

އެއީ ޑރ މުހައްމަދު މުއިއްޒުއެވެ. ކުރީގެ ހައުސިންގ މިނިސްޓަރެވެ. އޭގެ ފަހުން މާލޭގެ މޭޔަރެވެ. އަދި މިހާރު ރާއްޖޭގެ ވަލިއްޔުލް އަމުރެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއެވެ. މިވަގުތު އެންމެ މީހުން ގިނަ ސިޔާސީ ޕާޓީގެ އެންމެ އިސް ލީޑަރެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރައްވައިގެން ތިންބާރުގެ ބާރު ނަންގަވައިގެން ހުންނެވި ބޭފުޅާއެވެ.

ތަފާތެއް ނެތެވެ. ބައިކުޅަ ބައިވެސް ބަދަލެއް ނާދެއެވެ. ހަމަ އޭރުގެ މިޒާޖެވެ. އެ ހިފަހައްޓަވައިގެން ހުންނެވި ހަމައިގައެވެ. އެކަމަކު މިފަހަރު ވަރަށް ތަފާތު މެހެފިލްއެއް ގައެވެ. ރާއްޖޭގެ 61 އެއްވަނަ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައެވެ. މުޅި ޤައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެތައްބަޔަކު ހާޒިރުވެ ތިބި ޖަލްސާގައެވެ. ޓީވީތަކުންނާއި ސޯޝަލް މީޑިޔާއިން މުޅި ދުނިޔެ ބަލަމުން ގެންދަނިކޮށެވެ.

މިނިވަން ދުވަހުގެ ސްޕީޗްގެ ރާގާއި އެމަނިކުފާނު ބަސްތައް ވިދާޅުވި ގޮތެވެ. ކޯފާ އިސްކުރައްވާ ހުންނެވި ފަދަ މޭރުމަކުންނެވެ. އެހެން މީހުންނަކީ ބައެއް ނޫންކަމަށް ދޭހަކޮށްދޭން އުޅުއްވުމެވެ. ކުރީގެ ސަރުކާރުތަކާއި އެސަރުކާރުގެ ވެރިން ކުރެއްވި ވައްކަމެވެ. ހިންގެވި ބޮޑެތި ޚިޔާނާތްތަކުގެ ވާހަކައެވެ. ޤައުމު އަޅުވެތިކުރެއްވި ގޮތެވެ. އިސްލާމްދީނާ ޤައުމުގެ އިސްތިޤްލާލް ނަގާލަން ކޮށްފައިވާ ކަންކަމެވެ. އެވެރިންނަށް އެއްވެސް ކަމެއް ނުކުރެވުނު ވާހަކައެވެ. ހަމަ ކުރިން ކުރި އެއްކަމެއްވެސް ނެތީއެވެ.

އޭރު ކުރި ކަންކަން ލިސްޓް ކިޔައިދޭކަށް ނެތީމެވެ. ނިމިދިޔަ ސަރުކާރަކުން ކޮށްފައިވާ ކަންކަން ވިދާޅުވާން މިހާރު ހުންނެވި ރައީސަކަށް ފަސޭހަފުޅު ނުވެދާނެ އެވެ. މައްސަލައަކީ އެއެއް ނޫނެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ، އެހެން މީހުންނަނުކުރެވުނު ވާހަކައާއި ކުރީގެ ސަރުކާރުން ހިންގެވި ޖަރީމާތަކުގެ ވާހަކަ ގެންނެވުމުގައި އެގެންގުޅުވި މަލާމާތުގެ ރާގެވެ. މިސަރުކާރުން ކުރިކަމަށް ބުނާ ކަންކަން ވިދާޅުވަމުން ކުރިއަށް އެގެންނަވާ ޖުމްލައެވެ. "ފަސްއަހަރުން ނުކުރެވުނު" ، "އެވެރިންނަށް ނުކުރެވުނު" "ކުރަންކުރަން ކިޔާލަ ކިޔާލަ ތިބި ކަންކަން" ފަދަ އިބާރާތައް ގެންނެވި ގޮތާއި އެވާހަކަތައް ވިދާޅުވި ރާގެވެ.

ދެން އޮތީ ކަނޑައެޅިގެން ހެއްދެވި ދޮގު ވާހަކައެވެ. ތަފްސީލަކަށް ނުދާނަމެވެ. ހަމަ އެންމެ ކަމަކުން ދޫކޮށްލާނަމެވެ. ވެރިކަން ހިންގަވަމުން ގެންދަވަނީ އެހެން އެއްވެސް ސަރުކާރަކުން ނުހިންގާ ވަރަށް ދެފުށް ފެންނަ ގޮތަކަށް ކަމަށް ވިދާލުވެ އެވިދާޅުވި ވާހަކަފުޅެވެ. ފޮރުވާނެ އެއްވެސް އެއްޗެއް ނުބާއްވާ ހާމަކަން ބޮޑުކޮށް ހިންގަވާކަމަށް ވިދާޅުވި ވާހަކަފުޅެވެ. އެއްވެސް އާރުޓީއައިއަކަށް ޖަވާބު ނުދެއްވާ ނެތް ހަމައެކަނި ސަރުކާރު ކަމަށް ވިދާޅުވިއެވެ. 100 ޕަސެންޓް އާރުޓީއައިއަށް ޖަވާބު ދެއްވި ސަރުކާރު ކަމަށް އަމިއްލަ ފުޅަށް ވިދާޅުވުމެވެ. އަދި އެވާހަކަ ގެންނެވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ ބޮލުގައި އެޅުވި ބޮޑު ތުހުމަތެވެ. ކުރެއްވި ބޮޑު ބަދުނާމެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އައްޔަންކޮށްފައިވާ އެމީހުންގެ އޯޑަރަށް ކަންކުރައްވާ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ސިފަކުރެއްވި ސިފަކުރެއްވުމެވެ. ރައީސުލް ޖުމްހޫރިއްޔާއަކު ވިދާޅުވާން ނުވާވަރަށް އިންފޮމޭޝަން ކޮމިޝަނަރަށް ބަސްފުޅު ވިދާޅުވުމެވެ. ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ހެއްދެވިއިރު، ސިޔާސީ ކުޑަމިނުން ސިޔާސީ މަގާމްތަކުގެ އަދަދުވެސް ހާމަ ކުރައްވާފައި ނެތުމެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ކުރިން ހުންނަ އެ މައުލޫމާތުތައް އުނިކުރުމެވެ. ކުރިން އެވެބްސައިޓުގައި ހިމެނި ޚަބަރުތައްވެސް މިހާރު ނުފެންނަގޮތައް ފޮރުވާލުމެވެ. ނުވިތާކަށް މިސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަކީ މައުލޫމާތު ނުދީގެން ކޯޓަށް ދާން ޖެހުނު ފުރަތަމަ ފަހަރެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރި އަމުރަށް ތަބާ ނުވެގެން ފުރަތަމަ ފަހަރަށް ޖޫރިމަނާކުރަންޖެހުނު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހެވެ.

އިތުރަކަށް ހާސަރުތަކެއް ދަމާކަށް ނެތީމެވެ. ކޮނުނު ވަރަކަށް ފަސްގިނަވާނެތީއެވެ. އެކަމަކު ނިންމާލަމުންވެސް ބުނާން އޮތީ މިއަދުވެސް ފެނުނީ ވެރިކަމަށް އައުމަށް ދެއްކެވިފަދަ ވާހަކަފުޅުތަކެއް ކަމެވެ. ވެރިކަމަށް އައުމަށް ހަތިޔާރަކަށް ބޭނުންކުރެއްވި "އިންޑިޔާ އައުޓް" ގައި ދެއްކެވި މަންޒަރުތަކާއި އެފަދަ އަޑުތަކެއް ކަމެވެ. ވެރިކަމަށް ވަޑައިގެން ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ލިބިވަދައިގެންނެވި ކަމަށް ޤަބޫލު ކުރެއްވި ފެހި ސިގްނަލްތަކާއެކު އަވައްޓެރި އިންޑިއާއަށް "ކުރުދޮށިން ދެއްވި ދެއްވުން" ބަސްމަގެކެވެ. އެފަދަ ގަދަބަސްވިދާޅުވުމެކެވެ. އެހެން މީހުންނަކީ ބައެއް ނޫންކަމަށް ދެކިވަޑައިގެންނެވި ދެކެވަޑައިގެންނެވުމެވެ. މީހަކީ ތިމާ މީހާކަމެވެ.

ކޮންމެއަކަސް މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ ސަމާއު ޝަރީފް ސްޕީޗް ބައްލަވާފައި ވިދާޅުވިހެން " މިހާ އަޚްލާގް ދަށް ވެރިއަކު މިރާއްޖޭގެ ވެރިކަމަކަށް ނާދެއޭ" ބުނާކަށް އަހރެން ނެތީމެވެ. އެކަމަކުވެސް ފެނުނީ މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެކެވެ. އެކަމަކު މިފަހަރު މިނިވަންދުވަހުއެވެ.

ޑރ. މުޙައްމަދު މުޢިއްޒުމިނިވަން ދުވަސް20 ވަނަ ރައްޔިތުންގެ މަޖިލީސްއިންފޮމޭޝަން ކޮމިޝަނަރުސަމާއު ޝަރީފްރާއްޖެ-އިންޑިއާ

އިތުރަށް ކިޔާލަން

26 ޖުލައި 2026

"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް

26 ޖުލައި 2026
"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް
26 ޖުލައި 2026

ނޫސްވެރިން ޖަލަށްލީ ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީފައިވާ ކަމަށް!

26 ޖުލައި 2026
ނޫސްވެރިން ޖަލަށްލީ ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީފައިވާ ކަމަށް!
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!
26 ޖުލައި 2026

ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެއްވޭނީ 2029 ގައި ކަމަށް ރައީސް ވިދާޅުވެއްޖެ!

26 ޖުލައި 2026
ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެއްވޭނީ 2029 ގައި ކަމަށް ރައީސް ވިދާޅުވެއްޖެ!
26 ޖުލައި 2026

އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އޯޑަރު އަންނަ ސިޔާސީ އިދިކޮޅު ފަރާތެއްކަމަށް ރައީސް ވިދާޅުވެއްޖެ!

26 ޖުލައި 2026
އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އޯޑަރު އަންނަ ސިޔާސީ އިދިކޮޅު ފަރާތެއްކަމަށް ރައީސް ވިދާޅުވެއްޖެ!
26 ޖުލައި 2026

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

26 ޖުލައި 2026
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އަރުވައިފި
26 ޖުލައި 2026

ލޯނު ދައްކަން ހުންނަ ފައިސާ ރައީސް މުއިއްޒު ހަރަދު ކުރައްވަނީ ލެގަސީ ޕްރޮޖެކްޓުތަކަށް، ނަމަވެސް ނަތީޖާއެއް ނުފެނޭ: ޝާހިދު

26 ޖުލައި 2026
ލޯނު ދައްކަން ހުންނަ ފައިސާ ރައީސް މުއިއްޒު ހަރަދު ކުރައްވަނީ ލެގަސީ ޕްރޮޖެކްޓުތަކަށް، ނަމަވެސް ނަތީޖާއެއް ނުފެނޭ: ޝާހިދު
26 ޖުލައި 2026

ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް: ރައީސް ސޯލިހު

26 ޖުލައި 2026
ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް