Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިލަމާލެ ބުރިޖު

ތިލަމާލެ ބްރިޖަކީ ހަމައެކަނި ޑރ. މުއިއްޒުގެ މަސައްކަތުން ނިންމާ މަޝްރޫއެއްކަމަށް ދައްކަން ހަގީގަތް އޮޅުވާލުމަކީ ރަނގަޅު ގޮތެއް ނޫން: އަސްލަމް

15 އޯގަސްޓު 2026 | ހޮނިހިރު 14:12

ތިލަމާލެ ބްރިޖުގެ މަސައްކަތް މި ސަރުކާރުން ފެށީ ސުމަކުން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ވާހަކަފުޅަށް، ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ރައްދު ދެއްވައިފި. އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުން ބްރިޖުގެ ގިނަ މަސައްކަތްތަކެއް ނިންމާފައިވާ ކަމަށާއި ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އޯގަސްޓު 2026 | ހޮނިހިރު 14:12
ކުރީގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

ކުރީގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

މި ސަރުކާރުން ތިލަމާލެ ބުރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ގާތްގަނޑަކަށް ސުމަކުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، އެއީ ހަމައެކަނި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅެއް ކަމަށް ދެއްކެވުމަށް މަސައްކަތް ކުރެއްވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ދަ ޕަލްސް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ފެށި ތިލަމާލެ ބުރިޖުގެ މަސައްކަތް މި ސަރުކާރުން ހަވާލުވީއިރު، މާލެ އާއި ވިލިމާލެއާ ދޭތެރޭ އެކަނި ވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށާއި، އެއީ ގާތްގަނޑަކަށް މި ސަރުކާރުން ސުމަކުން ފެށި މަޝްރޫއެއް ކަމަށެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެއީ މި ސަރުކާރުން ސުމަކުން ފެށި މަޝްރޫއެއްކަމަށް ވިދާޅު ނުވެވޭނެ ކަމަށެވެ. އަސްލަމް ވިދާޅުވީ، ތަނބުތައް ޖެހުމަށްޓަކައި ޖަހަންޖެހޭ ދަގަނޑު ކޭސިންގތައް ވެސް ބައެއް ހިސާބުތަކުގައި ޖަހާފައި ހުންނާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ، މި ބުރިޖަކީ ޕްރިކާސްޓްކޮށް، ބައިތައް ހަދައިގެން ގެނެސް ގުޅުވަންޖެހޭ އެއްޗަކަށްވާއިރު، އެތަކެތި ކާސްޓުކުރުމަށް ސެޓަޕް ހަދައި ބޮޑުބައި ނިންމާފައި އޭރު ގުޅީފަޅުގައި ވެސް ހުންނާނެ ކަމަށެވެ. އަދި އެ ބައިތައް އިންސްޓޯލްކުރީ މި ސަރުކާރުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، މިއީ ދައުލަތެއް ކަމަށާއި، އެއް ސަރުކާރަކުން ނިމުނިއިރު ހުރި ކަންކަން ދެން އަންނަ ސަރުކާރަކުން ނިންމައިދިނުމަކީ އެކަން އޮންނަ ގޮތް ކަމަށެވެ. ވީއިރު، ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް މިއީ ހަމައެކަނި ރައީސް މުއިއްޒު ކޮށްދެއްވި ކަމެއްކަމަށް ދެއްކެވުމަށް މަސައްކަތް ކުރެއްވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެއީ މި ސަރުކާރުން ސުމަކުން ފެށި މަޝްރޫއެކޭ ނުދެންނެވޭނެ، ތަނބުތައް ޖެހުމަށްޓަކައި ޖަހަންޖެހޭ ދަގަނޑު ކޭސިންގތައް ވެސް ޖަހާފައި ހުންނާނެ ބައެއް ހިސާބުތަކުގައި، މި ބްރިޖަކީ ޕްރިކާސްޓްކޮށް، ބައިތައް ހަދައިގެން ގެނެސް ގުޅުވަންޖެހޭ އެއްޗަކަށްވާއިރު، އެ ތަކެތި ކާސްޓުކުރުމަށް ސެޓަޕް ހަދައި ބޮޑުބައި ނިންމާފައި އޭރު ގުޅީފަޅުގައި ވެސް ހުންނާނެ. އެ ބައިތައް އިންސްޓޯލްކުރީ މި ސަރުކާރުން. މިއީ ދައުލަތެއް، ދައުލަތަކުން ކުރަންޖެހޭ ކަމެއް އެއީ އެއް ސަރުކާރަކުން ނިމުނިއިރު ހުރި ކަންކަން ނިންމައިދިނުން، ނަމަވެސް މިއީ ހަމައެކަނި ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮށްދިން ކަމެއްކަމަށް ދެއްކުން އެއީ ރަނގަޅު ގޮތެއް ނޫން ކަންނޭނގެ، ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި އައިސް ތިބޭ ބައެއް ވެރިންނަކީ
މުހައްމަދު އަސްލަމް

ތިލަމާލެ ބުރިޖަކީ ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު އެއް އިންފްރާސްޓްރަކްޗަރ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭނެ އެވެ. 

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން، އެ ގައުމުގެ ލޯނު އަދި ހިލޭ އެހީގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގެ ސްޕީޑާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ރައީސް މުއިއްޒު ވެސް ވަނީ މި ފަހުން ވިދާޅުވެފަ އެވެ. އަދި ރައީސް ވިދާޅުވެފައި ވަނީ އެކަމާ ގުޅިގެން ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. 

އެހެންނަމަވެސް މިފަހަރުގެ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ، މިހާރު މަޝްރޫއު އެ ދަނީ ވަރަށް ބާރަށް ކަމަށާއި، ބުރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑުގައި ގެންދެވިއްޖެ ނަމަ، މާ ލަސްތަކެއް ނުވެ ނިމޭނެ ކަމަށެވެ.

ތިލަމާލެ ބުރިޖުގެ ތަނބެއް ނުފެނިގެން ހަޖޫޖެހިއިރު، ބުރިޖުގެ މުހިއްމު އަދި ބައިވަރު އެތައް މަސައްކަތެއް ނިމިދިޔަ ސަރުކާރުގައި އެތަނުގައި ކުރިއަށްދިޔަކަން މި ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަދި ނިމިދިޔަ ސަރުކާރުގެ ޒުވާނުންނާބެހޭ ވަޒީރު އަހުމަދު މަހްލޫފު ވެސް މީގެ ކުރިން ވިދާޅުވެފައިވާއިރު، އެ ވީޑިއޯތައް ވެސް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ތިލަމާލެ ބްރިޖްމުހައްމަދު އަސްލަމްއެފްކޮންސް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2026

ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ

12 އޮކްޓޯބަރު 2026
ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވެއްޖެ
03 އޮކްޓޯބަރު 2026

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ވަކާލާތު ކުރުމުގައި ދިވެހިރާއްޖެ އޮތީ ވަރަށް ކުރީގައި، ނަމަވެސް އެކަން ކޮށްގެން ފައިސާއެއް ނުލިބޭ: އަސްލަމް

03 އޮކްޓޯބަރު 2026
މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ވަކާލާތު ކުރުމުގައި ދިވެހިރާއްޖެ އޮތީ ވަރަށް ކުރީގައި، ނަމަވެސް އެކަން ކޮށްގެން ފައިސާއެއް ނުލިބޭ: އަސްލަމް
31 އޯގަސްޓު 2026

ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!

31 އޯގަސްޓު 2026
ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!
27 އޯގަސްޓު 2026

މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"

27 އޯގަސްޓު 2026
މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"
27 އޯގަސްޓު 2026

އިންޑިއާއިން އަޅާ ބްރިޖެއްގައި ކޮލިޓީ ނުހުންނާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅު ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

27 އޯގަސްޓު 2026
އިންޑިއާއިން އަޅާ ބްރިޖެއްގައި ކޮލިޓީ ނުހުންނާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅު ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
23 އޯގަސްޓު 2026

މުއިއްޒު ލޮޖިކް: "ކާމިޔާބެއް ވިއްޔާ މަ" "ގޯހެއް ވިއްޔާ ކުރީ ސަރުކާރު"

23 އޯގަސްޓު 2026
މުއިއްޒު ލޮޖިކް: "ކާމިޔާބެއް ވިއްޔާ މަ" "ގޯހެއް ވިއްޔާ ކުރީ ސަރުކާރު"
22 އޯގަސްޓު 2026

ކުރީގެ ރައީސް ސޯލިހު ސަރުކާރުގައި ފެށި ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓްގެ މަސައްކަތް ފަށައިފި

22 އޯގަސްޓު 2026
ކުރީގެ ރައީސް ސޯލިހު ސަރުކާރުގައި ފެށި ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓްގެ މަސައްކަތް ފަށައިފި
17 އޯގަސްޓު 2026

މަޝްރޫއުތަކުގެ ހިންގުން ސުމެއްގައި، އެކަމަކު ފެންނަނީ ކޮންމެ ކަމެއްގައި ކްރެޑިޓްނަގަން އުޅޭތަން!

17 އޯގަސްޓު 2026
މަޝްރޫއުތަކުގެ ހިންގުން ސުމެއްގައި، އެކަމަކު ފެންނަނީ ކޮންމެ ކަމެއްގައި ކްރެޑިޓްނަގަން އުޅޭތަން!
25 ޖޫން 2026

ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް

25 ޖޫން 2026
ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް
05 ޖޫން 2026

ބައި އިލެކްޝަންގައި ވާދަކުރާ ސޮޑާ އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް: އަސްލަމް

05 ޖޫން 2026
ބައި އިލެކްޝަންގައި ވާދަކުރާ ސޮޑާ އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް