Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ ހޯރަފުށި

ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް

25 ޖޫން 2026 | ބުރާސްފަތި 08:40

ހދ. ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައި، އެ ރަށުގެ ކައުންސިލް އުވާލުމާ ގުޅިގެން، ހޯރަފުއްޓަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯރަފުށީ ކައުންސިލުން ވަނީ ހުޅުވާލާފައި. މިގޮތުން ހޯރަފުއްޓަށް ބަދަލުވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރުމަށް ހަނިމާދޫ ކައުންސިލުން މިހާރު އިޢުލާންކޮށްފައިވާއިރު، މިކަމާ ގުޅިގެން ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުނޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖޫން 2026 | ބުރާސްފަތި 08:40
ހޯރަފުށީ ކައުންސިލު

ހޯރަފުށީ ކައުންސިލު | ހޯރަފުށީ ކައުންސިލް

ހއ ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް ކަމަށާއި، ހދ. ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެ ސަބަބާހުރެކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ.

ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައި ހިރިމަރަދޫއަކީ މީހުން ދިރި ނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން 2026 މޭ 17 އިން ފެށިގެން އެ ރަށުގެ ކައުންސިލާއި ކައުންސިލްގެ އިދާރާ ވެސް ރަސްމީކޮށް ވަނީ އުވާލާފައެވެ. 

Advertisement - newsAdvertisement

މި ބަދަލުތަކާއެކު އަލަށް އިންތިޚާބުވި ލޯކަލް ކައުންސިލާއެކު ހިރިމަރަދޫ ރައްޔިތުން އިދާރިގޮތުން ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައި ވަނީ ހިމަނާފައެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އެރަށުގެ ރައްޔިތުން ވޯޓު ދީފައިވަނީވެސް ހަނިމާދޫގެ ކައުންސިލް އިންތިޚާބުކުރުމަށެވެ.

ހިރިމަރަދޫއިން ހަނިމާދޫއަށް އައި ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް ހޯރަފުށީ ކައުންސިލުން ރަސްމީކޮށް ވަނީ ދައުވަތު ދީފައެވެ. އެހެންކަމުން އެ ދައުވަތު ޤަބޫލުކޮށް، އެ ރަށަށް ބަދަލުވާން ބޭނުންވާ މީހުން  ނަން ނޯޓުކުރުމުގެ ފުރުސަތު ހަނިމާދޫ ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ. 

ހަނިމާދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ހޯރަފުށީ ކައުންސިލުގެ އާންމު ޖަލްސާއެއްގައި ނިންމި ނިންމުމެއްގެ ދަށުން ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ ރައްޔިތުންނަށް ރަސްމީކޮށް ދައުވަތު ދީފައިވާ ކަމަށެވެ.

އެހެންކަމުން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން 24 ޖޫންއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ އަދި މިހާރުގެ ހަނިމާދޫ އަވަށު އޮފީހުގައި ނަން ނޯޓުކުރުމަށް އިއުލާނުގައި ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީން ސުވާލު ކުރުމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު އަސްފާމް ވިދާޅުވީ، ހޯރަފުއްޓަކީ ކުދި އާބާދީތަކުން އެ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް މަރުޙަބާ ކިޔާ ރަށެއް ކަމަށެވެ. އަދި ކައުންސިލުން އަމިއްލައަށް އިސްނަގައިގެން އެ ދައުވަތު ދީފައިވަނީ އެ ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން ހަތިފުށި އަދި ބެރިންމަދޫ ރައްޔިތުންނަށްވެސް ދައުވަތުދީ މަރުޙަބާ ކިޔާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަސްފާމް ވިދާޅުވި ގޮތުގައި މިއީ ނިމިދިޔަ ކައުންސިލުން 27 މާރޗު 2026 ގައި ބޭއްވި ކައުންސިލު ބައްދަލުވުމެއްގައި ނިންމި ނިންމުމެކެވެ. އަދި 28 މާރޗު 2026 ގައި ސިޓީއެއް ފޮނުވައި، ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް ދައުވަތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ހަނިމާދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގެ ދަށުން ރައްޔިތުން، ނަން ނޯޓުކުރުމުން އެކަމުގައި ހޯރަފުށި ކައުންސިލުން ވާންޖެހޭ ތައްޔާރީތައް ކައުންސިލުން ކުރިއަށް ގެންދާނެ ކަމަށާއި، އެކަމުގައި ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް ކައުންސިލުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހއ. ހޯރަފުށިހދ. ހިރިމަރަދޫހަނިމާދޫމުހައްމަދު އަސްލަމްހިރިމަރަދޫ-ހަނިމާދޫ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ޖޫން 2026

ބައި އިލެކްޝަންގައި ވާދަކުރާ ސޮޑާ އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް: އަސްލަމް

05 ޖޫން 2026
ބައި އިލެކްޝަންގައި ވާދަކުރާ ސޮޑާ އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް: އަސްލަމް
18 މެއި 2026

ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް ރަސްމީކޮށް އުވާލައިފި

18 މެއި 2026
ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް ރަސްމީކޮށް އުވާލައިފި
28 އެޕްރީލު 2026

ބިން ކަނޑައަޅާ ދިނުމުން ވެސް އައުޓްޑޯ ޖިމުގެ މަސައްކަތް ސަރުކާރަކަށް ނުވި: ވަހީދު

28 އެޕްރީލު 2026
ބިން ކަނޑައަޅާ ދިނުމުން ވެސް އައުޓްޑޯ ޖިމުގެ މަސައްކަތް ސަރުކާރަކަށް ނުވި: ވަހީދު
27 އެޕްރީލު 2026

މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް

27 އެޕްރީލު 2026
މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް
26 އެޕްރީލު 2026

ހޯރަފުށީ ކުނި ކޮށްޓަށް ބިން ހަމަޖައްސައިދިނީމައި ބުނީ ކައުންސިލުން އެއްބާރުލުން ނުދެޔޭ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެޔޭ: ވަހީދު

26 އެޕްރީލު 2026
ހޯރަފުށީ ކުނި ކޮށްޓަށް ބިން ހަމަޖައްސައިދިނީމައި ބުނީ ކައުންސިލުން އެއްބާރުލުން ނުދެޔޭ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެޔޭ: ވަހީދު
24 އެޕްރީލު 2026

ހޯރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނުނިމޭ. ތިންވަނަ ފިޔަވަހި އިއުލާން ކުރި އިރު ތަރައްގީ ކުރާނެ މަގެއް ކޮންސެޕްޓެއް ނޭނގޭ.

24 އެޕްރީލު 2026
ހޯރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނުނިމޭ. ތިންވަނަ ފިޔަވަހި އިއުލާން ކުރި އިރު ތަރައްގީ ކުރާނެ މަގެއް ކޮންސެޕްޓެއް ނޭނގޭ.
24 އެޕްރީލު 2026

ސަރުކާރު ބަދަލުވިފަހުން ހޯރަފުށީ ބޮޓެލިން ޕްލާންޓް ހުރީ ދަބަރަށްވާން ދޫކޮށްލާފައި، ކުރިހާ ވެސް ކަމަކީ އެތަނުގައި ހުރި އޭސީތައް ނައްޓައިގެން ގެންދިއުން

24 އެޕްރީލު 2026
ސަރުކާރު ބަދަލުވިފަހުން ހޯރަފުށީ ބޮޓެލިން ޕްލާންޓް ހުރީ ދަބަރަށްވާން ދޫކޮށްލާފައި، ކުރިހާ ވެސް ކަމަކީ އެތަނުގައި ހުރި އޭސީތައް ނައްޓައިގެން ގެންދިއުން
23 އެޕްރީލު 2026

އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

23 އެޕްރީލު 2026
އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ
18 އެޕްރީލު 2026

ހޯރަފުށީގެ ތަރައްގީގެ ހުރިހާ ވައުދެއް ''ޖަމަލު ފޮޑިއަށް ވަނީ ބަދަލުވެފައި'' ، އިންތިޚާބާ ދިމާކޮށް އާދަޔާ ހިލާފު ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫއު ވެސް ފެށި!

18 އެޕްރީލު 2026
ހޯރަފުށީގެ ތަރައްގީގެ ހުރިހާ ވައުދެއް ''ޖަމަލު ފޮޑިއަށް ވަނީ ބަދަލުވެފައި'' ، އިންތިޚާބާ ދިމާކޮށް 
އާދަޔާ ހިލާފު ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫއު ވެސް ފެށި!
17 އެޕްރީލު 2026

ހޯރަފުށީގެ ތަރައްގީ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި، 12.5 މިލިއަން ރުފިޔާގެ ބޮޓްލިން ޕްލާންޓު ވެސް ދަބަރަށްވެ ގެއްލިގެން ދިއުމުގެ ބިރުއެބައޮތް: ވަހީދު

17 އެޕްރީލު 2026
ހޯރަފުށީގެ ތަރައްގީ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި، 12.5 މިލިއަން ރުފިޔާގެ ބޮޓްލިން ޕްލާންޓު ވެސް ދަބަރަށްވެ ގެއްލިގެން ދިއުމުގެ ބިރުއެބައޮތް: ވަހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް