Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިލަމާލެ ބްރިޖު

އިންޑިއާއިން އަޅާ ބްރިޖެއްގައި ކޮލިޓީ ނުހުންނާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅު ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

27 އޯގަސްޓު 2026 | ބުރާސްފަތި 02:54

ތިލަމާލެ ބްރިޖުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމުމަށް އިންޑިއާ ސަރުކާރާއެކު މަސައްކަތް ކުރައްވަމުންދާ ކަމަށާއި، މި މަޝްރޫއުގެ ފެންވަރު ރަނގަޅުވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފި. މި މަސައްކަތް ގާތުން ބެއްލެވުމަށް ހައި ލެވަލް ކޮމިޓީއެއް އެކުލަވާލައްވާފައިވާއިރު، ސިނަމާލެ ބްރިޖުގެ ކޮލިޓީ ކޮންޓްރޯލް ބެލެހެއްޓި ކުންފުނިން މި ބްރިޖުގެ މަސައްކަތް ވެސް ސުޕަވައިޒް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 27 އޯގަސްޓު 2026 | ބުރާސްފަތި 02:54
ނޭޝަން ޗެޓް ޕްރޮގްރާމުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ނޭޝަން ޗެޓް ޕްރޮގްރާމުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

އިންޑިއާއިން އަޅާ ބްރިޖެއްގައި ކޮލިޓީ ނުހުންނާނެ ކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވި ނަމަވެސް، ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅު ވާނެ ކަމަށް އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާއިން ގެނެސްދޭ ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާއެކު ބޭއްވެވި ފުަރަތަމަ ބައްދަލުވުމުގައި، ތިލަމާލެ ބްރިޖުގެ މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު އިސްނަންގަވައިގެން ވިދާޅުވި ކަމަށެވެ. އަދި އެއަށްފަހު ބްރިޖުގެ މަޝްރޫއު ގާތުން ބެއްލެވުމަށްޓަކައި ހައި ލެވަލް ކޮމިޓީއެއް އެކުލަވާލެއްވި ކަމަށެވެ.  

Advertisement - newsAdvertisement

ސިނަމާލެ ބްރިޖު އެޅިއިއިރުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އެމަނިކާފާނު އަމަލީ ގޮތުން މަަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ، ތިލަމާލެ ބްރިޖު މަޝްރޫއު ވެސް އެގޮތަށް ކުރިއަށްގެންދަން އެދިވަޑައިގެންނެވި ކަމަށެވެ. އަދި ބޮޑުވަޒީރު މޯދީ އާއެކު ދެއްކެވި ވާހަކަފުޅަށް ފަހު، އިންޑިއާ ސަރުކާރުގެ ފަރާތުން ވެސް މި މަޝްރޫއަށް އިސްކަމެއް ލިބުނު ކަމަށް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވަނީ މާ ލަސްތަކެއް ނުވެ މާލެއާއި ވިލިމާލެއާ ދެމެދު ދަތުރުކުރެވެން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ޓެކްނިކާލިޓީތަކަށް ދެން ދާން ޖެހޭނީ އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ގުޅީފަޅާއި ހަމައަަށް ބްރިޖު ގުޅިގެން މުޅި ބުރިޖުގައި ތާރު އެޅުމާއި މިކަންކަން ވެސް ދާން އޮތީ ސައިޓު ހުރީ ގުޅީފަޅުގައި، އެހެންވީމަ ވިލިނގިލި އާއި މާލެއާ ދެތެރޭ އަނެއްހެން ގުޅިގެން ދިޔަޔަސް ބޭނުން ކުރަން ފެށޭ ހިސާބަކަށް އަދި ނުއެއް ދޭ، މިއާއެކީގައި ގޮސް ތިލަފުއްޓާއި ހަމައަށް ގޮސް ކަންނެ މި ބްރިޖު ގުޅިގެން ބޭނުން ކުރަން ފެށޭނީ، އަޅުގަނޑަކަށް މުޅި ތަފްސީލެއް އެންމެ ފަހުގެ އަޕްޑޭޓެއް ލިބިފައެއް ނެތް  
ރައީސް މުއިއްޒު

ތިލަމާލެ ބްރިޖުގެ ކޮލިޓީ ވެސް ބަލަހައްޓަނީ ސިނަމާލެ ބްރިޖު އެޅިއިރު ބެލެހެއްޓި ކުންފުނިންކަން ފާހަގަކުރައްވާ، ރައީސް މުއިއްޒު ވިދާޅުވީ މި ބްރިޖުގެ ވެސް ކޮލިޓީ ރަނގަޅު ވާނެ ކަަމަށެވެ. 

ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާ އެވެ. މި މަޝްރޫއަށް އޭރުގެ އިދިކޮޅު ފަރާތްތަކުން، އަދި އަދުގެ ސަރުކާރުގެ އިސްވެރިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ. 

ޑރ. މުހައްމަދު މުއިއްޒުތިލަމާލެ ބްރިޖް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު

26 އޯގަސްޓު 2026
ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު
25 އޯގަސްޓު 2026

އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު

25 އޯގަސްޓު 2026
އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު
24 އޯގަސްޓު 2026

ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ

24 އޯގަސްޓު 2026
ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ
23 އޯގަސްޓު 2026

މުއިއްޒު ލޮޖިކް: "ކާމިޔާބެއް ވިއްޔާ މަ" "ގޯހެއް ވިއްޔާ ކުރީ ސަރުކާރު"

23 އޯގަސްޓު 2026
މުއިއްޒު ލޮޖިކް: "ކާމިޔާބެއް ވިއްޔާ މަ" "ގޯހެއް ވިއްޔާ ކުރީ ސަރުކާރު"
23 އޯގަސްޓު 2026

ރައީސްގެ އާއިލީ ވަކީލު އާޒިމާ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަޤާމަށް އައްޔަނުކޮށްފި

23 އޯގަސްޓު 2026
ރައީސްގެ އާއިލީ ވަކީލު އާޒިމާ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަޤާމަށް އައްޔަނުކޮށްފި
22 އޯގަސްޓު 2026

ކުރީގެ ރައީސް ސޯލިހު ސަރުކާރުގައި ފެށި ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓްގެ މަސައްކަތް ފަށައިފި

22 އޯގަސްޓު 2026
ކުރީގެ ރައީސް ސޯލިހު ސަރުކާރުގައި ފެށި ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓްގެ މަސައްކަތް ފަށައިފި
21 އޯގަސްޓު 2026

ކޮންމެ ރައްޔިތަކަށް ރައީސް މުއިއްޒު ދެއްވަން ވިދާޅުވާ ބޯހިޔާވަހިކަން - ދައުރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ވިދާޅުވަނީ "މިހާރު ދެން އެބަ ފެށޭ" ކަމަށް!

21 އޯގަސްޓު 2026
ކޮންމެ ރައްޔިތަކަށް ރައީސް މުއިއްޒު ދެއްވަން ވިދާޅުވާ ބޯހިޔާވަހިކަން - ދައުރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ވިދާޅުވަނީ "މިހާރު ދެން އެބަ ފެށޭ" ކަމަށް!
21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
20 އޯގަސްޓު 2026

10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!

20 އޯގަސްޓު 2026
10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!
19 އޯގަސްޓު 2026

މުއިއްޒު ބޭބެ ހާދަ ކޫލް އޭ، އިނގިރޭސި ބަހަށް ހާދަ މޮޅޭ

19 އޯގަސްޓު 2026
މުއިއްޒު ބޭބެ ހާދަ ކޫލް އޭ، އިނގިރޭސި ބަހަށް ހާދަ މޮޅޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް