Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން

ބައި އިލެކްޝަންގައި ވާދަކުރާ ސޮޑާ އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް: އަސްލަމް

5 ޖޫން 2026 | ހުކުރު 08:28

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ސޯދިގަކީ ފައިސާއަށް ނުވިކޭނެ އިޚުލާސްތެރި ބޭފުޅެއް ކަމަށް ކުރީގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 5 ޖޫން 2026 | ހުކުރު 08:28
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަސްލަމް، އެމްޑީޕީގެ "ސޯބެ ޖަލްސާ"ގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަސްލަމް، އެމްޑީޕީގެ "ސޯބެ ޖަލްސާ"ގައި ވާހަކަދައްކަވަނީ | އެމްޑީޕީ

 އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ ގައުމަކަށް މީހަކު ނާރުވާނީ ބޮޑު ސަބަބެއް އޮތުމުން ކަމަށެވެ. ނަމަވެސް ސޮޑާ ބޮއިކޮޓް ކުރި ދެ ގައުމަކީ ކޮބައިކަމެއް އަސްލަމް ހާމަ އެއް ނުކުރައްވަ އެވެ. އަދި އޭނާ ބޮއިކޮޓް ކުރި ސަބަބު އެނގިވަޑައި ނުގަންނަވާ ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

އެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީ އިން އެ ދާއިރާ އަށް ވާދަކުރާ ކެނޑިޑޭޓް  ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް އަސްލަމް ވަނީ ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ އެވެ. އަދި އެމްޑީޕީގައި ތިބީ އެ ޕާޓީ އަށް ވެރިކަން ގެއްލުމުން، އައްޑޫގައި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގައި، ޓެރަރިސްޓުންތަކެއް ކަމަށް ބުނެ ސަރުކާރުގެ އިސްވެރިން ދައްކާފައިވާ ވާހަކަތަކަށް އަސްލަމް ވަނީ ރޭ ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ 7 ފެބްރުއަރީގެ މައްސަލައިގައި ދައުވާ ކުރި މީހުންގެ ތެރޭގައި އަހުމަދު ސައީދު ހިމެނޭ ކަމަށާއި އެހެންކަމުން ޓެރަރިސްޓެއްގެ ގޮތުގައި މީހަކު ބަލާ ނަމަ ބެލެވޭނެ މީހަކީ އެއީ ކަމަށް އަސްލަމް ވިދާޅުވި އެވެ. 

އެމްޑީޕީ އިން ހޯދި ހައްގުތައް ބީވެގެންދާ އިރު ބޭނުންވަނީ ސޯބެ ފަދަ ޔަޤީންކަން އޮތް މެމްބަރުން ކަމަށް އަސްލަމް ވިދާޅުވި އެވެ. ސޯބެ އަކީ އެމްޑީޕީ އަށް ލިބިފައިވާ ވަރުގަދަ ތަނބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސޯބެ އަކީ ފައިސާ އަށް ވިކޭނެ ބޭފުޅެއް ނޫން ކަމަށާއި އެއީ އިޚުލާސްތެރި އެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މެމްބަރުގެ ހުންނަން ޖެހޭ ކޮލިޓީ. މެމްބަރުގެ ހުންނަން ޖެހޭ ސިފަ." އަސްލަމް ވިދާޅުވި އެވެ.

މުލިއާގެއިން ބަހާ ފައިސާގެ ފަހަތުން ދުވާ މީހަކަށް ރައްޔިތުންނަށްޓަކާ ކޮށްދެވޭނެ ކަމެއް ނުއޮންނާނެ ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

ހިތަދޫ އުތުރުއަޙްމަދު ސަޢީދުމުހައްމަދު އަސްލަމްއަބްދުﷲ ސާދިގުޕީއެންސީއެމްޑީޕީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ޖޫން 2026

ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު

05 ޖޫން 2026
ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު
04 ޖޫން 2026

ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

04 ޖޫން 2026
 ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި
04 ޖޫން 2026

ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ

04 ޖޫން 2026
ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ
04 ޖޫން 2026

މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު

04 ޖޫން 2026
މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު
04 ޖޫން 2026

އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)ގެ ތާއީދު މީކާއިލް އަށް

04 ޖޫން 2026
އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)ގެ ތާއީދު މީކާއިލް އަށް
04 ޖޫން 2026

އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކު: މީކާއިލް

04 ޖޫން 2026
އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކު: މީކާއިލް
04 ޖޫން 2026

ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު

04 ޖޫން 2026
ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު
03 ޖޫން 2026

ރައީސް ސޯލިހު ސޯބެގެ ކެމްޕެއިނަށް އައްޑޫ އަށް ވަޑައިގެންފި

03 ޖޫން 2026
ރައީސް ސޯލިހު ސޯބެގެ ކެމްޕެއިނަށް އައްޑޫ އަށް ވަޑައިގެންފި
03 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަކީ ވެސް ވަރަށް ނުބައި މަގާމެއް، އިންތިޚާބުގައި ވާދައެއް ނުކުރާނަން: ކުރީގެ ރައީސް ނަޝީދު

03 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަކީ ވެސް ވަރަށް ނުބައި މަގާމެއް، އިންތިޚާބުގައި ވާދައެއް ނުކުރާނަން: ކުރީގެ ރައީސް ނަޝީދު
03 ޖޫން 2026

ޑިފެންސް މިނިސްޓަރު ފަދަ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް ދައްކަންވާނެ: އަލީ ހުސައިން

03 ޖޫން 2026
ޑިފެންސް މިނިސްޓަރު ފަދަ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް ދައްކަންވާނެ: އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް