Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!

31 އޯގަސްޓު 2026 | ހޯމަ 13:03

ކުރީގެ ސަރުކާރުތަކުން ފަށާފައިވާ ބޮޑެތި އުމްރާނީ މަޝްރޫއުތައް ނިމުމުން، އޭގެ ކްރެޑިޓް ރައީސް ޑރ. މުއިއްޒު ނަންގަވާ. ވެލާނާ އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓު އަދި ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ލަސްވުމުން ކުރީ ސަރުކާރު އިހުމާލުވާކަމަށް ބުނާއިރު، އެ މަޝްރޫއުތައް ނިމުމުން އެއީ މި ސަރުކާރުގެ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 އޯގަސްޓު 2026 | ހޯމަ 13:03
ރައީސް މުއިއްޒު، ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުން

ރައީސް މުއިއްޒު، ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުން | ރައީސް އޮފީސް

ކަމެއް ކާމިޔާބުވެއްޖެނަމަ އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކަމެކެވެ. ނާކާމިޔާބުވެއްޖެނަމަ އެއީ އެހެން ބައެއްގެ އިހުމާލެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ ޒިންމާ އުފުލުމުގެ އުސޫލުތައް ހުރިގޮތަކީ މިއީ އެވެ.

ކަމެއް ލަސްވެ، ނުނިމި، ނުވަތަ މައްސަލައެއް ކުރިމަތިވެއްޖެނަމަ، އެކަމުގެ ފަހަތުގައި އޮންނަނީ ކުރީގެ ސަރުކާރެއް، ކޮންޓްރެކްޓަރެއް، މުއައްސަސާއެއް ނުވަތަ ކުރީގެ ސަރުކާރުން ވާރުތަވި ކޮންމެ ވެސް ކަމެއްގެ ވާހަކަ އެވެ.

ރައީސް މުއިއްޒު ސަރުކާރަށް ތިން އަހަރު ފުރެން ގާތްވަމުންދާއިރު، މުޅިންވެސް ފެންނަން އޮތީ ހަމަ މި މަންޒަރެވެ.  އުމްރާނީ ބޮޑެތި މަޝްރޫއުތައް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން، އެންމެ ފަހުން ތިލަމާލެ ބްރިޖާ ގުޅޭގޮތުންވެސް ފެންމަތިވަމުންދަނީ ހަމަ މި ވާހަކަތަކެވެ.

ސަރުކާރުތަކުގެ ދައުރަކީ ފަސް އަހަރެވެ. ނަމަވެސް އެއާޕޯޓުތަކާއި ބްރިޖުތަކާއި ބަނދަރުތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަދަ ބޮޑެތި އުމްރާނީ މަސައްކަތްތައް ނިންމުމަށް އެއަށްވުރެ ގިނަ ދުވަސް ނަގަ އެވެ. ވީއިރު ކުރީގެ ސަރުކާރަކުން ފަށާފައިވާ މަޝްރޫއުތައް އައު ސަރުކާރަކުން ނިންމުމަކީ ހިންގުންތެރި ދައުލަތެއް މަސައްކަތް ކުރަންޖެހޭ އުސޫލެވެ.

އެހެންނަމަވެސް، ރައީސް ޑރ. މުއިއްޒުގެ އުމްރާނީ ތަރައްގީ މިހާރު ވެފައިވަނީ "ރިލޭ ރޭހެއް" ފަދަ ކަމަކަށެވެ. ހަމަ ބޭނުންފުޅުވަނީ ނިންމާ ރޮނގު ކައިރީގައި ހުއްޓި ހުންނަވައިގެން ފޮޓޯއެއް ނަންގަވާށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު އިންޓަނޭޝަނަލް ޓާމިނަލަށް ބަލާލަމާ ހިނގާށެވެ.

މި މަޝްރޫއަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ފެށި މަޝްރޫއެކެވެ. ނަމަވެސް، ޓާމިނަލް ހުޅުވުނުއިރު، ރައީސް ދައްކަވާފައިވާ ވާހަކަތައް އަޑުއަހާލުމުން، އެއީ ހުދު ރައީސް މުއިއްޒު އެތަނަށް ވަޑައިގެން ނިންމެވި ޓާމިނަލްއެކޭ ވެސް ހީވާކަހަލަ އެވެ.

ރައީސް މުއިއްޒު ވިދާޅުވާގޮތުންނަމަ އެއަރޕޯޓަކީ އެމަނިކުފާނުގެ މަސައްކަތެވެ. އެއަރޕޯޓް ނިންމުމުގެ ވިސްނުމެއް ވެސް އަދި އެކަމުގެ ޕްލޭނެއް ވެސް ކުރީގެ ސަރުކާރުތަކުން ނުކުރާކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުތަކުން އޮތީ ހަމައެކަނި ސިމެންތި މަސައްކަތުން އެއަޕޯޓް ނިންމާލުން އެކަނި ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުގައިވެސް ރައީސްގެ ބަސްމަގު ފެނިގެން ދިޔައީ ހަމަ އެހެންނެވެ. އެހެނަސް އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާގެ އެގްޒިމް ބޭންކުގެ ފައިނޭންސްގެ ދަށުން ފެށި މަޝްރޫއެކެވެ.

ނަމަވެސް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް މުއިއްޒު ވަނީ ކުރީގެ ސަރުކާރުން ވާރުތަވި މި މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެކަށީގެންނުވާ ބޮޑު އަގަކަށް ކަމަށާއި، މަޝްރޫއުގެ ފެންވަރު ވެސް ދަށް ކަމަށެވެ.

އެހެންނަމަވެސް، އެއާޕޯޓު ނިމި އިފްތިތާހުކުރިއިރު، ވާހަކަ ހުރީ މުޅިން ތަފާތު ގޮތަކަށެވެ.

ދެން އޮތީ ތިލަމާލެ ބްރިޖެވެ. ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ފެށީ "ސުމަކުން" ކަމަށް ބުނެވިދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހަމަ ސީދާ ސުމަކުން ފެށި ވާހަކަ އެވެ.

އެހެންނަމަވެސް ކުރީ ސަރުކާރު ނިމުނުއިރު ބައެއް ސަރަހައްދުތަކުގައި ސްޓީލް ކޭސިންގްތައް ހުރީ ޖަހާފަ އެވެ. އަދި ކާސްޓިންގ ފެސިލިޓީތަކާއި ބްރިޖުގެ ގިނަ އަދަދެއްގެ ޕްރީކާސްޓް ބައިތައް ވެސް ހުރީ އުފައްދާފަ އެވެ.

ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ބްރިޖުގެ އޮނިގަނޑުގެ ބޮޑެތި ބައިތައް އުފައްދައި، ކާސްޓިން ފެސިލިޓީތައް ގާއިމުކޮށް، ދަގަނޑު ހޮޅި ނުވަތަ ސްޓީލް ކޭސިންގްތައް ޖެހުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެވިފައި ހުރިކަން ރެކޯޑުތަކުން ފެންނަން ހުރިއިރު، އެ މަޝްރޫއަކީ އެމަނިކުފާނުގެ ސަރުކާރުން އަލުން ފެށި މަސައްކަތެއްގެ ގޮތުގައި ސިފަކުރެއްވުމަކީ، ކްރެޑިޓް ނެގުން ނޫން ކޮން ކަމެއްތޯ އެވެ؟

އެހެންކަމުން މިއަދު ފެންނަނީ ކޮންމެ ކަމެއްގައި ވެސް ކްރެޑިޓް ނެގުމުގެ އިންތިހާ އެވެ. މަޝްރޫއެއް ނިމުމުން އެއީ ސަރުކާރުގެ ހިންގުންތެރިކަމެވެ. މަޝްރޫއެއް ލަސްވުމުން އެއީ ކުރީ ސަރުކާރުގެ ނާގާބިލުކަމެވެ. އެހެންނަމަވެސް، ކިތަންމެ ވަރަކަށް ބްރިޖުގައި ހިންގަވާފައި ފޮޓޯ ނެންގެވިޔަސް، އެ މަޝްރޫއުގެ ކްރެޑިޓެއް ރައީސް މުއިއްޒަކަށް ނުނެންގެވޭނެ އެވެ.

ޑރ. މުހައްމަދު މުއިއްޒުތިލަމާލެ ބްރިޖްމުއިއްޒުގެ ސަރުކާރު

އެންމެ ހިނގާ

1

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

2

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

3

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

ނަތަންޔާހޫގެ ދަރިފުޅުގެ ފުރާނައަށް ނުރައްކާއޮތް ކަމަށް ބުނެ އެމެރިކާއިން ކުއްލިގޮތަކަށް ސިއްރުން ބޭރުކޮށްފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރަށް ފިޔަވަޅު އެޅޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު ތަސްދީގުކޮށްފި

31 އޯގަސްޓު 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރަށް ފިޔަވަޅު އެޅޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު ތަސްދީގުކޮށްފި
31 އޯގަސްޓު 2026

މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފި

31 އޯގަސްޓު 2026
މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފި
31 އޯގަސްޓު 2026

ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

31 އޯގަސްޓު 2026
ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި
31 އޯގަސްޓު 2026

ވައުދާ އެއްގޮތަށް ނޫސްވެރިންނާ ބައްދަނުކުރައްވާ، 2 މަހަށް ފަހު، އެ ވައުދު ފުއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައީސް ބޮޑު ދޮގެއް ހައްދަވައިފި

31 އޯގަސްޓު 2026
ވައުދާ އެއްގޮތަށް ނޫސްވެރިންނާ ބައްދަނުކުރައްވާ، 2 މަހަށް ފަހު، އެ ވައުދު ފުއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައީސް ބޮޑު ދޮގެއް ހައްދަވައިފި
31 އޯގަސްޓު 2026

އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް

31 އޯގަސްޓު 2026
އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް
31 އޯގަސްޓު 2026

މި ސަރުކާރުން ބޭކާރު ގޮތުގައި ގައުމުގެ އިގުތިސާދުން 1.2 ބިލިއަން ޑޮލަރު ބޭރުކޮށް، އިސްރާފުކޮށްލައިފި: ޔައުގޫބު

31 އޯގަސްޓު 2026
މި ސަރުކާރުން ބޭކާރު ގޮތުގައި ގައުމުގެ އިގުތިސާދުން 1.2 ބިލިއަން ޑޮލަރު ބޭރުކޮށް، އިސްރާފުކޮށްލައިފި: ޔައުގޫބު
30 އޯގަސްޓު 2026

ޒައާމަތުގައި އިންޖިނޭރެއް ނެތުމުން ހެދުނު ކަނޑުކޮސް

30 އޯގަސްޓު 2026
ޒައާމަތުގައި އިންޖިނޭރެއް ނެތުމުން ހެދުނު ކަނޑުކޮސް
30 އޯގަސްޓު 2026

އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

30 އޯގަސްޓު 2026
އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
29 އޯގަސްޓު 2026

ކޮލަމާފުށީ ފެނަކަ ބްރާންޗުން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

29 އޯގަސްޓު 2026
ކޮލަމާފުށީ ފެނަކަ ބްރާންޗުން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
27 އޯގަސްޓު 2026

މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"

27 އޯގަސްޓު 2026
މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް