Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މަޝްރޫއުތަކުގެ ހިންގުން ސުމެއްގައި، އެކަމަކު ފެންނަނީ ކޮންމެ ކަމެއްގައި ކްރެޑިޓްނަގަން އުޅޭތަން!

17 އޯގަސްޓު 2026 | ހޯމަ 10:12

ތިލަމާލެ ބްރިޖަކީ ކުރީ ސަރުކާރުން އަމަލީ މަސައްކަތް ފަށައި، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ މަޝްރޫއަކަށް ވީނަމަވެސް، މިއީ އައު ސަރުކާރުން ސުމަކުން ފެށި ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވުމަކީ ހަގީގަތް އޮޅުވާލުން. ދައުލަތް ހިންގުމުގެ އުސޫލަކީ އެއް ސަރުކާރުން ފަށާ މަޝްރޫއުތައް އަނެއް ސަރުކާރަށް ވާރުތަވުން ކަމަށްވާއިރު، ސިޔާސީ މަންފާއަށްޓަކައި ތާރީޚީ ހަގީގަތްތައް ބަދަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 އޯގަސްޓު 2026 | ހޯމަ 10:12
ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ | ރައީސް އޮފީސް

ތިލަމާލެ ބްރިޖުގެ މަޝްރޫއާ ގުޅޭގޮތުން މި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ބަލާއިރު ފެންނަނީ ދައުލަތްތައް ހިނގާ އާންމު އުސޫލު ޤަބޫލުނުކޮށް، ސަރުކާރުން ކަންކަމުގެ ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ މަންޒަރެވެ. މިއީ ދިވެހި ރައްޔިތުންގެ ނަމުގައި، ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަގުވާމީ ބައިވެރިން މެދުވެރިކޮށް ފަންޑު ހޯދައި، އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއެކެވެ.

މިދިޔަ ސަރުކާރުން ފެށި މި މަޝްރޫއު ނިންމުމަށް މި ސަރުކާރުން އެތައް ޑެޑްލައިނެއް ދެމުންގޮސް، މިހާރު ރައީސް ވިދާޅުވަނީ މިއީ މި ސަރުކާރުގައި ސުމަކުން ފަށަން ޖެހުނު މަޝްރޫއެއް ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ރެކޯޑުތަކުން ވެސް އެހުރީ ފެންނާށެވެ.

ސަރުކާރާއި ދައުލަތް ހިނގާ ގޮތަކީ، އެއް ސަރުކާރަކުން ކުރާ ކަންކަން ދެން އޮންނަ ސަރުކާރަކަށް ވާރުތަވެގެން ދިއުމެވެ. އެއީ އެ ސަރުކާރެއްގެ އަރަންޏާއި ދަރަނި ވެސް ހިމެނޭ ގޮތަށެވެ. ހިނގަހިނގާހުރި މަޝްރޫއާއި ނިމި، ރިބަންކަނޑަން ވެފައި ހުރި މަޝްރޫއުތަކާއި، މުޅިން އަލަން ފަށަން ޖެހިފައި ހުރި މަޝްރޫއުތައް ވެސް ހިމެނޭ ގޮތަށެވެ.

އެއް ސަރުކާރަކުން މަޝްރޫއެއް ފަރުމާކޮށްފާނެ އެވެ. އަނެއް ސަރުކާރަކުން އެކަމަށް ބޭނުންވާ ފައިސާ ހޯދަފާނެ އެވެ. އަދި އެހެން ސަރުކާރަކުން އަމަލީ މަސައްކަތް ފަށައި، އަނެއް ސަރުކާރަކުން އެ މަސައްކަތް ހަލުވިކޮށްފާނެ އެވެ. އަދި ބައެއް ފަހަރު، އެ މަޝްރޫއެއް ނިމި ރަސްމީކޮށް ރިބަން ކަނޑާއިރު ހުންނަވަނީ މުޅިން އެހެން ސަރުކާރެއްގެ ވެރިއަކަށް ވެސް ވެދާނެ އެވެ. މިއީ ސަރުކާރުތައް ހިނގާ އާންމު އުސޫލެވެ.

އާދެވޭ ކޮންމެ ސަރުކާރަކަށް، ކުރީ ސަރުކާރުން ވާރުތަވި މަޝްރޫއެއްގެ ފެންނަން ހުރި ބޮޑެތި މަރުހަލާތައް ނިމެންދެން އެއީ ނެތް މަޝްރޫއެއް ކަމަށް ކަނޑައެޅަންވެއްޖެނަމަ، ހައްތަހާވެސް މި ޤައުމުގައި ތިބޭނީ މަޝްރޫއުތަކުގެ ބާނީންނެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަށް ބަލާއިރު ވެސް، ސަރުކާރު ބަދަލުވި ނަމަވެސް ދައުލަތް ދެމިއޮތެވެ. މަޝްރޫއު ވެސް އޮތެވެ. އެ މަޝްރޫއުގެ ފަހަތުގައި އޮތް ބައިނަލްއަގުވާމީ ބައިވެރިވުން ވެސް ދެމިއޮތެވެ. އަދި މަސައްކަތް ވެސް ކުރިއަށް ދިޔަ އެވެ. ބަދަލުވީ ހަމައެކަނި އެ މަޝްރޫއުގެ ދެން އޮތް މަރުހަލާތައް ބެލެހެއްޓުމާ ހަވާލުވި ސަރުކާރެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމިއްޖެނަމަ އެކަމުގެ ކްރެޑިޓް އެމަނިކުފާނު ނެންގެވުމަކީ މައްސަލައެއް ނޫނެވެ. މާލެ އާއި ވިލިމާލެ ގުޅުވައިދޭ ބައި ނިމުމަކާ ގާތްވެފައިވާނަމަ، އަދި ވިލިމާލެ އާއި ގުޅީފަޅު ގުޅުވައިދޭ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް، ތިލަފުއްޓާ ހަމައަށް ކުރާ މަސައްކަތް ހަލުވިވެފައިވާނަމަ، އެއީ މި ސަރުކާރަށް ފާހަގަކުރެވިދާނެ ކާމިޔާބީތަކެކެވެ.

ނަމަވެސް، ހައްގު ކްރެޑިޓް ހޯދުމަށްޓަކައި ތާރީޚު އޮޅުވާލާކަށް ނުޖެހެ އެވެ. މިއީ ހަމައެކަނި ރައީސް މުއިއްޒު އައްވަލަށް ފެއްޓެވި އަދި ހުރިހާ މަސައްކަތެއް ކުރެއްވި މަޝްރޫއެއްކަމަށް ހައްދަވައި، ސިޔާސީ ކްރެޑިޓް ހޯއްދެވުމަށް ވެސް ތާރީޚު އޮޅުވާލައްވައިގެން ނުވާނެ އެވެ.

ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ބްރިޖުގެ އޮނިގަނޑުގެ ބޮޑެތި ބައިތައް އުފައްދައި، ކާސްޓިން ފެސިލިޓީތައް ގާއިމުކޮށް، ދަގަނޑު ހޮޅި ނުވަތަ ސްޓީލް ކޭސިންގްތައް ޖެހުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެވިފައި ހުރިކަން ރެކޯޑުތަކުން ފެންނަން ހުރިއިރު، އެ މަޝްރޫއަކީ އެމަނިކުފާނުގެ ސަރުކާރުން އަލުން ފެށި މަސައްކަތެއްގެ ގޮތުގައި ސިފަކުރެއްވުމަކީ، އެންމެ ރަނގަޅަށް ބުނާނަމަ، ހަގީގަތުގެ އެއްބައި ފޮރުއްވުމެވެ. އާންމުންނަށް ހަގީގަތް އޮޅުވާލައި، މަގުފުރެއްދުމެވެ. 

ތިލަމާލެ ބްރިޖްޑރ. މުހައްމަދު މުއިއްޒުމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ރައީސް މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ ބަލިކަށިވެއްޖެ: ޑީޑީ

17 އޯގަސްޓު 2026
ރައީސް މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ ބަލިކަށިވެއްޖެ: ޑީޑީ
15 އޯގަސްޓު 2026

ސަރުކާރުގެ މީހުންނަށް ބައި އެޅުމަށްފަހު ރައްޔިތުންނަށް އޮތީ ހުސް އަތް: ކާބޯތަކެއްޗާއި ޚިދުމަތްތައް ނުލިބި ނައިވާދޫ އިން ހުސް ޝަކުވާ

15 އޯގަސްޓު 2026
ސަރުކާރުގެ މީހުންނަށް ބައި އެޅުމަށްފަހު ރައްޔިތުންނަށް އޮތީ ހުސް އަތް: ކާބޯތަކެއްޗާއި ޚިދުމަތްތައް ނުލިބި ނައިވާދޫ އިން ހުސް ޝަކުވާ
15 އޯގަސްޓު 2026

ތިލަމާލެ ބްރިޖަކީ ހަމައެކަނި ޑރ. މުއިއްޒުގެ މަސައްކަތުން ނިންމާ މަޝްރޫއެއްކަމަށް ދައްކަން ހަގީގަތް އޮޅުވާލުމަކީ ރަނގަޅު ގޮތެއް ނޫން: އަސްލަމް

15 އޯގަސްޓު 2026
ތިލަމާލެ ބްރިޖަކީ ހަމައެކަނި ޑރ. މުއިއްޒުގެ މަސައްކަތުން ނިންމާ މަޝްރޫއެއްކަމަށް ދައްކަން ހަގީގަތް އޮޅުވާލުމަކީ ރަނގަޅު ގޮތެއް ނޫން: އަސްލަމް
15 އޯގަސްޓު 2026

އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މިހުރިހާ ދުވަހު މިގައުމުގައި އޮތީ ކޮން ނިޒާމެއްތޯ؟

ޤައުމީ އިނާމު 3 ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި‏

15 އޯގަސްޓު 2026
ޤައުމީ އިނާމު 3 ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި‏
15 އޯގަސްޓު 2026

މި ސަރުކާރުން މިހާތަނަށް ނިންމި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ 590 މަޝްރޫއުތަކުގެ ތެރޭގައި ކުޑަހުވަދޫގެ އެއްވެސް މަޝްރޫއެއް ނުހިމެނޭ: ކައުންސިލްގެ ރައީސް

15 އޯގަސްޓު 2026
މި ސަރުކާރުން މިހާތަނަށް ނިންމި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ 590 މަޝްރޫއުތަކުގެ ތެރޭގައި ކުޑަހުވަދޫގެ އެއްވެސް މަޝްރޫއެއް ނުހިމެނޭ: ކައުންސިލްގެ ރައީސް
14 އޯގަސްޓު 2026

ސަރުކާރުގެ ދަރަނި 160 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެ، އޮކްޓޯބަރު މަހުގެ ނިޔަލަށް ޑޮލަރުގެ އަގު ހުންނާނީ 25 ގައި: ޒަރިޔަންދު

14 އޯގަސްޓު 2026
ސަރުކާރުގެ ދަރަނި 160 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެ، އޮކްޓޯބަރު މަހުގެ ނިޔަލަށް ޑޮލަރުގެ އަގު ހުންނާނީ 25 ގައި: ޒަރިޔަންދު
14 އޯގަސްޓު 2026

ތަކެތީގެ އަގު ބޮޑުވަނީ ސަރުކާރުން ސިޔާސަތުތަކަށް ގެންނަ ބަދަލުގެ ސަބަބުން، ފްރައިޓްގެ އަގު އެހާ ބޮޑެއް ނުވޭ: އަމްރު

14 އޯގަސްޓު 2026
ތަކެތީގެ އަގު ބޮޑުވަނީ ސަރުކާރުން ސިޔާސަތުތަކަށް ގެންނަ ބަދަލުގެ ސަބަބުން، ފްރައިޓްގެ އަގު އެހާ ބޮޑެއް ނުވޭ: އަމްރު
14 އޯގަސްޓު 2026

ރައްޔިތުންގެ ދަތިކަން ފިލުވަން މިއަދު އޮތް ހަމައެކަނި ގޮތަކީ މަގުމަތިން: މެންބަރު ޒިޔާދު

14 އޯގަސްޓު 2026
ރައްޔިތުންގެ ދަތިކަން ފިލުވަން މިއަދު އޮތް ހަމައެކަނި ގޮތަކީ މަގުމަތިން: މެންބަރު ޒިޔާދު
14 އޯގަސްޓު 2026

ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތް، ދަނީ އިނދަޖައްސަމުން: ޝާހިދު

14 އޯގަސްޓު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތް، ދަނީ އިނދަޖައްސަމުން: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް