Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"

27 އޯގަސްޓު 2026 | ބުރާސްފަތި 13:13

ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ ރައީސް ޑރ. މުއިއްޒުގެ އަމިއްލަ މަސައްކަތްޕުޅެއްގެ ގޮތުގައި ދެއްކެވުމަށް ދައުލަތުގެ މީޑިއާގައި ދެއްކެވި ވާހަކަފުޅުތަކަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. ކުރީ ސަރުކާރުން ފެށި މި މަޝްރޫއާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަދައްކަވާ ކަމަށް ބުނެ، އިންޑިއާއާ މެދު ގެންގުޅުއްވި ސިޔާސަތު ބަދަލުވުމާއި ސިނަމާލެ ބްރިޖުގެ މަސައްކަތުގައި ހުރި އުނިކަންކަން މި ލިޔުމުގައި ފާހަގަކޮށްފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 27 އޯގަސްޓު 2026 | ބުރާސްފަތި 13:13
ރައީސް ޑރ. މުއިއްޒު

ރައީސް ޑރ. މުއިއްޒު | ރައީސް އޮފީސް

މަގުމަތިން ދިމާވި މީހަކު ބުންޏެވެ. "މިއީ ދެން ތަންކޮޅެއް ބޮޑުވަރެކެވެ. މީނާ ހަމަ ބާވައޭ ވެސް ހިތަށް އަރަ އެވެ".

ވީ ކީއްހޭ އަހާލީމާ ދެން ވެސް ދަމާލީ އޭނާގެ ފަތިވަރެވެ. "އާނ.. ފަހެ ރޯމާ ދުވާލު އެ ގޮވަނީ މީހުންގެ ލޮލަށް ބޮލަށް ވިއްޔާ އެވެ. މީނާ ހިތުން އެހެން މީހުންނަކީ ދެން އެއްވެސް ވަރަކަށް ތަންދޮރު ވެސް ދަންނަ ބައެއް ނޫނެވެ"

ތަފްސީލު ކޮށްދޭން އެދުމުން ބުނީ "ރޭގަ އެޔޮށް ދެއްކި ވާހަކައެއް އަޑު އަހާލަ ބަލާށޭ އެވެ. ދައުލަތުގެ ޓީވީގައި ބަޔަކު ލައްވާ ސުވާލު ކުރުވައިގެން އެހެރަ ހަދާލި ދޮގުތަކާއި ކަނޑާލި ފޮންޏެއް ނިކަން ބަލާލަ ބަލާށެވެ". އެ މީހާ ބުންޏެވެ.

އެ ބުނާ ޓީވީ ޝޯވއެއްގައި ދެއްކެވި ވާހަކަ ބަލާލަން މަޖުބޫރުވެގެން ބަލާލާ ހިތްވީ ދެނެވެ.

އޭނާ އެބުނީ ތެދެކެވެ. އޭގައި މުއިއްޒު ދެއްކެވި މައިގަނޑު އެއް ވާހަކައަކީ ތިލަމާލެ ބްރިޖަކީ މުއިއްޒުގެ އެއްޗެއްކަމަށް ދައްކަން ދެއްކެވި ވާހަކަ އެވެ. ކުރީ ސަރުކާރުން ނަމެއްގައި ފެށިއަސް އެއީ ސީދާ މުއިއްޒުގެ މަސައްކަތް ކަމަށް ރައްޔިތުންނަށް ވިސްނައިދޭން ކުރެއްވި މަސައްކަތެވެ. ގޭގައި ހުންނެވިއިރު ކުޑަދޮރުން އެތަނުގެ މަސައްކަތް ދިޔަގޮތް ފެނިވަޑައިގެންނެވި ވާހަކައާއި ތަނބެއް ޖަހަން އުޅުނު ބަޔަކާއި ކެރޭނެއް ގެންގުޅުނު ވާހަކަ ފަދަ ލައްކަ މޮޅު ވާހަކަ ދައްކަވައިފި އެވެ. އިންޑިއާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާ އެކަން އަވަސް ކުރުމަށް ދެގައުމުން ކޮމެޓީއެއް ނެންގެވި ވާހަކައާއި ވެރިކަމުގެ ކުރީކޮޅުން ފެށިގެން އަމަލީގޮތުން އެ މަސައްކަތް ކުރައްވަން ފެށްޓެވި ވާހަކަ އެވެ. ކުރީގެ ބްރިޖުގެ ކަންކަން ވެސް 24 ގަޑިއިރު ބެއްލެވި ގޮތަށް ޚާއްސަ އިސްކަމެއް ދެއްވި ވާހަކަ އެ ދެއްކެވީ ހާދަ މޮޅަށެވެ. މި ރާއްޖޭގައި ނޫޅޭ މީހަކަށް އަދި މި މަންޒަރުތައް ލޮލަށް ނުފެންނަ މީހަކަށް ކިޔައިދިންނަމަ ބޭއިޚްތިޔާރުގައި ހާދަ މޮޅޭ، ތިޔަވަރެއް ހަމަ ނެތޭ ބުނާހާ މިންވަރަށެވެ.

ނޫނޭވާ މޮޅެވެ. މޫނަށް ރުލެއް ވެސް އަރުވާ ނުލައި ޒާތަކަށް ހިނިފުޅުވަޑުވައިގެން ހުންނަވައިގެން ތިޔަ ދެއްކެވި ވާހަކައެއްތާ އެވެ.

މުއިއްޒޫ އެވެ. އަހަރެން ހުރީ ދެން ތިޔަ ކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަތަކާމެދު އެއްޗެއް ނުބުނެ ވޭތޯ އެވެ. އެކަމަކު ދުލުގައި ހިފާ ތިޔަ ދަމަނީ މާބޮޑަށް ވިއްޔާ އެވެ.

މުއިއްޒޫ އެވެ. ތިލަމާލެ ބްރިޖުގެ ވާހަކަ ރަނގަޅުވާނީ އިތުރަށް ނުދެއްކިއްޔާ އެވެ. މީހުން ބުނެ އުޅެ އެވެ. ކޮނުނު ވަރަކަށް ގިނަވާނީ ފަހެވެ. އަމިއްލަ ފޮށާ ނުބޭލެނީސް ބައެއް ވާހަކަ ދެއްކުން ހުއްޓާލުމަށް ވެސް އިހުތިބީން ހަނދާން ކޮށްދީ އުޅެ އެވެ.

މުއިއްޒޫ އެވެ. އެ ބްރިޖުގެ މަސައްކަތް އޭރު ދިޔަވަރުގެ ވާހަކަ އަހަރެން ދައްކާކަށް ނެތީމެވެ. އެ ވާހަކަ އެންމެ ރަނގަޅަށް އަހަން ބޭނުމިއްޔާ ދެން ވެސް އެންމެ ރަނގަޅުވާނީ ޖަޕާނަށް ފޮނުވާފައި އެ ހުންނެވި ކަލޭގެ ގެނެސް އަހާލިއްޔާ އެވެ. ވަރަށް ތަފްސީލުކޮށް އެ ވާހަކަ އަދިވެސް ކިޔައިދީފާނެ އެވެ. މިހާރު ހުންނެވި ކޮޅުން މިވަގުތު ރާގު ބަދަލުވެގެން އެހެން ގޮތަކަށް ކިޔައިދިނަސް އެ ވީޑިއޯއެއް ފުހެ ނުލެވޭނެ އެވެ. އަމުދުން ތިޔަ ބްރިޖަކީ މަނިކުފާނާ ވާވެސް އެއްޗެއް ނޫންކަން ނުދަންނާނެ މީހަކު މި އުޑުބަޅުކުރި ހިސާބަކު ނޫޅޭނެ އެވެ.

މުއިއްޒޫ އެވެ. ތިޔަ ބުނާ މޯދީއެއް ކައިރީ ބުނެގެން އަވަސްކުރަން މަސައްކަތް ކުރި ވާހަކަ ބުނީމާ ވެސް މަ ގާތައް އަންނަނީކީ އަމަށަކު ހިންޏެއް ނޫނެވެ.

މުއިއްޒޫ އެވެ. ވެރިކަމުގެ މާމުއި ހަނދުގެ ދުވަސްކޮޅު ޗައިނާއަށް ކުރި ދަތުރާއި އެ ދަތުރުން ލިބުނު ފެހި ސިގްނަލާއެކު އައިސް މޯދީއަށް ވަށިވަށިންދިން ހަނދާން ނެތުނީތޯ އެވެ. ބުލީ ނުކުރުމަށާއި ބެކްޔާޑުގެ ވާހަކައިން ހެއްދެވި ނުހެއްދެވިއަށް ގޮވިކަން ހަނދާން ތިޔަ ނެތުނީ މާ އަވަހަށް ވިއްޔާ އެވެ. އޭރު ރަތްމަހަކަށް ނުގޮވާ ވަރަށް އެއްޗެހި ގޮވާފައި އިންޑިޔާއާ ވައިވެސް ނޭޅި ދުރުގައި ހުންނަން ހޭކި ބޮޑާ ނޭނގޭ މީހަކު އުޅޭނެ ހެނެއް ހިއެއް ނުވެ އެވެ. މަޖާ ވަނީ އޭރު މޯދީ ހުރިކޮޅަށް މޫނު ވެސް އަނބުރާ ނުލާނެ ފަދައަކަށް ހުންނެވި މީހަކު ތިޔަ ބުނާ ވާހަކަ އޭރު ދެއްކީމޭ ބުނީމާ ދެން ހަމަ ހިނި އާދެވެނީ އެވެ. ދެންވާނެ ގޮތެއް ނެތުނީމާ މޯދީ އުނގަށް އެރުނުއިރު ތިޔަ ބްރިޖުގެ މަސައްކަތް ގޮއްސަ އޮތްވަރު ނޭނގޭ މީހަކު މި ރާއްޖެއަކު ނޫޅޭނެ އެވެ.

މުއިއްޒޫ އެވެ. އެ ބްރިޖަކީ އިސްކަމެއް ދީގެން ސީދާ އަމިއްލަ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ އަމިއްލަ އެއްޗެކޭ ބުނަން ދެން ތިޔަ ދެއްކީ ވެސް އާދައިގެ ހުއްޖަތެއް ނޫނެވެ. ކުރީގެ ބްރިޖު ބެއްލެވި ގޮތަށް ރެއާ ދުވާލު ބެއްލެވި ވާހަކަ އެވެ.

މުއިއްޒޫ އެވެ. އެ ބްރިޖްގެ މަސައްކަތް ބެއްލެވި ގޮތް ވެސް އެނގުނީމާ ވެސް އަންނަނީ ހިންޏެވެ. އެ ބްރިޖުގެ ކުރެހުމުގައި އޮތް ދެ ލޭނެއް ބްރިޖު ނިމުނުއިރު ނެތީމަ އެވެ. އެ ލޭންތަކަށާ އެއްކޮށް ރައްޔިތުންގެ ފައިސާއިން ޚަރަދުކުރި އިރު އެ ލޭނުތައް ގެއްލުނީމާ ވާ އުނދަގުލާއި ދަތި އެނގޭނީ އެ ބްރިޖުން ދަތުރުކުރާ މީހުންނަށެވެ. އެކަމަކު ފޮނިވެލާފައި އަމިއްލަ ކަމެއްގެ ގޮތުގައި ރެއާ ދުވާލު އޮފީހުގައާއި ގޭގައި ވެސް އެ ނޫން ކަމަކަށް ނުބަލަމޭ ބުނީމާ މީހުން ވަރަށް ލައުނަތް ދޭނެވެ. ނަމަނަމަ ދެން ވެސް އިތުރަށް އެ ވާހަކަ ނުދައްކައްޗެވެ. ޔާމީނަށް އަޑު އިވިއްޖިއްޔާ އަނެއްކާ އަރުވާލާނެ ވަރެއް ވެސް ނޭނގެ އެވެ.

މުއިއްޒޫ އެވެ. މަ ދެން މިނިންމާލަނީ އެވެ. އިހުބަހަކާ ފަހު ބަހަކަށް ވެސް ބުނާނަމެވެ. ކިތަންމެ ވަރަކަށް ބަދަލު ކުރަން އުޅުނަސް ހަގީގަތެއް ބަދަލެއް ނުވާނެ އެވެ. ރޭގަނޑަކަށް ދުވާލެއް ނުހެދޭނެ އެވެ. އަދި މީހަކު އެއްޗެއް ކިޔަސް އެންމެންނެއް އެ އަޑެއް ވެސް ނާހާނެ އެވެ. ރޯމާ ދުވާލު މީހުންގެ ލޮލަށް ބޮލަށް ގޮވީމާ ކުދިކިޔާ މީހުން ވާނީ އިތުރެވެ. މަވާ ސަލާމެވެ.

ތިލަމާލެ ބްރިޖްއިންޑިއާޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ހަކުރު އުފައްދާ އިންޑިއާއިން ދިހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހަކުރު އިމްޕޯޓް ކުރަނީ

27 އޯގަސްޓު 2026
ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ހަކުރު އުފައްދާ އިންޑިއާއިން ދިހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހަކުރު އިމްޕޯޓް ކުރަނީ
27 އޯގަސްޓު 2026

އިންޑިއާއިން އަޅާ ބްރިޖެއްގައި ކޮލިޓީ ނުހުންނާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅު ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

27 އޯގަސްޓު 2026
އިންޑިއާއިން އަޅާ ބްރިޖެއްގައި ކޮލިޓީ ނުހުންނާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅު ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
25 އޯގަސްޓު 2026

ސަލީމްބެ ވިދާޅުވަނީ ޚަލީފާއިންގެ ވާހަކަ، ސަލީމްބެގެ ސަރުކާރު މި އުޅެނީ ކިހިނެއް؟

25 އޯގަސްޓު 2026
ސަލީމްބެ ވިދާޅުވަނީ ޚަލީފާއިންގެ ވާހަކަ، ސަލީމްބެގެ ސަރުކާރު މި އުޅެނީ ކިހިނެއް؟
24 އޯގަސްޓު 2026

ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް!

24 އޯގަސްޓު 2026
ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް!
23 އޯގަސްޓު 2026

މުއިއްޒު ލޮޖިކް: "ކާމިޔާބެއް ވިއްޔާ މަ" "ގޯހެއް ވިއްޔާ ކުރީ ސަރުކާރު"

23 އޯގަސްޓު 2026
މުއިއްޒު ލޮޖިކް: "ކާމިޔާބެއް ވިއްޔާ މަ" "ގޯހެއް ވިއްޔާ ކުރީ ސަރުކާރު"
23 އޯގަސްޓު 2026

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ މަގުމަތިން ކާރު ޕާކު ކުރަން ދީފައި ހުރި ތަންތަން ވެރިކަމަށް އައިސް އުވާލީ: ބޮންޑާ

23 އޯގަސްޓު 2026
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ މަގުމަތިން ކާރު ޕާކު ކުރަން ދީފައި ހުރި ތަންތަން ވެރިކަމަށް އައިސް އުވާލީ: ބޮންޑާ
23 އޯގަސްޓު 2026

ލެގޫންސްގެ އިންތިޚާބާ ގުޅިގެން ޖޭއެސްސީގެ ރައީސް ހުސްނީ ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ރައީސް މުއިއްޒު އަށް ސިޓީއެއް ފޮނުވައިފި

23 އޯގަސްޓު 2026
ލެގޫންސްގެ އިންތިޚާބާ ގުޅިގެން ޖޭއެސްސީގެ ރައީސް ހުސްނީ ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ރައީސް މުއިއްޒު އަށް ސިޓީއެއް ފޮނުވައިފި
22 އޯގަސްޓު 2026

ގާނދީގެ އަމިއްލަ އަތްޕުޅުން ލިޔުއްވާފައިވާ 688 މެސެޖު 1.2 މިލިއަން ޕައުންޑަށް ވިކިއްޖެ

22 އޯގަސްޓު 2026
ގާނދީގެ އަމިއްލަ އަތްޕުޅުން ލިޔުއްވާފައިވާ 688 މެސެޖު 1.2 މިލިއަން ޕައުންޑަށް ވިކިއްޖެ
22 އޯގަސްޓު 2026

ކުރީގެ ރައީސް ސޯލިހު ސަރުކާރުގައި ފެށި ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓްގެ މަސައްކަތް ފަށައިފި

22 އޯގަސްޓު 2026
ކުރީގެ ރައީސް ސޯލިހު ސަރުކާރުގައި ފެށި ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓްގެ މަސައްކަތް ފަށައިފި
21 އޯގަސްޓު 2026

މޯދީގެ ކެބިނެޓް ވަޒީރުންނަށް ސޯޝަލް މީޑިއާ ސްކޯ ދީފި، އެންމެ މަތީ ސްކޯ ހޯއްދެވީ މޯދީ

21 އޯގަސްޓު 2026
މޯދީގެ ކެބިނެޓް ވަޒީރުންނަށް ސޯޝަލް މީޑިއާ ސްކޯ ދީފި، އެންމެ މަތީ ސްކޯ ހޯއްދެވީ މޯދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް