Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިސްރާއީލު

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

14 އޯގަސްޓު 2026 | ހުކުރު 10:15

އީރާނުގެ ހަތިޔާރު އުފެއްދުމުގެ ގާބިލިއްޔަތު އިތުރުވެ، މަހަކު 300 އެއްހާ މިސައިލް އުފައްދަމުންދާކަން މިނިވަން މަސްދަރުތަކުން ކަށަވަރުވުމުން އިސްރާއީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މިކަމުގެ ސަބަބުން އިސްރާއީލުގެ އަސްކަރީ ސްޓްރެޓެޖީއަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާއިރު، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން ވެސް ވަނީ އިތުރުވެފައި

ރާއްޖެ އެމްވީ | 14 އޯގަސްޓު 2026 | ހުކުރު 10:15
އީރާނުގެ ވެރިރަށް ތެހެރާނުގައި ބޭއްވި އެ ގައުމުގެ އަސްކަރީ ދުވަހުގެ ޝަރަފުގެ ޕެރޭޑުގައި، އީރާނުގެ ސިފައިން ބައިވެރިވަނީ

އީރާނުގެ ވެރިރަށް ތެހެރާނުގައި ބޭއްވި އެ ގައުމުގެ އަސްކަރީ ދުވަހުގެ ޝަރަފުގެ ޕެރޭޑުގައި، އީރާނުގެ ސިފައިން ބައިވެރިވަނީ | އެލަމީ

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އަލުން އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. ހަނގުރާމައިގެ ކުރީކޮޅު އެމެރިކާ އާއި އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކަށްފަހު، އީރާނުގެ އަސްކަރީ ގާބިލިއްޔަތު އާދަޔާ ހިލާފު ހަލުވި މިނެއްގައި ކުރިއަރަމުންދާތީ އިސްރާއީލުގެ ދިފާއީ އިސް އޮފިޝަލުން ތިއްބެވީ ހައިރާންކަމެއްގެ ތެރޭގައި ކަމަށް "ޖެރޫސަލަމް ޕޯސްޓް" ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ހަފުތާގެ ކުރީކޮޅު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ޗީފް ކޮމާންޑަރުގެ ސީނިއާ އެޑްވައިޒަރަކު ވިދާޅުވީ، އީރާނުން ބެލިސްޓިކް މިސައިލާއި ޑްރޯން އުފައްދާ މިންވަރު، އެ ތަކެތި ބޭނުންކުރާ މިންވަރަށް ވުރެ އިތުރު ކަމަށެވެ. ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރިޒާ ނަގްދީ "ޕްރެސް ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ހަނގުރާމަ އެތައް އަހަރަކަށް ދެމިގެން ދިޔަ ނަމަވެސް، ދުޝްމަނުންނަށް އަމާޒުކޮށް އީރާނުން ފޮނުވާލާ ބެލިސްޓިކް މިސައިލްތަކުގެ ވާރޭ ހުއްޓުމެއް ނެތި ވެހެމުންދާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ޖެރޫސަލަމް ޕޯސްޓުން ބުނެފައިވަނީ، އީރާނުގެ ހަތިޔާރު އުފެއްދުން އިތުރުވެފައިވާ ކަމަށް އެ ގައުމުގެ އިސް އޮފިޝަލުން ވިދާޅުވާ ވާހަކަތަކަކީ ތެދު ހަގީގަތެއްކަން މިނިވަން މަސްދަރުތަކުން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އޭޕްރީލް މަހުގެ ކުރީކޮޅާ ހަމައަށް ހިނގި ހަނގުރާމައިގެ އެންމެ ނުރައްކާތެރި މަރުހަލާގައި، އެމެރިކާ އާއި އިސްރާއީލުގެ ފައުޖުތަކުން އީރާނަށް 30،000 އެއްހާ ފަހަރު ހަމަލާދީފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. އަދި މި ހަމަލާތަކުގައި އީރާނުގެ މިސައިލް އުފައްދާ މަރުކަޒުތަކާއި އަސްކަރީ ސިނާއީ 2،600 އަށް ވުރެ ގިނަ ތަންތަނަށް އަމާޒުކޮށް ހަމަލާދީފައިވާތީ، އީރާނުގެ ދިފާއީ ސިނާއަތް އެތައް އަހަރެއް ފަހަތަށް ޖައްސުވާލި ކަމަށް އިސްރާއީލު ޑިފެންސް ފޯސް (އައި.ޑީ.އެފް) އިން މީގެ ކުރިން ދިޔައީ ބުނަމުންނެވެ.

އިސްރާއީލުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެމެރިކާ އާއި އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ގެއްލުން ލިބުނު ބިމުގެ އަޑީގައިވާ މިސައިލް ސައިޓްތަކަށް އީރާނުން އެހާ އަވަހަށް އަލުން ވަދެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އޭގެ އިތުރުން، އެ ގައުމުގެ ހަތިޔާރުގެ ގުދަންތައް އަލުން ބިނާކުރުމަށް އީރާނުން އާދަޔާ ހިލާފު އާ އުސޫލުތަކެއް ހޯދާފައިވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ތެހެރާނުން މަހަކު 100 އާއި 300 އާ ދެމެދުގެ އަދަދަކަށް މިސައިލް އުފައްދަމުން ގެންދާނަމަ، 2028 ވަނަ އަހަރު އަންނަންވާއިރަށް އެއީ އިސްރާއީލަށް ހުއްޓުވަން އުނދަގޫ ބޮޑު ނުރައްކަލަކަށް ވެދާނެ ކަމަށް އެ ނޫހުން ލަފާކުރެ އެވެ.

މި ހާލަތުގެ ސަބަބުން، އީރާނަށް ދެން ހަމަލާއެއް ދޭންޖެހޭނެތޯ ނުވަތަ ނޫންތޯ ނިންމުމުގައި އިސްރާއީލުގެ މުޅި ސްޓްރެޓެޖީއަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށްވެސް އެ ނޫހުން އިތުރަށް ފާހަގަކޮށްފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ޖެރޫސަލަމް ޕޯސްޓުން ސުވާލު ކުރުމުން އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ، މި މައްސަލައިގެ ނާޒުކުކަމުން، އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަވަމުންދާ މިންވަރާ ބެހޭ ސީދާ ތަފްސީލީ ވަޒަންކުރުންތަކެއް ހާމަކުރެވެން ނެތް ކަމަށެވެ. އެއީ އެފަދަ ތަފްސީލުތައް ހާމަކުރުމުން އައި.ޑީ.އެފް އަށް މައުލޫމާތު ލިބޭ މަސްދަރުތަކާއި ބޭނުންކުރާ އުސޫލުތައް ފަޅާއަރައިފާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައި.ޑީ.އެފް އިން ދާނީ ކަންކަން ކުރިއަށްދާ ގޮތް މޮނިޓަރކޮށް، އެކަންކަމަށް ތައްޔާރުވަމުން،" ތަރުޖަމާނު ވިދާޅުވި އެވެ.

ޖޫން މަހުން ފެށިގެން އިސްރާއީލުން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް، ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ވޮޝިންޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އަދިވެސް ދަނީ ކުރިއަށެވެ.

ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ މި މުހިންމު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭ ކަމުގެ ރިޕޯޓްތަކާއެކު، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ދުވާލަކު އަށް އުޅަނދަށް މަދުވެފައިވާ ކަމަށް ރޮއިޓާސް އިން ބުނެ އެވެ. ހަނގުރާމަ ފެށުމުގެ ކުރިން އެ ސަރަހައްދުން ދުވާލަކު 130 އާއި 140 އާ ދެމެދުގެ އަދަދަކަށް އުޅަނދު ދަތުރުކުރެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވީ، އެ ކަނޑުއޮޅީގެ "ފުރިހަމަ ކޮންޓްރޯލް" އޮތީ އެމެރިކާ އަތުގައި ކަމަށެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ތެހެރާނުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. އީރާނުން ބުނީ އެ ކަނޑުއޮޅި އޮތީ "އީރާނުގެ ކޮންޓްރޯލާއި ބެލެހެއްޓުމުގެ ދަށުގައި" ކަމަށާއި، އެމެރިކާގެ އަމަލުތައް ބަދަލުކުރަންދެން އެ ސަރަހައްދު ބަންދުކޮށްފައި އޮންނާނެ ކަމަށެވެ.

އީރާން-އިސްރާއީލުއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްހުރްމުޒް ކަނޑުއޮޅިއީރާން-އެމެރިކާ

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

16 އޯގަސްޓު 2026
ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި
16 އޯގަސްޓު 2026

އީރާނުގެ ބޮންއަޅާ ބޯޓުތަކުގެ ޕައިލެޓުން ގަތަރުން ހިފަހައްޓާފައިވާ ކަމަށް ބުނެ ތެހެރާނުން ކުރާ ތުހުމަތުތައް ގަތަރުން ދޮގުކޮށްފި

16 އޯގަސްޓު 2026
އީރާނުގެ ބޮންއަޅާ ބޯޓުތަކުގެ ޕައިލެޓުން ގަތަރުން ހިފަހައްޓާފައިވާ ކަމަށް ބުނެ ތެހެރާނުން ކުރާ ތުހުމަތުތައް ގަތަރުން ދޮގުކޮށްފި
15 އޯގަސްޓު 2026

އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމާމެދު އީރާނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެ ގައުމުން ބުނެފި

15 އޯގަސްޓު 2026
އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމާމެދު އީރާނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެ ގައުމުން ބުނެފި
15 އޯގަސްޓު 2026

ބެއިރޫތުގެ ދާހިޔާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލައި، ވަގުތުން އިސްރާއީލަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދިނިން: ގާލީބާފް

15 އޯގަސްޓު 2026
ބެއިރޫތުގެ ދާހިޔާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލައި، ވަގުތުން އިސްރާއީލަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދިނިން: ގާލީބާފް
15 އޯގަސްޓު 2026

އެމެރިކާ އިން އީރާނުގެ ބަނދަރުތައް "މުއްދަތެއް ނެތް" ގޮތަށް ބަންދުކުރުމުގެ އިންޒާރު ދިނުން: މިއީ ކިހާ ދުވަހަކަށް ދެމިއޮންނާނެ ކަމެއްބާ؟

15 އޯގަސްޓު 2026
އެމެރިކާ އިން އީރާނުގެ ބަނދަރުތައް "މުއްދަތެއް ނެތް" ގޮތަށް ބަންދުކުރުމުގެ އިންޒާރު ދިނުން: މިއީ ކިހާ ދުވަހަކަށް ދެމިއޮންނާނެ ކަމެއްބާ؟
15 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް

15 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް
14 އޯގަސްޓު 2026

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

14 އޯގަސްޓު 2026
ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ
14 އޯގަސްޓު 2026

އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ބަޑިޖަހާ ވައްޓާލައިފި

14 އޯގަސްޓު 2026
އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ބަޑިޖަހާ ވައްޓާލައިފި
14 އޯގަސްޓު 2026

އީރާން ހަނގުރާމައިގައި އެމެރިކާ އިން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑުދަނޑިއެއް: ނައިބު ރައީސް ވޭންސް

14 އޯގަސްޓު 2026
އީރާން ހަނގުރާމައިގައި އެމެރިކާ އިން ހާސިލު ކުރަން ބޭނުން ވަނީ ދެ ލަނޑުދަނޑިއެއް: ނައިބު ރައީސް ވޭންސް
14 އޯގަސްޓު 2026

މީގެ ކުރިން ދުނިޔޭގެ އެއްވެސް ޤައުމަކާ ދެކޮޅަށް އަޅާފައިނުވާ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް، އީރާންއާ ދެކޮޅަށް އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި

14 އޯގަސްޓު 2026
މީގެ ކުރިން ދުނިޔޭގެ އެއްވެސް ޤައުމަކާ ދެކޮޅަށް އަޅާފައިނުވާ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް، އީރާންއާ ދެކޮޅަށް އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް