Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހުރްމުޒް ކަނޑުއޮޅި އޮތީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް އީރާން އިން ބުނެފި

13 އޯގަސްޓު 2026 | ބުރާސްފަތި 09:07

އީރާންގެ ސެމީ އޮފިޝަލް ނޫސް އެޖެންސީ ފާސްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ތައިބް ވިދާޅުވީ، މިއަދު ހުރްމުޒް ކަނޑުއޮޅި އޮތީ އީރާންގެ ހިންގުމާއި، އެ ޤައުމުގެ ބެލުމުގެ ދަށުގައި ކަމަށް. އަދި އީރާން އިން އެންމެ ފުރިހަމަ ގޮތުގައި އެ ޤައުމުގެ ނިންމުންތައް ތަންފީޒު ކުރަމުން ދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2026 | ބުރާސްފަތި 09:07
ހުރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުގައި އުޅަނދުތަކެއް ހަރަކާާތްތެރިވާ މަންޒަރު

ހުރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުގައި އުޅަނދުތަކެއް ހަރަކާާތްތެރިވާ މަންޒަރު | ރޮއިޓާސް

ހުރްމުޒް ކަނޑުއޮޅީގެ ސަރަހައްދުގައި އީރާންގެ ފުރިހަމަ ބާރުވެރިކަން އޮތް ކަމަށާއި، އެ ކަނޑު އޮޅި އޮތީ އީރާންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ބަސީޖް ފޯސްގެ ކޮމާންޑަރު ހޮއްޖަތުލް އިސްލާމް ހުސައިން ތައިބް ވިދާޅުވެއްޖެ އެވެ. 

އީރާންގެ ސެމީ އޮފިޝަލް ނޫސް އެޖެންސީ ފާސްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ތައިބް ވިދާޅުވީ، މިއަދު ހުރްމުޒް ކަނޑުއޮޅި އޮތީ އީރާންގެ ހިންގުމާއި، އެ ޤައުމުގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އީރާން އިން އެންމެ ފުރިހަމަ ގޮތުގައި އެ ޤައުމުގެ ނިންމުންތައް ތަންފީޒު ކުރަމުން ދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި އެވެ.  

ތައިބް މިހެން ވިދާޅުވެފައި ވަނީ، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް މިހާރު އެމެރިކާގެ އަތުގައި އޮތް ކަމަށާއި، އެމެރިކާގެ އަސްކަރިއްޔާ އިން އަންނަނީ އެ ސަރަހައްދުގެ ކަންކަން ބަލަމުން ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. 

ހުރްމުޒް ކަނޑުއޮޅި އަކީ ދުނިޔޭގެ ވިޔަފާރީގައި އެންމެ ފާހަގަކޮށްލެވޭ ސަރަހައްދު ކަމަށްވާއިރު، ދުނިޔޭގެ ތެލުގެ ބާޒާރުގައި ގިނަ ދަތުރުތަކެއް ކުރަނީ މި ކަނޑުއޮޅިިންނެވެ. ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާ އާއި އީރާންއާ ދެމެދު ބޮޑު ނުތަނަވަސްކަމެއް އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. 

ބަސީޖް ފޯސް އަކީ އީރާންގެ އެންމެ ބާރުގަދަ ސިފައިންގެ ބާރުތަކުގެ ތެރޭގައި ހިމެނޭ އައިއާރުޖީސީގެ ބަޔެކެވެ. މި ފޯސް އިން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަނީ އީރާންގެ އިސްލާމީ ނިޒާމު ރައްކާތެރިކޮށް، ދިފާއު ކުރުމަށެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިބަސީޖް ފޯސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާން މުޅިން ބަނގުރޫޓުވެއްޖެ، އަދިވެސް ޓްރަމްޕް ހުންނެވީ އިތުރު ފިޔަވަޅު އަޅުއްވަން ތައްޔާރަށް!

13 އޯގަސްޓު 2026
އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާން މުޅިން ބަނގުރޫޓުވެއްޖެ، އަދިވެސް ޓްރަމްޕް ހުންނެވީ އިތުރު ފިޔަވަޅު އަޅުއްވަން ތައްޔާރަށް!
13 އޯގަސްޓު 2026

ޓްރަމްޕް އަށް ހަމަލާ ދީފާނެކަމުގެ މައުލޫމާތު އިސްރާއީލް އިން ހިއްސާކުރި، ނަމަވެސް އެމެރިކާ އިން ދެކުނީ އެއީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި

13 އޯގަސްޓު 2026
ޓްރަމްޕް އަށް ހަމަލާ ދީފާނެކަމުގެ މައުލޫމާތު އިސްރާއީލް އިން ހިއްސާކުރި، ނަމަވެސް އެމެރިކާ އިން ދެކުނީ އެއީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި
13 އޯގަސްޓު 2026

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

13 އޯގަސްޓު 2026
ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ
12 އޯގަސްޓު 2026

އިރާން ވަރުގަދަ އަޒުމެއްގައި، އެމެރިކާ އަށް އޮތީ ހަނގުރާމަ ނޫނީ ޑިމާންޑުތަކަށް ދޫދިނުން!

12 އޯގަސްޓު 2026
އިރާން ވަރުގަދަ އަޒުމެއްގައި، އެމެރިކާ އަށް އޮތީ ހަނގުރާމަ ނޫނީ ޑިމާންޑުތަކަށް ދޫދިނުން!
12 އޯގަސްޓު 2026

އީރާނާއި އެމެރިކާއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދޭ: އީރާން

12 އޯގަސްޓު 2026
އީރާނާއި އެމެރިކާއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދޭ: އީރާން
12 އޯގަސްޓު 2026

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

12 އޯގަސްޓު 2026
ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ
12 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ

12 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ
12 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
12 އޯގަސްޓު 2026

އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް

12 އޯގަސްޓު 2026
އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް
11 އޯގަސްޓު 2026

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

11 އޯގަސްޓު 2026
ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް