Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުރްމުޒް ކަނޑުއޮޅި

ހުރްމުޒް ކަނޑުއޮޅިއާ މެދު ނުބައި ހިސާބެއް ނުޖެހުމަށް އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާއަށް އިންޒާރުދެއްވައިފި

13 އޯގަސްޓު 2026 | ބުރާސްފަތި 12:01

ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނަށް އޮތްކަން ބަޔާންކުރާ ފަހުމުނާމާއާ އެމެރިކާއިން ޚިލާފުވަމުންދާ ކަމަށް ބުނެ، އެ ސަރަހައްދުގެ ދަތުރުފަތުރު އީރާނުން ވަނީ ހަނިކޮށްފައި. އެމެރިކާގެ އުދުވާނުތަކާ ގުޅިގެން ކަނޑުއޮޅި ބަންދުކޮށްފައިވާއިރު، މި މަގު އަލުން ހުޅުވޭނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އެމެރިކާއިން ފުރިހަމައަށް ބޯލަނބައިގެން ކަމަށް އީރާނުން ބުނޭ. އެމެރިކާގެ ނުފޫޒު ކަނޑުވާލުމަށް އީރާނާއި އޮމާނުން މިހާރު ދަނީ އާ ނިޒާމަކާ މެދު މަޝްވަރާ ކުރަމުން

ރާއްޖެ އެމްވީ | 13 އޯގަސްޓު 2026 | ބުރާސްފަތި 12:01
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙައްސިން ނަގްވީ އާއި އެކު

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙައްސިން ނަގްވީ އާއި އެކު | ގެޓީ އިމޭޖަސް

ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އެމެރިކާއިން "މާ ބޮޑު ގޯސް ހިސާބުތަކެއް" ޖަހަމުންދާ ކަމަށް ބުނެ، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެމެރިކާއަށް އިންޒާރު ދެއްވައިފި އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކަށް މަޢުލޫމާތު ހޯދުމުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުގެ ސަބަބުން، އިސްލާމީ ޖުމްހޫރިއްޔާއާ މެދު ވޮޝިންގޓަނުން ކުރީގެ ގޯސްތައް ތަކުރާރު ކުރަމުންދާ ކަމަށެވެ.

އަރަގްޗީ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ މި އިންޒާރު ދެއްވީ، އިސްތިރާތީޖީ ގޮތުން މުހިންމު އެ ކަނޑުއޮޅީގެ "ފުރިހަމަ ކޮންޓްރޯލް" އެމެރިކާއަށް އެބައޮތް ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. ނަމަވެސް، ހަނގުރާމައިގެ ކުރިން ދުވާލަކު ގާތްގަނޑަކަށް 130 އުޅަނދު ދަތުރުކުރި އެ ކަނޑުއޮޅިން، އީރާނުގެ މަގުން މިދިޔަ ހަފުތާގައި ދަތުރުކޮށްފައިވަނީ އެންމެ އަށް އުޅަނދު ކަމަށްވުމުން، އެ ސަރަހައްދުގެ ދަތުރުފަތުރު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފަ އެވެ.

"އިންޓެލިޖެންސް ފެއިލިއަރތަކުގެ ސަބަބުން އެމެރިކާއިން ގޯސް ހިސާބުތައް ޖަހާތާ މިހާރު ވަރަށް ދުވަސްވެއްޖެ. އޭގެ އެންމެ ސާފު މިސާލަކީ އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ. މިހާރު ހުރްމުޒް ކަނޑުއޮޅިއާ މެދު އެމެރިކާއިން އެ ދަނީ އެއަށްވުރެ ވެސް ބޮޑު ގޯސް ހިސާބެއް ޖަހަމުން،" އަރަގްޗީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، "ދޮގު ޚަބަރަށްވުރެ ނުރައްކާތެރީ އޮޅުވާލާފައިވާ އިންޓެލިޖެންސް މަޢުލޫމާތު" ކަމަށެވެ. އަދި ސަމާލުވުމަށް ގޮވާލައްވަމުން، މާތްﷲ އީ އެންމެ މަތިވެރި އަދި ދުނިޔޭގެ އެއްވެސް ބާރަކަށްވުރެ އެކަލާނގެ ބާރުގަދަވެގެންވާ ކަމަށް ވިދާޅުވެ، އީރާނުން ވަކީލުކުރަނީ އެކަލާނގެއަށް ކަމަށް ވެސް އަރަގްޗީ ވިދާޅުވި އެވެ.

ދުނިޔޭގެ ތެލުގެ ޑިމާންޑުގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން އީރާނުން ހަނިކުރީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރު ގާނޫނީ އުދުވާނާ ގުޅިގެންނެވެ. އެ ހަނގުރާމަ ހުއްޓުމަކަށް އައީ އޭޕްރީލް 8 ވަނަ ދުވަހު އެއްބަސްވި ސީޒްފަޔަރ ނުވަތަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުންނެވެ.

ޖޫން މަހުގެ 17 ވަނަ ދުވަހު، ޕާކިސްތާނު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ތެހެރާނާއި ވޮޝިންގޓަނާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ. އެ ފަހުމުނާމާގެ 5 ވަނަ މާއްދާގައިވާ ގޮތުން، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމާއި އެތަން ބެލެހެއްޓުމުގެ ފުރިހަމަ މަސްއޫލިއްޔަތު އޮތީ އީރާނުގެ އަތްމަތީގަ އެވެ.

އެހެންނަމަވެސް، އޮމާންގެ އައްސޭރިފަށާ ކައިރީގައި ރައްކާތެރިކަމެއް ނެތް ކޮރިޑޯއެއް ގާއިމުކޮށް، ހަކަތައިގެ މުހިންމު މި މަގުގެ މައްޗަށް އީރާނަށް އޮތް އިސްތިގުލާލީ ބާރު ކަނޑުވާލުމަށް އެމެރިކާއިން ވަނީ މަސައްކަތް ކޮށްފަ އެވެ. މީގެ އިތުރުން، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އެމެރިކާއިން ވަނީ އީރާނަށް ވައިގެ މަގުން ހަމަލާދޭން އަލުން ފަށާފަ އެވެ.

އެމެރިކާގެ މި "ޣައިރު ގާނޫނީ" އަމަލުތަކާ ގުޅިގެން، "މި ސަރަހައްދަށް އެމެރިކާއިން ވަދެގަތުން ހުއްޓާލަންދެން" ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުން ވަނީ އިޢުލާންކޮށްފަ އެވެ.

މި ދަނޑިވަޅުގައި، ކަނޑުއޮޅިން ދަތުރުފަތުރު ކުރުން މެނޭޖްކުރާނެ އާ ނިޒާމަކާ މެދު އެއްބަސްވުމަކަށް އައުމަށް އީރާނާއި އޮމާނުން ދަނީ މަޝްވަރާ ކުރަމުންނެވެ.

އީރާނުން ބުނަމުންދަނީ، މި މުހިންމު ކަނޑުގެ މަގު އަލުން ހުޅުވޭނީ، ހަނގުރާމަ ހުއްޓާލުމަށް ސޮއިކުރި ފަހުމުނާމާގެ ދަށުން އެމެރިކާއިން އަދާކުރަންޖެހޭ ޒިންމާތަކަށް އެ ގައުމުން ފުރިހަމައަށް ބޯލަނބައިގެން ކަމަށެވެ.

ހުރްމުޒް ކަނޑުއޮޅިއީރާން-އެމެރިކާއީރާން ހަނގުރާމަ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި އޮތީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް އީރާން އިން ބުނެފި

13 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި އޮތީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް އީރާން އިން ބުނެފި
13 އޯގަސްޓު 2026

އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާން މުޅިން ބަނގުރޫޓުވެއްޖެ، އަދިވެސް ޓްރަމްޕް ހުންނެވީ އިތުރު ފިޔަވަޅު އަޅުއްވަން ތައްޔާރަށް!

13 އޯގަސްޓު 2026
އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާން މުޅިން ބަނގުރޫޓުވެއްޖެ، އަދިވެސް ޓްރަމްޕް ހުންނެވީ އިތުރު ފިޔަވަޅު އަޅުއްވަން ތައްޔާރަށް!
13 އޯގަސްޓު 2026

ޓްރަމްޕް އަށް ހަމަލާ ދީފާނެކަމުގެ މައުލޫމާތު އިސްރާއީލް އިން ހިއްސާކުރި، ނަމަވެސް އެމެރިކާ އިން ދެކުނީ އެއީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި

13 އޯގަސްޓު 2026
ޓްރަމްޕް އަށް ހަމަލާ ދީފާނެކަމުގެ މައުލޫމާތު އިސްރާއީލް އިން ހިއްސާކުރި، ނަމަވެސް އެމެރިކާ އިން ދެކުނީ އެއީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި
13 އޯގަސްޓު 2026

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

13 އޯގަސްޓު 2026
ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ
12 އޯގަސްޓު 2026

އިރާން ވަރުގަދަ އަޒުމެއްގައި، އެމެރިކާ އަށް އޮތީ ހަނގުރާމަ ނޫނީ ޑިމާންޑުތަކަށް ދޫދިނުން!

12 އޯގަސްޓު 2026
އިރާން ވަރުގަދަ އަޒުމެއްގައި، އެމެރިކާ އަށް އޮތީ ހަނގުރާމަ ނޫނީ ޑިމާންޑުތަކަށް ދޫދިނުން!
12 އޯގަސްޓު 2026

އީރާނާއި އެމެރިކާއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދޭ: އީރާން

12 އޯގަސްޓު 2026
އީރާނާއި އެމެރިކާއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދޭ: އީރާން
12 އޯގަސްޓު 2026

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

12 އޯގަސްޓު 2026
ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ
12 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ

12 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ
12 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
12 އޯގަސްޓު 2026

އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް

12 އޯގަސްޓު 2026
އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް