Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން

އިރާން ވަރުގަދަ އަޒުމެއްގައި، އެމެރިކާ އަށް އޮތީ ހަނގުރާމަ ނޫނީ ޑިމާންޑުތަކަށް ދޫދިނުން!

12 އޯގަސްޓު 2026 | ބުދަ 19:20

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ހަނގުރާމަ ހުއްޓާނުލަނީސް ހުރުމުޒް ކަނޑުއޮޅި ހުޅުވައިނުލާނެ ކަމުގެ އިންޒާރު އީރާނުގެ އާ ސަލާމަތީ އިސްވެރިޔާ މުހުސިން ރެޒާއީ ދެއްވައިފި. އީރާނުގެ އަސްކަރީ ލީޑަޝިޕަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އެ ގައުމުން ދަނީ މިސައިލާއި ޑްރޯން އުފެއްދުން އިތުރުކޮށް އެމެރިކާގެ އިންޒާރުތަކަށް ރައްދުދިނުމަށް ތައްޔާރުވަމުން. މި ނުތަނަވަސްކަމާ ގުޅިގެން އީރާނުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އާންމު ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި

ރާއްޖެ އެމްވީ | 12 އޯގަސްޓު 2026 | ބުދަ 19:20
ތެހެރާންގެ މެދުތެރޭގައި އޮންނަ ވަލިއަސްރު މައިދާނުގައި ހަރުކޮށްފައިވާ ސިޔާސީ ބިލްބޯޑެއް ހުރަސްކޮށް އަންހެނުންތަކެއް ހިނގާފައި ދަނީ

ތެހެރާންގެ މެދުތެރޭގައި އޮންނަ ވަލިއަސްރު މައިދާނުގައި ހަރުކޮށްފައިވާ ސިޔާސީ ބިލްބޯޑެއް ހުރަސްކޮށް އަންހެނުންތަކެއް ހިނގާފައި ދަނީ | ގެޓީ އިމޭޖަސް

ޗައިނާއިން އީރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރެއްވުމަށްފަހު، އެމެރިކާއާއެކު ހަނގުރާމަ ފެށުނުތާ ހަ މަސް ދުވަސް ވީއިރު، އީރާނުގެ އާ ސަލާމަތީ އިސްވެރިޔާ ވަނީ ތެހެރާނުގެ ސިޔާސަތާ މެދު އެއްވެސް ޝައްކެެއް ކުރާނެ ފުރުސަތެއް ނުދެއްވާފަ އެވެ.

އަންގާރަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުހުސިން ރެޒާއީ ވިދާޅުވީ، އީރާނުގެ މެސެޖު ވަރަށް ސާފު ކަމަށެވެ. އެމެރިކާއިން ކުރަމުންދާ ހަނގުރާމައާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނެސް، ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށް، ލުބުނާނާއި ޣައްޒާ ހިމެނޭހެން މުޅި ސަރަހައްދީ ފެންވަރުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްނުވަނީސް ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކުރީގެ ކޮމާންޑަރު އިން ޗީފް އިތުރަށް ވިދާޅުވީ، ހުރިހާ ޝަރުތުތަކެއް ފުރިހަމަވަންދެން އެ ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށެވެ.

އޭނާގެ މި ހަރުކަށި މެސެޖަކީ އޭނާގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ބާގިރު ޒުލްގަދުރާއި، އަލަށް އައްޔަންކުރެވުނު ކޮމާންޑަރުންވެސް ބާރުއަޅުއްވާފައިވާ ކަންކަމެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ދެކޭގޮތުގައި، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ދުޝްމަނުންނާ ކުރިމަތިލުމުގެ ގާބިލުކަމާއި އަޒުމު އެ ގައުމުގައި އެބަހުއްޓެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ ހައިސިއްޔަތުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، ރެޒާއީ ވަނީ އަންގާރަ ދުވަހު ޗައިނާއިން ތެހެރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޕެއިވޫ އިސްކޮށް ހުންނެވި ވަފުދަކާ ބައްދަލުކުރައްވާފަ އެވެ. ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އޭނާ ބާރުއެޅުއްވި އެވެ. އަދި އދ. ގައި އެމެރިކާގެ ތާއީދާއެކު އީރާނާ ދެކޮޅަށް ހުށަހަޅާ ގަރާރުތަކަށް ޗައިނާއިން އެއްބާރުލުން ނުދޭތީ އެކަމަށް ތައުރީފު ކުރެއްވި އެވެ. މީގެއިތުރުން، ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އޮމާނާއެކު ވެވިދާނެ ކޮންމެ އެއްބަސްވުމަކީ ވޮޝިންޓަނާ ވަކިން ކުރިއަށްދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އޮމާނާއެކު ވެވޭ އެއްބަސްވުމުގެ ކަންކަން ނިމި، އެންމެ މަތީ ފަންތީގެ ތަސްދީގަކަށް މަޑުކުރަމުންދާ ކަމަށް މިދިޔަ ހަފުތާގައި ތެހެރާނުން ބުނި ނަމަވެސް، އެކަން އަވަހަށް ވާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ހުރްމުޒް ކަނޑުއޮޅީގެ އިތުރުން ރަތް ކަނޑާއި ބާބުލް މަންދަބް ކަނޑުއޮޅީގައިވެސް އަސްކަރީ ކުރިމަތިލުންތައް ހުއްޓުމެއްނެތި ކުރިއަށްދާތީ އެވެ.

ރެޒާއީގެ އައްޔަންކުރުން އިއުލާނުކުރި އާދީއްތަ ދުވަހުގެ ރޭ، އޮމާންގެ އައްސޭރިފަށުން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާއެއް ވަނީ އަމާޒުވެފަ އެވެ. އަދި އަންގާރަ ދުވަހު، އީރާނަށް ތާއީދުކުރާ ޔަމަނުގެ ހޫޘީން ވަނީ ފަހުގެ ތާރީޚެއްގައި ކަނޑުމަތީގައި ދިން އެންމެ ނުރައްކާތެރި ހަމަލާ ދީފަ އެވެ. ރަތް ކަނޑުގައި މިސްރުގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓަކަށް ދިން މި ހަމަލާގައި ހަ މީހުން މަރުވެފައިވާ ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔަމަނުގެ ސަރުކާރުން ބުނެ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އަންގާރަ ދުވަހުގެ ރޭ އެމެރިކާގެ ނޭވީ ހެލިކޮޕްޓަރަކުން ވަނީ ޕެނަމާގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ދެ ހެލްފަޔަރ މިސައިލް ފޮނުވާލާފަ އެވެ. މިއީ އީރާނުގެ ދެކުނު ބަނދަރުތައް ބަންދުކުރުމަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގޮތުން ދިން ހަމަލާއެކެވެ. މިއީ އޭޕްރީލް މަހުން ފެށިގެން އެމެރިކާ ސިފައިން ހަމަލާދިން 12 ވަނަ އުޅަނދެވެ. އަދި ޖޫން މަހު އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާ އުވި، އަލުން ބަނދަރުތައް ބަންދުކުރި ފަހުން ދިން ތިންވަނަ ހަމަލާ އެވެ.

އިރުއިރުކޮޅާ ހިލާފުވަމުންދާ މި ފަހުމުނާމާގެ 60 ދުވަހުގެ މުއްދަތު އަންނަ ހަފުތާގައި ހަމަވާން އުޅޭއިރު، ޕާކިސްތާނާއި ގަތަރު ފަދަ މެދުވެރިން ދަނީ ދެ ފަރާތުގެ ދެމެދުގައި ސިޔާސީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް، ވޭތުވެދިޔަ ހަފުތާގައި ތެހެރާނުގެ ބަސްމަގު ވަނީ އިތުރަށް ހަރުކަށިވެފަ އެވެ. އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި އާންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދެމުންދާ އިންޒާރުތަކަށް އައި.އާރް.ޖީ.ސީ އިން ދަނީ ވަރަށް ސީރިއަސްކޮށް ތައްޔާރުވަމުންނެވެ.

އައި.އާރް.ޖީ.ސީ ގެ ތަރުޖަމާނު ހުސައިން މުހިއްބީ ބުދަ ދުވަހު ވިދާޅުވީ، އީރާނަށް އަލުން އިންޒާރެއް ލިބިއްޖެނަމަ، އެތައް ލައްކަ މޭލެއްގެ ހަކަތަ ފޯރުކޮށްދޭ ލައިންތަކާއި، އެތައް ހާސް ކަރަންޓު މަރުކަޒުތަކެއްގެ އިތުރުން، އެމެރިކާއާއި އެމެރިކާ ނޫން ގައުމުތަކުގެ ސިސްޓަމްތަކާއި އިންޓަނެޓާ ގުޅިފައިވާ ދުނިޔޭގެ އުމްރާނީ ވަސީލަތްތަކަށްވެސް ނުރައްކާ ކުރިމަތިވާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހަނގުރާމައިގެ ކުރިން އެ ސަރަހައްދުގައި އެމެރިކާގެ 30 އާއި 40 އާ ދެމެދުގެ އަދަދަކަށް ހަނގުރާމަމަތީ އުޅަނދުތައް އޮތް ނަމަވެސް، މިއަދު ފާރިސް ކަނޑުއޮޅީގައި އެމެރިކާގެ އެންމެ މަނަވަރެއްވެސް ނެތް ކަމަށެވެ. އަދި ޕެންޓަގަންގެ ހަތިޔާރު ގުދަނުގައި ވައިގެ ދިފާއީ މިސައިލްތަކާއި އަމާޒަށް ވާސިލުވާ ހަތިޔާރު މަދުވަމުން ދިއުމަކީ އެމެރިކާގެ ނިންމުންތައް ނިންމާ ފަރާތްތަކަށް އޮތް ބޮޑު ބިރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައި.އާރް.ޖީ.ސީ ގެ ޗީފް ކޮމާންޑަރުގެ މުޝީރު މުހައްމަދު ރެޒާ ނަގްދީ އަންގާރަ ދުވަހުގެ ރޭ ދައުލަތުގެ ޓީވީގައި ވިދާޅުވީ، ހަނގުރާމައިގެ ތެރޭގައިވެސް އަމިއްލަ އުފެއްދުންތެރިކަމަށް ބަރޯސާވެ، ބޭނުންކުރާ މިންވަރަށްވުރެ ގިނައިން ބެލިސްޓިކް މިސައިލާއި ޑްރޯން އުފައްދަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ހަނގުރާމަ އެތައް އަހަރަކަށް ދެމިގެން ދިޔަ ނަމަވެސް، އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް އޮހެމުންދާނެ ކަމަށެވެ.

އަސްކަރީ ގުޅުން ބަދަހިކުރުން

މި ހަފުތާގައި އަސްކަރީ އިސް މަގާމުތަކަށް ހަ ބޭފުޅަކު އައްޔަންކުރެއްވުމާއެކު، އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ވަނީ އެމަނިކުފާނު އިތުބާރުކުރައްވާ ވަރަށް ގާތް ބޭފުޅުންކޮޅެއް ބާރުވެރިކުރައްވާފަ އެވެ. މީގެ ތެރޭގައި އައި.އާރް.ޖީ.ސީ ގެ ބަސީޖް ފޯސްގެ އާ ވެރިޔަކަށް އައްޔަންކުރެއްވި ގިނަ ދުވަސްވީ އެކުވެރިޔާ ހުސައިން ތާއިބު ހިމެނެ އެވެ.

މީގެއިތުރުން، ޚާމަނާއީ ވަނީ ހާތަމް އަލް-އަންބިޔާ ޖޮއިންޓް ވޯޓައިމް ކޮމާންޑްގެ ވެރިޔާ އަލީ އަބްދުﷲ، ހަތިޔާރު އެޅި ފައުޖުތަކުގެ ޖެނެރަލް ސްޓާފްގެ ވެރިޔަކަށް އައްޔަންކުރައްވާފަ އެވެ.

އަބްދުﷲ އަށް ހަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތަކީ، 1980 ގެ އަހަރުތަކުގައި އިރާގާއެކު ކުރި އަށް އަހަރުގެ ހަނގުރާމައިގައި އައި.އާރް.ޖީ.ސީ އާއި އީރާނުގެ ރެގިއުލާ އާމީގެ އޮޕަރޭޝަންތައް ވިލަރެސްކުރުމަށް އުފެއްދި ހާތަމް ހެޑްކުއާޓާޒް، ހުރިހާ އަސްކަރީ ސިފައިން ބަލަހައްޓާ ޖެނެރަލް ސްޓާފްގެ ދަށަށް ގެނެސް އެއްގަލަކަށް އެރުވުމެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި މެސެޖުގައި އަބްދުﷲ ވަނީ މިސައިލް، ޑްރޯން، ކަނޑުގެ ސިފައިން، އެއްގަމު ސިފައިން، ސައިބަރ އަދި އެސިމެޓްރިކް ހަނގުރާމައިގެ ގާބިލުކަން އިތުރުކުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި އަސްކަރިއްޔާގެ އެކި ބައިތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހަރަކާތްތެރިވުމަށް ކަނޑުގެ ސިފައިން ތައްޔާރީ ހާލަތުގައި ބޭތިއްބުމަށްވެސް އޭނާ ވިދާޅުވި އެވެ.

އައި.އާރް.ޖީ.ސީ ގެ ކޮމާންޑަރު އިން ޗީފް އަހުމަދު ވަހީދީ ވިދާޅުވީ، "ޒަޔަނިސްޓް-އެމެރިކަން" ބާރުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އެހެން އަސްކަރީ ލީޑަރުންނާއެކު އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކާ ހަނގުރާމަކުރަމުންދާ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުދަ ދުވަހު ވިދާޅުވީ، އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމުގެ ބޭނުން ހިފައި، ގައުމީ ފެންވަރުގައި މުޒާހަރާތަކެއް ފަށައިގެން ގައުމު ބަލިކޮށްލުމަށް ކަމަށެވެ.

ތަގުރީރެއް ދެއްވަމުން އޭނާ ވިދާޅުވީ، މިހާރު ކުރަމުންދާ ހަނގުރާމަ ކުރިއަށްވުރެ ބޮޑަށް އޮޅުންބޮޅުން ބޮޑު ކަމަށާއި، ދުޝްމަނުން މަސައްކަތް ކުރަމުންދަނީ ގައުމުގެ އެތެރެއިން ގައުމު ރޫޅާލުމަށް ކަމަށެވެ.

އީރާނުގެ ހުޅަނގު ކުރުދިސްތާން ޕްރޮވިންސްގެ ބޯޑަރު ގާޑްގެ ވެރިޔާ އަލީ އަކްބަރު ޖާވިދާން ބުދަ ދުވަހު ވިދާޅުވީ، އިރާގުގައި ތިބި ކުރުދީ ހަނގުރާމަވެރިން އީރާނުގެ ބިމަށް އެއްގަމު މަގުން ހަމަލާއެއް ދީފާނެ ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކަތަކަކީ "ޚިޔާލީ" ވާހަކަތަކެއް ކަމަށެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ވިދާޅުވީ، ބޯޑަރު ބަލަހައްޓާ ސިފައިންގެ ހުޝިޔާރުކަމާއި، ކުރުދިސްތާން، ސިސްތާން އަދި ބަލޫޗިސްތާނާއި ހޫޒެސްތާންގެ ހިތްވަރުގަދަ ރައްޔިތުންގެ އެހީތެރިކަމާއެކު ގައުމުގެ ބޯޑަރުތައް އޮތީ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަމުގެ ދަށުގައި ކަމަށެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު، އީރާނުގެ 90 މިލިއަނެއްހާ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތަކާއި، ގައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް ތަހައްމަލު ކުރަމުންނެވެ.

ތެހެރާނުގެ މެދުތެރޭގައި ދިރިއުޅޭ އުމުރުން 36 އަހަރުގެ ޖަމްޝީދު އަލްޖަޒީރާއަށް ބުނީ، ދެން ވާނެ ގޮތެއް އަންދާޒާކުރުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

އޭނާ ބުނީ، މި އަހަރު ނުވަތަ އަންނަ އަހަރުވެސް ކަންކަން ރަނގަޅުވާނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ. އަދި މި ހާލަތު މާ ގިނަ ދުވަހަށް ދެމިގެން ނުދާނެ ކަމަށް އުންމީދުކުރާ ކަމަށާއި، ސަބަބަކީ މިފަދަ ކަންކަމާ ކުރިމަތިލުމުގައި ގައުމުގެ ޒުވާނުންގެ ބޮޑުބައެއްގެ ދިރިއުޅުން މިހާރުވެސް ގެއްލިފައިވާތީ ކަމަށް އޭނާ ބުންޏެވެ.

އީރާންއީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިއީރާން-ޔޫކްރެއިން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

12 އޯގަސްޓު 2026
ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް
12 އޯގަސްޓު 2026

އީރާނާއި އެމެރިކާއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދޭ: އީރާން

12 އޯގަސްޓު 2026
އީރާނާއި އެމެރިކާއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދޭ: އީރާން
12 އޯގަސްޓު 2026

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

12 އޯގަސްޓު 2026
ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ
12 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ

12 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ
12 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާ އަތުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
12 އޯގަސްޓު 2026

އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް

12 އޯގަސްޓު 2026
އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް
11 އޯގަސްޓު 2026

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

11 އޯގަސްޓު 2026
ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ
11 އޯގަސްޓު 2026

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

11 އޯގަސްޓު 2026
އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި
11 އޯގަސްޓު 2026

އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބިރުން ޓްރަމްޕް ތުރުކީން މަތިންދާބޯޓަށް އަރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގައި ފިއްލަވައިގެންކަން ފަޅާ އަރައިފި

11 އޯގަސްޓު 2026
އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބިރުން ޓްރަމްޕް ތުރުކީން މަތިންދާބޯޓަށް އަރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގައި ފިއްލަވައިގެންކަން ފަޅާ އަރައިފި
11 އޯގަސްޓު 2026

މަޝްވަރާކުރުމަށް އެދި އެމެރިކާ އިން އާދޭސްކޮށް، ސަލާންޖެހި: އަރާގްޗީ

11 އޯގަސްޓު 2026
މަޝްވަރާކުރުމަށް އެދި އެމެރިކާ އިން އާދޭސްކޮށް، ސަލާންޖެހި: އަރާގްޗީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް