Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބޮޑެތި ޕާޓީތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި

14 އޯގަސްޓު 2026 | ހުކުރު 06:42

މި އިންތިޚާބަކީ ވެސްޓްމިންސްްޓަރގެ ބޮޑެތި ޕާޓީއަކުން ބޮއިކޮޓް ކޮށްފައިވާ އިންތިޚާބެއް. އިންތިޚާބުގައި ފަރާޖް އަށް 22،239 ވޯޓު ލިބިފައިވާއިރު، ދެ ވަނަ ހޯދި ކައުންޓް ބިންފޭސްއިން އަށް ލިބިފައި ވަނީ 9،455 ވޯޓު. މި ބޮޑު ކާމިޔާބާ އެކު، ފަރާޖް ވަނީ އަލުން އަނެއްކާ ވެސް ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޯގަސްޓު 2026 | ހުކުރު 06:42
 ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖް

ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖް | ގެޓީ އިމޭޖަސް

ކްލެކްޓަންގެ ޤާނޫނު ހަދާ މަޖިލީހުގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވައި، ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި އެވެ.

މި އިންތިޚާބަކީ ވެސްޓްމިންސްްޓަރގެ ބޮޑެތި ޕާޓީއަކުން ބޮއިކޮޓް ކޮށްފައިވާ އިންތިޚާބެކެވެ. އިންތިޚާބުގައި ފަރާޖް އަށް 22،239 ވޯޓު ލިބިފައިވާއިރު، ދެ ވަނަ ހޯދި ކައުންޓް ބިންފޭސްއިން އަށް ލިބިފައި ވަނީ 9،455 ވޯޓެވެ. މި ބޮޑު ކާމިޔާބާ އެކު، ފަރާޖް ވަނީ އަލުން އަނެއްކާ ވެސް ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވެ ވަޑައިގަންނަވާފަ އެވެ. 

މި އިންތިޚާބު ބާއްވަން ޖެހުނީ، މިދިޔަ ޖުލައި މަހުގެ ތެރޭގައި ފަރާޖް މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވުމަށް ފަހު ފަރާޖް ވަނީ، އަލުން ބައި އިލެކްޝަންގައި ވާދަ ކުރައްވާނެ ކަމަށް ވެސް އިއުލާން ކުރައްވައިފަ އެވެ. 

އިންތިޚާބުގެ ނަތީޖާ އިއުލާން ކުރާ ސަރަހައްދަށް ފަރާޖް ވަޑައިގެންފައި ނުވާއިރު، ރިފޯމް ޔޫކޭ އިން ބުނެފައި ވަނީ އެއީ ފުލުހުން އެގޮތަށް އިރުޝާދު ދީފައިވާތީ ކަމަށެވެ. ނަމަވެސް، ބީބީސީ އިން ވަނީ އެއީ މުޅިން ހަގީގަތެއް ނޫން ކަމަށް ހާމަކޮށްފައި އެވެ. 

މި އިންތިޚާބުގައި ބޮޑެތި ޕާޓީތަކުން އެއްވެސް ކެންޑިޑޭޓަކު ނެރެފައި ނުވުމުން، ފަރާޖް އަށް ގޮނޑި ކާމިޔާބު ކުރެއްވޭނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފައި އެވެ. ނަމަވެސް، ފަރާޖް އަށް އަމާޒުވެފައިވާ ތުހުމަތުތަކާއި، އޭނާގެ މާލީ މައްސަލަތަކުގެ ވާހަކަ އަދިވެސް ނުހުއްޓޭނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެ އެވެ. 

ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!
Raajje.mv

ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!

ފަރާޖް އަށް ކުރެވިފައިވާ ތުހުމަތުތަކަކީ، ކުށްވެރިއެއްގެ ގޮތުގައި ސާބިތު ވެފައިވާ ޖޯޖް ކޮޓްރެލްގެ ފަރާތުން ލިބުނު މާލީ މަންފާތަކެއް ފަރާޖް ހާމަކުރައްވާފައި ނުވާ ކަމަށް "ދަ ސަންޑޭ ޓައިމްސް" ނޫހުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ. އެ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އުމުރުން 32 އަހަރުގެ ކޮޓްރެލް ވަނީ 2024 ވަނަ އަހަރުގެ އާންމު އިންތިޚާބުގެ ކުރިން ފަރާޖްގެ ސޯޝަލް މީޑިއާގެ މަސައްކަތްތަކަށް ތިން މުވައްޒަފުން ހޯދައިދީ، އެމީހުންނަށް މުސާރަ ދީފައި އެވެ.

މީގެ އިތުރުން ބަކިންހަމް ޕެލަސް ކައިރިން ކޮޓްރެލް ކުއްޔަށް ހިފާފައިވާ ފަސް ބުރީގެ ގެއެއް ބޭނުން ކުރުމުގެ ފުރުސަތު ވެސް ފަރާޖް އަށް ވަނީ ދެއްވާފަ އެވެ.

ޖޯޖް ކޮޓްރެލް އަކީ 2017 ވަނަ އަހަރު މަނީ ލޯންޑަރިންގެ މައްސަލައެއްގައި އެމެރިކާގައި ޖަލަށް ލާފައިވާ މީހެކެވެ. ނަމަވެސް ފަރާޖް ވިދާޅުވީ، އެއީ އޭނާގެ އަމިއްލަ ބޭނުންތަކަށް ލިބުނު އެހީތަކެއް ކަމަށާއި، މަޖިލީހުގެ މިންގަނޑުތައް މިހާރު ބޭނުން ކުރެވެނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. އޭނާ އެއްވެސް ގާނޫނަކާ ޚިލާފު ވެވަޑައިގެންފައި ނުވާނެ ކަމަށާއި، ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވެ ވަޑައިގަންނަވާފައި ނުވާނެ ކަމަށް ވެސް ފަރާޖް ވިދާޅުވި އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްރިފޯމް ޔޫކޭނައިޖެލް ފަރާޖް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި

12 އޯގަސްޓު 2026
ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި
10 އޯގަސްޓު 2026

ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!

10 އޯގަސްޓު 2026
ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!
09 އޯގަސްޓު 2026

ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ

09 އޯގަސްޓު 2026
ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
03 އޯގަސްޓު 2026

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟

03 އޯގަސްޓު 2026
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟
30 ޖުލައި 2026

ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!

30 ޖުލައި 2026
ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!
27 ޖުލައި 2026

އަވަސް އިންތިޚާބަކަށް ނުދާނެކަަމަށް ބޮޑު ވަޒީރު ބާންހަމް ވިދާޅުވެއްޖެ

27 ޖުލައި 2026
އަވަސް އިންތިޚާބަކަށް ނުދާނެކަަމަށް ބޮޑު ވަޒީރު ބާންހަމް ވިދާޅުވެއްޖެ
27 ޖުލައި 2026

ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް

27 ޖުލައި 2026
ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް
25 ޖުލައި 2026

މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް އެދި، 120 މިލިއަނަރުން ބޮޑުވަޒީރު ބާންހަމް އަށް ގޮވާލައިފި

25 ޖުލައި 2026
މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް އެދި، 120 މިލިއަނަރުން ބޮޑުވަޒީރު ބާންހަމް އަށް ގޮވާލައިފި
22 ޖުލައި 2026

އިނގިރޭސިވިލާތުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އަކީ ކޮންބޭފުޅެއް؟

22 ޖުލައި 2026
އިނގިރޭސިވިލާތުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އަކީ ކޮންބޭފުޅެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް