Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!

30 ޖުލައި 2026 | ބުރާސްފަތި 09:57

ބާންހަމްގެ ޖަވާބާ އެކު އުމުރުން ދުވަސްވީ މީހާ އަށް ލިބުނީ ބޮޑު ހަރިރާން ކަމެއް. އެއާ އެކު އޭނާ ވަނީ، އަނެއްކާ އެހެން އައު މީހަކު ބޮޑު ވަޒީރު ކަމަށް އައިތޯ ސުވާލު ކުރައްވާފައި. ދެން އޭނާ ވިދާޅުވީ ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލު ވަމުން އަންނަ ކަމަށް. އެ މީހާ އެހެން ބުނުމާ އެކު، ބާންހަމް ވިދާޅުވީ އެކަން އެނގިވަޑައި ގަންނަވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2026 | ބުރާސްފަތި 09:57
ބުދަ ދުވަހު އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒަށް ކުރި ޒިޔާރަތުގައި ބޮޑު ވަޒީރު ބާންހަމް، އުމުރުން ދުވަސްވީ މީހަކާ ވާހަކަ ދައްކަވަނީ

ބުދަ ދުވަހު އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒަށް ކުރި ޒިޔާރަތުގައި ބޮޑު ވަޒީރު ބާންހަމް، އުމުރުން ދުވަސްވީ މީހަކާ ވާހަކަ ދައްކަވަނީ | ސޯޝަލް މީޑިއާ

އިނގިރޭސިވިލާތުގެ ބޮޑު ވަަޒީރު އެންޑީ ބާންހަމް، މެންޗެސްޓަރގައި ހުންނަ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒަކަށް ކުރި ޒިޔާރަތެއްގައި ތަފާތު ކަމެއް ދިމާވެ، އެކަން ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފި އެވެ. 

ބުދަ ދުވަހު އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒަށް ކުރި ޒިޔާރަތުގައި ބާންހަމް ވަނީ، އެ ތަނުގައި ތިބި ގިނަ އަދަދެއްގެ މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކައިފަ އެވެ. އޭގެ ތެރެއިން ބައްދަލުވި އުމުރުން ދުވަސްވީ މީހަކު ވަނީ، ބާންހަމް އަކީ އެ ދާއިރާާގެ ގޮނޑި އަށް ވާދަ ކުރައްވާ ކެންޑިޑޭޓުތޯ އައްސަވައިފަ އެވެ. 

އެ ސުވާލުގެ ޖަވާބުގައި ބޮޑު ވަޒީރު ބާންހަމް ވިދާޅުވީ، އޭނާ އަކީ ކުރިން ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ދާދި ފަހުން އޮތް ބައި އިލެކްޝަނެއް ކާމިޔާބު ކުރެއްވި ކަމަށް ވެސް ބާންހަމް ވިދާޅުވި އެވެ. އެއަށް ފަހު ހިނިތުންވެފައި ހުންނަވައި ބާންހަމް ވިދާޅުވީ، މިހާރު އޭނާ އަކީ ބޮޑު ވަަޒީރު ކަމަށެވެ. 

ބާންހަމްގެ ޖަވާބާ އެކު އުމުރުން ދުވަސްވީ މީހާ އަށް ލިބުނީ ބޮޑު ހަރިރާން ކަމެކެވެ. އެއާ އެކު އޭނާ ވަނީ، އަނެއްކާ އެހެން އައު މީހަކު ބޮޑު ވަޒީރު ކަމަށް އައިތޯ ސުވާލު ކުރައްވައިފަ އެވެ. ދެން އޭނާ ވިދާޅުވީ ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލު ވަމުން އަންނަ ކަމަށެވެ. އެ މީހާ އެހެން ބުނުމާ އެކު، ބާންހަމް ވިދާޅުވީ އެކަން އެނގިވަޑައި ގަންނަވާ ކަމަށެވެ. 

ބުދަ ދުވަހު އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒަށް ކުރި ޒިޔާރަތުގައި ބާންހަމް މީހަކާ ދެއްކެވި ވާހަކަ.

މި ވީޑިއޯ އާއެކު ބައެއް ފަރާތް ތަކުން ބުނެފައި ވަނީ، އިނގިރޭސިވިލާތުގެ ސަރުކާރަށް ފަހަކަށް އައިސް އަންނަމުންދާ އަވަސް ބަދަލު ތަކުގެ ސަބަބުން، އާންމު ރައްޔިތުންގެ މެދުގައި އޮޅުން ބޮޅުން ބޮޑުވެފައިވާ ކަމަށެވެ. ޚާއްސަކޮށް ފާއިތުވި އަހަރު ތަކުގައި ގިނަ ބޮޑު ވަޒީރުން ތަކެއް އައިސްފައިވާއިރު، ޤައުމުގެ ރައްޔިތުން ތިބީ ސިޔާސީ ކަންކަމާ މެދު މާޔޫސްވެފައި ކަމަށް ވެސް ބައެއް ފަރާތް ތަކުން ވަނީ ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމަށް ބާންހަމް ވަޑައިގެންނެވީ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. އެއީ އޭނާގެ ކުރިން ބޮޑު ވަޒީރުގެ މަގާމުގައި ހުންނެވި ކިއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވުމާ އެކު އެވެ. އެއާ އެކު ބާންހަމް ވެގެން ގޮސްފައި ވަނީ، ފާއިތުވި 10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވި ހަތް ވަނަ ބޮޑު ވަޒީރަށެވެ.

ބާންހަމް އަކީ އިނގިރޭސިވިލާތުގެ ސިޔާސީ މައިދާނުގައި ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. ޚާއްސަކޮށް ވެރިކަން ކުރާ ލޭބާ ޕާޓީގެ ތެރޭގައި ބާންހަމްގެ ނުފޫޒު ވަރަށް ބޮޑަށް އޮވެ އެވެ. ސަރުކާރާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ބާންހަމް ގެންދަވަނީ، ގިނަ ބަދަލު ތަކެއް ގެންނަވައި، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ފަސޭހަ ވާނެ ގިނަ ކަންތައް ތަކެއް ކުރައްވަން އިސްކަން ދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

މަސްދަރު: ޕޮލިޓިކްސް ޔޫކޭ

އިނގިރޭސިވިލާތްއެންޑީ ބާންހަމް

އިތުރަށް ކިޔާލަން

30 ޖުލައި 2026

ވޯލްޑް ކަޕްގެ ވިޔަފާރި ވިއްކުމުގެ ޕްލޭންއާ ދެކޮޅު ހައްދަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމްގެ ނުރުހުން ފީފާ އަށް

30 ޖުލައި 2026
ވޯލްޑް ކަޕްގެ ވިޔަފާރި ވިއްކުމުގެ ޕްލޭންއާ ދެކޮޅު ހައްދަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމްގެ ނުރުހުން ފީފާ އަށް
27 ޖުލައި 2026

އަވަސް އިންތިޚާބަކަށް ނުދާނެކަަމަށް ބޮޑު ވަޒީރު ބާންހަމް ވިދާޅުވެއްޖެ

27 ޖުލައި 2026
އަވަސް އިންތިޚާބަކަށް ނުދާނެކަަމަށް ބޮޑު ވަޒީރު ބާންހަމް ވިދާޅުވެއްޖެ
27 ޖުލައި 2026

ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް

27 ޖުލައި 2026
ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް
25 ޖުލައި 2026

މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް އެދި، 120 މިލިއަނަރުން ބޮޑުވަޒީރު ބާންހަމް އަށް ގޮވާލައިފި

25 ޖުލައި 2026
މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް އެދި، 120 މިލިއަނަރުން ބޮޑުވަޒީރު ބާންހަމް އަށް ގޮވާލައިފި
22 ޖުލައި 2026

އިނގިރޭސިވިލާތުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އަކީ ކޮންބޭފުޅެއް؟

22 ޖުލައި 2026
އިނގިރޭސިވިލާތުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އަކީ ކޮންބޭފުޅެއް؟
22 ޖުލައި 2026

އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި

22 ޖުލައި 2026
އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި
20 ޖުލައި 2026

ހަތަރު އަހަރުގެ ތެރޭގައި ފަސް ވަނަ ބޮޑު ވަޒީރު، ބާންހަމް ވައުދުވެ ވަޑައިގެންނެވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް

20 ޖުލައި 2026
ހަތަރު އަހަރުގެ ތެރޭގައި ފަސް ވަނަ ބޮޑު ވަޒީރު، ބާންހަމް ވައުދުވެ ވަޑައިގެންނެވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް
20 ޖުލައި 2026

ޤައުމަށް ހެޔޮ ބަދަލެއް ގެނެވިއްޖެ، މަސައްކަތުން ދުރަށް މި ދިޔައީ ފަޚުރުވެރިކަމާ އެކު: ސްޓާމަރ

20 ޖުލައި 2026
ޤައުމަށް ހެޔޮ ބަދަލެއް ގެނެވިއްޖެ، މަސައްކަތުން ދުރަށް މި ދިޔައީ ފަޚުރުވެރިކަމާ އެކު: ސްޓާމަރ
17 ޖުލައި 2026

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ އެންޑީ ބާންހަމް އެނގޭތަ؟

17 ޖުލައި 2026
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ އެންޑީ ބާންހަމް އެނގޭތަ؟
13 ޖުލައި 2026

ކުރިން ވެފައިވާ ވައުދާ ޚިލާފަށް، އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ސްޓާމާ ދެއްވައިފި

13 ޖުލައި 2026
ކުރިން ވެފައިވާ ވައުދާ ޚިލާފަށް، އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ސްޓާމާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް