Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިިނގިރޭސިވިލާތް

އަވަސް އިންތިޚާބަކަށް ނުދާނެކަަމަށް ބޮޑު ވަޒީރު ބާންހަމް ވިދާޅުވެއްޖެ

27 ޖުލައި 2026 | ހޯމަ 06:14

ބާންހަމް ވިދާޅުވީ، އަވަސް އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު މިހާރު މުޅިން ބަންދުވެފައިވާ ކަަމަށް. އަދި މިއީ އިނގިރޭސިވިލާތުގެ ރައްޔިތުން އަވަސް އިންތިޚާބެއް ބޭނުންވާ ވަގުތެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް، ބޮޑު ވަޒީރު ބާންހަމް ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖުލައި 2026 | ހޯމަ 06:14
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގައި އަވަސް އިންތިޚާބެއް ބޭއްވުމުގެ އެއްވެސް ވިސްނުންފުޅެއް ނެތް ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެ އެވެ.

ބާންހަމް ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން، އޭނާ ބޭންފުޅު ވަނީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އަވަސް އިންތިޚާބެއް ބާއްވަން ކަމުގެ އަޑުތަކެއް ފެތުރިގެން ދިޔަ އެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން އޭރު ބާންހަމް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ. ބީބީސީ އަށް ދެއްވި އިންޓަވިޔުގައި އެކަމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ބާންހަމް ވިދާޅުވީ، އަވަސް އިންތިޚާބެއް ނުބާއްވާނެ ކަމަށެވެ. 

އެގޮތުން ބާންހަމް ވިދާޅުވީ، އަވަސް އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު މިހާރު މުޅިން ބަންދުވެފައިވާ ކަަމަށެވެ. އަދި މިއީ އިނގިރޭސިވިލާތުގެ ރައްޔިތުން އަވަސް އިންތިޚާބެއް ބޭނުންވާ ވަގުތެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް، ބޮޑު ވަޒީރު ބާންހަމް ވަނީ ވިދާޅުވެފައި އެވެ.

ބީބީސީ އަށް ދެއްވި އިންޓަވިޔުގައި ބޮޑު ވަޒީރު ބާންހަމް ވާހަކަ ދައްކަވަނީ

އަވަސް އިންތިޚާބެއް ނުބާއްވަން ނިންމެވި ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބާންހަމް ވިދާޅުވީ، އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ވޯޓު ދީފައި ވަނީ ވަކި މެނިފެސްޓޯ އަކަށް ކަމަށެވެ. އެހެންކަމުން، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އެއްބާރުލުމާ އެކު، އެ މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަ އަށް ތަންފީޒުކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ދެމި ހުންނަވާނެ ކަމަށް ބޮޑު ވަޒީރު ވައުދުވެ ވަޑައިގެންނެވި އެވެ.

މީގެ އިތުރުން ބާންހަމް ވިދާޅުވީ، މި ވަގުތު އެންމެ މުހިންމު ކަމަކީ އިނގިރޭސިވިލާތުގެ ކަންކަން ހަމަ މަގަށް އަޅުވައި، ޤައުމުގެ ހިންގުން ހަރުދަނާ ކުރުން ކަމަށެވެ. އަދި ގައުމު އޮންނަން ޖެހޭ ފަދަ ކުރިއަރާފައިވާ ހާލަތަކަށް ގެންދިއުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކަށް މުޅި ޤައުމުގެ ސަމާލުކަން ހުއްޓުވުމަކީ އޭނާގެ އެންމެ ބޮޑު އަމާޒު ކަމަށް ވެސް ބާންހަމް ފާާހަގަ ކުރެއްވި އެވެ. 

ބޮޑު ވަޒީރު ބާންހަމްގެ މި ނިންމެވުމާ އެކު، އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހުގައި އަވަސް އިންތިޚާބަކާ މެދު އުފެދިފައިވާ ބަހުސްތަކަށް މިވަނީ ނިމުމެއް އައިސްފައި އެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ އިންތިޚާބީ ވައުދުތައް ފުއްދައި، ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅު ކުރުން ކަމަށް ބާންހަމްގެ ވާހަކަ އިން ސާފުވެގެން ދެ އެވެ.

އެންމެ ފަހުން އިނގިރޭސިވިލާތުގެ އާންމު އިންތިޚާބު ބާއްވާފައި ވަނީ 2024 ވަނަ އަހަރު އެވެ. އެ އިންތިޚާބުގައި ލޭބާ ޕާޓީ އިން ބޮޑު އަޣުލަބިއްޔަތެއް ހޯދާފައިވާއިރު، އިނގިރޭސިވިލާތުގައި ދެން އާންމު އިންތިޚާބެއް އޮންނާނީ 2029 ވަނަ އަހަރު އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭއެންޑީ ބާންހަމް

އިތުރަށް ކިޔާލަން

27 ޖުލައި 2026

ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް

27 ޖުލައި 2026
ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް
25 ޖުލައި 2026

މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް އެދި، 120 މިލިއަނަރުން ބޮޑުވަޒީރު ބާންހަމް އަށް ގޮވާލައިފި

25 ޖުލައި 2026
މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް އެދި، 120 މިލިއަނަރުން ބޮޑުވަޒީރު ބާންހަމް އަށް ގޮވާލައިފި
22 ޖުލައި 2026

އިނގިރޭސިވިލާތުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އަކީ ކޮންބޭފުޅެއް؟

22 ޖުލައި 2026
އިނގިރޭސިވިލާތުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އަކީ ކޮންބޭފުޅެއް؟
22 ޖުލައި 2026

އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި

22 ޖުލައި 2026
އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި
20 ޖުލައި 2026

ހަތަރު އަހަރުގެ ތެރޭގައި ފަސް ވަނަ ބޮޑު ވަޒީރު، ބާންހަމް ވައުދުވެ ވަޑައިގެންނެވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް

20 ޖުލައި 2026
ހަތަރު އަހަރުގެ ތެރޭގައި ފަސް ވަނަ ބޮޑު ވަޒީރު، ބާންހަމް ވައުދުވެ ވަޑައިގެންނެވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް
20 ޖުލައި 2026

ޤައުމަށް ހެޔޮ ބަދަލެއް ގެނެވިއްޖެ، މަސައްކަތުން ދުރަށް މި ދިޔައީ ފަޚުރުވެރިކަމާ އެކު: ސްޓާމަރ

20 ޖުލައި 2026
ޤައުމަށް ހެޔޮ ބަދަލެއް ގެނެވިއްޖެ، މަސައްކަތުން ދުރަށް މި ދިޔައީ ފަޚުރުވެރިކަމާ އެކު: ސްޓާމަރ
17 ޖުލައި 2026

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ އެންޑީ ބާންހަމް އެނގޭތަ؟

17 ޖުލައި 2026
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ އެންޑީ ބާންހަމް އެނގޭތަ؟
13 ޖުލައި 2026

ކުރިން ވެފައިވާ ވައުދާ ޚިލާފަށް، އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ސްޓާމާ ދެއްވައިފި

13 ޖުލައި 2026
ކުރިން ވެފައިވާ ވައުދާ ޚިލާފަށް، އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ސްޓާމާ ދެއްވައިފި
11 ޖުލައި 2026

އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އޭން ވިޑެކޯމްބް މަރުވެފައި އޮއްވާ ފެނިއްޖެ، ތުހުމަތު ކުރެވެނީ އަނިޔާވެރި ގޮތަކަށް މަރާލީ ކަމަށް

11 ޖުލައި 2026
އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އޭން ވިޑެކޯމްބް މަރުވެފައި އޮއްވާ ފެނިއްޖެ، ތުހުމަތު ކުރެވެނީ އަނިޔާވެރި ގޮތަކަށް މަރާލީ ކަމަށް
11 ޖުލައި 2026

322 މެމްބަރުންގެ ތާއީދާ އެކު، ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ބާންހަމް ކުރިމަތި ލައްވައިފި

11 ޖުލައި 2026
322 މެމްބަރުންގެ ތާއީދާ އެކު، ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ބާންހަމް ކުރިމަތި ލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް