Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!

8 ޖުލައި 2026 | ބުދަ 07:06

ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ވިދާޅުވީ، އޭނާގެ ފަންޑިންގ އާއި ގުޅޭ ގޮތުން ކުރަމުންދާ ތަހުގީގު ތަކަކީ ސިޔާސީ ނުފޫޒު ގަދަ ފަރާތް ތަކުން، ނުވަތަ "އެސްޓަބްލިޝްމަންޓުން" އޭނާއާ ދެކޮޅަށް ކުރާ ކަމެއް ކަމަށް. އަދި އޭނާ އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ފަރާޖް ވިދާޅުވީ، އޭނާގެ އަމަލުތަކާ މެދު ގޮތް ނިންމާނީ ކްލެކްޓަންގެ ރައްޔިތުން ކަމަށް. މިއީ އާންމު ރައްޔިތުންނާއި ނުފޫޒު ގަދަ ސިޔާސީ ފަރާތްތަކާ ދެމެދު ކުރެވޭ ހަނގުރާމައެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖުލައި 2026 | ބުދަ 07:06
ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖް.

ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖް. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ކަނާއަތު ފިޔައިގެ ސިޔާސީ ލީޑަރު ނައިޖެލް ފަރާޖް އަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކާ ގުޅޭ މައްސަލަ ތަކެއް ފެންމަތިވުމާ ގުޅިގެން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމުން އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

ފަރާޖް އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާ ތަމްސީލު ކުރައްވާ ކްލެކްޓަން ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަން ޖެހިފައިވާއިރު، އެ އިންތިޚާބުގައި އަލުން ވާދަ ކުރައްވާނެ ކަމަށް އޭނާ ވަނީ އިއުލާން ކުރައްވާފައި އެވެ.

އަންގާރަ ދުވަހު ދެއްވި ތަގުރީރެއްގައި ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ވިދާޅުވީ، އޭނާގެ ފަންޑިންގ އާއި ގުޅޭ ގޮތުން ކުރަމުންދާ ތަހުގީގު ތަކަކީ ސިޔާސީ ނުފޫޒު ގަދަ ފަރާތް ތަކުން، ނުވަތަ "އެސްޓެބްލިޝްމަންޓުން" އޭނާ އާއި ދެކޮޅަށް ކުރާ ކަމެއް ކަމަށެވެ. އަދި އޭނާ އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ފަރާޖް ވިދާޅުވީ، އޭނާގެ އަމަލުތަކާ މެދު ގޮތް ނިންމާނީ ކްލެކްޓަންގެ ރައްޔިތުން ކަމަށެވެ. މިއީ އާންމު ރައްޔިތުންނާއި ނުފޫޒު ގަދަ ސިޔާސީ ފަރާތްތަކާ ދެމެދު ކުރެވޭ ހަނގުރާމައެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

ފަރާޖްގެ މި ނިންމެވުމާ އެކު އިނގިރޭސިވިލާތުގެ މައިގަނޑު ސިޔާސީ ޕާޓީ ތަކުން ވަނީ މި ބައި އިލެކްޝަން ބޮއިކޮޓް ކުރަން ނިންމާފައި އެވެ. މިގޮތުން ވެރިކަން ކުރާ ލޭބަރ ޕާޓީ އާއި، އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ އިތުރުން ލިބަރަލް ޑިމޮކްރެޓްސް އަދި ރިސްޓޯ ބްރިޓަން ޕާޓީ އިން ވެސް ވަނީ ކްލެކްޓަން ދާއިރާގެ ގޮނޑި އަށް ކެންޑިޑޭޓުން ނުނެރޭނެ ކަމަށް ބުނެފައި އެވެ.

މި މައްސަލަ ފެންމަތިވީ، ކުށްވެރިއެއްގެ ގޮތުގައި ސާބިތު ވެފައިވާ ޖޯޖް ކޮޓްރެލްގެ ފަރާތުން ލިބުނު މާލީ މަންފާ ތަކެއް ފަރާޖް ހާމަކުރައްވާފައި ނުވާ ކަމަށް "ދަ ސަންޑޭ ޓައިމްސް" ނޫހުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ. އެ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އުމުރުން 32 އަހަރުގެ ކޮޓްރެލް ވަނީ 2024 ވަނަ އަހަރުގެ އާންމު އިންތިޚާބުގެ ކުރިން ފަރާޖްގެ ސޯޝަލް މީޑިއާގެ މަސައްކަތް ތަކަށް ތިން މުވައްޒަފުން ހޯދައިދީ، އެމީހުންނަށް މުސާރަ ދީފައި އެވެ.

މީގެ އިތުރުން ބަކިންހަމް ޕެލަސް ކައިރިން ކޮޓްރެލް ކުއްޔަށް ހިފާފައިވާ ފަސް ބުރީގެ ގެއެއް ބޭނުން ކުރުމުގެ ފުރުސަތު ވެސް ފަރާޖް އަށް ވަނީ ދީފައި އެވެ.

ޖޯޖް ކޮޓްރެލް އަކީ 2017 ވަނަ އަހަރު މަނީ ލޯންޑަރިންގ ގެ މައްސަލައެއްގައި އެމެރިކާގައި ޖަލަށް ލާފައިވާ މީހެކެވެ. ނަމަވެސް ފަރާޖް ވިދާޅުވީ، އެއީ އޭނާގެ އަމިއްލަ ބޭނުން ތަކަށް ލިބުނު އެހީ ތަކެއް ކަމަށާއި، މަޖިލީހުގެ މިންގަނޑުތައް މިހާރު ބޭނުން ކުރެވެނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. އޭނާ އެއްވެސް ގާނޫނަކާ ޚިލާފު ވެފައި ނުވާނެ ކަމަށާއި، ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވެފައި ނުވާނެ ކަމަށް ވެސް ފަރާޖް ވިދާޅުވި އެވެ.

އިމިގްރޭޝަންއާ ދެކޮޅަށް ވަރުގަދަ ބަސް މަގަކުން ވާހަކަ ދައްކަވާ ފަރާޖްގެ މައްޗަށް މިހާރު ވަނީ ސުލޫކީ މިންގަނޑުތަކާ ގުޅޭ އިތުރު ތަހުގީގެއް ވެސް ފަށާފައި އެވެ. މި ހުރިހާ ތުހުމަތު ތަކެއް އޭނާ ދޮގު ކުރައްވާއިރު، ކުރިއަށް އޮތް ބައި އިލެކްޝަން އަކީ އޭނާގެ ސިޔާސީ މުސްތަގުބަލަށް ވަރަށް މުހިންމު އިންތިޚާބަކަށް ވެގެންދާނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިނގިރޭސިވިލާތްރިފޯމް ޔޫކޭނައިޖެލް ފަރާޖް

އިތުރަށް ކިޔާލަން

06 ޖުލައި 2026

އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ

06 ޖުލައި 2026
އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ
05 ޖުލައި 2026

ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

05 ޖުލައި 2026
ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
05 ޖުލައި 2026

ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ

05 ޖުލައި 2026
ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ
05 ޖުލައި 2026

ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ

05 ޖުލައި 2026
ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ
05 ޖުލައި 2026

އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް

05 ޖުލައި 2026
އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
04 ޖުލައި 2026

ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ

04 ޖުލައި 2026
ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ
02 ޖުލައި 2026

ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!

02 ޖުލައި 2026
ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!
30 ޖޫން 2026

ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަަމަށް ބާންހަމް ވިދާޅުވެއްޖެ

30 ޖޫން 2026
ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަަމަށް ބާންހަމް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް