Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ

9 އޯގަސްޓު 2026 | އާދީއްތަ 06:49

ބޮޑު ވަޒީރުގެ އޮފީހުން ބުނި ގޮތުގައި މި ދަތުރުގެ މައިގަނޑު މަޤުސަދަކީ، ރައްޔިތުންނަށް "ނޭވާލާނެ ފުރުސަތެއް" ހޯދައިދިނުން. މީގެ އިތުރުން، ވިޔަފާރި މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމަށް ވެސް ބޮޑު ވަޒީރު ފޯކަސް ކުރައްވާނެ. ބޮޑު ވަޒީރުގެ ތަރުޖަމާނު ވިދާޅުވީ، މުދަލުގެ އަގުތައް ސިއްރު ކުރުމާއި، ކަސްޓަމަރުންނަށް އޮޅުވާލައިގެން މުދާ ވިއްކުން ފަދަ ކަންކަމަކީ އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ވެސްޓްމިންސްޓަރ އަށް އާދަވެފައި އޮތް އޮތުން ބަދަލު ކުރަން ޖެހޭކަމެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އޯގަސްޓު 2026 | އާދީއްތަ 06:49
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ދިމާވެފައިވާ ދިރިއުޅުމުގެ އަގު ބޮޑުވުމުގެ މައްސަލަތަކަށް ލުޔެއް ހޯދައި ދިނުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ޚާއްސަ ފިޔަވަޅުތަކެއް އިއުލާނު ކުރާނެ ކަމަށް ޑައުނިންގް ސްޓްރީޓް އިން ހާމަކޮށްފި އެެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް މިހާރު ތައްޔާރުވަމުން ގެންދަވަނީ، އެ ޤައުމުގެ އެކި ސަރަހައްދުތަކަށް ދަތުރުކުރައްވާ، ރައްޔިތުންގެ ހާލަތު ގާތުން ބެއްލެވުމަށެވެ.

ބޮޑު ވަޒީރުގެ އޮފީހުން ބުނި ގޮތުގައި މި ދަތުރުތަކުގެ މައިގަނޑު މަޤުސަދަކީ، ރައްޔިތުންނަށް "ނޭވާލާނެ ފުރުސަތެއް" ހޯދައިދިނުމެވެ. މީގެ އިތުރުން، ވިޔަފާރި މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމަށް ވެސް ބޮޑު ވަޒީރު ފޯކަސް ކުރައްވާނެ އެވެ. ބޮޑު ވަޒީރުގެ ތަރުޖަމާނު ވިދާޅުވީ، މުދަލުގެ އަގުތައް ސިއްރު ކުރުމާއި، ކަސްޓަމަރުންނަށް އޮޅުވާލައިގެން މުދާ ވިއްކުން ފަދަ ކަންކަމަކީ އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ވެސްޓްމިންސްޓަރ އަށް އާދަވެފައި އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމެކެވެ.

މި ދަތުރުގެ ތެރެއިން ބޮޑު ވަޒީރު މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އެއްސެވުމަށް ކަމަށް ވެސް ބުނެފައިވެ އެވެ. މިއީ އިނގިރޭސިވިލާތުގެ ހާލަތު ރަނގަޅުކޮށް، އުންމީދު އާލާ ކުރުމަށް އެކުލަވާލާ 10 އަހަރުގެ މާސްޓަރ ޕްލޭން އަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ނަމަވެސް، އޮކްޓޯބަރު މަހު ބަޖެޓު ހުށަހެޅުމުގެ ކުރިން މާ ބޮޑު މާލީ އެހީތެރި ކަމެއް ފޯރުކޮށްދިނުމަކީ ނާދިރު ކަމެއް ކަމަށް ބެލެވެ އެވެ. ޗާންސެލާ ޖޯން ހީލީ ވަނީ މާލީ އަދަބުވެރިކަން ހިފަހައްޓަވާނެ ކަމަށް ވިދާޅުވެފައި އެވެ.

މި ދަތުރުގެ ތެރެއިން ބޮޑު ވަޒީރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވާނެ ކަމަށް ބެލެވެ އެވެ. ވަކިން ޚާއްސަކޮށް، އޮކްޓޯބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ކުށްވެރިން އަވަހަށް މިނިވަން ކުރުމުގެ ސްކީމްއާ ގުޅިގެން ސަރުކާރަށް ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފައި އެވެ. މި ސްކީމުގެ ދަށުން، ޕޮލިސް ކޮންސްޓަބަލް އެންޑްރޫ ހާޕާ މަރާލި މީހުންގެ ތެރެއިން ދެ މީހަކު އަންނަ އަހަރު މިނިވަންވުމުގެ ފުރުސަތު އޮތުމުން، އެކަމާ މެދު އާންމުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިދިކޮޅު ކޮންޒަވޭޓިވް ޕާޓީ އިން ބުނެފައި ވަނީ، ސަރުކާރުން ޓެކްސް ބޮޑު ކުރުމާއި އިދާރީ ހުރަސްތައް ގިނަ ކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. ޝެޑޯ ޗާންސެލާ މެލް ސްޓްރައިޑް ވިދާޅުވީ، ބާންހަމްގެ ސިޔާސަތުތަކުގެ ސަބަބުން ވަޒީފާތައް ގެއްލި، ތަކެތީގެ އަގު އުފުލެމުންދާ ކަމަށެވެ. އަދި ނުރައްކާތެރި ކުށްވެރިން މަގު މައްޗަށް ދޫކޮށްލުމަކީ، ރައްޔިތުންގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ލިބަރަލް ޑިމޮކްރެޓްސްގެ ތަރުޖަމާނު ޑޭޒީ ކޫޕާ ވިދާޅުވީ، ވިޔަފާރިތަކަށް ބޭނުން ވަނީ ބޮޑު  ވަޒީރުގެ "ދެއްކުންތެރި" ދަތުރެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ވެޓް ކުޑަ ކުރުމާއި، ވިޔަފާރި ރޭޓުތަކަށް ބަދަލު ގެނައުން ފަދަ އަމަލީ ފިޔަވަޅުތަކެއް ކަމަށެވެ. ރިފޯމް ޔޫކޭގެ ރޮބަޓް ޖެންރިކް ގޮވާލެއްވީ ހަކަތައިގެ ބިލުތަކުން ނަގާ ޓެކްސްތައް އުނި ކުރުމަށެވެ.

މި ހުރިހާ ފާޑު ކިޔުންތަކެއް ހުރި ނަމަވެސް، ޖަލުތައް ފުރިފައިވުމުގެ ސަބަބުން ކުށްވެރިން ދޫކޮށްލުމުގެ ނިންމުން ބަދަލު ކުރެވެން ނެތް ކަމަށް ޑައުނިންގް ސްޓްރީޓް އިން ވަނީ ބުނެފައި އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްޑައުނިންގ ސްޓްރީޓްއެންޑީ ބާންހަމް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
03 އޯގަސްޓު 2026

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟

03 އޯގަސްޓު 2026
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟
03 އޯގަސްޓު 2026

އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!

03 އޯގަސްޓު 2026
އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!
30 ޖުލައި 2026

ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!

30 ޖުލައި 2026
ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!
30 ޖުލައި 2026

ވޯލްޑް ކަޕްގެ ވިޔަފާރި ވިއްކުމުގެ ޕްލޭންއާ ދެކޮޅު ހައްދަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމްގެ ނުރުހުން ފީފާ އަށް

30 ޖުލައި 2026
ވޯލްޑް ކަޕްގެ ވިޔަފާރި ވިއްކުމުގެ ޕްލޭންއާ ދެކޮޅު ހައްދަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމްގެ ނުރުހުން ފީފާ އަށް
27 ޖުލައި 2026

އަވަސް އިންތިޚާބަކަށް ނުދާނެކަަމަށް ބޮޑު ވަޒީރު ބާންހަމް ވިދާޅުވެއްޖެ

27 ޖުލައި 2026
އަވަސް އިންތިޚާބަކަށް ނުދާނެކަަމަށް ބޮޑު ވަޒީރު ބާންހަމް ވިދާޅުވެއްޖެ
27 ޖުލައި 2026

ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް

27 ޖުލައި 2026
ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް
25 ޖުލައި 2026

މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް އެދި، 120 މިލިއަނަރުން ބޮޑުވަޒީރު ބާންހަމް އަށް ގޮވާލައިފި

25 ޖުލައި 2026
މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް އެދި، 120 މިލިއަނަރުން ބޮޑުވަޒީރު ބާންހަމް އަށް ގޮވާލައިފި
22 ޖުލައި 2026

އިނގިރޭސިވިލާތުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އަކީ ކޮންބޭފުޅެއް؟

22 ޖުލައި 2026
އިނގިރޭސިވިލާތުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އަކީ ކޮންބޭފުޅެއް؟
22 ޖުލައި 2026

އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި

22 ޖުލައި 2026
އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް