Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!

10 އޯގަސްޓު 2026 | ހޯމަ 03:04

މި މައްސަލައާ ގުޅިގެން ޑިފެންސް ސެކްރެޓަރީ ވިދާޅުވީ، ހެރޮގޭޓްގައި ކަންތައްތައް ގޯސްވެގެން ދިޔަ ގޮތް ވަރަށް ތަފްސީލީ ގޮތެއްގައި ބައްލަވާނެ ކަމަށާއި މުޅި ދިފާއީ ބާރުގެ ތެރޭގައި އޮތް ސަގާފަތް ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޯގަސްޓު 2026 | ހޯމަ 03:04
އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ވެސް ސްޓްރީޓިން

އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ވެސް ސްޓްރީޓިން | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ އާމީ ފައުންޑޭޝަން ކޮލެޖް (އޭއެފްސީ) ގައި ތަމްރީނު ހަދަމުން ދިޔަ އަންހެން ސިފައިންގެ އޮފިސަރުންނަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، އެ ޤައުމުގެ ޑިފެންސް ސެކްރެޓަރީ ވެސް ސްޓްރީޓިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ފިއެވެ.

ހެރޮގޭޓްގައި ހުންނަ މި ކޮލެޖުގައި ހިނގާފައިވާ މިފަދަ އަމަލުތަކުގެ ރިޕޯޓުތަކުން ނުހަނު ބޮޑު ސިހުމެއް ލިބިވަޑައިގެންފައިވާ ކަމަށް ސްޓްރީޓިން ވިދާޅުވި އެވެ.

ބީބީސީ އަށް މައުލޫމާތު ދިން ހަތަރު އަންހެނަކު ވަނީ، އެ ކޮލެޖުގައި އުޅުނު ދުވަސްވަރު އެކި ފަހަރު މަތިން ޖިންސީ ގޯނާ އާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެފައި އެވެ. އަދި އެތަނުގައި އަންހެނުންނަށް އިހުތިރާމް ކުޑަ ކުރުމާއި، ޖިންސީ އަނިޔާވެރި ކަމުގެ ސަގާފަތެއް އޮތްކަން އެމީހުން ވަނީ ފާހަގަ ކޮށްފައި އެވެ.

މި މައްސަލައާ ގުޅިގެން ޑިފެންސް ސެކްރެޓަރީ ވިދާޅުވީ، ހެރޮގޭޓްގައި ކަންތައްތައް ގޯސްވެގެން ދިޔަ ގޮތް ވަރަށް ތަފްސީލީ ގޮތެއްގައި ބައްލަވާނެ ކަމަށާއި، މުޅި ދިފާއީ ބާރުގެ ތެރޭގައި އޮތް ސަގާފަތް ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިނގިރޭސި އަސްކަރިއްޔާ އިން ބުނެފައި ވަނީ، މިފަދަ ޖިނާއީ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައި ގަނެވޭނެ ކަންކަމެއް ނޫން ކަމަށާއި، މިފަދަ ކަންކަން ތަހައްމަލު ކުރަން ޖެހިފައިވާ ފަރާތްތަކުން އެކަން ރިޕޯޓު ކުރުމަށް ބާރު އަޅާ ކަމަށެވެ. އޭއެފްސީ އަކީ، އިނގިރޭސިވިލާތުގައި 19 އަހަރުން ދަށުގެ ކުދިންނަށް އަސްކަރީ ތަމްރީނު ދޭ އެންމެ ބޮޑު މަރުކަޒެވެ. އަދި އުމުރުން 16 އަހަރުގައި އަސްކަރިއްޔާއާ ގުޅޭ ހުރިހާ ކުދިން ތަމްރީނު ހަދަނީ މި ކޮލެޖުގައި އެވެ.

ނޯތު ޔޯކްޝަޔާ ފުލުހުން ބީބީސީ އަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހުގެ ނިޔަލަށް އެއް އަހަރު ދުވަހުގެ ތެރޭގައި އެ ކޮލެޖާ ގުޅުންހުރި ޖިންސީ ކުށުގެ 16 މައްސަލައެއް ވަނީ ރިޕޯޓު ކޮށްފައި އެވެ. މީގެ ތެރޭގައި ޖިންސީ ގޯނާ ކުރުމާއި، ބޭއަދަބީ ގޮތް ގޮތަށް ހަށިގަނޑު ދެއްކުން ފަދަ މައްސަލަތައް ހިމެނެ އެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ޑިފެންސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކޮލެޖުގައި ހިނގާފައިވާ ޖިންސީ ފުރައްސާރައިގެ 176 ޝަކުވާއެއް ވަނީ ހުށަހަޅާފައި އެވެ.

މި މައްސަލައިގައި ވާހަކަ ދެއްކި އެއް އަންހެނަކު ކަމަށްވާ "ޓިލީ" (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި، އޭނާގެ އުމުރުން 17 އަހަރުގައި އޭނާ އާއެކު ތަމްރީނު ހަދަމުން ދިޔަ ފިރިހެން ސިފައިންތަކެއް ވަނީ އޭނާ ރޭޕު ކޮށްފައި އެވެ. ގަޑިއިރުތަކަކަށް ދެމިގެން ދިޔަ އެ ހާދިސާގައި އޭނާ އަށް އިހުސާސް ކުރެވުނީ، އިންސާނެއްގެ ބަދަލުގައި "މަސްގަނޑެއްގެ" ގޮތުގައި ކަމަށް އޭނާ ބުންޏެވެ. އަދި "އޭމީ" ނަމަކަށް ކިޔާ ކުއްޖެއްގެ މަންމަ ބުނި ގޮތުގައި، އޭނާގެ ދަރިފުޅު އުޅުނު ކޮޓަރީގެ ތަޅު ހަލާކުވެފައި ހުރުމުން، ފިރިހެން ސިފައިން ވަދެފާނެތީ އެ ކުއްޖާ ނިދީ ދޮރު މަތީގައި އޮށޯވެގެން އޮވެ އެވެ.

މި މައްސަލައާ ގުޅިގެން ޗިލްޑްރަންސް ކޮމިޝަނަރު ޑޭމް ރޭޗަލް ޑި ސޫޒާ ވިދާޅުވީ، މި ބިރުވެރި ހަމަލާތައް ތަހުގީގުކޮށް، ކުދިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. އަދި ކުރީގެ އެމްޕީ ސާރާ އެތާޓަން ވިދާޅުވީ، ކޮލެޖުގެ އިތުބާރު އަލުން ހޯދޭނީ މިނިވަން ތަހުގީގެއް ހިންގައިގެން ކަމަށެވެ. މީގެ އިތުރުން އެމްޕީ އެމާ ލެވެލް ވިދާޅުވީ، މިއީ ކުޑަކުދިން ކިޔަވާ އެހެން މަރުކަޒެއް ނަމަ މިހާރު އެތަނެއް ބަންދު ކޮށްފައި ވާނެ ކަމަށެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްވެސް ސްޓްރީޓިންގް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ

09 އޯގަސްޓު 2026
ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
03 އޯގަސްޓު 2026

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟

03 އޯގަސްޓު 2026
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟
30 ޖުލައި 2026

ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!

30 ޖުލައި 2026
ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!
27 ޖުލައި 2026

އަވަސް އިންތިޚާބަކަށް ނުދާނެކަަމަށް ބޮޑު ވަޒީރު ބާންހަމް ވިދާޅުވެއްޖެ

27 ޖުލައި 2026
އަވަސް އިންތިޚާބަކަށް ނުދާނެކަަމަށް ބޮޑު ވަޒީރު ބާންހަމް ވިދާޅުވެއްޖެ
27 ޖުލައި 2026

ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް

27 ޖުލައި 2026
ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް
25 ޖުލައި 2026

މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް އެދި، 120 މިލިއަނަރުން ބޮޑުވަޒީރު ބާންހަމް އަށް ގޮވާލައިފި

25 ޖުލައި 2026
މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް އެދި، 120 މިލިއަނަރުން ބޮޑުވަޒީރު ބާންހަމް އަށް ގޮވާލައިފި
22 ޖުލައި 2026

އިނގިރޭސިވިލާތުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އަކީ ކޮންބޭފުޅެއް؟

22 ޖުލައި 2026
އިނގިރޭސިވިލާތުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އަކީ ކޮންބޭފުޅެއް؟
20 ޖުލައި 2026

ހަތަރު އަހަރުގެ ތެރޭގައި ފަސް ވަނަ ބޮޑު ވަޒީރު، ބާންހަމް ވައުދުވެ ވަޑައިގެންނެވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް

20 ޖުލައި 2026
ހަތަރު އަހަރުގެ ތެރޭގައި ފަސް ވަނަ ބޮޑު ވަޒީރު، ބާންހަމް ވައުދުވެ ވަޑައިގެންނެވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް
20 ޖުލައި 2026

ޤައުމަށް ހެޔޮ ބަދަލެއް ގެނެވިއްޖެ، މަސައްކަތުން ދުރަށް މި ދިޔައީ ފަޚުރުވެރިކަމާ އެކު: ސްޓާމަރ

20 ޖުލައި 2026
ޤައުމަށް ހެޔޮ ބަދަލެއް ގެނެވިއްޖެ، މަސައްކަތުން ދުރަށް މި ދިޔައީ ފަޚުރުވެރިކަމާ އެކު: ސްޓާމަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް