Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް އެދި، 120 މިލިއަނަރުން ބޮޑުވަޒީރު ބާންހަމް އަށް ގޮވާލައިފި

25 ޖުލައި 2026 | ހޮނިހިރު 06:11

ބުރާސްފަތި ދުވަހު "ޕްރައުޑް ޓު ޕޭ" ނުވަތަ ޓެކްސް ދެއްކުމަށް ފަހުރުވެރިވާކަން ހާމަކޮށް ނެރުނު ސިޓީއެއްގައި، މަޝްހޫރު ކުޅިވަރު ބްރޯޑްކާސްޓަރު ގޭރީ ލިނެކާ އަދި ބަތަލާ ޖޫލިއާ ޑޭވިސް ހިމެނޭހެން ގިނަ އަދަދެއްގެ މިލިއަނަރުން ވަނީ ބޮޑު ވަޒީރު ބާންހަމް އަށް ސާފު މެސެޖެއް ދީފައި. އެ ސިޓީގައި ބުނެފައި ވަނީ އެމީހުންނަކީ މިލިއަނަރުން ކަމަށާއި، އެމީހުންގެ އަތުން ޓެކްސް ނެގުމަށް އެދޭ ކަމަށް. އަދި އެއީ ގައުމުގައި ދެމި ތިބެ ޓެކްސް ދެއްކުމަށް ފަހުރުވެރިވާ ބައެއް ކަމަށް ވެސް ބުނެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖުލައި 2026 | ހޮނިހިރު 06:11
އިނގިރޭސިވިލާތުގެ ކެބިނެޓު ބައްދަލުވުމުގައި ބޮޑުވަޒީރު އެންޑީ ބާންހަމް ބައިވެރިވެ ވަޑައިގަންނަވަނީ

އިނގިރޭސިވިލާތުގެ ކެބިނެޓު ބައްދަލުވުމުގައި ބޮޑުވަޒީރު އެންޑީ ބާންހަމް ބައިވެރިވެ ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ގޮވާލައި، އެ ޤައުމުގެ 120 މިލިއަނަރުން ހިމެނޭ ގުރޫޕަކުން އެ ޤައުމުގެ ބޮޑުވަޒީރު އެންޑީ ބާންހަމް އަށް ގޮވާލައިފި އެވެ. 

މުއްސަނދިންގެ މި ގުރޫޕުން ބުނަމުން ދަނީ އާންމު ރައްޔިތުންނަށްޓަކައި އަލުން އިންވެސްޓް ކުރުމަށްޓަކައި، އިތުރަށް ޓެކްސް ދެއްކުމަށް ތިބީ ތައްޔާރަށް ކަމަށެވެ. 

ބުރާސްފަތި ދުވަހު "ޕްރައުޑް ޓު ޕޭ" ނުވަތަ ޓެކްސް ދެއްކުމަށް ފަހުރުވެރިވާކަން ހާމަކޮށް ނެރުނު ސިޓީއެއްގައި، މަޝްހޫރު ކުޅިވަރު ބްރޯޑްކާސްޓަރު ގޭރީ ލިނެކާ އަދި ބަތަލާ ޖޫލިއާ ޑޭވިސް ހިމެނޭހެން ގިނަ އަދަދެއްގެ މިލިއަނަރުން ވަނީ ބޮޑުވަޒީރު ބާންހަމް އަށް ސާފު މެސެޖެއް ދީފައި އެވެ. އެ ސިޓީގައި ބުނެފައި ވަނީ އެމީހުންނަކީ މިލިއަނަރުން ކަމަށާއި، އެމީހުންގެ އަތުން ޓެކްސް ނެގުމަށް އެދޭ ކަމަށެވެ. އަދި އެއީ ގައުމުގައި ދެމި ތިބެ ޓެކްސް ދެއްކުމަށް ފަހުރުވެރިވާ ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"ޕޭޓްރިއޮޓިކް މިލިއަނާސް" ގެ ނަމުގައި ހަރަކާތްތެރިވާ މި ގްރޫޕުން ބުނި ގޮތުގައި، މުއްސަނދިކަމާއި ބާރުތައް މަދު ބައެއްގެ އަތް މަތީގައި އޮންނަތާ މާ ގިނަ ދުވަސްވެއްޖެ ކަމަށެވެ. މީގެ ސަބަބުން ގައުމަށާއި، ރައްޔިތުންނަށް، ޑިމޮކްރަސީ އަށް އަދި ތިމާވެއްޓަށް ވެސް ގެއްލުން ވަމުންދާ ކަމަށް އެމީހުން ފާހަގަކުރި އެވެ.

މީގެ އިތުރުން އިނގިރޭސިވިލާތް ރަނގަޅު ކުރުމަށްޓަކައި މިކަން ބަދަލުވާން ޖެހޭ ކަމަށާއި، މުއްސަނދިންގެ އަތުން ނަގާ ޓެކްސް ބޮޑު ކޮށްގެން ލިބޭ ފައިސާ، މުޖުތަމައުގެ ތަފާތު ކުރުންތައް ކުޑަ ކުރުމާއި، އާންމު އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމާއި، ކުދި ވިޔަފާރިތަކަށް އެހީވުމަށް ބޭނުން ކުރެވިދާނެ ކަމަށް އެ ގްރޫޕުން ބުނެ އެވެ.

އިނގިރޭސި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ގޭރީ ލިނެކާ ބުނި ގޮތުގައި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިތަކާ ކުރިމަތި ލަމުންދާއިރު، ގައުމުގެ އެންމެ މުއްސަނދި މީހުންނަށް މިއަށް ވުރެ ބޮޑު އެހީތެރި ކަމެއް ފޯރުކޮށްދެވޭނެ ފޯރުންތެރިކަން އެބަހުރި ކަމަށެވެ. އިންސާފުވެރި މިންވަރަކަށް ޓެކްސް ދެއްކުމަކީ އިނގިރޭސިން ގަބޫލުކުރާ އަސާސީ އުސޫލެއް ކަމަށާއި، ނަމަވެސް އާންމު ގިނަ ރައްޔިތުން މިހާރު ވެސް ދައްކަމުން ދަނީ އެމީހުންގެ އަތް ނުފޯރާ ވަރުގެ ބޮޑު ޓެކްސެއް ކަމަށް އޭނާ ބުނެފައިވެ އެވެ. 

މި ސިޓީއާ ގުޅޭ ގޮތުން ޓްރެޒަރީގެ ޗީފް ސެކްރެޓަރީ އެމާ ރޭނޮލްޑްސް ބުރާސްފަތި ދުވަހު ވިދާޅުވީ، މުއްސަނދިން އަމިއްލަ އަށް އިތުރަށް ޓެކްސް ދައްކަން ބޭނުންވުމަކީ އުފާކުރާ ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތަށް ބަދަލެއް ގެންނާނެ ކަމުގެ ސީދާ އިޝާރާތެއް އޭނާ ނުދެއްވަ އެވެ. ރޭނޮލްޑްސް ވިދާޅުވީ، މިއީ އައު ސަރުކާރުގެ ހަތަރު ވަނަ ދުވަސް ކަމަށާއި، ޓެކްސް އަށް ގެންނަ ބޮޑެތި ބަދަލުތައް އިއުލާން ކުރާނީ ބަޖެޓު ހުށަހަޅާއިރު ކަމަށެވެ.

ބޮޑުވަޒީރު ބާންހަމް މީގެ ކުރިން ވިދާޅުވެފައި ވަނީ، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުންދާ މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި "މުއްސަނދިންގެ އަތުން ކުޑަ މިންވަރެއް އިތުރަށް" ބޭނުން ވެދާނެ ކަމަށެވެ. މީގެ ތެރޭގައި "ވެލްތު ޓެކްސް" ނުވަތަ މުއްސަނދި ކަމުގެ މައްޗަށް ނަގާ ޓެކްސް ހިމެނިދާނެ ކަމަށް އޭނާ ވަނީ އިޝާރާތް ކުރައްވާފައި އެވެ.

އިޤްތިޞާދީ މާހިރުން ކަމަށްވާ ގެބްރިއަލް ޒުކްމަން އަދި ބެން ޓިޕެޓް ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 100 މިލިއަން ޕައުންޑަށް ވުރެ ގިނައިން މިލްކިއްޔާތައި ހުރި މީހުންގެ އަތުން އަހަރަކު ދެ އިންސައްތައިގެ ޓެކްސެއް ނަގައިފި ނަމަ، އަހަރަކު 10 ބިލިއަން ޕައުންޑު ދައުލަތަށް ލިބޭނެ އެވެ. އަދި "ޕޭޓްރިއޮޓިކް މިލިއަނާސް" ގްރޫޕުން ބުނާ ގޮތުގައި، 10 މިލިއަން ޕައުންޑަށް ވުރެ މަތީގެ މިލްކިއްޔާތުން ދެ އިންސައްތަ ޓެކްސް ނަގައިފި ނަމަ، އަހަރަކު 24 ބިލިއަން ޕައުންޑު ލިބޭނެ އެވެ.

މީގެ އިތުރުން ކެޕިޓަލް ގޭންސް ޓެކްސް އަށް ބަދަލު ގެނެސްގެން އިތުރު 12 ބިލިއަން ޕައުންޑު ހޯދި ދާނެ ކަމަށް ވެސް އެ ގްރޫޕުން ލަފާ ކުރެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިނގިރޭސިވިލާތްއެންޑީ ބާންހަމް

އިތުރަށް ކިޔާލަން

22 ޖުލައި 2026

އިނގިރޭސިވިލާތުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އަކީ ކޮންބޭފުޅެއް؟

22 ޖުލައި 2026
އިނގިރޭސިވިލާތުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އަކީ ކޮންބޭފުޅެއް؟
22 ޖުލައި 2026

އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި

22 ޖުލައި 2026
އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި
20 ޖުލައި 2026

ހަތަރު އަހަރުގެ ތެރޭގައި ފަސް ވަނަ ބޮޑު ވަޒީރު، ބާންހަމް ވައުދުވެ ވަޑައިގެންނެވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް

20 ޖުލައި 2026
ހަތަރު އަހަރުގެ ތެރޭގައި ފަސް ވަނަ ބޮޑު ވަޒީރު، ބާންހަމް ވައުދުވެ ވަޑައިގެންނެވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް
20 ޖުލައި 2026

ޤައުމަށް ހެޔޮ ބަދަލެއް ގެނެވިއްޖެ، މަސައްކަތުން ދުރަށް މި ދިޔައީ ފަޚުރުވެރިކަމާ އެކު: ސްޓާމަރ

20 ޖުލައި 2026
ޤައުމަށް ހެޔޮ ބަދަލެއް ގެނެވިއްޖެ، މަސައްކަތުން ދުރަށް މި ދިޔައީ ފަޚުރުވެރިކަމާ އެކު: ސްޓާމަރ
17 ޖުލައި 2026

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ އެންޑީ ބާންހަމް އެނގޭތަ؟

17 ޖުލައި 2026
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ އެންޑީ ބާންހަމް އެނގޭތަ؟
13 ޖުލައި 2026

ކުރިން ވެފައިވާ ވައުދާ ޚިލާފަށް، އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ސްޓާމާ ދެއްވައިފި

13 ޖުލައި 2026
ކުރިން ވެފައިވާ ވައުދާ ޚިލާފަށް، އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ސްޓާމާ ދެއްވައިފި
11 ޖުލައި 2026

އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އޭން ވިޑެކޯމްބް މަރުވެފައި އޮއްވާ ފެނިއްޖެ، ތުހުމަތު ކުރެވެނީ އަނިޔާވެރި ގޮތަކަށް މަރާލީ ކަމަށް

11 ޖުލައި 2026
އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އޭން ވިޑެކޯމްބް މަރުވެފައި އޮއްވާ ފެނިއްޖެ، ތުހުމަތު ކުރެވެނީ އަނިޔާވެރި ގޮތަކަށް މަރާލީ ކަމަށް
11 ޖުލައި 2026

322 މެމްބަރުންގެ ތާއީދާ އެކު، ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ބާންހަމް ކުރިމަތި ލައްވައިފި

11 ޖުލައި 2026
322 މެމްބަރުންގެ ތާއީދާ އެކު، ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ބާންހަމް ކުރިމަތި ލައްވައިފި
11 ޖުލައި 2026

ބޮޑު ވަޒީރު ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އުފުލި މައްސަލަ ބޮޑު ވެއްޖެ

11 ޖުލައި 2026
ބޮޑު ވަޒީރު ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އުފުލި މައްސަލަ ބޮޑު ވެއްޖެ
08 ޖުލައި 2026

ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!

08 ޖުލައި 2026
ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް