Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް

11 އޯގަސްޓު 2026 | އަންގާރަ 04:29

ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ފަސް މަސް ދުވަހަށް ދެމިގެން ދާ ހަނގުރާމައިގައި އީރާން އަށް ލިބުނު ގެއްލުންތަކަށް ބަދަލު ހޯދުމަށް އެ ޤައުމުން ދަނީ އެދެމުން ކަމަށް. އެހެންކަމުން އީރާާން އިން ދިން ބޮމުގެ ހަމަލާތަކާއި، މަރާލި މީހުން އަދި ޒަޚަމުކުރި މީހުންގެ ބަދަލު އެ ޤައުމުން ދޭން އެމެރިކާ އިން ވެސް ބޭނުންވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޯގަސްޓު 2026 | އަންގާރަ 04:29
އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ޙައްލު ކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދަން އީރާން އިން ބޭނުންވާ ނަމަ، ހަނގުރާމައިގެ ބަދަލު އެ ޤައުމުން ހޯދައި ދޭން ޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ފަސް މަސް ދުވަހަށް ދެމިގެން ދާ ހަނގުރާމައިގައި އީރާން އަށް ލިބުނު ގެއްލުންތަކަށް ބަދަލު ހޯދުމަށް އެ ޤައުމުން ދަނީ އެދެމުން ކަމަށެވެ. އެހެންކަމުން އީރާާން އިން ދިން ބޮމުގެ ހަމަލާތަކާއި، މަރާލި މީހުން އަދި ޒަޚަމުކުރި މީހުންގެ ބަދަލު އެ ޤައުމުން ދޭން އެމެރިކާ އިން ވެސް ބޭނުންވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ. 

މީގެ ކުރިން މިދިޔަ ދުވަސް lތަކުގައި އީރާން އަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފަ އެވެ. ނަމަވެސް، ފަހު ވަގުތު އެ ހަމަލާތައް ކެންސަލް ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ ހަމަލާތައް ފަސް ކޮށްފައި ވަނީ މަޝްވަރާތަކަށް ޖާގަ ދިނުމުގެ ގޮތުން ކަމަށެވެ. 

މި ހަފުތާގެ އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާާ އިން މިހާރު އަމަލު ކުރަމުން ދަނީ ވަރަށް ހަމަޖެހިލައިގެން ކަމަށާއި، އިތުރު ހަނގުރާމައިގެ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި، އިޤްތިޞާދީ ގޮތުން އީރާން އަށް ދަތި ކުރުން ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. 

މީގެ އިތުރުން ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާާގެ ސިފައިން ހުރްމުޒް ކަނޑުއޮޅި މުޅިން ސާފު ކޮށްފައިވާ ކަމަށާއި، އެ ކަނޑުއޮޅި މިހާރު އެމެރިކާގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، ހުރްމުޒް ކަނޑުއޮޅި މުޅިން އެމެރިކާގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް ބުނާ ވާހަކަ އީރާާން އިން ތަކުރާރުކޮށް ދޮގު ކުރެ އެވެ. 

މަޝްވަރާތައް ހުއްޓިފައި އޮތުމާާ އެކު، އީރާާން އިން ހުރްމުޒް ކަނޑުއޮޅި ބަންދު ކޮށްފައިވުމުގެ ސަބަބުން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު، އެކަމުން ދުނިޔޭގެ އިޤްތިޞާދަށް ވެސް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން އެމެރިކާގައި ނޮވެމްބަރު މަހު އޮންނަ މިޑްޓާމް އިންތިޚާބުގައި ޓްރަމްޕް އާއި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އަށް ވަނީ ޕްރެޝަރު ބޮޑުވެފައި އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން ހަނގުރާމައީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި

11 އޯގަސްޓު 2026
ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި
10 އޯގަސްޓު 2026

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

10 އޯގަސްޓު 2026
އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި
10 އޯގަސްޓު 2026

އީރާނާ މެދު އެމެރިކާގެ ރައީސް ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ހަނގުރާމައިގެ ސިޔާސަތު ބަދަލުވީ ކީއްވެ؟

10 އޯގަސްޓު 2026
އީރާނާ މެދު އެމެރިކާގެ ރައީސް ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ހަނގުރާމައިގެ ސިޔާސަތު ބަދަލުވީ ކީއްވެ؟
10 އޯގަސްޓު 2026

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

10 އޯގަސްޓު 2026
ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި
10 އޯގަސްޓު 2026

އީރާންގެ ސުޕްރީމް ސެކިއުރިޓީ ކައުންސިލްގެ ވެރިޔަކަށް މުހްސިން ރެޒާއީ އައްޔަން ކުރައްވައިފި

10 އޯގަސްޓު 2026
އީރާންގެ ސުޕްރީމް ސެކިއުރިޓީ ކައުންސިލްގެ ވެރިޔަކަށް މުހްސިން ރެޒާއީ އައްޔަން ކުރައްވައިފި
10 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ރާޒުވާ ކުޅުން ކަހަލަ ކަމެއް ކަމަށާއި، މިވަގުތު އެމެރިކާ އިން އަމަލު ކުރަނީ މަޑުމައިތިރި ސިޔާސަތެއްގެ ދަށުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގެ ދެބަސްވުމުގެ ސަބަބުން، ތެލުގެ އަގު އުފުލިއްޖެ

10 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ދެބަސްވުމުގެ ސަބަބުން، ތެލުގެ އަގު އުފުލިއްޖެ
10 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް އެމެރިކާގެ ހަނގުރާމަމަތީ 20 އުޅަނދެއް މެދުއިރުމަތީގައި

10 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް އެމެރިކާގެ ހަނގުރާމަމަތީ 20 އުޅަނދެއް މެދުއިރުމަތީގައި
09 އޯގަސްޓު 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ޕްލޭން ފާސްކޮށްފި

09 އޯގަސްޓު 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ޕްލޭން ފާސްކޮށްފި
09 އޯގަސްޓު 2026

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

09 އޯގަސްޓު 2026
ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް