Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިގްތިސާދު

ރާއްޖެ އަށް އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ތެޔޮ ގަތުމަށް ދަތިވެ، ބޭރުގެ މާލީ އިދާރާތަކުން އެތައް މިލިއަން ޑޮލަރުގެ ކުއްލި ލޯނު ހޯދަން މަޖުބޫރުވެއްޖެ

13 އޯގަސްޓު 2026 | ބުރާސްފަތި 02:48

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވުމާ ގުޅިގެން، ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ކުއްލި ލޯނެއް ދީފިއެވެ. ދައުލަތުގެ ޚަރަދުތައް އިތުރުވެ އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ތެޔޮ އިމްޕޯޓް ކުރުމަށް މިއަހަރުގެ ތެރޭގައި އެކަނިވެސް 90 މިލިއަނަށްވުރެ ގިނަ ޑޮލަރު ދަރަންޏަށް ނަގާފައިވެއެވެ.

ރާއްޖެ އެމްވީ | 13 އޯގަސްޓު 2026 | ބުރާސްފަތި 02:48
ރާއްޖޭގެ އިގުތިސާދީ ތަރައްގީއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ޓީވީ ޕްރޮގްރާމް ހުށަހަޅުއްވަނީ

ރާއްޖޭގެ އިގުތިސާދީ ތަރައްގީއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ޓީވީ ޕްރޮގްރާމް ހުށަހަޅުއްވަނީ | އިކޮނޮމިކް މިނިސްޓްރީ

ދިވެހިރާއްޖެއަށް އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ތެޔޮ ގަތުމަށް ދަތިވުމުގެ ސަބަބުން ބޭރުގެ މާލީ އިދާރާތަކުން ކުއްލި އެހީގެ ލޯނު ހޯދަން މަޖުބޫރުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދު ހީނަރުވަމުންދާ މި ދަނޑިވަޅުގައި، ތެޔޮ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ދެއްކުމަށް ސަރުކާރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން ޑޮލަރުގެ ކުއްލި ލޯނެއް މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ. މީގެ އިތުރުން، ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ބޮޑު ދަރަންޏެއް އޮތްއިރު، އެ ފައިސާ ދެއްކުމުގެ މުއްދަތު އެކި ފަހަރު މަތިން ވަނީ އިތުރުކޮށްދީފަ އެވެ. 

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލިފައިވާ ދަނޑިވަޅެއްގައި، އޭޑީބީން ރާއްޖެއަށް މި ލޯނު ދީފައިވަނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވެ ޑޮލަރުގެ އަގު މައްޗަށް ގޮސް ތަކެތީގެ އަގު ވަރަށް ބޮޑަށް ބޮޑުވެފައިވާ ވަގުތެއްގަ އެވެ. އޭޑީބީން ބުނި ގޮތުގައި މި އެހީ ދީފައިވަނީ އެ ބޭންކުގެ "އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުންނެވެ. ތެލުގެ އަގު އުފުލުމާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ސަބަބުން، ތެޔޮ އިމްޕޯޓް ކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ރާއްޖެއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ބޭންކުން ފާހަގަކުރެ އެވެ.

އޭޑީބީން ހާމަކުރި ގޮތުގައި މި ލޯނު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ކަރަންޓާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އިމްޕޯޓް ކުރުމަށެވެ. މީގެ އިތުރުން، އެތެރޭގެ ދަތުރުފަތުރާއި، ޒަރޫރީ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އުފުލުމަށާއި، ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށްވެސް މި ފައިސާ ބޭނުންކުރާނެ އެވެ. އޭޑީބީގެ ރައީސް މަސާޓޯ ކަންޑާ ވިދާޅުވީ، މި އެހީގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށެވެ.

ތެޔޮ އިމްޕޯޓް ކުރުމަށް އެހީތެރިވުމުގެ ގޮތުން މީގެ ކުރިން ވޯލްޑް ބޭންކުންވެސް ވަނީ ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. އޭޑީބީގެ އެންމެ ފަހުގެ އެހީއާއެކު، ތެލާ ގުޅުންހުރި ބޭނުންތަކަށް މިއަހަރުގެ ތެރޭގައި ރާއްޖެއިން ވަނީ 90 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދަރަންޏަށް ނަގާފަ އެވެ. ރާއްޖޭގައި ކަރަންޓާއި ފެން އުފެއްދުމުގެ 94 އިންސައްތަ ބަރޯސާވަނީ ޑީސަލަށެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އީރާން ހަނގުރާމައިގެ ސަބަބުން ކުރިން މި ޚިދުމަތްތަކަށް ބޭނުންވާ ތެޔޮ އިމްޕޯޓް ކުރަން މަހަކު 50 މިލިއަން ޑޮލަރު ހޭދަވި ނަމަވެސް، މިހާރު އެ އަދަދު ވަނީ މަހަކު 116 މިލިއަން ޑޮލަރަށް އުފުލިފަ އެވެ.

ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ރާއްޖެއަށް ވަނީ އިގްތިސާދީ ގޮތުން ނުހަނު ދަތި ދުވަސްތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެފައިވުމުގެ ސަބަބުން، ތަކެތި އިމްޕޯޓް ކުރުމަށާއި ދަރަނި ދެއްކުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. މި އިގްތިސާދީ ފިއްތުންތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި، ދުނިޔޭގެ ދަތުރުފަތުރާއި ވިޔަފާރިއަށް އައި ބަދަލުތަކާ ގުޅިފައިވާ ކަންކަމުގެ އިތުރުން މެނޭޖުކުރަން ނޭނގުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ސަރުކާރުގެ ތިންވަނަ އަހަރު ގުނަމުންދާއިރު، ގައުމުގެ ހިންގުމުގެ ޚަރަދު މަހުން މަހަށް ބޮޑުވެ ސަރުކާރުގެ އިސްރާފު ކުޑަނުކުރެވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ވުރެ ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ހާމަވެ އެވެ. މާލީ އިދާރާތަކުން ސަރުކާރު ހިންގުމުގެ ޚަރަދުތައް ކުޑަކުރަން ތަކުރާރުކޮށް ލަފާ ދީފައިވީނަމަވެސް އިސްލާހުތައް ގެނައުމުގައި އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރަށް އެޅިފައި ނުވާކަން މާލީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ. މަހުން މަހަށް ޚަރަދުތައް ފޫބެއްދުމަށް ޓީ-ބިލު ވިއްކަން ޖެހުމުގެ ސަބަބުން އެތެރޭގެ ދަރަނި ވަރަށް ބޮޑަށް އިތުރުވަމުންދާކަން ވެސް ވަނީ ފާހަގަ ކުރެވިފަ އެވެ. އަނެއްކޮޅުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލި، ފަތުރުވެރިކަމުގެ ދާއިރާއަށް ނުތަނަވަސްކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ދަރަނި މެނޭޖްކޮށް ބޭރު ފައިސާގެ ރިޒާވް ހިމާޔަތްކުރަމުން ޒަރޫރީ ޚިދުމަތްތައް ދެމެހެއްޓުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ނުކުޅެދިފައިވާކަން އިގްތިސާދީ މާހިރުން ދަނީ ފާހަގަ ކުރަމުންނެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ވޯލްޑް ބޭންކްރާއްޖޭގެ އިގުތިސާދު ޑޮލަރުގެ މައްސަލަ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

ޑީސަލް ގަންނަން އެހީވުމަށް އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އިމަޖެންސީ ލޯނެއް ދެނީ

11 އޯގަސްޓު 2026
ޑީސަލް ގަންނަން އެހީވުމަށް އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އިމަޖެންސީ ލޯނެއް ދެނީ
31 ޖުލައި 2026

ހޫނުގަދަވުމުގެ ސަބަބުން 2050 އާ ހަމައަށް ދެކުނު އޭޝިއާގެ އިގްތިސާދަށް 7 އިންސައްތައިގެ ގެއްލުމެއް: ވޯލްޑް ބޭންކް

31 ޖުލައި 2026
ހޫނުގަދަވުމުގެ ސަބަބުން 2050 އާ ހަމައަށް ދެކުނު އޭޝިއާގެ އިގްތިސާދަށް 7 އިންސައްތައިގެ ގެއްލުމެއް: ވޯލްޑް ބޭންކް
25 ޖުލައި 2026

އެމްއެމްއޭގެ ޖުމްލަ އެސެޓް 29.6 ބިލިއަން ރުފިޔާއަށް ދަށްވެއްޖެ

25 ޖުލައި 2026
އެމްއެމްއޭގެ ޖުމްލަ އެސެޓް 29.6 ބިލިއަން ރުފިޔާއަށް ދަށްވެއްޖެ
16 ޖުލައި 2026

ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވް 18 މިލިޔަން ޑޮލަރުގެ ދަށްވުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި

16 ޖުލައި 2026
ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވް 18 މިލިޔަން ޑޮލަރުގެ ދަށްވުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި
11 ޖުލައި 2026

އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ

11 ޖުލައި 2026
އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ
05 ޖުލައި 2026

ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ސަރުކާރަށް ގޮވާލަމުން ދަނިކޮށް ހީނާ ވަލީދުގެ މިނިސްޓްރީ އަށް ޕީއާރު މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

05 ޖުލައި 2026
ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ސަރުކާރަށް ގޮވާލަމުން ދަނިކޮށް ހީނާ ވަލީދުގެ މިނިސްޓްރީ އަށް ޕީއާރު މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
05 ޖުލައި 2026

ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ވަރަށް ބޮޑަށް ދަށްވެ ސަރަހައްދުގެ އެންމެ ފުލަށް ވެއްޓޭނެ ކަމުގެ އިންޒާރު!

05 ޖުލައި 2026
ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ވަރަށް ބޮޑަށް ދަށްވެ ސަރަހައްދުގެ އެންމެ ފުލަށް ވެއްޓޭނެ ކަމުގެ އިންޒާރު!
29 ޖޫން 2026

ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް

29 ޖޫން 2026
ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް
28 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން: އަމްރު

28 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން: އަމްރު
27 ޖޫން 2026

މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު

27 ޖޫން 2026
މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް