Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމާލީ ހާލަތު

އެމްއެމްއޭގެ ޖުމްލަ އެސެޓް 29.6 ބިލިއަން ރުފިޔާއަށް ދަށްވެއްޖެ

25 ޖުލައި 2026 | ހޮނިހިރު 11:17

އެމްއެމްއޭގެ މާލީ ހާލަތު ބަޔާންކުރާ ރިޕޯޓުގައިވާ ގޮތުން، އެ އިދާރާގެ ބޭރު ފައިސާގެ އެސެޓްތަކުގެ އަގު 12.9 ބިލިއަން ރުފިޔާއަށް އަރާއިރު، ޖުމްލަ ލައިބިލިޓީޒް 27.8 ބިލިއަން ރުފިޔާ އަށް އަރާ، މަރުކަޒީ ބޭންކުގެ ރައުސްމާލާއި ރިޒާވްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ހުރިކަން ފާހަގަކުރެވޭ.

ރާއްޖެ އެމްވީ | 25 ޖުލައި 2026 | ހޮނިހިރު 11:17
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިމާރާތް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިމާރާތް | އެލަމީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ އިދާރާގެ މާލީ ހާލަތު ބަޔާންކޮށް އާންމުކުރި "ސްޓޭޓްމަންޓް އޮފް ފައިނޭންޝަލް ޕޮޒިޝަން" ރިޕޯޓު ގައިވާ ގޮތުން ގޮތުން 30 ޖޫން 2026 ގެ ނިޔަލަށް އެ ބޭންކުގެ ޖުމްލަ އެސެޓް ނުވަތަ މިލްކިއްޔާތުގެ އަގު ހުރީ 29,564,158,230 (އޮނަތިރީސް ބިލިއަން ފަސްސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން އެއްލައްކަ ފަންސަވީސްހާސް ދުއިސައްތަ ތިރީސް) ރުފިޔާގަ އެވެ. މިއީ 2026 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ހުރި 29,968,348,794 ރުފިޔާއާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ.

އެމްއެމްއޭގެ މާލީ ހިސާބުތަކަށް ބަލާއިރު، ބޭރު ފައިސާގެ މާލީ އެސެޓްތަކުގެ ޖުމްލަ އަގަކީ 12,936,417,596 ރުފިޔާ އެވެ. މީގެ ތެރޭގައި ބޭރުގެ ބޭންކުތަކުގައި ހުރި ފައިސާ އާއި ބެލެންސްގެ ގޮތުގައި ހުރި 8.1 ބިލިއަން ރުފިޔާ އާއި، އިންވެސްޓްމަންޓް ސެކިއުރިޓީޒްގެ ގޮތުގައި ހުރި 3.3 ބިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން މަނިޓަރީ ގޯލްޑް ނުވަތަ ރަނުގެ ރިޒާވްގެ ގޮތުގައި 124.2 މިލިއަން ރުފިޔާ ހުރި އިރު، އައިއެމްއެފްއާ ގުޅޭ އެސެޓްތަކުގެ ގޮތުގައި 451.9 މިލިއަން ރުފިޔާ ހުރިކަން ރިޕޯޓުން އެނގެ އެވެ.

ދިވެހި ރުފިޔާގެ މާލީ އެސެޓްތަކަށް ބަލާއިރު، ޖުމްލަ 15.8 ބިލިއަން ރުފިޔާ ހުރި އިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ސަރުކާރުގެ ޓްރެޜަރީ ބޮންޑުތަކުގައި އިންވެސްޓްކޮށްފައިވާ 13.9 ބިލިއަން ރުފިޔާ އެވެ. އަދި ބޭންކުތަކުގައި ހުރި ފައިސާ އާއި ބެލެންސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ހުރި އިރު، ސަބްސިޑިއަރީ ކުންފުނިތަކުގައި އިންވެސްޓްކޮށްފައިވާ 600 މިލިއަން ރުފިޔާ ވެސް މި ބައިގައި ހިމެނެ އެވެ. މާލީ ނޫން އެސެޓްތަކުގެ ގޮތުގައި 870.3 މިލިއަން ރުފިޔާ ހުރި އިރު، މީގެ ތެރޭގައި ރަނާއި ރިހީގެ އެސެޓްތަކާއި، އިންވެންޓްރީ އަދި ގޯތިގެދޮރާއި މެޝިނަރީ ފަދަ ތަކެތި ހިމެނެ އެވެ.

ލައިބިލިޓީޒް ނުވަތަ ދަރަންޏާއި ޒިންމާތަކަށް ބަލާއިރު، ޖޫން މަހުގެ ނިޔަލަށް އެމްއެމްއޭގެ ޖުމްލަ ލައިބިލިޓީޒް ހުރީ 27.8 ބިލިއަން ރުފިޔާގަ އެވެ. ބޭރު ފައިސާގެ ލައިބިލިޓީޒްގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ ހުރި އިރު، މީގެ ތެރޭގައި ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާފައިވާ 2.3 ބިލިއަން ރުފިޔާ އާއި އޭޝިއަން ކްލިއަރިންގ ޔޫނިއަނަށް ދައްކަންޖެހޭ 871.5 މިލިއަން ރުފިޔާ ހިމެނެ އެވެ. އަދި އެހެނިހެން ލައިބިލިޓީޒްގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ހުރިކަން ފާހަގަކުރެވެ އެވެ.

ދިވެހި ރުފިޔާގެ ލައިބިލިޓީޒްގެ ގޮތުގައި ޖުމްލަ 18.2 ބިލިއަން ރުފިޔާ ހުރި އިރު، މީގެ ތެރެއިން އެންމެ ބޮޑު އަދަދަކީ ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާފައިވާ 9.4 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ބާޒާރުގައި ދައުރުވާ ފައިސާ ނުވަތަ ކަރަންސީ އިން ސާކިއުލޭޝަންގެ ގޮތުގައި 5.07 ބިލިއަން ރުފިޔާ ހުރި އިރު، ރިޕަރޗޭސް އެގްރީމަންޓްގެ ދަށުން ވިއްކާފައިވާ ސެކިއުރިޓީޒްގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ހުއްޓެވެ.

އެމްއެމްއޭގެ އިކުއިޓީ ނުވަތަ ރައުސްމާލުގެ ގޮތުގައި ޖުމްލަ 1.8 ބިލިއަން ރުފިޔާ ހުރި އިރު، މީގެ ތެރޭގައި ހިމެނެނީ 50 މިލިއަން ރުފިޔާގެ ކެޕިޓަލް އާއި 1.7 ބިލިއަން ރުފިޔާގެ ރިޒާވް އެވެ. ރިޒާވްގެ ތެރޭގައި ޖެނެރަލް ރިޒާވްގެ އިރުން، ބޭރު ފައިސާގެ އަގަށް އަންނަ ބަދަލުތަކުން އުފެދޭ ފޮރިން އެސެޓް ރީވެލުއޭޝަން ރިޒާވް ފަދަ ބައިތައް ހިމެނޭ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީސްޓޭޓްމަންޓް އޮފް ފައިނޭންޝަލް ޕޮސިޝަންރާއްޖޭގެ އިގުތިސާދު

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

އަހަރެއްގެ ތެރޭގައި ރަސްމީ ރިޒާވުން 136 މިލިއަން ޑޮލަރު އުނިވެއްޖެ

16 އޯގަސްޓު 2026
އަހަރެއްގެ ތެރޭގައި ރަސްމީ ރިޒާވުން 136 މިލިއަން ޑޮލަރު އުނިވެއްޖެ
16 އޯގަސްޓު 2026

އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި

16 އޯގަސްޓު 2026
އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި
13 އޯގަސްޓު 2026

ރާއްޖެ އަށް އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ތެޔޮ ގަތުމަށް ދަތިވެ، ބޭރުގެ މާލީ އިދާރާތަކުން އެތައް މިލިއަން ޑޮލަރުގެ ކުއްލި ލޯނު ހޯދަން މަޖުބޫރުވެއްޖެ

13 އޯގަސްޓު 2026
ރާއްޖެ އަށް އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ތެޔޮ ގަތުމަށް ދަތިވެ، ބޭރުގެ މާލީ އިދާރާތަކުން އެތައް މިލިއަން ޑޮލަރުގެ ކުއްލި ލޯނު ހޯދަން މަޖުބޫރުވެއްޖެ
11 އޯގަސްޓު 2026

އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި

11 އޯގަސްޓު 2026
އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި
11 އޯގަސްޓު 2026

ބޭރު ފައިސާގެ އެކްސްޗޭންޖް ހާލަތު ގޯސްވުމުގެ މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ އިން އެދިއްޖެ

11 އޯގަސްޓު 2026
ބޭރު ފައިސާގެ އެކްސްޗޭންޖް ހާލަތު ގޯސްވުމުގެ  މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ އިން އެދިއްޖެ
02 އޯގަސްޓު 2026

މާރިޗު މަހު ރިޒާވްގައި ހުރި 1.3 ބިލިއަން ޑޮލަރު، ޖޫން މަހުގެ ނިޔަލަށް 686.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ

02 އޯގަސްޓު 2026
މާރިޗު މަހު ރިޒާވްގައި ހުރި 1.3 ބިލިއަން ޑޮލަރު، ޖޫން މަހުގެ ނިޔަލަށް 686.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ
02 އޯގަސްޓު 2026

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއިން ބޭރު ކުރި މަހުގެ މިންވަރު ވެސް، މަސް ގަތް މިންވަރު ވެސް ބޮޑުތަނުން ދަށަށް!

02 އޯގަސްޓު 2026
މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއިން ބޭރު ކުރި މަހުގެ މިންވަރު ވެސް، މަސް ގަތް މިންވަރު ވެސް ބޮޑުތަނުން ދަށަށް!
30 ޖުލައި 2026

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަވަރަ-ޔޫޕީއައި ގުޅާލައި، ރުފިޔާ ނުވަތަ ޑޮލަރުން ފައިސާ ދެއްކުމުން އިންޑިއަން ރުޕީސް ލިބޭ ގޮތް ހަދައިފި

30 ޖުލައި 2026
ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަވަރަ-ޔޫޕީއައި ގުޅާލައި، ރުފިޔާ ނުވަތަ ޑޮލަރުން ފައިސާ ދެއްކުމުން އިންޑިއަން ރުޕީސް ލިބޭ ގޮތް ހަދައިފި
25 ޖުލައި 2026

ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ޚަރަދު ބެލުމުގެ ސަރވޭއެއް ފަށައިފި

25 ޖުލައި 2026
ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ޚަރަދު ބެލުމުގެ ސަރވޭއެއް ފަށައިފި
16 ޖުލައި 2026

ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވް 18 މިލިޔަން ޑޮލަރުގެ ދަށްވުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި

16 ޖުލައި 2026
ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވް 18 މިލިޔަން ޑޮލަރުގެ ދަށްވުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް