Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިގްތިސާދު

އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ

11 ޖުލައި 2026 | ހޮނިހިރު 05:07

އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ ރާއްޖެ އާއި އަފްޣާނިސްތާނު ކަމަށް އޭޑީބީން ބުނެފި. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތަކެތީގެ އަގު އުފުލުމުގެ ގޮންޖެހުންތައް ކުރިމަތިވަމުންދާއިރު، މި ސަރަހައްދުން އެންމެ ބާރަށް ކުރިއަރާނެ ކަމަށް ލަފާކުރެވެނީ އިންޑިއާގެ އިގްތިސާދު.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 05:07
މެނީލާގައި ހުންނަ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މައި މަރުކަޒު

މެނީލާގައި ހުންނަ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މައި މަރުކަޒު | ގެޓީ އިމޭޖަސް

އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ އިގްތިސާދުތަކުގެ ކުރިއެރުން، 2025 ވަނަ އަހަރު ހުންނާނެ ކަމަށް ލަފާކުރި 5.5 އިންސައްތައިން، 2026 ވަނަ އަހަރު 4.9 އިންސައްތައަށް ދަށްވާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފި އެވެ.

ފިލިޕީންސްގެ މެނީލާގައި މަރުކަޒުވެފައިވާ މި ބޭންކުން މި ބަދަލުތައް ގެނެސްފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ ފުޅާ އަސަރުތަކާ ގުޅިގެންނެވެ. އަހަރަކު ދެ ފަހަރު ނެރޭ އޭޑީބީގެ މައި ރިޕޯޓް ކަމަށްވާ "އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް" ގައި ބަޔާންކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މި ސަރަހައްދުން އެންމެ ބާރަށް ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 7.3 އިންސައްތައިގެ ކުރިއެރުމަކާއެކު އިންޑިއާ އެވެ. އޭގެ ފަހަތުން ބޫޓާންގެ އިގްތިސާދު 7.2 އިންސައްތައިގައި ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ޕާކިސްތާނުގެ އިގްތިސާދު 3.7 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެ ގައުމު ވެގެންދާނީ މި ސަރަހައްދުގައި ތިންވަނައަށް އެންމެ ލަސްކޮށް ކުރިއަރާ އިގްތިސާދަށެވެ. މި ލިސްޓުގެ އެންމެ ފަހަތުގައި އުޅެނީ 3 އިންސައްތައިގެ ކުރިއެރުމަކާއެކު އަފްޣާނިސްތާނާއި ދިވެހިރާއްޖެއެވެ. .

އޭޑީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަކަތައިގެ އަގު ބޮޑުވުމާއި ރެމިޓެންސް ނުވަތަ ބޭރުން ފޮނުވާ ފައިސާއަށް ކުރިމަތިވެފައިވާ ފިއްތުންތަކުގެ ސަބަބުން، 2027 ވަނަ މާލީ އަހަރު ޕާކިސްތާނުގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރި މިންވަރު ވަނީ 3.7 އިންސައްތައަށް ދަށްކޮށްފަ އެވެ. ނިމިދިޔަ މާލީ އަހަރުވެސް އެ ގައުމުގެ އިގްތިސާދު ކުރިއަރާފައިވަނީ ހަމަ މި މިންވަރަށެވެ. މިއަހަރުގެ އޭޕްރީލް މަހު އޭޑީބީން ލަފާކޮށްފައިވަނީ މި މާލީ އަހަރު ޕާކިސްތާނުގެ އިގްތިސާދު 4.5 އިންސައްތައިގައި ކުރިއަރާނެ ކަމަށެވެ. ނަމަވެސް މިހާރު ވަނީ އެ މިންވަރު ގާތްގަނޑަކަށް އެއް އިންސައްތަ ދަށްކޮށްފަ އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރުތައް މެދުނުކެނޑި ކުރިމަތިވަމުންދާތީ، 2027 ވަނަ މާލީ އަހަރު ޕާކިސްތާނުގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭނެ ކަމަށް ލަފާކުރި މިންވަރު 8.3 އިންސައްތައަށް ވަނީ މަތިކޮށްފަ އެވެ. މިއީ ބަންގްލަދޭޝް އަށް ލަފާކޮށްފައިވާ 8.8 އިންސައްތައަށް ފަހު މި ސަރަހައްދުގައި ދެވަނައަށް އެންމެ މަތީ އިންފްލޭޝަން ރޭޓެވެ. މީގެއިން ދޭހަވަނީ އަފްޣާނިސްތާން، ބޫޓާން، ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށްވުރެ ބޮޑެތި ގޮންޖެހުންތަކެއް ޕާކިސްތާނަށް ކުރިމަތިވެފައިވާ ކަމެވެ. ހަނގުރާމައިގެ އަސަރު ކުރި ނަމަވެސް، އިންޑިއާގެ އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކުރެވެނީ އެންމެ 4 އިންސައްތައިގަ އެވެ. މީގެ އެއް ސަބަބަކީ ޕާކިސްތާނުގެ ސަރުކާރުން ޕެޓްރޯލާއި ޑީސަލުން ޓެކްސް ބޮޑުކުރި ގޮތަށް އިންޑިއާ ސަރުކާރުން އަމަލުކޮށްފައި ނުވުމެވެ.

ނިމިދިޔަ މާލީ އަހަރަށް ބަލާއިރު، 2026 ވަނަ އަހަރުގެ ކުރީކޮޅު އަރްމީނިއާ، ޖޯޖިއާ، މޮންގޯލިއާ، ނޭޕާލް، ޕާކިސްތާން، ފިލިޕީންސް އަދި ވިއެޓްނާމްގައި އިންފްލޭޝަން ހުރީ ކަނޑައެޅިފައިވާ އަމާޒަށްވުރެ މަތީގައެވެ. މިއާ ގުޅިގެން އެ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ވަނީ އިންޓްރެސްޓް ރޭޓް އެއްވަރެއްގައި ހިފެހެއްޓުމަށާއި، ބައެއް ހާލަތްތަކުގައި ރޭޓްތައް މަތިކުރުމަށް ނިންމައި، އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކްޕާކިސްތާންއިންޑިއާދިވެހިރާއްޖެއަފްޣާނިސްތާންބަންގްލަދޭޝްއިގްތިސާދު

އިތުރަށް ކިޔާލަން

10 ޖުލައި 2026

ޝައިޚް ހަސީނާ ޑިސެމްބަރުގައި ބަންގްލަދޭޝަށް އެނބުރި ވަޑައިގަންނަވަނީ

10 ޖުލައި 2026
ޝައިޚް ހަސީނާ ޑިސެމްބަރުގައި ބަންގްލަދޭޝަށް އެނބުރި ވަޑައިގަންނަވަނީ
10 ޖުލައި 2026

ގްލޯބަލް އެއާލައިންސް އިން މިއަހަރު ފަހުކޮޅު ރާއްޖެއަށް ދަތުރުތައް ފަށަނީ

10 ޖުލައި 2026
ގްލޯބަލް އެއާލައިންސް އިން މިއަހަރު ފަހުކޮޅު ރާއްޖެއަށް ދަތުރުތައް ފަށަނީ
10 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

10 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
09 ޖުލައި 2026

އަފްޣާނިސްތާނުގެ ބާރު އުކުންތެރިޔާ ޝަޕޫރު ޒަދުރާން އުމުރުން 38 އަހަރުގައި މަރުވެއްޖެ

09 ޖުލައި 2026
އަފްޣާނިސްތާނުގެ ބާރު އުކުންތެރިޔާ ޝަޕޫރު ޒަދުރާން އުމުރުން 38 އަހަރުގައި މަރުވެއްޖެ
09 ޖުލައި 2026

ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!

09 ޖުލައި 2026
ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!
08 ޖުލައި 2026

ޝާރްޖާ އިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި ބޮއިންގް 737 މަރުކާގެ ބޯޓެއް ގެއްލިއްޖެ

08 ޖުލައި 2026
ޝާރްޖާ އިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި ބޮއިންގް 737 މަރުކާގެ ބޯޓެއް ގެއްލިއްޖެ
08 ޖުލައި 2026

ސާކްގެ ގައުމުތަކުން ހިންގާ ސައުތު އޭޝިއަން ޔުނިވާސިޓީ އިން އަފްޣާނިސްތާނުގެ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްތައް މެދުކަނޑާލައިފި

08 ޖުލައި 2026
ސާކްގެ ގައުމުތަކުން ހިންގާ ސައުތު އޭޝިއަން ޔުނިވާސިޓީ އިން އަފްޣާނިސްތާނުގެ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްތައް މެދުކަނޑާލައިފި
07 ޖުލައި 2026

ޕާކިސްތާނުގައި ފުލުހުންގެ މަރުކަޒަށް ހަމަލާދީ 9 ފުލުހުން މަރައިފި

07 ޖުލައި 2026
ޕާކިސްތާނުގައި ފުލުހުންގެ މަރުކަޒަށް ހަމަލާދީ 9 ފުލުހުން މަރައިފި
05 ޖުލައި 2026

ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ

05 ޖުލައި 2026
ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ
05 ޖުލައި 2026

ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ވަރަށް ބޮޑަށް ދަށްވެ ސަރަހައްދުގެ އެންމެ ފުލަށް ވެއްޓޭނެ ކަމުގެ އިންޒާރު!

05 ޖުލައި 2026
ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ވަރަށް ބޮޑަށް ދަށްވެ ސަރަހައްދުގެ އެންމެ ފުލަށް ވެއްޓޭނެ ކަމުގެ އިންޒާރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް