Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒު ސަރުކާރު

ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް

ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ދަރަނި ޖީޑީޕީގެ 129.7 އިންސައްތައަށް އެރުމަކީ އިގްތިސާދަށް އޮތް ބޮޑު ގޮންޖެހުމެއް. ބޭރުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިނޭންސިންގް ހޯދުމުގައި ދަތިތަކެއް ހުރިއިރު، 2026 ވަނަ އަހަރު ދަރަނި ދެއްކުމަށް 1.7 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ވަނީ ލަފާކޮށްފައި. އެހެންކަމުން، މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ސަބްސިޑީ އުސޫލުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތައް އަވަސްކުރުމަށް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައި.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 05:48
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރު

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރު | ރައީސް އޮފީސް

ދިވެހި ދައުލަތުގެ ޚަރަދު ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް ކުޑަކޮށްގެން ނޫން ކަމަށާއި، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން ކަމަށް ވޯލްޑް ބޭންކް އިން ބުނެފި އެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެންމެ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެކަށީގެންވާ މިންވަރަކަށް ކުރިއަރާފައި އޮތުމުގެ ސަބަބުން އިގްތިސާދު ހިފެހެއްޓިފައި އޮތް ނަމަވެސް، ދައުލަތުގެ ދަރަނި އިތުރުވުމާއި، ބޭރުގެ ފައިނޭންސިންގް އަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތުމާއި، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިމަގަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ވޯލްޑް ބޭންކުން 11 ޖޫން 2026 ގައި ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވަނީ، ސަރުކާރުގެ އާމްދަނީ އިތުރުވެ ބަޖެޓް ޑެފިސިޓް ކުޑަވުމާ ގުޅިގެން 2025 ވަނަ އަހަރު ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެފައިވާ ކަމަށެވެ. ނަމަވެސް، އިގްތިސާދުގެ އޮނިގަނޑުގައި ހުރި ހައްސާސް ކަންކަން އަދިވެސް އެ ގޮތުގައި ހުރިކަން ފާހަގަކޮށް، ދައުލަތުގެ ދަރަންޏާއި ބޭރުގެ ފައިނޭންސިންގް ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުން އިގްތިސާދަށް ބާރުބޮޑުވަމުންދާކަމުގެ އިންޒާރު އެ ބޭންކުން ވަނީ ދީފަ އެވެ.

ވޯލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި 2024 ވަނަ އަހަރު 10.8 ބިލިއަން ރުފިޔާ ނުވަތަ ޖީޑީޕީގެ 9.9 އިންސައްތައިގައި ހުރި ފިސްކަލް ޑެފިސިޓް، 2025 ވަނަ އަހަރު ވަނީ 5.1 ބިލިއަން ރުފިޔާ ނުވަތަ ޖީޑީޕީގެ 4.3 އިންސައްތައަށް ކުޑަވެފައެވެ. ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކާއި ޓެކްސް ނޫން އާމްދަނީ އިތުރުވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެފައިވާއިރު، ކެޕިޓަލް ޚަރަދުތައް ކުޑަކުރުމާ ގުޅިގެން ޖުމްލަ ޚަރަދު ވަނީ ދަށްވެފަ އެވެ. އެހެންނަމަވެސް، ޚަރަދު ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެން ނޫން ކަމަށާއި، އޭގެ ބަދަލުގައި ބައެއް ފައިސާ ދެއްކުން ފަސްކުރުމުގެ ސަބަބުން ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ.

ވޯލްޑް ބޭންކުން ބުނެފައިވަނީ ދައުލަތުގެ ބަޖެޓަށް ބައެއް ކުރިއެރުންތައް ލިބުނު ނަމަވެސް، ދައުލަތުގެ ދަރަންޏަކީ ރާއްޖޭގެ އިގްތިސާދަށް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ރިޕޯޓުގައިވާ ގޮތުން 2025 ވަނަ އަހަރު ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 129.7 އިންސައްތައިގަ އެވެ. އަދި މާލީ އިސްލާހީ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ނާޅައިފިނަމަ، މެދު ރާސްތާގައި ދަރަނި މި މަތީ މިންވަރުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. މީގެ އިތުރުން، ބޭރުގެ ދަރަނި އަދާކުރުމުގައި ރާއްޖެއަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް ވޯލްޑް ބޭންކުން ވަނީ ދީފަ އެވެ.

ބޭރުގެ ފައިނޭންސިންގް ހޯދުމަށް ހުރި ދަތިތަކަށްވެސް މި ރިޕޯޓުގައި އަލިއަޅުވާލާފައިވެ އެވެ. އެގޮތުން 2025 ވަނަ އަހަރު ބޭރުގެ ދަރަނި ދެއްކުމަށް 630 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވިއިރު، 2026 ވަނަ އަހަރު މި އަދަދު 1.7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވެ އެވެ. މިއަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކާއި، އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ސަރުކާރުން ދައްކާފައިވީ ނަމަވެސް، މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ބޭރުގެ ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ދައްކަންޖެހެ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު ރާއްޖޭގެ ހަގީގީ ޖީޑީޕީ ކުރިއަރާނީ ގާތްގަނޑަކަށް 3 އިންސައްތައިގަ އެވެ. އަދި ދުނިޔޭގެ މަސްރަހުގައި ހުރި ނުތަނަވަސްކަމާއި، ރާއްޖޭގެ މާލީ އަދި ބޭރުގެ ދަރަނީގެ ނާޒުކު ހާލަތުގެ ސަބަބުން އިގްތިސާދަށް ހުރި ނުރައްކާތައް އަދިވެސް ބޮޑުކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ޚަރަދުތައް ހަރުދަނާކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމަށާއި، ސަބްސިޑީ ދޭ އުސޫލުތައް ހަރުދަނާކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތައް އަވަސްކުރުމަށް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް އިލްތިމާސްކޮށްފަ އެވެ. އެ ބޭންކުން ބުނި ގޮތުގައި މި ފިޔަވަޅުތަކަކީ ރާއްޖޭގެ މެކްރޯ އިކޮނޮމިކް ހަމަޖެހުން ގާއިމުކުރުމަށާއި، ދިގު މުއްދަތުގެ އިގްތިސާދީ ކުރިއެރުން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ފިޔަވަޅުތަކެކެވެ.

ވޯލްޑް ބޭންކްއައިއެމްއެފްފަތުރުވެރިކަންދައުލަތުގެ ދަރަނިމާލީ ހާލަތުމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

16 ޖުލައި 2026

އަރްމީނިއާގެ ޝިރާކް އޭވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

16 ޖުލައި 2026
އަރްމީނިއާގެ ޝިރާކް އޭވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ
16 ޖުލައި 2026

މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު

16 ޖުލައި 2026
މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު
15 ޖުލައި 2026

ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟

15 ޖުލައި 2026
ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
12 ޖުލައި 2026

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި

12 ޖުލައި 2026
"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި
12 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް

12 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް
12 ޖުލައި 2026

ނައިވާދޫ ބަނދަރު ހަނދަން ގެންދިޔަ މެޝިނަރީތައް ވީ ހިސާބެއްވެސް ނޭނގޭ!

12 ޖުލައި 2026
ނައިވާދޫ ބަނދަރު ހަނދަން ގެންދިޔަ މެޝިނަރީތައް ވީ ހިސާބެއްވެސް ނޭނގޭ!
12 ޖުލައި 2026

އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު

12 ޖުލައި 2026
އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު
12 ޖުލައި 2026

ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު

12 ޖުލައި 2026
ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު