Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން: އަމްރު

28 ޖޫން 2026 | އާދީއްތަ 06:41

ވޯލްޑް ބޭންކުގެ ރިޕޯޓަށް ރިއާޔަތްކޮށް، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު ސަރުކާރަށް ވަނީ ގޮވާލައްވާފައި. ސިޔާސީ މުވައްޒަފުންނާއި މިނިސްޓްރީތައް އިތުރުކޮށް ބޭކާރު ހަރަދުތައް ކުރަމުންދާކަން ފާހަގަކުރައްވައި، މިކަންކަން އިސްލާހުނުކޮށްފިނަމަ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން އިގްތިސާދީ ހަމަޖެހުމަށް ވޯލްޑް ބޭންކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން މުހިންމު ކަމަށް އަމްރު ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖޫން 2026 | އާދީއްތަ 06:41
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ވަޒީރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިން.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ވަޒީރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިން. | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އަމްރު ވަނީ ވޯލްޑް ބޭންކުން އާންމު ކޮށްފައިވާ "މޯލްޑްވިސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތަށް އާމްދަނީ އިތުރު ކުރުމަށް، ހަރަދުތައް ކުޑަ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ ސަރުކާރަކީ ބޭކާރު ހަރަދު ކުރާ ސަރުކާރެއްކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ ވޯލްޑް ބޭންކު ރިޕޯޓުގައި ފާހަގަަކޮށްފައިވާ ގޮތަށް ކޮންމެ މަހަކު ދައުލަތުން ކުރާ ހަރަދު ކުޑަ ކުރަން ޖެހޭ ކަމަށެވެ. 

އެގޮތުން ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދާއި، މުލިއާ ގެއަށް ކުރާ ހަރަދާއި، މިނިސްޓްރީތަކަށް ކުރާ ހަރަދުގެ އިތުރުން އެހެނިހެން ކުންފުނިތަކަށް ކުރާ ބޭކާރު ހަރަދު ހުއްޓާލަން ޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ. އަދި މިސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ވެސް، ގައުމާއި، ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތެއް ނުކުރެވުނު ނަމަވެސް ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ އެއް ހަދައި ބޭކާރު އެތައް ހަރަދެއް ކޮށްފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. 

އެނގިވަޑައިގަންނަވާނެ ދެ އަހަރު ވެގެން ދިޔައިރު ޅެން ހަދަން މިނިސްޓްރީއެއް ހަަދައިގެން ތިބީ. ބުޅާ ބަލަހައްޓަން މިނިސްޓްރީއެއް ހަދައިގެން ތިބީ. ކައުންސިލްތައް ބަލަހައްޓާށޭ ކިޔާފައި މިނިސްޓްރީއެއް ހަދައިގެން ތިބީ. އަޅުގަނޑުމެން އޭރު ވެސް ގޮވަމުން ދިޔައިން ތިކަން ނުކުރާށޭ. ކޮންމެ މިނިސްޓްރީއަކަށް 70 ނުވަތަ 80 ސިޔާސީ މުވައްޒަފުން ނަގައިގެން. މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ފިޒަރީޒް އެންޑް އެގްރިކަލްޗަރ ކިޔާ މިނިސްޓްރީއެއް އިންނާނެ. އެއް މިނިސްޓްރީ. އެ މިނިސްޓްރީގައި ތިބީ ބަރާބަރު 14 މުވައްޒަފުން ސިޔާސީ މުވައްޒަފުން. އެހެންނަމަވެސް މިސަރުކާރު އައިސްފައި ރައީސް މުއިއްޒު ވަކިކޮށްލެއްވީ އެގްރިކަލްޗަރ މިނިސްޓްރީ ވަކިން ފިޝަރީޒް މިނިސްޓްރީ ވަކިން. ކޮންމެ މިނިސްޓްރީއެއްގައި 70 ސިޔާސީ މީހުން. 
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު

އަމްރު ވިދާޅުވީ މިސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާނުލާ ނަމަ ނުވަތަ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުނުކޮށް ކުރިއަށް ގެންދާނަމަ ގައުމާއި ރައްޔިތުންނަށް ވަރަށް ބޮޑަށް އުދަނގޫވެ، ނިކަމެތިކަން ކުރިމަތިވާނެ ކަމަށެވެ. އަދި ވޯލްޑް ބޭންކު ދީފައިވާ އިރުޝާދުތަކާއެކު އެގޮތަށް އަމަލު ކުރުމަށް އޭނާ ގޮވާލެއްވި އެވެ. 

ވޯލްޑް ބޭންކްހުސައިން އަމްރުރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

14 އޯގަސްޓު 2026

ޒަރޫރީ ތަކެތި ހޯދުމަށް ދަތިވެފައިވާއިރު، މިސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް: ފައިސަލް

14 އޯގަސްޓު 2026
ޒަރޫރީ ތަކެތި ހޯދުމަށް ދަތިވެފައިވާއިރު، މިސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް: ފައިސަލް
13 އޯގަސްޓު 2026

ރާއްޖެ އަށް އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ތެޔޮ ގަތުމަށް ދަތިވެ، ބޭރުގެ މާލީ އިދާރާތަކުން އެތައް މިލިއަން ޑޮލަރުގެ ކުއްލި ލޯނު ހޯދަން މަޖުބޫރުވެއްޖެ

13 އޯގަސްޓު 2026
ރާއްޖެ އަށް އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ތެޔޮ ގަތުމަށް ދަތިވެ، ބޭރުގެ މާލީ އިދާރާތަކުން އެތައް މިލިއަން ޑޮލަރުގެ ކުއްލި ލޯނު ހޯދަން މަޖުބޫރުވެއްޖެ
11 އޯގަސްޓު 2026

ޑީސަލް ގަންނަން އެހީވުމަށް އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އިމަޖެންސީ ލޯނެއް ދެނީ

11 އޯގަސްޓު 2026
ޑީސަލް ގަންނަން އެހީވުމަށް އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އިމަޖެންސީ ލޯނެއް ދެނީ
31 ޖުލައި 2026

ހޫނުގަދަވުމުގެ ސަބަބުން 2050 އާ ހަމައަށް ދެކުނު އޭޝިއާގެ އިގްތިސާދަށް 7 އިންސައްތައިގެ ގެއްލުމެއް: ވޯލްޑް ބޭންކް

31 ޖުލައި 2026
ހޫނުގަދަވުމުގެ ސަބަބުން 2050 އާ ހަމައަށް ދެކުނު އޭޝިއާގެ އިގްތިސާދަށް 7 އިންސައްތައިގެ ގެއްލުމެއް: ވޯލްޑް ބޭންކް
16 ޖުލައި 2026

ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވް 18 މިލިޔަން ޑޮލަރުގެ ދަށްވުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި

16 ޖުލައި 2026
ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވް 18 މިލިޔަން ޑޮލަރުގެ ދަށްވުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި
11 ޖުލައި 2026

ހޮސްޓެޖް އެފެކްޓް: ސިޔާސީ މަޅިއެއްގެ ތެރޭގައި ދިވެހި މުޖުތަމައު ފެތެނީތަ؟

11 ޖުލައި 2026
ހޮސްޓެޖް އެފެކްޓް: ސިޔާސީ މަޅިއެއްގެ ތެރޭގައި ދިވެހި މުޖުތަމައު ފެތެނީތަ؟
04 ޖުލައި 2026

މި ސަރުކާރާއެކު ކަސްޓަމްސްގައި ވައްކަން އިންތިހާއަށް އިތުރު، އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވޭ: މެންބަރު ޣަފޫރު

04 ޖުލައި 2026
މި ސަރުކާރާއެކު ކަސްޓަމްސްގައި ވައްކަން އިންތިހާއަށް އިތުރު، އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވޭ: މެންބަރު ޣަފޫރު
02 ޖުލައި 2026

މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު

02 ޖުލައި 2026
މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު
02 ޖުލައި 2026

ރައީސް މުއިއްޒުގެ އެ ވިދާޅުވާ ސްޕީޑްގައި ކުރިއަށް ދާ މަޝްރޫއުއަކީ ހިއްކާ ސަރަހައްދުތައް ގިރުމުގެ މަޝްރޫއު: ޑީޑީ

02 ޖުލައި 2026
ރައީސް މުއިއްޒުގެ އެ ވިދާޅުވާ ސްޕީޑްގައި ކުރިއަށް ދާ މަޝްރޫއުއަކީ ހިއްކާ ސަރަހައްދުތައް ގިރުމުގެ މަޝްރޫއު: ޑީޑީ
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް