Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވޯލްޑް ބޭންކް

ހޫނުގަދަވުމުގެ ސަބަބުން 2050 އާ ހަމައަށް ދެކުނު އޭޝިއާގެ އިގްތިސާދަށް 7 އިންސައްތައިގެ ގެއްލުމެއް: ވޯލްޑް ބޭންކް

31 ޖުލައި 2026 | ހުކުރު 05:35

ދެކުނު އޭޝިއާގެ ސިޓީތަކަށް ކުރިމަތިވެފައިވާ ހޫނުމިނުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި، ދެމެހެއްޓެނިވި ފިނިކުރުމުގެ ނިޒާމުތަކާއި އާބަން ޕްލޭނިންގްއަށް އިންވެސްޓްކުރުމަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފައި. މިކަމުގެ ސަބަބުން ވަޒީފާތަކަށާއި އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް، މޫސުމީ ބަދަލުތަކަށް ހޭނުމަށް ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް އެ ބޭންކުން ގޮވާލާފައިވޭ

ރާއްޖެ އެމްވީ | 31 ޖުލައި 2026 | ހުކުރު 05:35
ތަޖުރިބާކާރުން އިންޒާރު ދެއްވާ ގޮތުގައި، ގަދަ ހޫނުގެ ސަބަބުން ސިއްހީ ގޮތުން ނާޒުކު ފަރާތްތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ. މީގެ ތެރޭގައި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ހިމެނޭ ކަމަށް އެ ފަރާތްތަކުން ފާހަގަކުރޭ

ތަޖުރިބާކާރުން އިންޒާރު ދެއްވާ ގޮތުގައި، ގަދަ ހޫނުގެ ސަބަބުން ސިއްހީ ގޮތުން ނާޒުކު ފަރާތްތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ. މީގެ ތެރޭގައި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ހިމެނޭ ކަމަށް އެ ފަރާތްތަކުން ފާހަގަކުރޭ | ގެޓީ އިމޭޖަސް

އިންތިހާއަށް ހޫނުމިން އިތުރުވުމުގެ ސަބަބުން 2050 ވަނަ އަހަރާ ހަމައަށް ދާއިރު ދެކުނު އޭޝިއާގެ އިގްތިސާދުން ގާތްގަނޑަކަށް 7 އިންސައްތަ އުނިވާނެ ކަމަށް ވޯލްޑް ބޭންކުން ބުދަ ދުވަހު އާންމުކުރި އާ ރިޕޯޓެއްގައިވާ ގޮތުން ލަފާކޮށްފި އެވެ. އަދި މިހާރުވެސް މި ސަރަހައްދުގައި ހޫނުގަދަވުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 31 މިލިއަން ފުލްޓައިމް ވަޒީފާއާ އެއްވަރުގެ ގެއްލުން ލިބެމުންދާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، 2050 ވަނަ އަހަރާ ހަމައަށް ދާއިރު މި ސަރަހައްދުގެ މަސައްކަތްކުރާ އުމުރުފުރާގެ އާބާދީއަށް 280 މިލިއަން މީހުން އިތުރުވާނެ ކަމަށް ބެލެވޭއިރު، އިތުރުވަމުންދާ ހޫނުމިނުގެ ސަބަބުން ވަޒީފާތަކަށާއި، އުފެއްދުންތެރިކަމަށާއި، ދިގުމުއްދަތުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަހައްދުގައި ހިމެނެނީ ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާ އެވެ.

"އަ ލިވަބަލް ފިއުޗަރ: ޕްރޮޓެކްޓިންގ ޖޮބްސް އެންޑް ގްރޯތު ފްރޮމް އެކްސްޓްރީމް ހީޓް އިން ސައުތު އޭޝިއާސް ސިޓީސް" ގެ ނަމުގައި ޝާއިއުކުރި މި ރިޕޯޓުން ދައްކާގޮތުގައި، 2070 ވަނަ އަހަރާ ހަމައަށް ދާއިރު ދެކުނު އޭޝިއާގެ ގާތްގަނޑަކަށް 520 މިލިއަން މީހުންނަށް އަހަރަކު މަދުވެގެން އެއް މަސް ދުވަހު ނުރައްކާތެރި މިންވަރަކަށް ހޫނުގަދަވުމުގެ ތަޖުރިބާ ކުރަންޖެހޭނެ އެވެ. މިއީ މިހާރު މިފަދަ ހާލަތްތައް މެދުވެރިވާ މިންވަރަށްވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ. އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުން މިހާރުވެސް މަސައްކަތްތެރިންގެ އުފެއްދުންތެރިކަން ދަށްވެ، ވިޔަފާރިތަކަށް ހުރަސް އެޅި، ދެކުނު އޭޝިއާގެ ސިޓީތަކުގެ ވާދަވެރިކަން ދަނީ ކުޑަވަމުންނެވެ. ހަމައެއާއެކު، ސިއްހީ ނިޒާމަށާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް އޮތް ބާރުވެސް ދަނީ ބޮޑުވަމުންނެވެ. މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ އާމްދަނީ މަދުން ލިބޭ އާއިލާތަކަށާއި، ނުރަސްމީ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިންނަށެވެ.

ވޯލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ވައިސް ޕްރެޒިޑެންޓް ޖޮހަނަސް ޒުޓް ވިދާޅުވި ގޮތުގައި، ދެކުނު އޭޝިއާގެ ސިޓީތަކަކީ އެ ސަރަހައްދުގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު ތަންތަން ކަމަށް ވީނަމަވެސް، އިތުރުވަމުންދާ ހޫނުމިނުގެ ސަބަބުން ވަޒީފާތަކާއި، ދިރިއުޅުމުގެ ފެންވަރާއި، އިގްތިސާދީ ކުރިއެރުން މިވަނީ ނުރައްކަލެއްގެ ތެރޭގައެވެ. މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ދެމެހެއްޓެނިވި ފިނިކުރުމުގެ ނިޒާމުތަކަށާއި، އަރބަން ޕްލޭނިންގ ނުވަތަ ސިޓީތައް ފަރުމާކުރުމަށާއި، އިޖުތިމާއީ ރައްކާތެރިކަމަށް އިންވެސްޓްކުރުމަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފައެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑު ދިވެހިރާއްޖެ ފަދަ ގައުމުތަކަށް، އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުން ކުރާ އިގްތިސާދީ އަސަރުތައް ހަމައެކަނި އުފެއްދުންތެރިކަން ދަށްވުމަކުން ނުނިމެ އެވެ. އޭގެ ބަދަލުގައި މުޅި އިންވެސްޓްމަންޓް މާހައުލަށާއި ދައުލަތުގެ މާލީ ހަމަޖެހުމަށްވެސް މީގެ ސަބަބުން އަސަރުކުރެ އެވެ. އެހެންކަމުން، އިމާރާތްކުރުމާއި، އުފެއްދުންތެރިކަމާއި، ޚިދުމަތްތަކުގެ ދާއިރާ ހިމެނޭހެން އެންމެ ބޮޑަށް އަސަރުކުރާ ދާއިރާތަކަށް އެހީތެރިވުމަށްޓަކައި، ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ރިޕޯޓުގައި ވަނީ ގޮވާލާފަ އެވެ.

ވޯލްޑް ބޭންކްދެކުނު އޭޝިއާކްލައިމެޓް ޗޭންޖްދިވެހިރާއްޖެއިގްތިސާދު

އިތުރަށް ކިޔާލަން

30 ޖުލައި 2026

ދިވެހިރާއްޖެ ހިމެނޭ ގޮތައް އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ 24 ގައުމަކަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައި: އިންޑިއާ

30 ޖުލައި 2026
ދިވެހިރާއްޖެ ހިމެނޭ ގޮތައް އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ 24 ގައުމަކަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައި: އިންޑިއާ
27 ޖުލައި 2026

ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ

27 ޖުލައި 2026
ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ
24 ޖުލައި 2026

އިގުތިސާދީ ކާރިސާއެއް ނެތް މިއުޅެނީ ހިންގަން ނޭންގިގެން: ރިޔާޒް މަންސޫރު

24 ޖުލައި 2026
އިގުތިސާދީ ކާރިސާއެއް ނެތް މިއުޅެނީ ހިންގަން ނޭންގިގެން: ރިޔާޒް މަންސޫރު
23 ޖުލައި 2026

ފިހާރަތަކުގެ ހަރުގަނޑުތައް ވަނީ ހުސްވެފައި، ރައްޔިތުން އެއްކޮށްފައި ހުރި ވަކި ލާރި ބޭނުންކުރާ ހާލަތައް ގޮސްފި: ސައުދުﷲ

23 ޖުލައި 2026
ފިހާރަތަކުގެ ހަރުގަނޑުތައް ވަނީ ހުސްވެފައި، ރައްޔިތުން އެއްކޮށްފައި ހުރި ވަކި ލާރި ބޭނުންކުރާ ހާލަތައް ގޮސްފި: ސައުދުﷲ
23 ޖުލައި 2026

އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ލާއޮސް އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ލާއޮސް އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

މިސްރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

23 ޖުލައި 2026
މިސްރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
23 ޖުލައި 2026

ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
22 ޖުލައި 2026

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް