Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިގްތިސާދު

ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ވަރަށް ބޮޑަށް ދަށްވެ ސަރަހައްދުގެ އެންމެ ފުލަށް ވެއްޓޭނެ ކަމުގެ އިންޒާރު!

5 ޖުލައި 2026 | އާދީއްތަ 08:36

މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުން މަޑުޖެހުމާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމުގެ އާމްދަނީ ދަށްވުމުގެ ސަބަބުން، މިއަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެންމެ 1 އިންސައްތަށް ދަށްވާނެ ކަމަށް އޭޑީބީން ވަނީ ލަފާކޮށްފައި. ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސިއްހީ އިންޝުއަރެންސް ނިޒާމު ފަދަ ދާއިރާތަކަށް އިސްލާހީ ބަދަލުތައް ގެނައުން މުހިންމުކަން އެ ބޭންކުން ފާހަގަކުރޭ. އޭޑީބީގެ ރިޕޯޓުން ދައްކާގޮތުގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މި ސަރަހައްދުގެ އެހެން ގައުމުތަކަށްވުރެ ދަށްވާއިރު، އިންޑިއާ އާއި ބޫޓާން ފަދަ ގައުމުތަކުގެ ކުރިއެރުން ހުންނާނީ ވަރުގަދަ މިންވަރެއްގައި.

ރާއްޖެ އެމްވީ | 5 ޖުލައި 2026 | އާދީއްތަ 08:36
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު - ދިވެހިރާއްޖޭގެ މާލީ ދެމެހެއްޓެނިވިކަން އަލުން އިއާދަކުރުމަށްޓަކައި، ކޮންމެހެން ކުރަންޖެހޭ އިސްލާހުތައް އަވަސްކުރުމަކީ މަޖުބޫރު ކަމެއް ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނޭ.

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު - ދިވެހިރާއްޖޭގެ މާލީ ދެމެހެއްޓެނިވިކަން އަލުން އިއާދަކުރުމަށްޓަކައި، ކޮންމެހެން ކުރަންޖެހޭ އިސްލާހުތައް އަވަސްކުރުމަކީ މަޖުބޫރު ކަމެއް ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނޭ. | ގެޓީ އިމޭޖަސް

ދެކުނު އޭޝިއާ ސަރަހައްދުގައި 2026 ވަނަ އަހަރު އެންމެ ކުޑަކޮށް އިގްތިސާދު ކުރި އަރާނެ ގައުމަކީ ރާއްޖެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފި އެވެ.

އޭޑީބީ އިން ޝާއިއުކޮށްފައިވާ "އިކޮނޮމިކް ފޯކާސްޓްސް ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް" ރިޕޯޓުގައި ބުނެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައި ކުރިއެރުމާއި މަސްވެރިކަމުގެ ދާއިރާ ރަނގަޅުވާން ފެށުމާއެކު، 2025 ވަނަ އަހަރު އިގްތިސާދީ ކުރިއެރުން ހަލުއިވި ކަމަށެވެ.

އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކި ނަމަވެސް، މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުން މަޑުޖެހުމާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވެ ތެލުގެ އަގު އުފުލުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ބެލެވޭ ކަމަށް އޭޑީބީ އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ދައުލަތުގެ މާލީ ތަނަވަސްކަން ކުޑަވުމާއި ބޭރު ފައިސާގެ ރިޒާވް ދަށްވުމުގެ ސަބަބުން، އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި ކަމަށް އޭޑީބީ އިން ބުނެފައިވެ އެވެ. ތެލުގެ އަގު ބޮޑުވުމާއި ކަރަންސީ އެކްސްޗޭންޖް ރޭޓް ނުވަތަ ބާޒާރުގައި ޑޮލަރުގެ އަގު ހުރި ނިސްބަތް ތަފާތުވުމުގެ ސަބަބުން، ތަކެތީގެ އަގުތައް އުފުލި އިންފްލޭޝަން މަތިވާނެ ކަމަށް ވެސް އޭޑީބީ އިން ވަނީ ލަފާކޮށްފަ އެވެ.

އޭޑީބީ އިން ބުނެފައިވަނީ ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން އަލުން ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ އިސްލާހީ މަސައްކަތްތައް އަވަސްކުރުން މުހިންމު ކަމަށެވެ. ވަކިން ހާއްސަކޮށް، އެންމެނަށް ސިއްހީ ހިދުމަތް ކަށަވަރުކޮށްދިނުމާއެކު، ސިއްހީ އިންޝުއަރެންސް ނިޒާމަކީ ދިގު މުއްދަތަކަށް މާލީގޮތުން ދެމެހެއްޓެނިވި ނިޒާމަކަށް ހެދުން ކޮންމެހެން ބޭނުންތެރި ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.

އޭޑީބީ އިން ލަފާ ކުރާ ގޮތުގައި ދެކުނު އޭޝިއާ ސަރަހައްދުގައި މިއަހަރު އެންމެ ކުޑަކޮށް އިގްތިސާދު ކުރިއަރާނެ ގައުމަކީ ދިވެހިރާއްޖެ އެވެ. އެ ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ އެންމެ 1 އިން ސައްތައިގެ މިންވަރަކަށެވެ. އަނެއްކޮޅުން ރާއްޖޭގެ އިންފްލޭޝަން މިއަހަރު 5 އިންސައްތައިގައި ހުންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ދުނިޔޭގެ އިގްތިސާދީ އަދި ޖިއޯޕޮލިޓިކަލް މަސްރަހު ގޯސްވަމުން ދިޔަ ނަމަވެސް، 2026 ވަނަ މާލީ އަހަރު އިންޑިއާގެ އިގްތިސާދީ ކުރިއެރުން 6.9 އިންސައްތައިގައި ވަރުގަދަކޮށް ހުންނާނެ ކަމަށް އޭޑީބީ އިން ލަފާކުރެ އެވެ. އިންޑިއާގެ އިގްތިސާދީ ހަރަކާތްތައް މި މިންވަރުގައި ހިފެހެއްޓޭނީ އެ ގައުމުގެ އެތެރޭގެ ޑިމާންޑް އިތުރުވުމާއި، ފައިނޭންސް ހޯދުމުގެ ފުރުސަތުތައް ފަހިވުމުގެ އިތުރުން، އިންޑިއާގެ މުދަލުން އެމެރިކާއިން ނަގާ ޓެރިފް ނުވަތަ ޑިއުޓީ ކުޑަކުރުމާ ގުޅިގެންނެވެ. އަދި އެ ގައުމުން ގެންނަ އިސްލާހީ ބަދަލުތަކާއި، ޔޫރަޕިއަން ޔޫނިއަނާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތަކުގެ ފައިދާއާއި، ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ބެލެވޭތީ، 2027 ވަނަ މާލީ އަހަރު އިންޑިއާގެ ކުރިއެރުން 7.3 އިންސައްތައަށް އަރާނެ ކަމަށް އޭޑީބީ އިން ލަފާކުރެ އެވެ.

ޕާކިސްތާނުގެ މަނިޓަރީ ޕޮލިސީއަށް އަންނަ ލުއިތަކާއި، 2025 ވަނަ އަހަރު އެ ގައުމުގެ ސޮވެރިން ކްރެޑިޓް ރޭޓިން ރަނގަޅުވުމާ ގުޅިގެން އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުވުމާއެކު އެ ގައުމުގެ އިގްތިސާދީ ކުރިއެރުން ހަލުވިވާނެ ކަމަށް ބެލެވޭ ކަމަށް އޭޑީބީ އިން ބުނެ އެވެ. ބަންގްލަދޭޝްގައި އާ ސަރުކާރުން އަޅަމުންދާ ރެގިއުލޭޓަރީ ފިޔަވަޅުތަކާއި، މާލީ ދާއިރާއަށް ގެންނަމުންދާ އިސްލާހުތަކުގެ އެހީގައި ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭޑީބީ އިން ބުނެފައިވެ އެވެ. ބޫޓާނުގައި އަލަށް ބިނާކުރާ ހައިޑްރޯޕަވަރު ޕްލާންޓްތަކުގެ މަސައްކަތާއެކު، 2026 އަދި 2027 ވަނަ އަހަރުވެސް އެ ގައުމުގެ އިގްތިސާދީ ކުރިއެރުން ވަރުގަދަކޮށް ހުންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ޖީޑީޕީ ކުރިއަރާ މިންވަރު 2025 ވަނަ އަހަރު ހުރި 6.8 އިންސައްތައިން، 2026 ވަނަ އަހަރު 6.3 އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، 2027 ވަނަ އަހަރު އަނެއްކާވެސް މި އަދަދު 6.8 އިންސައްތައަށް އުފުލޭނެ ކަމަށް ބެލެވޭ.

ދެކުނު އޭޝިއާ ސަރަހައްދުގެ ޖީޑީޕީ ކުރިއަރާ މިންވަރު 2025 ވަނަ އަހަރު ހުރި 6.8 އިންސައްތައިން، 2026 ވަނަ އަހަރު 6.3 އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، 2027 ވަނަ އަހަރު އަނެއްކާވެސް މި އަދަދު 6.8 އިންސައްތައަށް އުފުލޭނެ ކަމަށް ބެލެވޭ. | އޭޑީބީ

ދެކުނު އޭޝިއާ ސަރަހައްދުގައި މިއަހަރު އެންމެ ބޮޑަށް އިގްތިސާދު ކުރިއަރާނެ ކަމަށް އޭޑީބީ އިން ލަފާ ކޮށްފައިވަނީ ބޫޓާން އާއި އިންޑިއާ އެވެ. އެއިން ކޮންމެ ގައުމެއްގެ އިގްތިސާދު 6.9 އިންސައްތައިގައި ކުރިއަރާނެ ކަމަށް ބެލޭއިރު، ދެން އެންމެ ރަނގަޅު ކަމަށް ފެންނަނީ ސްރީލަންކާ އާއި ބަންގްލަދޭޝް އެވެ. އެއިން ކޮންމެ ގައުމެއް ވެސް 4 އިން ސައްތައިގެ މިންގަނޑެއްގައި އިގްތިސާދު ކުރިއަރާނެ ކަމަށް އޭޑީބީ އިން ލަފާ ކުރެ އެވެ.  ރާއްޖޭގެ އިގްތިސާދީ ކުރި އެރުން އުޅެނީ ނޭޕާލް އާއި އަފްޣާނިސްތާނަށް ވުރެ ވެސް ފަހަތުގައިކަން ފާހަގަ ކުރެވެ އެވެ. އެއިން ކޮންމެ ގައުމެއްވެސް 2 އިން ސައްތަ އަށް ވުރެ މަތީ ނިސްބަތެއްގައި އިގްތިސާދު ކުރި އަރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.

މަސްދަރު: އޭޑީބީ

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކްއިގްތިސާދުދިވެހިރާއްޖެދެކުނު އޭޝިއާ

އިތުރަށް ކިޔާލަން

03 ޖުލައި 2026

ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި

03 ޖުލައި 2026
ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި
27 ޖޫން 2026

ކުރިއަށް އޮތްތަނުގައި 21 ނުވަތަ 22 އަށް ރުފިޔާއަށް ޑޮލަރުގެ ރޭޓް މައްޗަށް ދާނެ: އަމްރު

27 ޖޫން 2026
ކުރިއަށް އޮތްތަނުގައި 21 ނުވަތަ 22 އަށް ރުފިޔާއަށް ޑޮލަރުގެ ރޭޓް މައްޗަށް ދާނެ: އަމްރު
14 ޖޫން 2026

ސަރުކާރުގެ މިޑްޓާމް ރިޕޯޓް: ފާހެއް ނުވޭ

14 ޖޫން 2026
ސަރުކާރުގެ މިޑްޓާމް ރިޕޯޓް: ފާހެއް ނުވޭ
05 ޖޫން 2026

މި ސަރުކާރުން ޚަރަދު ކުޑަކުރަން ސީރިއަސް މަސައްކަތެއް ނުކުރޭ، މިއީ އެންމެ އިވެންޓު ގިނަ ސަރުކާރު: ޝަމްހީދު

05 ޖޫން 2026
މި ސަރުކާރުން ޚަރަދު ކުޑަކުރަން ސީރިއަސް މަސައްކަތެއް ނުކުރޭ، މިއީ އެންމެ އިވެންޓު ގިނަ ސަރުކާރު: ޝަމްހީދު
22 މެއި 2026

ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު

22 މެއި 2026
ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު
20 މެއި 2026

މިދިޔަ އަހަރާއި އަޅާ ބަލާ ނަމަ 19 މޭއި އާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައެއްހާ ތަނުން ވަނީ މަދުވެފައި : އަމީރު

20 މެއި 2026
މިދިޔަ އަހަރާއި އަޅާ ބަލާ ނަމަ 19 މޭއި އާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައެއްހާ ތަނުން ވަނީ މަދުވެފައި : އަމީރު
16 މެއި 2026

އަޅުގަނޑުމެންނަށް މި ދިވެހިރާއްޖެ ދޫކޮށްލެވެން ނެތް: ކުރީގެ ރައީސް ނަޝީދު

16 މެއި 2026
އަޅުގަނޑުމެންނަށް މި ދިވެހިރާއްޖެ ދޫކޮށްލެވެން ނެތް: ކުރީގެ ރައީސް ނަޝީދު
06 މެއި 2026

ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

06 މެއި 2026
ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު
17 އެޕްރީލު 2026

2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރި އެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: އޭޑީބީ

17 އެޕްރީލު 2026
2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރި އެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: އޭޑީބީ
23 މާރިޗު 2026

ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ

23 މާރިޗު 2026
ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް