Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން

ޔަމަނުގެ ހޫޘީން ސައުދީގެ ތާއީދު އޮންނަ ފައުޖުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

12 އޯގަސްޓު 2026 | ބުދަ 13:55

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ތާއީދުކުރާ ފައުޖުތަކުގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެފައިވާއިރު، މިއީ ސައުދީން ޔަމަނު ހިސާރުކޮށްފައިވާތީ އެކަމުގެ ބަދަލުހިފުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ހޫޘީން ބުނޭ. މި ހަމަލާތަކާ ގުޅިގެން ސައުދީގެ ތާއީދު އޮންނަ ޔަމަނު ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ގައުމުގެ ސަލާމަތީ މަޝްރަހާ ބެހޭގޮތުން ކުއްލި މަޝްވަރާތަކެއް ބާއްވާފައި

ރާއްޖެ އެމްވީ | 12 އޯގަސްޓު 2026 | ބުދަ 13:55
ޔަހްޔާ ސަރީއު - ހޫތީންގެ ތަރުޖަމާނު

ޔަހްޔާ ސަރީއު - ހޫތީންގެ ތަރުޖަމާނު | ގެޓީ އިމޭޖަސް

ޔަމަނުގެ ހޫޘީންގެ ސިލްސިލާ ހަމަލާތަކެއްގައި، ތައީޒް ޕްރޮވިންސްގެ މުޚާ ސަރަހައްދާއި މަޣްރިބް ޕްރޮވިންސްގެ ތަދާވިން ކޭމްޕުގައި ތިބި ސައުދީ އަރަބިއްޔާއަށް ތާއީދުކުރާ ހަނގުރާމަވެރިންގެ މަރުކަޒުތަކަށާއި، އެމީހުން އެއްވެ ތިބި ތަންތަނުގެ އިތުރުން ހަތިޔާރު ގުދަންތަކަށް އަމާޒުކޮށް، ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި އެވެ.

އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ޔަމަނުގެ ހޫޘީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު ވިދާޅުވީ، މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ހަމަލާދޭ ޑްރޯން ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މި ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ހަނގުރާމަވެރިންގެ ކޮމާންޑް ސެންޓަރުތައް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ހަމަލާތަކުގައި ސައުދީ ރައްޔިތުން ހިމެނޭހެން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ސަރީއު އިތުރަށް ހާމަކުރެއްވި އެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ޖެހިޖެހިގެން ދެވަނަ ދުވަހަށް، ސައުދީގެ ތާއީދު އޮންނަ ފައުޖުތަކަށް އަމާޒުކޮށް ޔަމަނުގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދެމުންދަނިކޮށެވެ.

ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ހޯމަ ދުވަހު ޔަމަނުގެ އަސްކަރީ ޔުނިޓްތަކުން ވަނީ ޝަބްވާ ޕްރޮވިންސްގެ ބައިހާން ޑިސްޓްރިކްޓްގައި ހަރަކާތްތެރިވާ، ސައުދީގެ އެހީތެރިކަން ލިބޭ "ޝަބްވާ ޑިފެންސް ފޯސަސް" ގެ ހަނގުރާމަވެރިންނަށް ހަމަލާދީފަ އެވެ. މި ހަމަލާތަކުގައި މަދުވެގެން ދެ ހަނގުރާމަވެރިން މަރުވެ، އިތުރު ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.

ހޯމަ ދުވަހުގެ މި ހަމަލާތައް ދީފައިވަނީ، ޔަމަނުގެ ސިފައިން މުޚާ ސަރަހައްދަށް ޑްރޯން ހަމަލާތަކެއް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. އާދީއްތަ ދުވަހުގެ ރޭ ދިން އެ ހަމަލާތަކުގައި މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ނުވަތަ މާލީ ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އެ ވަގުތު ލިބިފައެއް ނުވެ އެވެ.

ނަމަވެސް އޭގެ ކުރީ ދުވަހު މުޚާ އާއި އެ ސަރަހައްދުގެ ކައިރި ރަށްތަކަށް ހޫޘީން ދިން ހަމަލާތަކުގައި، ސައުދީގެ ތާއީދު އޮންނަ ހަތް ހަނގުރާމަވެރިއަކު މަރުވެ، 30 މީހަކު ޒަޚަމްވި އެވެ.

އެ ވަގުތު ހޫޘީންގެ ތަރުޖަމާނު ވިދާޅުވީ، މި ވަރުގަދަ އޮޕަރޭޝަން ހިންގަން ޖެހުނީ ސައުދީގެ އެހީތެރިކަން ލިބޭ ފައުޖުތަކުން އަސްކަރީ ބާރުގަދަކޮށް، ހޫޘީންނަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާތީ ކަމަށެވެ.

ހޫޘީން މި ހަމަލާތައް ދޭން ފަށާފައިވަނީ، ސައުދީ އަރަބިއްޔާއިން ޔަމަނާ ދެކޮޅަށް ޖެހިޖެހިގެން 12 އަހަރު ވަންދެން ހިންގަމުންދާ ހިސާރުކުރުމުގެ އަމަލުތަކުގެ ބަދަލުހިފުމެއްގެ ގޮތުން، ޖުލައި 20 ވަނަ ދުވަހު ސައުދީއާ ދެކޮޅަށް ކަނޑުގެ މަގުން ބްލޮކޭޑެއް ނުވަތަ ދަތުރުފަތުރު ހުއްޓުވުމުގެ ފިޔަވަޅެއް އިއުލާންކުރުމަށްފަހު އެވެ.

މި ފިޔަވަޅާ ގުޅިގެން، ރަތްކަނޑުގައި ދަތުރުކުރާ ސައުދީއާ ގުޅުންހުރި އުޅަނދުތަކަށް އަމާޒުކޮށް އެތައް އޮޕަރޭޝަނެއް ހިންގާފައިވާކަން ޔަމަނުގެ ޙޫޘީންގެ އަސްކަރިއްޔާއިން ފަހުން ވަނީ ހާމަކޮށްފަ އެވެ.

ޔަމަނު ހިސާރުކުރުމުގެ ފިޔަވަޅުތަކާއެކު، އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުގެ އަސްކަރީ، ސިޔާސީ އަދި ލޮޖިސްޓިކް އެހީތެރިކަމާއެކު ސައުދީ އަރަބިއްޔާ އާއި އެގައުމުގެ ބައިވެރިން ވަނީ ހޫޘީންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށާފަ އެވެ.

މި ހަނގުރާމައިގައި ޔަމަނުގެ އެތައް ހާސް ރައްޔިތުންނެއްގެ ފުރާނަ ވަނީ ގޮސްފަ އެވެ. އެހެންނަމަވެސް، ސައުދީ އަރަބިއްޔާއަށް ތާއީދުކުރާ ސަރުކާރެއް އަލުން ގާއިމުކުރުމަށް އެގައުމުން ކަނޑައެޅި މައިގަނޑު މަގްސަދު ހާސިލުކުރުމުގައި ސައުދީ ވަނީ ނާކާމިޔާބުވެފަ އެވެ.

ބުދަ ދުވަހު ސައުދީގެ ތާއީދު އޮންނަ ސަރުކާރުގެ އަސްކަރިއްޔާއިން ބުނީ، އީރާނުގެ ތާއީދު އޮންނަ ހޫޘީ ހަނގުރާމަވެރިން ސްޓްރެޓީޖިކް މުހިންމުކަމެއް އޮތް މުޚާ ބަނދަރަށް ދޭ ހަމަލާތައް އަލުން ފަށާފައިވާ ކަމަށާއި، މުޅި ގައުމުގައި މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި އެ ބަނދަރަށް ބެލިސްޓިކް މިސައިލް ފޮނުވާފައިވާ ކަމަށެވެ.

މުޚާ ބަނދަރަށާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދެމުންދާ ޑްރޯން އަދި މިސައިލް ހަމަލާތަކާ ގުޅިގެން، އެ ސިޓީގެ ވައިގެ ސަރަހައްދުގައި އަސްކަރީ ބޯޓުތަކުގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ހޫތީން އަސްކަރީ ގޮތުން ހިންގަމުންދާ މި އަމަލުތަކުގެ ނަތީޖާއާ މެދު މަޝްވަރާކުރުމަށާއި، ގައުމުގެ ސަލާމަތާއި އިގްތިސާދާއި އިންސާނީ ހާލަތަށް މީގެ ސަބަބުން ކުރާނެ އަސަރުތައް ވަޒަންކުރުމަށް، ސައުދީން ތާއީދު ކުރާ ސަރުކާރުގެ ކެބިނެޓުން އަންގާރަ ދުވަހު ވަގުތީ ވެރިރަށް އަދަނުގައި ބައްދަލުވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި ކެބިނެޓުން ވަނީ މުޚާ ބަނދަރަށާއި، ހަޟްރަމައުތު، މައުރިބް އަދި އަލް-ޟާލިއާގެ ސަރަހައްދުތަކުގެ އިތުރުން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތައް މުރާޖައާކޮށްފަ އެވެ.

ޔަމަނުގެ ސައުދީގެ ތާއީދު އޮންނަ ސަރުކާރުން ބުނީ، ބާރުގެ ބޭނުންކޮށްގެން ގައުމުގެ ހާލަތު ބަދަލުކުރުމަށް ކުރާ އެއްވެސް މަސައްކަތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ޔަމަންހޫޡީޔަހްޔާ ސަރީއުމުޚާޔަމަން-ސައުދީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ

12 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ
11 އޯގަސްޓު 2026

ސައުދީ އާގުބޯޓަކަށް ހޫޘީން ދިން މިސައިލް ހަމަލާއެއްގައި 3 މީހުން މަރުވެއްޖެ

11 އޯގަސްޓު 2026
ސައުދީ އާގުބޯޓަކަށް ހޫޘީން ދިން މިސައިލް ހަމަލާއެއްގައި 3 މީހުން މަރުވެއްޖެ
10 އޯގަސްޓު 2026

ހޫޘީންގެ ހަމަލާގައި ޔަމަނުގައި 7 މަރު، 30 ޒަޚަމް

10 އޯގަސްޓު 2026
ހޫޘީންގެ ހަމަލާގައި ޔަމަނުގައި 7 މަރު، 30 ޒަޚަމް
09 އޯގަސްޓު 2026

ހޫޘީން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ އަށް ހަމަލާދީފި

09 އޯގަސްޓު 2026
ހޫޘީން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ އަށް ހަމަލާދީފި
08 އޯގަސްޓު 2026

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުތަކަކީ ކޮބާ؟ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބާ؟

08 އޯގަސްޓު 2026
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުތަކަކީ ކޮބާ؟ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބާ؟
07 އޯގަސްޓު 2026

ހޫޘީންގެ ހަމަލާގައި ސައުދީގައި 11 މީހަކު ޒަޚަމްވެއްޖެ

07 އޯގަސްޓު 2026
ހޫޘީންގެ ހަމަލާގައި ސައުދީގައި 11 މީހަކު ޒަޚަމްވެއްޖެ
07 އޯގަސްޓު 2026

ސައުދީއަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ތައްޔާރުވަމުން: އިންޓެލް ރިޕޯޓް

07 އޯގަސްޓު 2026
ސައުދީއަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ތައްޔާރުވަމުން: އިންޓެލް ރިޕޯޓް
07 އޯގަސްޓު 2026

ޔަމަނުގެ ހޫޘީން ސައުދީއަށް އިންޒާރު: އިސްތިއުމާރީ ސިޔާސަތުން ރަސްކަން ނިމޭނެ

07 އޯގަސްޓު 2026
ޔަމަނުގެ ހޫޘީން ސައުދީއަށް އިންޒާރު: އިސްތިއުމާރީ ސިޔާސަތުން ރަސްކަން ނިމޭނެ
05 އޯގަސްޓު 2026

ޔަމަނުން ސައުދީގެ ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާދީފި

05 އޯގަސްޓު 2026
ޔަމަނުން ސައުދީގެ ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާދީފި
01 އޯގަސްޓު 2026

ސައުދީގެ ތެޔޮ އުފުލާ 8 ބޯޓެއް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ހުއްޓުވައިފި

01 އޯގަސްޓު 2026
ސައުދީގެ ތެޔޮ އުފުލާ 8 ބޯޓެއް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ހުއްޓުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް