Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން

ހޫޘީންގެ ހަމަލާގައި ޔަމަނުގައި 7 މަރު، 30 ޒަޚަމް

10 އޯގަސްޓު 2026 | ހޯމަ 11:01

ޔަމަނުގެ މުޚާ ސިޓީއަށް އަމާޒުކޮށް ހޫޘީން ދިން ޑްރޯން ހަމަލާތަކަކާ ގުޅިގެން، އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ރައްދުގައި ހޫޘީންގެ މަރުކަޒުތަކަށް ހަމަލާދީފައި. މި ހަމަލާތަކާ ގުޅިގެން އދ. އިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ އެއްބަސްވުމަށްފަހު މަސްރަހު އެންމެ ބޮޑަށް ގޯސްވި ފަހަރު ކަމަށް އެ އިދާރާއިން ބުނޭ

ރާއްޖެ އެމްވީ | 10 އޯގަސްޓު 2026 | ހޯމަ 11:01

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން، ސައުދީ އަރަބިއްޔާގެ ތާއީދު އޮންނަ ސަރުކާރުގެ ސިފައިންނަށާއި، ބަނދަރުމަތީ ރަށެއް ކަމަށްވާ މުޚާ ގައި ހުރި އާންމުންގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި | ޖީސީ24ނިއުސް

ޔަމަނުގެ ރަތް ކަނޑުގެ އައްސޭރިފަށުގައި އޮންނަ މުޚާ ސިޓީއަށާއި، އާންމުންގެ މުދަލާއި ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް ހޫޘީން ދިން ހަމަލާތަކެއްގައި ސިފައިންނާއި އާންމުން ހިމެނޭހެން ހަތް މީހަކު މަރުވެ، އިތުރު 30 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޔަމަނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކުގައި އަސްކަރިއްޔާގެ ހަތަރު މެންބަރުންނާއި ތިން އާންމުން މަރުވެފައިވާ ކަމަށާއި، އަދި އިތުރު 30 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

މި ހަމަލާ ދިނުމުގައި ބޭނުންކުރި ހޫޘީންގެ 11 ޑްރޯން، ވައިގެ ދިފާއީ ނިޒާމުގެ އެހީގައި ހުއްޓުވައި ބިމަށް ވައްޓާލާފައިވާ ކަމަށްވެސް އަސްކަރިއްޔާއިން މައުލޫމާތުދެ އެވެ.

ހުޘީން ހާމަކޮށްފައިވާ ޑްރޯން ހަމަލާތަކުގެ މަންޒަރެއް

މީގެ އިތުރުން، ހޫޘީންގެ މި ހަމަލާތައް މޯކާ ސިޓީގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް އަމާޒުވެފައިވާ ކަމަށް ޔަމަނުގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މުޚާ ސިޓީއަށް ދޭން އުޅުނު ހޫޘީންގެ ޑްރޯން ހަމަލާއެއް ޔަމަނުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރީ މަސްދަރުތަކުން ބުނެފައިވާއިރު، އަލް އަރަބިއްޔާގެ ރިޕޯޓަރު ބުނެފައިވަނީ ޔަމަނުގެ އަސްކަރިއްޔާއިން މާރިބްގައި ހުރި ހޫޘީންގެ ކޮމާންޑް ސެންޓަރަކަށާއި ހަމަލާދޭން ބޭނުންކުރާ ލޯންޗަރުތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ.

ޔަމަނަށް ކަނޑައަޅާފައި ހުންނަ އދ. ގެ ހާއްސަ މަންދޫބު ހޭންސް ގްރަންޑްބާގް ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މޯކާ ސިޓީއަށް ދާދި ފަހުން ދިން ހަމަލާތަކާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން މުޚާ އާއި މާރިބްގެ އިތުރުން އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންގެ ފުރާނައަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލައި، އާންމުންނާއި އާންމުންގެ މުދަލާއި ވަސީލަތްތައް ރައްކާތެރިކުރަން ޖެހޭ ކަމަށް ގްރަންޑްބާގް ވިދާޅުވި އެވެ.

އދ. ގެ މަންދޫބުގެ ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، މި ހަމަލާތަކަކީ 2022 ވަނަ އަހަރު އދ. މެދުވެރިވެގެން ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު އަސްކަރީ ހަރަކާތްތައް އެންމެ ބޮޑަށް އިތުރުވެގެންދިޔަ ދަނޑިވަޅެވެ. މީގެ ސަބަބުން ޔަމަނުގައި އަލުން ފުރިހަމަ ދާޚިލީ ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވެފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެހެންކަމުން، ހަނގުރާމައިގެ ހުރިހާ ފަރާތްތަކުންވެސް ކެތްތެރިކަން އިސްކުރުމަށާއި، މަސްރަހު ފިނިކުރުމަށްޓަކައި އޭނާގެ އޮފީހާ ގުޅިގެން އަމަލީ މަސައްކަތްތަކެއް ކުރުމަށް ގްރަންޑްބާގް ވަނީ ގޮވާލައްވާފަ އެވެ.

ޔަމަންހޫޡީމުޚާ ސިޓީސައުދީ އަރަބިއްޔާ-ޔަމަން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ހޫޘީން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ އަށް ހަމަލާދީފި

09 އޯގަސްޓު 2026
ހޫޘީން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ އަށް ހަމަލާދީފި
08 އޯގަސްޓު 2026

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުތަކަކީ ކޮބާ؟ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބާ؟

08 އޯގަސްޓު 2026
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުތަކަކީ ކޮބާ؟ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބާ؟
07 އޯގަސްޓު 2026

ހޫޘީންގެ ހަމަލާގައި ސައުދީގައި 11 މީހަކު ޒަޚަމްވެއްޖެ

07 އޯގަސްޓު 2026
ހޫޘީންގެ ހަމަލާގައި ސައުދީގައި 11 މީހަކު ޒަޚަމްވެއްޖެ
07 އޯގަސްޓު 2026

ސައުދީއަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ތައްޔާރުވަމުން: އިންޓެލް ރިޕޯޓް

07 އޯގަސްޓު 2026
ސައުދީއަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ތައްޔާރުވަމުން: އިންޓެލް ރިޕޯޓް
07 އޯގަސްޓު 2026

ޔަމަނުގެ ހޫޘީން ސައުދީއަށް އިންޒާރު: އިސްތިއުމާރީ ސިޔާސަތުން ރަސްކަން ނިމޭނެ

07 އޯގަސްޓު 2026
ޔަމަނުގެ ހޫޘީން ސައުދީއަށް އިންޒާރު: އިސްތިއުމާރީ ސިޔާސަތުން ރަސްކަން ނިމޭނެ
05 އޯގަސްޓު 2026

ޔަމަނުން ސައުދީގެ ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާދީފި

05 އޯގަސްޓު 2026
ޔަމަނުން ސައުދީގެ ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާދީފި
01 އޯގަސްޓު 2026

ސައުދީގެ ތެޔޮ އުފުލާ 8 ބޯޓެއް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ހުއްޓުވައިފި

01 އޯގަސްޓު 2026
ސައުދީގެ ތެޔޮ އުފުލާ 8 ބޯޓެއް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ހުއްޓުވައިފި
29 ޖުލައި 2026

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

29 ޖުލައި 2026
ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި
29 ޖުލައި 2026

ރަތްކަނޑުން ދަތުރުކުރި ސައުދީ އުޅަނދަށް ހޫޘީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

29 ޖުލައި 2026
ރަތްކަނޑުން ދަތުރުކުރި ސައުދީ އުޅަނދަށް ހޫޘީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
28 ޖުލައި 2026

އިރާގުގެ އިސްލާމީ ރެސިސްޓެންސް އިން ސައުދީއަށް ވަރުގަދަ އިންޒާރެއް ދީފި

28 ޖުލައި 2026
އިރާގުގެ އިސްލާމީ ރެސިސްޓެންސް އިން ސައުދީއަށް ވަރުގަދަ އިންޒާރެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް