Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޫޘީ

ސައުދީ އާގުބޯޓަކަށް ހޫޘީން ދިން މިސައިލް ހަމަލާއެއްގައި 3 މީހުން މަރުވެއްޖެ

11 އޯގަސްޓު 2026 | އަންގާރަ 12:52

ޔަމަނުގެ ހޫޘީން ބާބުލް މަންދަބް ސަރަހައްދުން ދަތުރުކުރި ބޯޓަކަށް ދިން މިސައިލް ހަމަލާއެއްގައި ތިން ފަޅުވެރިން މަރުވެފައިވާއިރު، އަނެއްކޮޅުން ޔަމަނު ސަރުކާރު ސިފައިން ވަނީ ހޫޘީންގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައި. އީރާނުގެ އެހީތެރިކަން ލިބޭ ހޫޘީން ރަތްކަނޑުގެ އުޅަނދުތަކަށާއި މާރިބް ސިޓީގެ އާންމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުކޮށްފައި

ރާއްޖެ އެމްވީ | 11 އޯގަސްޓު 2026 | އަންގާރަ 12:52
ޔަމަނުގެ ހޫޘީންނަށް ތާއީދުކުރާ ގަބީލާތަކުގެ ބަޔަކު، އެމެރިކާ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން އެމީހުންގެ ހަތިޔާރުތަކާއެކު ބައިވެރިވަނީ

ޔަމަނުގެ ހޫޘީންނަށް ތާއީދުކުރާ ގަބީލާތަކުގެ ބަޔަކު، އެމެރިކާ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން އެމީހުންގެ ހަތިޔާރުތަކާއެކު ބައިވެރިވަނީ | އެލަމީ

ބާބުލް މަންދަބް ސަރަހައްދުން ދަތުރުކުރަމުންދިޔަ ސައުދީ އަރަބިއްޔާގެ މުދާ އުފުލާ ބޯޓަކަށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލް ހަމަލާއެއްގައި، އެ ބޯޓުގެ ފަޅުވެރިންގެ ތެރެއިން ތިން މީހަކު މަރުވެފައިވާ ކަމަށް އަލް އަރަބިއްޔާ އަދި އަލް ހަދަޘްގެ ރިޕޯޓަރުން އަންގާރަ ދުވަހު ރިޕޯޓުކޮށްފި އެވެ.

މި ހާދިސާގައި މަރުވީ ޕާކިސްތާނުގެ ދެ މީހަކާއި އިންޑޮނޭޝިއާގެ މީހެއް ކަމަށް ރިޕޯޓަރުން ބުނެފައިވެ އެވެ. ހޫޘީން މި މިސައިލް ފޮނުވާލާފައިވަނީ ތާއިޒް ޕްރޮވިންސްގެ އިރުމަތީ ސަރަހައްދުން ކަމަށާއި، މިސައިލް އަރާފައިވަނީ ބާބުލް މަންދަބް ހުރަސްކޮށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓަށް ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

މި ހަމަލާ ދީފައިވަނީ ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ރަތްކަނޑާއި ބާބުލް މަންދަބް ސަރަހައްދުން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރަށް ހޫޘީން މެދުނުކެނޑި އިންޒާރުދެމުންދާ ދަނޑިވަޅެއްގަ އެވެ.

އަނެއްކޮޅުން ޔަމަނުގެ ސަރުކާރު ސިފައިން ވެސް ވަނީ އަންގާރަ ދުވަހު ހޫޘީންގެ އެކި މަރުކަޒުތަކަށާއި އެމީހުން ޖަމާވާ ތަންތަނަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ.

މިގޮތުން ޔަމަނު ބައިނަލް އަގްވާމީ މުޖްތަމައުން ބަލައިގަންނަ ސަރުކާރުގެ ސިފައިންގެ ޑްރޯންތަކުން މާރިބް ގަވަރުނޭޓްގެ އަލް ރަޟާ ފަރުބަދަތަކުގައި ހުރި ހޫޘީންގެ މޯޓަރު ސިސްޓަމްތަކަށާއި މަރުކަޒުތަކަށް ހަމަލާދީފައިވާއިރު، އެ ގައުމުގެ ވައިގެ ސިފައިން ވަނީ އަލް ޖައުފް ގަވަރުނޭޓްގެ އަލް އާލަމް ފްރަންޓްގައި ހުރި ހޫޘީންގެ ކޭމްޕަކަށް ހަމަލާދީފަ އެވެ.

މީގެ ކުރިން ޔަމަނުގެ އަސްކަރީ މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ހޫޘީން ވަނީ ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން މާރިބް ސިޓީގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ.

ޔަމަނުގެ ސަރުކާރުގެ ވައިގެ ދިފާއީ ނިޒާމުން ހޫޘީންގެ ޑްރޯންތަކަށް ހަމަލާދެމުންދިޔަ ވަގުތު، މާރިބް ސިޓީން ދެ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް އަލް އަރަބިއްޔާ އަދި އަލް ހަދަޘްގެ ރިޕޯޓަރުން ބުނެފައިވެ އެވެ.

ހަމައެއާއެކު، ހޫޘީން ދަނީ ބަނދަރުމަތީ ރަށެއް ކަމަށްވާ އަލް މުޚާ އަށް މިސައިލުން ހަމަލާދެމުންނެވެ. އެ ބަނދަރު ކައިރިން ވިދިވިދިގެން ދެ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް އަލް އަރަބިއްޔާގެ ރިޕޯޓަރު ވަނީ ބުނެފަ އެވެ.

އީރާނުގެ އެހީތެރިކަން ލިބޭ ހޫޘީން ފަހަކަށް އައިސް ވަނީ ރަތްކަނޑުން ދަތުރުކުރާ ބޯޓުފަހަރަށް އަމާޒުކޮށްދޭ ހަމަލާތައް އިތުރުކޮށް، ޔަމަނުގެ މަދަނީ އަދި އަސްކަރީ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ.

ބާބުލް މަންދަބުހޫޡީޔަމަންރަތް ކަނޑުޔަމަން-ސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

ހޫޘީންގެ ހަމަލާގައި ޔަމަނުގައި 7 މަރު، 30 ޒަޚަމް

10 އޯގަސްޓު 2026
ހޫޘީންގެ ހަމަލާގައި ޔަމަނުގައި 7 މަރު، 30 ޒަޚަމް
09 އޯގަސްޓު 2026

ހޫޘީން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ އަށް ހަމަލާދީފި

09 އޯގަސްޓު 2026
ހޫޘީން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ އަށް ހަމަލާދީފި
08 އޯގަސްޓު 2026

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުތަކަކީ ކޮބާ؟ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބާ؟

08 އޯގަސްޓު 2026
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުތަކަކީ ކޮބާ؟ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބާ؟
07 އޯގަސްޓު 2026

ހޫޘީންގެ ހަމަލާގައި ސައުދީގައި 11 މީހަކު ޒަޚަމްވެއްޖެ

07 އޯގަސްޓު 2026
ހޫޘީންގެ ހަމަލާގައި ސައުދީގައި 11 މީހަކު ޒަޚަމްވެއްޖެ
07 އޯގަސްޓު 2026

ސައުދީއަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ތައްޔާރުވަމުން: އިންޓެލް ރިޕޯޓް

07 އޯގަސްޓު 2026
ސައުދީއަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ތައްޔާރުވަމުން: އިންޓެލް ރިޕޯޓް
07 އޯގަސްޓު 2026

ޔަމަނުގެ ހޫޘީން ސައުދީއަށް އިންޒާރު: އިސްތިއުމާރީ ސިޔާސަތުން ރަސްކަން ނިމޭނެ

07 އޯގަސްޓު 2026
ޔަމަނުގެ ހޫޘީން ސައުދީއަށް އިންޒާރު: އިސްތިއުމާރީ ސިޔާސަތުން ރަސްކަން ނިމޭނެ
05 އޯގަސްޓު 2026

ޔަމަނުން ސައުދީގެ ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާދީފި

05 އޯގަސްޓު 2026
ޔަމަނުން ސައުދީގެ ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާދީފި
04 އޯގަސްޓު 2026

ހުރްމުޒް ބަންދުކުރުން - ތާރީޚުގައި ތެލުގެ ސަޕްލައި އަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުން: އަރަމްކޯ

04 އޯގަސްޓު 2026
ހުރްމުޒް ބަންދުކުރުން - ތާރީޚުގައި ތެލުގެ ސަޕްލައި އަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުން: އަރަމްކޯ
01 އޯގަސްޓު 2026

ސައުދީގެ ތެޔޮ އުފުލާ 8 ބޯޓެއް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ހުއްޓުވައިފި

01 އޯގަސްޓު 2026
ސައުދީގެ ތެޔޮ އުފުލާ 8 ބޯޓެއް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ހުއްޓުވައިފި
30 ޖުލައި 2026

ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދުމަށް ނިންމާފައިވާކަން ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި

30 ޖުލައި 2026
ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދުމަށް ނިންމާފައިވާކަން ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް