Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން-ސައުދީ އަރަބިއްޔާ

ޔަމަނުން ސައުދީގެ ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާދީފި

5 އޯގަސްޓު 2026 | ބުދަ 09:55

ޔަމަނުގެ ހޫޘީން ސައުދީގެ "ވަފާ" ތެޔޮ ޓޭންކަރަށް ބެލިސްޓިކް މިސައިލުން ހަމަލާދީފައިވަނީ، ސައުދީން ޔަމަނަށް ކުރިމަތިކޮށްފައިވާ ހިސާރަށް ރައްދުދިނުމުގެ ގޮތުން ކަނޑުގެ މަގުތައް ބަންދުކުރުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން. މި އޮޕަރޭޝަންތަކުގައި މިހާތަނަށް ސައުދީގެ އަށް އުޅަނދަކަށް ހަމަލާދީފައިވާއިރު، ޔަމަނުން ބުނަނީ ސައުދީގެ އުދުވާންތައް ހުއްޓާނުލާނަމަ ރަތްކަނޑުގެ އުތުރުގައި ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް

ރާއްޖެ އެމްވީ | 5 އޯގަސްޓު 2026 | ބުދަ 09:55
ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ބުދަ ދުވަހުގެ ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަތްކަނޑުގެ އުތުރުން ސައުދީ އަރަބިއްޔާގެ ޔަންބޫ ސިޓީގެ އައްސޭރިފަށާ ދުރުން ދަތުރުކުރަމުންދިޔަ ސައުދީގެ ތެޔޮ އުފުލާ ޓޭންކަރެއް ކަމަށްވާ "އެންސީސީ ވަފާ" އަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލުން ހަމަލާދީފައިވާ ކަމަށް

ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ބުދަ ދުވަހުގެ ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަތްކަނޑުގެ އުތުރުން ސައުދީ އަރަބިއްޔާގެ ޔަންބޫ ސިޓީގެ އައްސޭރިފަށާ ދުރުން ދަތުރުކުރަމުންދިޔަ ސައުދީގެ ތެޔޮ އުފުލާ ޓޭންކަރެއް ކަމަށްވާ "އެންސީސީ ވަފާ" އަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލުން ހަމަލާދީފައިވާ ކަމަށް | ގެޓީ އިމޭޖަސް

ޔަމަނުގެ ހަތިޔާރުއެޅި ހޫޘީންގެ ފައުޖުތަކުން ރަތްކަނޑުގެ އުތުރު ސަރަހައްދުން ސައުދީ އަރަބިއްޔާގެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި އެވެ. މި ހަމަލާ ދީފައިވަނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ޔަމަނުން އިއުލާންކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ކަނޑުގެ މަގުތައް ބަންދުކުރުމުގެ ނިންމުމާ އެ އުޅަނދުން ޚިލާފުވުމާ ގުޅިގެން ކަމަށް ބުނެފައިވެ އެވެ.

ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ޔަމަނުގެ ހަތިޔާރުއެޅި ފައުޖުތަކުގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު ވިދާޅުވީ، "ވަފާ" ނަމަކަށް ކިޔާ މި ތެޔޮ ޓޭންކަރަށް ހަމަލާދީފައިވަނީ ސައުދީގެ ޔަންބޫ އައްސޭރިފަށާ ދުރުން ކަމަށެވެ. އަދި މި ހަމަލާ ދިނުމަށް "ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް" ބޭނުންކޮށްފައިވާ ކަމަށާއި، މި ހަމަލާތައް އަމާޒަށް ސީދާ ވާސިލުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ "ސައުދީ ދުޝްމަނުންނާ ދެކޮޅަށް ކަނޑުގެ މަގުތައް ބަންދުކުރުމަށް ޔަމަނުގެ ހަތިޔާރުއެޅި ފައުޖުތަކުން ނިންމާފައިވާ ނިންމުން" ތަންފީޒުކުރުމުގެ ގޮތުންނެވެ. އަދި މިއީ ސައުދީން ޔަމަނަށް ކުރިމަތިކޮށްފައިވާ ހުރަސްތަކަށް ރައްދު ދިނުމުގެ ގޮތުން "ބަންދުކުރުމަކަށް ބަންދުކުރުމެއް" މި އުސޫލުގެ ދަށުން ހިންގި ހަރަކާތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޖުލައި މަހުގެ 22 ވަނަ ދުވަހު ކަނޑުގެ މަގުތައް ބަންދުކުރާނެކަން އިއުލާންކުރި ފަހުން، މިހާތަނަށް ސައުދީގެ އަށް ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށް ޔަހްޔާ ސަރީއު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ 29 ތެޔޮ ޓޭންކަރެއްގެ ދަތުރުތަކަށް ހުރަސްއަޅައި، ރަތްކަނޑާއި އަރަބި ކަނޑުން އެ އުޅަނދުތައް އަނބުރާ ފޮނުވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބާބުލް މަންދަބު ކަނޑުއޮޅިން ފެށިގެން ކަނޑުގެ މަގުތައް ބަންދުކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމާ ގުޅިގެން، ސައުދީ އަރަބިއްޔާއިން އެގައުމުގެ ތެޔޮ ޓޭންކަރުތައް ރަތްކަނޑުގެ އުތުރު ސަރަހައްދަށް މިސްރާބު ބަދަލުކުރަން ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޔަމަނުގެ ހަތިޔާރުއެޅި ފައުޖުތަކުން ދޭ ހަމަލާތައް ކުރިއަށްދާނެ. އަދި ރަތްކަނޑުގެ އުތުރު ސަރަހައްދުން ސައުދީ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށްދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ހުރިހާ މަގުތަކެއް ބަންދުކޮށް އެ އުޅަނދުތަކަށް ދަތުރު ނުކުރެވޭނެ ގޮތް ހަދާނަން،" ތަރުޖަމާނު ވިދާޅުވި އެވެ.

މި ފަހުގެ ކުރިމަތިލުންތައް ހިނގާފައި މިވަނީ ހޫޘީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި ނުތަނަވަސްކަން އިތުރުވެފައިވަނީ، ބަލިމީހުންނާއި ހާލުގައި ޖެހިފައިވާ އާންމުން އުފުލާ އިންސާނީ އެހީގެ ދަތުރުތައް ހުއްޓުވުމަށްޓަކައި، މިދިޔަ މަހު ސައުދީން ސަންޢާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

ސައުދީގެ އެ ހަމަލާތަކުގެ ރައްދުގައި ހޫޘީންގެ ފައުޖުތަކުން ވަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސައުދީ އަރަބިއްޔާގެ އަބްހާ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ހަމަލާދީފަ އެވެ. އަދި ސައުދީ އިސްވެ އޮވެ ޔަމަނަށް 12 އަހަރު ވަންދެން ކުރިމަތިކޮށްފައިވާ ހިސާރު ނިމުމަކަށް ގެނައުމަށްޓަކައި، ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ޔަމަނުގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ރައީސް މަހްދީ އަލް-މަޝާތު ވިދާޅުވީ، މިހާރު ހިނގަމުންދާ ހަމަލާތައް ހުއްޓާލައި ސުލްހަ ގާއިމުކުރެވޭނެ އޮތް ހަމައެކަނި މަގަކީ، އެއްވެސް ޝަރުތަކާ ނުލައި ސައުދީ އަރަބިއްޔާއިން ޔަމަނަށް ކުރިމަތިކޮށްފައިވާ ހިސާރާއި އުދުވާންތައް ހުއްޓާލުން ކަމަށެވެ.

"މި އުދުވާންތައް ކުރިއަށްދާނަމަ އަދި ހިސާރު ނައްތާނުލާނަމަ، ދެކެވޭ އެއްވެސް ވާހަކައަކީ ނުވަތަ ވެވޭ އެއްބަސްވުމަކީ ހަގީގަތެއް ނެތް ހުސް އުންމީދުތަކެއް،" މަޝާތު ދާދިފަހުން އިންޒާރު ދެއްވި އެވެ.

ސައުދީ އަރަބިއްޔާއާއި އެގައުމުގެ އަރަބި ބައިވެރިން ހޫޘީންނާ ދެކޮޅަށް ކަނޑުގެ މަގުތައް ބަންދުކޮށްފައިވަނީ، 2015 ވަނަ އަހަރުގެ މާރިޗު 26 ގައި ފެށި ފުޅާ ދާއިރާއެއްގެ އަސްކަރީ ކެމްޕޭނުގެ ދަށުންނެވެ. މި ހަރަކާތަށް އެމެރިކާއާއި ހުޅަނގުގެ އެހެން ގައުމުތަކުން އަސްކަރީ، ސިޔާސީ އަދި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

މި ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އެތައް ހާސް ބަޔަކު މަރުވެފައިވީ ނަމަވެސް، ސައުދީން ތާއީދުކުރާ ޔަމަނުގެ ކުރީގެ ސަރުކާރު އަލުން އިއާދަކުރުމަށް ކަނޑައެޅި މަގްސަދު ހާސިލުކުރެވިފައެއް ނުވެ އެވެ.

ޔަމަނުގެ ކުރީގެ ސަރުކާރުން ގައުމު ދޫކޮށް ފިލައިގެން ދިޔައީ ސިޔާސީ ގޮތުން ގައުމު ނުރައްކާތެރި ހާލަތަކަށް ދިޔުމުންނެވެ. އެއަށްފަހު ގައުމުގެ ކަންކަން ހިންގުމާ ހަވާލުވީ ޔަމަނުގެ ރައްޔިތުންގެ މެދުގައި މަގުބޫލު ހަރަކާތެއް ކަމަށްވާ އަންސާރުﷲ އިންނެވެ.

ޔަމަން-ސައުދީ އަރަބިއްޔާހޫޡީރަތް ކަނޑުޔަހްޔާ ސަރީއުއަންސާރުﷲ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

ހުރްމުޒް ބަންދުކުރުން - ތާރީޚުގައި ތެލުގެ ސަޕްލައި އަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުން: އަރަމްކޯ

04 އޯގަސްޓު 2026
ހުރްމުޒް ބަންދުކުރުން - ތާރީޚުގައި ތެލުގެ ސަޕްލައި އަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުން: އަރަމްކޯ
01 އޯގަސްޓު 2026

ސައުދީގެ ތެޔޮ އުފުލާ 8 ބޯޓެއް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ހުއްޓުވައިފި

01 އޯގަސްޓު 2026
ސައުދީގެ ތެޔޮ އުފުލާ 8 ބޯޓެއް ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ހުއްޓުވައިފި
30 ޖުލައި 2026

ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދުމަށް ނިންމާފައިވާކަން ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި

30 ޖުލައި 2026
ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދުމަށް ނިންމާފައިވާކަން ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި
29 ޖުލައި 2026

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

29 ޖުލައި 2026
ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި
29 ޖުލައި 2026

ރަތްކަނޑުން ދަތުރުކުރި ސައުދީ އުޅަނދަށް ހޫޘީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

29 ޖުލައި 2026
ރަތްކަނޑުން ދަތުރުކުރި ސައުދީ އުޅަނދަށް ހޫޘީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
28 ޖުލައި 2026

އިރާގުގެ އިސްލާމީ ރެސިސްޓެންސް އިން ސައުދީއަށް ވަރުގަދަ އިންޒާރެއް ދީފި

28 ޖުލައި 2026
އިރާގުގެ އިސްލާމީ ރެސިސްޓެންސް އިން ސައުދީއަށް ވަރުގަދަ އިންޒާރެއް ދީފި
27 ޖުލައި 2026

ޔަމަނުގެ ހޫޘީން ސައުދީގެ ތެޔޮ މަރުކަޒުތަކަށް ޑްރޯން ހަމަލާދީފި

27 ޖުލައި 2026
ޔަމަނުގެ ހޫޘީން ސައުދީގެ ތެޔޮ މަރުކަޒުތަކަށް ޑްރޯން ހަމަލާދީފި
25 ޖުލައި 2026

ސައުދީން ޔަމަނަށް ހަމަލާދީފި، ހޫޘީން ބުނަނީ ބޮޑު އަގަކުން އަގުދައްކަން ޖެހޭނެ ކަމަށް

25 ޖުލައި 2026
ސައުދީން ޔަމަނަށް ހަމަލާދީފި، ހޫޘީން ބުނަނީ ބޮޑު އަގަކުން އަގުދައްކަން ޖެހޭނެ ކަމަށް
23 ޖުލައި 2026

ތެލުގެ އަގު 100 ޑޮލަރަށް އަރައިފި

23 ޖުލައި 2026
ތެލުގެ އަގު 100 ޑޮލަރަށް އަރައިފި
23 ޖުލައި 2026

އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟

23 ޖުލައި 2026
އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް