Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ޕާކިސްތާނު

ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނަށް ވަޑައިގެންފި

12 އޯގަސްޓު 2026 | ބުދަ 11:55

ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި އީރާނާއި އެމެރިކާގެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕާކިސްތާނުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން. މިގޮތުން ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނަށް ކުރައްވާ ދަތުރުފުޅުގައި، ދެ ގައުމުގެ ސަލާމަތީ ގުޅުން ބަދަހިކުރުމަށާއި މެދުއިރުމަތީގެ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ

ރާއްޖެ އެމްވީ | 12 އޯގަސްޓު 2026 | ބުދަ 11:55
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙައްސިން ނަޤްވީއާ 2026 އޮގަސްޓް 11 ވީ އަންގާރަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާންގައި ބައްދަލުކުރައްވައިފި

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙައްސިން ނަޤްވީއާ 2026 އޮގަސްޓް 11 ވީ އަންގާރަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާންގައި ބައްދަލުކުރައްވައިފި | ރޮއިޓާސް

ޕާކިސްތާނާއި އީރާނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށާއި، އެމެރިކާއާއި އީރާނާ ދެމެދު ސީދާގޮތުންނާއި ނުސީދާގޮތުން ކުރިއަށްދާ ޑިޕްލޮމެޓިކް މުއާމަލާތްތަކަށް މަގުފަހިކޮށްދިނުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ގައުމުގެ ދާޚިލީ ވަޒީރު މުހުސިން ނަގްވީ އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގެންފި ކަމަށް ޕާކިސްތާނުގެ ފޮރިން އޮފީހުން ބުދަ ދުވަހު ހާމަކޮށްފި އެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ތާހިރު އަންދްރާބީ އިސްލާމްއާބާދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކުރުމަށާއި ހައްލުނުވެ ހުރި މައްސަލަތަކަށް ނިމުމެއް ގެނައުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

ތަރުޖަމާނު އަންދްރާބީ އިތުރަށް ވިދާޅުވީ، ދާޚިލީ ވަޒީރުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދޭދޭ ގުޅުންތަކާއި، ސަލާމަތީ ކަންކަމާއި، ސަރަހައްދީ ހަމަޖެހުމުގެ އިތުރުން، ސަރަހައްދީ މަސްލަހަތު ހިމެނޭ ކަންކަމުގައި ހުރިހާ ފަރާތްތަކަކުން ބިނާކުރުވަނިވި ގޮތެއްގައި ބައިވެރިވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ޕާކިސްތާނު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ވަޒީރު މުހުސިން ނަގްވީ ވަނީ އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި، އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އާސިމް މުނީރުގެ މުހިންމު މެސެޖެއް އީރާނުގެ ލީޑަޝިޕަށް ރައްދުކޮށްދެއްވާފަ އެވެ.

ނަގްވީ އީރާނަށް މި ކުރައްވާ ދަތުރުފުޅަކީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތައް ހުއްޓުވުމަށާއި، ހައްލުނުވެ ހުރި މައްސަލަތައް ނިންމުމަށްޓަކައި ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް ގާއިމުކޮށްދިނުމަށް ޕާކިސްތާނުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.

މަސްދަރު: އޭއެފްޕީ

ޕާކިސްތާން-އީރާންއެމެރިކާ-އީރާންޝެހްބާޒް ޝަރީފް ޖެނެރަލް އާސިމް މުނީރު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

08 އޯގަސްޓު 2026

އީރާނާއެކު ކުރަމުންދާ ހަނގުރާމައިން "އަބުރުވެރިކަމާއެކު" އަވަހަށް ސަލާމަތްވެވޭނެ މަގެއް ހޯދުމަށް އެމެރިކާގެ އެންމެ އިސް ޖެނެރަލް ދަނީ ސިއްރިއްޔާތުގައި މަސައްކަތްކުރައްވަމުން - ސީއެންއެން

07 އޯގަސްޓު 2026

ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އުރުދުޣާން ހުކުރު ދުވަހު ސައުދީއަށް ވަޑައިގަންނަވަނީ

07 އޯގަސްޓު 2026
ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އުރުދުޣާން ހުކުރު ދުވަހު ސައުދީއަށް ވަޑައިގަންނަވަނީ
05 އޯގަސްޓު 2026

އެމެރިކާ، އީރާން އަދި އޮމާން އިން ހުރްމުޒް ކަނޑުއޮޅި ހުޅުވުމާ ގާތަށް، މިއިން ކޮންމެ ބަޔަކު ބޭނުންވަނީ ކޮންކަމެއް؟

05 އޯގަސްޓު 2026
އެމެރިކާ، އީރާން އަދި އޮމާން އިން ހުރްމުޒް ކަނޑުއޮޅި ހުޅުވުމާ ގާތަށް، މިއިން ކޮންމެ ބަޔަކު ބޭނުންވަނީ ކޮންކަމެއް؟
04 އޯގަސްޓު 2026

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ މެދު އޮތް ނުތަނަވަސްކަން ބޮޑުވެއްޖެ

04 އޯގަސްޓު 2026
އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ މެދު އޮތް ނުތަނަވަސްކަން ބޮޑުވެއްޖެ
03 އޯގަސްޓު 2026

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!

03 އޯގަސްޓު 2026
އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!
02 އޯގަސްޓު 2026

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

02 އޯގަސްޓު 2026
އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން
01 އޯގަސްޓު 2026

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

01 އޯގަސްޓު 2026
ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި
29 ޖުލައި 2026

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ

29 ޖުލައި 2026
މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ
28 ޖުލައި 2026

ހަމަލާތައް ހުއްޓާލާފައި އޮންނަތާ ތިން ރޭ ހަމަވުމާއެކު އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމުގެ އުއްމީދު ބޮޑުވެއްޖެ

28 ޖުލައި 2026
ހަމަލާތައް ހުއްޓާލާފައި އޮންނަތާ ތިން ރޭ ހަމަވުމާއެކު އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމުގެ އުއްމީދު ބޮޑުވެއްޖެ
27 ޖުލައި 2026

އެމެރިކާ-އީރާން ހަމަލާތައް މެދުކެނޑުމާއެކު ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ

27 ޖުލައި 2026
އެމެރިކާ-އީރާން ހަމަލާތައް މެދުކެނޑުމާއެކު ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް