Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން ހަނގުރާމަ

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!

3 އޯގަސްޓު 2026 | ހޯމަ 07:45

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާއިން ފެށި ހަނގުރާމައިގައި ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި. މި މައްސަލަ ހައްލުކުރުމަށް އަސްކަރީ ބާރުގެ ބޭނުންކޮށްގެން އެމެރިކާއަށް ކާމިޔާބު ނުވުމުން، އޮމާން މެދުވެރިކޮށް ސިޔާސީ މަޝްވަރާތަކެއް ކުރުން މިހާރު ވަނީ މަޖުބޫރުވެފައި. އެހެންކަމުން، މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޮތް އެންމެ ފަހުގެ ފުރުސަތަކީ އީރާނުގެ ބައެއް ޝަރުތުތަކަށް އެއްބަސްވެ، ސަރަހައްދީ ގައުމުތަކުގެ އެހީތެރިކަމާއެކު ސުލްހަ ގާއިމުކުރުން

ރާއްޖެ އެމްވީ | 3 އޯގަސްޓު 2026 | ހޯމަ 07:45
ކަނޑުގެ ސަރަހައްދުގައި އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ބްލޮކޭޑަށް ނުވަތަ ހުރަސް އެޅުމުގެ އޮޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެމެރިކާގެ މަނަވަރު "ޔޫއެސްއެސް މައިކަލް މާފީ" (DDG 112) ގައި އޮތް އެމެރިކާގެ ނޭވީގެ "MH-60R Sea Hawk" މަރުކާގެ ހެލިކޮޕްޓަރެއް އުދުއްސާލުމަށް ތައްޔާރުކުރަނީ

ކަނޑުގެ ސަރަހައްދުގައި އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ބްލޮކޭޑަށް ނުވަތަ ހުރަސް އެޅުމުގެ އޮޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެމެރިކާގެ މަނަވަރު "ޔޫއެސްއެސް މައިކަލް މާފީ" (DDG 112) ގައި އޮތް އެމެރިކާގެ ނޭވީގެ "MH-60R Sea Hawk" މަރުކާގެ ހެލިކޮޕްޓަރެއް އުދުއްސާލުމަށް ތައްޔާރުކުރަނީ | ސެންޓްކޮމް

އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ޣަރަގުވަމުންދާއިރު، އެކަމުން ސަލާމަތްވާނެ ސާފު ގޮތެއް އެ ގައުމަށް ނޭނގޭކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. ފާއިތުވި ފަސް މަހަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި އީރާނަށް ބޮން އެޅި ނަމަވެސް، ތެހެރާން ބޯލަނބާފައެއް ނުވެ އެވެ. އަދި އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ކެމްޕޭނެއް ފަށާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ދެއްވަމުން ގެންދަވާ އިންޒާރުތަކުގެ ސަބަބުން ވެސް، އެމެރިކާގެ ޝަރުތުތަކަށް އީރާނުން އިޖާބައެއް ނުދެ އެވެ.

ހަމައެއާއެކު، އެމެރިކާގެ މުހިންމު ހަތިޔާރުތަކުގެސްޓޮކް މަދުވުމާއި، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް ސަރުކާރަށް އޮތް ތާއީދު ދަށްވުމުގެ އިތުރުން، ހުރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން މުދާ ލިބުން ދަތިވެ، ދުނިޔޭގެ އިގްތިސާދީ ކާރިސާއެއް ކުރިމަތިވަމުން ދިއުމަކީ މި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއަށް ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދާ ސަބަބުތަކެވެ. މި ހާލަތުގައި، ހަނގުރާމަ ނިންމުމަށް ރައީސް ޓްރަމްޕަށް އޮތީ ކޮން އިޚްތިޔާރުތަކެއް ހެއްޔެވެ؟

'އީރާން ހަނގުރާމަ' އިން 'ހުރްމުޒް ހަނގުރާމަ' އަށް

ފެބްރުއަރީ މަހުގެ ފަހުކޮޅު ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިއިރު، އެކަމަށް ދެއްކި ސަބަބުތައް ތަފާތުވަމުން ދިޔަ ނަމަވެސް، އޭގެ ތެރޭގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ ނުރައްކާ ހިމެނެ އެވެ. މީގެ ކުރިން ކުރެވުނު މަޝްވަރާތަކުގައި އެމެރިކާއިން ބާރުއެޅީ އީރާނުން އަމިއްލައަށް ޔުރޭނިއަމް މުއްސަނދި ނުކުރުމަށާއި، އެ ގައުމުގައި ހުރި 440 ކިލޯގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ހަވާލުކުރުމަށެވެ. ނަމަވެސް އީރާނުން އެކަމަށް އިންކާރު ކުރުމުން، ޓްރަމްޕް އެންމެ ފަހުން ނިންމެވީ ހަނގުރާމައަށް ދިއުމަށެވެ.

އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އިންޒާރުދީ، ހުރްމުޒް ކަނޑުއޮޅި ވަގުތުން ބަންދުކޮށްފަ އެވެ. މިއީ އީރާނުން ކުރާނެ ކަމަށް ބެލެވުނު ކަމެއް ނަމަވެސް، އަދި ހަނގުރާމައިގެ ކުރިން އީރާނުން ތަކުރާރުކޮށް މި އިންޒާރު ދީފައިވީ ނަމަވެސް، އެމެރިކާ ސަރުކާރަށް މިކަމުގައި ކުއްލި ސިހުމެއް ލިބި، އެކަށީގެންވާ ރައްދެއް ދެވިފައެއް ނުވެ އެވެ. މެދުއިރުމަތީގެ ތެލާއި ތެލުގެ އުފެއްދުންތައް ބޭރުކުރުމަށް އޮތް އެންމެ މުހިންމު މަގަކީ މި ކަނޑުއޮޅި ކަމަށްވާއިރު، އެތަން ބަންދުވުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ފާއިތުވި ފަސް މަސްދުވަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެހެންކަމުން، އެމެރިކާ ސަރުކާރުގެ މިހާރުގެ އިސްކަމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމެއް ނޫނެވެ. އޭގެ ބަދަލުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާވެސް އަވަހަކަށް އެ ކަނޑުއޮޅި ހުޅުވުމަށެވެ.

ނަމަވެސް، އެކަން ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެއްކަމަކީ، އީރާނުގެ ގައުމީ ސަލާމަތަށާއި، އެމެރިކާ އާއި އިސްރާއީލުން ކުރިމަތީގައި ދީފާނެ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި، އެ ކަނޑުއޮޅީގެ ކޮންޓްރޯލް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އީރާނުން ނިންމާފައިވުމެވެ. އަނެއްކޮޅުން، އެމެރިކާގެ އަސްކަރިއްޔާއަށް އެ މަގު ހުޅުވައި، އެގޮތުގައި ދެމެހެއްޓޭނެ ގާބިލުކަމެއް ނެތެވެ.

ހައިރާންވާންޖެހޭ ކަމަކީ، އީރާނަށްވުރެ 100 ގުނަ ބޮޑު އަސްކަރީ ބަޖެޓެއް އެމެރިކާއަށް އޮތް ނަމަވެސް، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ކުރިމަތިކުރާ އަސްކަރީ ނުރައްކާ ހުއްޓުވުމަށް އެމެރިކާ ނުކުޅެދިފައިވާ ކަމެވެ.

އީރާނުގެ ވެރިން އެމެރިކާގެ ޝަރުތުތަކަށް އެއްބަސްކުރުވުމަށްޓަކައި، އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ. އެންމެ ފަހުން އޭނާ އިންޒާރު ދެއްވީ އީރާނުގެ އާންމު ރައްޔިތުން ބޭނުންކުރާ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމަށެވެ. ޖުލައި 31 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި އޭނާ މީޑިއާއަށް ވިދާޅުވީ، އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި، ކޮންމެވެސް ހިސާބަކުން އެމީހުންނަށް ކެތްނުކުރެވިގެން ހުއްޓާލަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، އޭގެ އެއްދުވަސް ފަހުން އޭނާ ވަނީ އެ ވާހަކަ ބަދަލުކުރައްވާފަ އެވެ. އެއީ "ވަރުގަދަ ހަމަލާތަކެއް" ދިނުމަކީ އީރާނުން ބޯލަނބާނެ ކަމެއް ނޫންކަން އޭނާއަށް ވިސްނުމުން ކަމަށް ބެލެވެ އެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ، އެމެރިކާ އާއި އިސްރާއީލުން މަސައްކަތް ކުރަނީ އިސްލާމީ ޖުމްހޫރިއްޔާ ނައްތާލުމަށް ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ހަރުކަށި ލީޑަޝިޕުން ގަބޫލުކުރާތީ އެވެ. އެމެރިކާގެ ފިއްތުންތަކުގެ ކުރިމަތީގައި ދޫދިނުމަކީ އިތުރު ފިއްތުންތަކަށް މަގުފަހިވާނެ ކަމެއް ކަމަށް އެ ގައުމުން ދެކެ އެވެ.

އެހެންކަމުން، އެމެރިކާއިން ހަމަލާތައް ވަރުގަދަ ކުރުމުން އީރާނުން ބޯލެނބުމުގެ ބަދަލުގައި، ގަލްފުގެ އުމްރާނީ ވަސީލަތްތަކަށް އީރާނުން ވަރުގަދަ ރައްދު ހަމަލާތަކެއް ދިނުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، އީރާނުގެ މުހިންމު އާންމު ވަސީލަތްތަކަށް ބޮން އަޅައި، އެ ގައުމަކީ "ފެއިލްވެފައިވާ ދައުލަތަކަށް" ހަދައި، އެ ގައުމުގެ ސަރުކާރު ވައްޓާލުމަށް އެމެރިކާ ތައްޔާރު ނޫން ނަމަ، އަސްކަރީ ބާރުގެ ބޭނުންކޮށްގެން މިކަން ކާމިޔާބެއް ނުވާނެއެވެ.

އެންމެ ރަނގަޅު ގޮތް 

ކުރިއަށް އޮތް ތަނުގައި އޮތް ހަގީގީ އިޚްތިޔާރުތަކަށް ބަލާއިރު، އެންމެ މުހިންމު ކަމަކީ އީރާނާއެކު ސިޔާސީ މަޝްވަރާ ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ގަބޫލުނުވާ ކަމެވެ. އެމެރިކާ ސަރުކާރުން އަބަދުވެސް ގަބޫލުކުރަނީ ބާރުގެ ބޭނުންކުރުމަށެވެ. އެއީ ޓެރިފްތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ކަމުގައި ވިޔަސް، ނުވަތަ ބޮން އެޅުން ކަމުގައި ވިޔަސްމެ އެވެ. އީރާނާއެކު "މާނަހުރި މަޝްވަރާ" އެއް ކުރުމުގެ ވާހަކަ އެމެރިކާއިން ދައްކާއިރު، އޭގެ މާނައަކީ "އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސްވުން" އެވެ.

ސީރިއަސް އަދި ދެމެހެއްޓެނިވި މަޝްވަރާތަކެއް ކުރުމަށް އެމެރިކާއިން ބޭނުންނުވާތީ، ކަނޑުއޮޅީގެ މައްސަލާގައި އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވޭނެ ފަދަ ނިއުކްލިއާ އެއްބަސްވުމަކާ ހަމައަށް ދިއުމުގެ ފުރުސަތު ކުޑަ އެވެ. އެންމެ ފަހުން ކުރެވުނު ނިއުކްލިއާ މަޝްވަރާތަކަށް ފަސް އަހަރު (2010-2015) ހޭދަވިއިރު، އޭގެ ތެރެއިން ދެ އަހަރަކީ ވަރަށް ސީރިއަސް މަޝްވަރާތަކެއް ކުރެވުނު ދުވަސްވަރެކެވެ. ނަމަވެސް، މިހާރުގެ އެމެރިކާ ސަރުކާރު އޮތީ މި ނާކާމިޔާބު ހަނގުރާމައިގެ ސަބަބުން ވަރުބަލިވެފަ އެވެ. އަދި އެހެން ކަންކަމަށް އިސްކަންދޭން ޖެހިފައިވުމުން، މިފަދަ ދިގު މަރުހަލާއަކަށް ވަގުތު ހުސްކުރާކަށް އެ ގައުމަކުން ބޭނުމެއް ނުވެ އެވެ.

ކަނޑުއޮޅީގެ މައްސަލަ ހައްލުކުރުމަށް ސިޔާސީ މަޝްވަރާ ކުރުމަށް އެމެރިކާ ނުކުޅެދިފައިވާތީ، ޖޫން މަހު ސޮއިކުރި އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގްގެ 5 ވަނަ މާއްދާގައިވާ ގޮތަށް އަމަލުކުރުމަށް ފުރުސަތު ދޭންޖެހެ އެވެ. އެ މާއްދާގައި ވަނީ: "ބައިނަލްއަގުވާމީ ގާނޫނުތަކާއި ހުރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގެ ގައުމުތަކުގެ ހައްގުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ކަނޑުއޮޅީގެ ކުރިމަގުގެ އިދާރީ ކަންކަމާއި ކަނޑުދަތުރުފަތުރުގެ ޚިދުމަތްތައް ކަނޑައެޅުމަށްޓަކައި، އީރާނުން އޮމާން އާއެކު މަޝްވަރާކޮށް، ގަލްފުގެ އެހެން ގައުމުތަކާ ވެސް ވާހަކަދައްކާނެ" ކަމަށެވެ.

އީރާނާއި އޮމާނާ ދެމެދު މިހާރު ކުރިއަށްދާ މި މަޝްވަރާތަކަކީ މި މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލެވެ. މި ހާލަތުގައި އެމެރިކާއިން ކުރަންޖެހޭނެ ކަމަކީ، ބޭނުންވާ ލަފާ އޮމާނަށް ދިނުމާއި، ދެ ފަރާތުން އެއްބަސްވާ ގޮތެއް ގަބޫލުކުރުމެވެ. މިފަދަ އެއްބަސްވުމެއްގައި، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ އަސްކަރީ ބްލޮކޭޑް ނުވަތަ ބަންދު އުވާލުން ހިމެނޭނެ އެވެ. ސަބަބަކީ ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން ޝަރުތުކުރަނީ އެ ބަންދު އުވާލުމަށް ކަމަށްވާތީ އެވެ.

އީރާނާއި އޮމާންގެ މަޝްވަރާތަކުން ނުކުންނާނެ ނަތީޖާއެއް ނޭނގެ އެވެ. ނަމަވެސް ސާފުވާ ކަމަކީ، އެމެރިކާއަށްވުރެ ބޮޑަށް އޮމާނާއި ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ މެންބަރު ގައުމުތަކަށް އީރާނާއެކު މަޝްވަރާކުރަން އެނގޭނެ ކަމާއި، އެކަމުގެ ޝައުގުވެރިކަން އެ ގައުމުތަކުގައި ބޮޑުވާނެ ކަމެވެ. ދެ ފަރާތުގެ މެދުގައި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. ގަލްފުގެ ގައުމުތަކުން ބޭނުންވަނީ ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ރުޖޫއަވުމަށެވެ. ނަމަވެސް އީރާނުން ބޭނުންވަނީ "އާ އުސޫލުތަކެއް" ގާއިމުކޮށް، އޮމާނާ ގުޅިގެން ކަނޑުއޮޅީގެ ކޮންޓްރޯލް އެ ގައުމުގެ އަތްދަށަށް ގެނައުމަށެވެ.

ހަގީގަތަކީ، ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ބާރު އޮތުމުން، ކުރު މުއްދަތެއްގައި ނަމަވެސް އީރާނުން ބޭނުންވާ ގޮތަށް ކަންކަން ހިނގާނެ އެވެ. މީގެ ތެރޭގައި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން އީރާނުން "ފީ" ނެގުން ވެސް ހިމެނިދާނެ އެވެ.

ކަނޑުއޮޅިއާ ގުޅޭ ގޮތުން މިފަދަ އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، އެއީ ވަރަށް ނާޒުކު އެއްބަސްވުމަކަށް ވާނެ އެވެ. ހަނގުރާމައިގެ ކުރިން ދަތުރުކުރި މިންވަރަށް އުޅަނދުފަހަރު ދަތުރުކުރަން ފަށަން ގިނަ ދުވަސްތަކެއް ނަގާނެ އެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތައް އެ ސަރަހައްދުގައި ދެމިއޮންނާނެ އެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ދެމިއޮންނާނެ އެވެ. އީރާނުން މަސައްކަތް ކުރާނީ އެމެރިކާ އާއި އިސްރާއީލުން ދީފާނެ ހަމަލާއަކަށް ތައްޔާރުވުމަށް އެ ގައުމުގެ އަސްކަރީ ވަސީލަތްތައް ވަރުގަދަ ކުރުމަށެވެ. މިއީ މި ހާލަތުގައި އުއްމީދު ކުރެވޭނެ އެންމެ ރަނގަޅު ނަތީޖާ އެވެ.

މިއީ ސުލްހަޔާއި ހަމަޖެހުމަށް ނުވިސްނާ ފެށި އެމެރިކާގެ ގަދަރާއި ބާރު ކުޑަވެގެން ދިޔަ ބުއްދިވެރިނޫން ހަނގުރާމައެއްގެ ނަތީޖާ އެވެ.

ހުރްމުޒް ކަނޑުއޮޅިއިސްރާއީލްއޮމާންއެމެރިކާ-އީރާންއީރާން ހަނގުރާމަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ފަލަސްތީނުގެ އަސީރުން ތިބޭ ޖަލު ވަށައިގެން ކިނބޫ ގެންގުޅެން އިސްރާއީލްގެ ސެކިއުރިޓީ މިނިސްޓަރު ނިންމި ނިންމުން، ކޯޓުން ހުއްޓުވައިފި

03 އޯގަސްޓު 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލު ވަށައިގެން ކިނބޫ ގެންގުޅެން އިސްރާއީލްގެ ސެކިއުރިޓީ މިނިސްޓަރު ނިންމި ނިންމުން، ކޯޓުން ހުއްޓުވައިފި
03 އޯގަސްޓު 2026

މައްސަލަ ހައްލު ނުވާނަމަ ގިނަ ބަޔަކު މަރުވެދާނެ، ގިނަ ބަޔަކު މަރުވުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން: ޓްރަމްޕް

03 އޯގަސްޓު 2026
މައްސަލަ ހައްލު ނުވާނަމަ ގިނަ ބަޔަކު މަރުވެދާނެ، ގިނަ ބަޔަކު މަރުވުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން: ޓްރަމްޕް
02 އޯގަސްޓު 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވި ވާހަކަ ދޮގުކޮށްފި

02 އޯގަސްޓު 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވި ވާހަކަ ދޮގުކޮށްފި
02 އޯގަސްޓު 2026

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

02 އޯގަސްޓު 2026
އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު
02 އޯގަސްޓު 2026

ޣައްޒާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން 112 މީހެއްގެ ހަށިގަނޑު ފެނިއްޖެ

02 އޯގަސްޓު 2026
ޣައްޒާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން 112 މީހެއްގެ ހަށިގަނޑު ފެނިއްޖެ
02 އޯގަސްޓު 2026

އީރާން އިން މިހާރު ވާހަކަދައްކަން ބޭނުން ވަނީ އެމެރިކާ އިން ދިން ހަމަލާތަކުގެ ސަބަބުން: ރޫބިއޯ

02 އޯގަސްޓު 2026
އީރާން އިން މިހާރު ވާހަކަދައްކަން ބޭނުން ވަނީ އެމެރިކާ އިން ދިން ހަމަލާތަކުގެ ސަބަބުން: ރޫބިއޯ
02 އޯގަސްޓު 2026

އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި

02 އޯގަސްޓު 2026
އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި
02 އޯގަސްޓު 2026

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

02 އޯގަސްޓު 2026
އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން
01 އޯގަސްޓު 2026

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

01 އޯގަސްޓު 2026
މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި
01 އޯގަސްޓު 2026

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

01 އޯގަސްޓު 2026
ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް