Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-ސައުދީ އަރަބިއްޔާ

ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އުރުދުޣާން ހުކުރު ދުވަހު ސައުދީއަށް ވަޑައިގަންނަވަނީ

7 އޯގަސްޓު 2026 | ހުކުރު 09:21

ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ތުރުކީވިލާތާއި ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުގެ އިސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ދިފާއީ އެއްބާރުލުން އިތުރުކުރުމާއި ކަނޑުގެ ސަލާމަތް ރައްކާތެރިކުރުމާ ގުޅޭގޮތުން. މި ދަތުރުފުޅުގެ ތެރެއިން ތިން ގައުމުގެ މެދުގައި އަސްކަރީ ގުޅުން ވަރުގަދަކުރުމުގެ އާ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ބެލެވޭ

ރާއްޖެ އެމްވީ | 7 އޯގަސްޓު 2026 | ހުކުރު 09:21
ސައުދީ އަރަބިއްޔާގެ ރިޔާޟްގައި 2026 ފެބްރުއަރީ 03 ވީ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު، ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އެކުގައި ވަޑައިގަންނަވަނީ

ސައުދީ އަރަބިއްޔާގެ ރިޔާޟްގައި 2026 ފެބްރުއަރީ 03 ވީ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު، ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އެކުގައި ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ހުކުރު ދުވަހު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ އޮފީހުން ހާމަކޮށްފި އެވެ.

މިއީ މިއަހަރުގެ ތެރޭގައި އުރުދުޣާން ސައުދީއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އަދި މިއީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށްފަހު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނު ސައުދީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުވެސް މެއެވެ.

މި ދަތުރުފުޅުގައި އުރުދުޣާން، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ތިން ގައުމުގެ މެދުގައި ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރާއި އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ވަނީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ބުރާސްފަތި ދުވަހު ސައުދީއަށް ވަޑައިގެންފަނއެވެ.

ތުރުކީގެ ރިޔާސީ މުއާސަލާތީ ޑިރެކްޓަރު ބުރުހާނުއްދީން ދުރާން ވިދާޅުވީ، މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ "ދެ ގައުމުގެ ގުޅުމާއި ސަރަހައްދީ ހާލަތާ" ގުޅޭގޮތުން ކަމަށެވެ. ނަމަވެސް މި ބައްދަލުވުންތަކުގެ ރަސްމީ އެޖެންޑާގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

"މި ދަތުރުފުޅުގެ ތެރެއިން ރައީސް އުރުދުޣާން، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި،" ދުރާން ވިދާޅުވި އެވެ.

ސަރަހައްދީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި މަޝްވަރާތައް ބިނާވާނީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ނަތީޖާތަކުގެ އިތުރުން ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ މައްޗަށެވެ. ނަމަވެސް ތުރުކީ ސަރުކާރުން މިކަމުގެ ތަފްސީލުތައް ހާމަކުރުމުގައި ވަނީ ވަރަށް ބޮޑަށް ހިފަހައްޓާފަ އެވެ.

މި ތިން ގައުމުގެ މެދުގައި ރަސްމީ އިއްތިހާދެއްގައި ސޮއިކޮށްފާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރަމުންދާ ދަނޑިވަޅެއްގައި މި ދަތުރުފުޅު ކުރިއަށްދާއިރު، ސައުދީ އަސްކަރިއްޔާއާ ގާތް ގުޅުމެއް އޮންނަ މަސްދަރަކުން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ގޮތުގައި، ހުކުރު ދުވަހު ޖިއްދާގައި ތިން ގައުމުގެ ވެރިން ގުޅިފައިވާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ތުރުކީގެ އިންޓެލިޖެންސް މަސްދަރަކުން ބުނި ގޮތުގައި މި އެއްބަސްވުމުގެ އަސާސީ އުސޫލުތަކަށް ތިން ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

މި އެއްބަސްވުން ކަށަވަރުވެއްޖެނަމަ، މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސައުދީއާއި ޕާކިސްތާނާ ދެމެދު ސޮއިކުރި "ސްޓްރެޓީޖިކް މިއުޗުއަލް ޑިފެންސް އެގްރީމަންޓް" ތުރުކީވެސް ހިމެނޭ ގޮތަށް ފުޅާވެގެންދާނެ ކަމެކެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އެއް ގައުމަކަށް ދޭ ހަމަލާއަކީ ދެ ގައުމަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ތިން ގައުމުގެ ސަރުކާރުންވެސް ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެހެންކަމުން މި ދަތުރުފުޅުގައި ސޮއިކުރެވޭނީ މިއަށްވުރެ އާދައިގެ ގުޅިފައިވާ ބަޔާނެއްގައި ކަމަށްވުންވެސް އެކަށީގެންވެ އެވެ.

އުރުދުޣާން އެންމެ ފަހުން ފެބްރުއަރީ މަހު ރިޔާޟަށް ކުރެއްވި ދަތުރުފުޅުގައިވެސް ތުރުކީއާއި ސައުދީ ގުޅިގެން މަސައްކަތް ކުރުމުގެ ވާހަކަތައް ދެކެވުނު ނަމަވެސް، އެފަދަ އިއްތިހާދެއް އޭރު ރަސްމީކޮށް އުފެދިފައެއް ނުވެ އެވެ.

މިފަހަރުގެ ދަތުރުފުޅު ކުރައްވާ ވަގުތަކީ ވަރަށް މުހިންމު ވަގުތެކެވެ. އެގޮތުން ރަތްކަނޑާއި، ބާބުލް މަންދަބު ކަނޑުއޮޅި އަދި އަދަން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތަށްޓަކައި ސައުދީ އަރަބިއްޔާއިން އިސްނަގައިގެން ބައިނަލްއަގުވާމީ ކަނޑުގެ ސަލާމަތީ އިއްތިހާދެއް އިއުލާންކުރިތާ ހަފުތާއެއް ފަހުން ކުރެވޭ ދަތުރުފުޅެކެވެ. މި އިއްތިހާދަށް ތުރުކީއާއި ޕާކިސްތާނާއެކު މިހާތަނަށް 14 ގައުމަކުން ވަނީ ތާއީދުކޮށްފަ އެވެ.

މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގައި ހަމަނުޖެހުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ޕާކިސްތާނުން ދަނީ މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.

އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާ ދެމުންނެވެ. އަދި ސަރަހައްދުގެ ހޮޓާތަކާއި ހަކަތަ އުފައްދާ މަރުކަޒުތަކަށްވެސް އީރާނުން ވަނީ އަމާޒުކޮށްފަ އެވެ.

މީގެ އިތުރުން، ޔަމަނުގެ ހޫޘީންނާއެކު އޮތް ނުތަނަވަސްކަންވެސް ސައުދީއަށް ވަނީ ބޮޑުވެފަ އެވެ. ފާއިތުވި ހަފުތާތަކުގައި ދެފަރާތުން ހަމަލާތައް ބަދަލުކޮށްފައިވާއިރު، ހޫޘީން ދަނީ ރަތްކަނޑުގައި ދަތުރުކުރާ ސައުދީގެ އުޅަނދުފަހަރަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ.

އުރުދުޣާން ފެބްރުއަރީ މަހު ކުރެއްވި ދަތުރުފުޅަށްފަހު، އަންކާރާއާއި ރިޔާޟުން ވަނީ އިގްތިސާދީ، ހަކަތަ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ވައުދުވެ ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ދެ ގައުމުގެ މަސްލަހަތު ހިމާޔަތްކޮށް، ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ދިފާއީ ގުޅުން ވަރުގަދަކުރުމަށް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށާއި، ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރަށް ތާއީދުކުރުމުގައި ދެ ގައުމުގެ ވިސްނުން އެއްގޮތްކަން ހާމަކޮށްފައިވެއެވެ. އަދި ސޯމާލިއާގެ ސޯމާލީލޭންޑް ސަރަހައްދު ވަކި ދައުލަތެއްގެ ގޮތުގައި އިސްރާއީލުން ބަލައިގަތް ބަލައިގަތުން ދެ ގައުމުންވެސް ވަނީ ދެކޮޅު ހަދާފަ އެވެ.

"ސޯމާލިއާގެ މައްސަލައިގައި، ދެ ގައުމުންވެސް ވަނީ ސޯމާލިއާގެ މިނިވަންކަމާއި، އިސްތިގުލާލާއި، އެ ގައުމުގެ އެއްބައިވަންތަކަމަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. އަދި ސޯމާލިއާގެ ހަމަޖެހުމާއި އެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ދެ ގައުމުން ވަނީ އިގުރާރުވެފައި،" އެ ބަޔާނުގައިވެ އެވެ.

މަސްދަރު: އޭއެފްޕީ

ރަޖަބް ތައްޔިބް އުރުދުޣާންޕާކިސްތާންޝެހްބާޒް ޝަރީފް ސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާންތުރުކީސައުދީ އަރަބިއްޔާސައުދީ-ތުރުކީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

06 އޯގަސްޓު 2026

ސައުދީން އުފެއްދި ބައިނަލްއަގުވާމީ ކަނޑުގެ ދިފާއީ އިއްތިހާދަށް ކޮމާންޑަރަކު އައްޔަނުކޮށްފި

06 އޯގަސްޓު 2026
ސައުދީން އުފެއްދި ބައިނަލްއަގުވާމީ ކަނޑުގެ ދިފާއީ އިއްތިހާދަށް ކޮމާންޑަރަކު އައްޔަނުކޮށްފި
05 އޯގަސްޓު 2026

ކޮމަންވެލްތު ގޭމްސް އަށް ދިޔަ ޕާކިސްތާނާއި ޔޫގެންޑާގެ އެތުލީޓުންތަކެއް ފިލައިފި

05 އޯގަސްޓު 2026
ކޮމަންވެލްތު ގޭމްސް އަށް ދިޔަ ޕާކިސްތާނާއި ޔޫގެންޑާގެ އެތުލީޓުންތަކެއް ފިލައިފި
04 އޯގަސްޓު 2026

އިސްރާއީލް އިން ޣައްޒާ އަށް ދިން ހަމަލާ، ޤަތަރާއި މިޞްރު އަދި ތުރުކީ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

04 އޯގަސްޓު 2026
އިސްރާއީލް އިން ޣައްޒާ އަށް ދިން ހަމަލާ، ޤަތަރާއި މިޞްރު އަދި ތުރުކީ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
30 ޖުލައި 2026

ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދުމަށް ނިންމާފައިވާކަން ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި

30 ޖުލައި 2026
ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދުމަށް ނިންމާފައިވާކަން ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި
30 ޖުލައި 2026

އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

30 ޖުލައި 2026
އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި
29 ޖުލައި 2026

އީރާނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވައިފި

29 ޖުލައި 2026
އީރާނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވައިފި
29 ޖުލައި 2026

އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގުގެ ރެސިސްޓަންސް ގްރޫޕްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި؛ މަދުވެގެން 20 މީހުން މަރުވެއްޖެ

29 ޖުލައި 2026
އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގުގެ ރެސިސްޓަންސް ގްރޫޕްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި؛ މަދުވެގެން 20 މީހުން މަރުވެއްޖެ
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

29 ޖުލައި 2026
ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް
28 ޖުލައި 2026

އިމްރާންޚާން 33 މަސްދުވަހު އެކަހެރިކޮށް ޖަލު ބަންދުގައި ބަހައްޓާފައި ހުރުން އދ.ގެ ޓޯޗަރ އެކްސްޕާޓް ކުށްވެރިކޮށްފި

28 ޖުލައި 2026
އިމްރާންޚާން 33 މަސްދުވަހު އެކަހެރިކޮށް ޖަލު ބަންދުގައި ބަހައްޓާފައި ހުރުން އދ.ގެ ޓޯޗަރ އެކްސްޕާޓް ކުށްވެރިކޮށްފި
21 ޖުލައި 2026

އުމްރާގެ އަޅުކަން އަދާކުރުމަށް އެއް އަހަރުތެރޭ ސައުދީ އަށް އެތައް ފަހަރަކު ދަތުރު ކުރެވޭ ހާއްސަ ވިސާއެއް ތައާރަފްކޮށްފި

21 ޖުލައި 2026
އުމްރާގެ އަޅުކަން އަދާކުރުމަށް އެއް އަހަރުތެރޭ ސައުދީ އަށް އެތައް ފަހަރަކު ދަތުރު ކުރެވޭ ހާއްސަ ވިސާއެއް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް