Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

2 އޯގަސްޓު 2026 | އާދީއްތަ 05:43

އެމެރިކާއިން އީރާނުގެ މިނިވަންކަމަށް އަރައިގަނެ އެއްބަސްވުންތަކާ ޚިލާފުވަމުންދާތީ، ގައުމީ ސަލާމަތް ދިފާއުކުރުމަށް ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުންކުރާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައި. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އެމެރިކާއިން ހިންގާ އުދުވާނުތައް ހުއްޓުވުމުގައި އދ. ގެ ސަލާމަތީ މަޖިލީހުން ފެއިލްވެފައިވާ ކަމަށް ބުނެ އެ މިނިސްޓްރީން ވަނީ ފާޑުކިޔާފައި

ރާއްޖެ އެމްވީ | 2 އޯގަސްޓު 2026 | އާދީއްތަ 05:43
އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އެ ގައުމުގެ ފޮރިން މިނިސްޓްރީ (ޚާރިޖީ ވުޒާރާ) ގެ އިމާރާތް

އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އެ ގައުމުގެ ފޮރިން މިނިސްޓްރީ (ޚާރިޖީ ވުޒާރާ) ގެ އިމާރާތް | ޕްރެސްޓީވީ

އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުންދާ އުދުވާނުތަކާ ގުޅިގެން، އީރާނުގެ ހައްގުތަކާއި ގައުމީ ސަލާމަތް ދިފާއުކުރުމަށްޓަކައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުންކުރާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން މެދުނުކެނޑި ހިންގަމުންދާ އުދުވާނުތަކާ ކުރިމަތިލައި، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ފުރިހަމަ ހައްގު ބޭނުންކުރުމުގައި އީރާނުގެ ހަތިޔާރު އެޅި ސިފައިން "ފުރިހަމަ ބާރާއެކު" ދިފާއީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އީރާނުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ސާބިތުކަމާއެކު އޮންނާނެކަން އެ މިނިސްޓްރީން ވަނީ ތަކުރާރުކޮށްފަ އެވެ.

މީގެއިތުރުން، ގައުމުގެ މިނިވަންކަމާއި ސަރަހައްދީ އިސްތިގުލާލު ދިފާއުކުރުމުގައި އީރާނުގެ ސިފައިން ވަމުންދާ ގުރުބާނީތަކާއި ކުރަމުންދާ މަސައްކަތްތަކަށް އެ މިނިސްޓްރީން ވަނީ ނުހަނު ބޮޑަށް ތައުރީފުކޮށް، ޝުކުރު އަދާކޮށްފަ އެވެ. އަދި މި މަސައްކަތުގައި ޝަހީދުވި ފަރާތްތަކުގެ ހަނދާން އާކޮށް، އެ ފަރާތްތަކަށް ވަނީ އިހުތިރާމް އަދާކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލާ ގުޅިގެން އެއްވެސް ގަބޫލުކުރެވޭނެ ސަބަބެއް ނެތި އީރާނާއި ދެކޮޅަށް ހިންގި އުދުވާނުތަކަށްފަހު އޭޕްރިލް މަހުގެ 7 ވަނަ ދުވަހު އެއްފަރާތުން ހަނގުރާމަ ހުއްޓާލިކަން އިއުލާނުކުރި ފަހުން ވެސް، އެމެރިކާއިން ވަނީ އީރާނުގެ ސަރަހައްދުތަކަށް އެތައް ފަހަރަކު އަރައިގަނެފަ އެވެ.

ޕާކިސްތާނު މެދުވެރިވެގެން ޖޫން މަހު ވޮޝިންޓަނާއި ތެހެރާނާ ދެމެދު ސޮއިކުރި ފަހުމުނާމާގައި، ހުރިހާ ދާއިރާއަކުން އުދުވާނުތައް ހުއްޓާލުމަށް ސަރީހަކޮށް ބަޔާންކޮށްފައިވީ ނަމަވެސް، އެމެރިކާއިން ވަނީ އެ އެއްބަސްވުމާ ހިލާފަށް އަމަލުކޮށްފަ އެވެ.

އަދި ހުރްމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން ދަތުރުކުރުމަށް އީރާނުން ކަނޑައަޅާފައިވާ މަގު ނޫން އެހެން މަގުތަކުން، ގަވާއިދާ ހިލާފަށް އުޅަނދުފަހަރު ދަތުރުކުރުވުމަށް އެމެރިކާއިން އެހީތެރިވަމުންދާ ކަމަށް ވެސް އީރާނުން ތުހުމަތުކުރެ އެވެ.

ހުރްމުޒް ކަނޑުއޮޅީގައި ގަވާއިދާ ހިލާފަށް އުޅަނދުފަހަރު ދަތުރުކުރުވުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކާއި، އީރާނުގެ ސަރަހައްދީ ރަތް ރޮނގުތަކާ ހިލާފަށް ހިންގާ ކޮންމެ އަމަލަކަށް އީރާނުގެ ހަތިޔާރު އެޅި ސިފައިން ދަނީ ފަސްޖެހުމެއް ނެތް ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، އެމެރިކާއިން ވަނީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ ފަހުމުނާމާގެ ދަށުން އުފުލަންޖެހޭ ޒިންމާތަކަށް އިހުތިރާމްކުރުމުގައި ފެއިލްވެފައި ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާއިން އީރާނުގެ ބަނދަރުތަކާއި މުދާ އުފުލާ އުޅަނދުފަހަރު ބަންދުކޮށް، އިގްތިސާދީ ދަތިކުރުންތައް ވަރުގަދަކޮށް، ގާނޫނާ ހިލާފު އިންޒާރުތައް ދެމުންދިއުމަކީ އެމެރިކާއިން އީރާނާ މެދު ގެންގުޅޭ ދުޝްމަންކަމުގެ ހެކިތަކެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން، އީރާނުގެ އެތެރޭގައާއި ގައުމުން ބޭރުގައި ތިބި އީރާނުގެ ރައްޔިތުންނަށާއި، އާންމު ތަންތަނަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ހަމަލާތަކަކީ އދ. ގެ ޗާޓަރުގެ 2 ވަނަ މާއްދާގެ 4 ވަނަ ނަންބަރާ ހިލާފު އަމަލުތަކެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

1974 ވަނަ އަހަރުގެ ޑިސެމްބަރު 14 ގައި އދ. ގެ އާންމު މަޖިލީހުން ފާސްކުރި 3314 ވަނަ ގަރާރަށް ރިއާޔަތްކޮށް، އީރާނުން ބުނީ އެމެރިކާއިން ހިންގާ ބްލޮކޭޑް ނުވަތަ ބަންދުކުރުމުގެ އަމަލުތަކަކީ އދ. އިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން އުދުވާނީ އަމަލެއް ކަމަށެވެ.

ފަހުމުނާމާ އުވާލުމާއި، އީރާނުގެ ތެޔޮ ވިއްކުމުގެ ހުއްދަ ބާތިލުކުރުމާއި، އަދި ކަނޑުގެ މަގުން އީރާނު ބަންދުކުރުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ދައްކަވާފައިވާ ވާހަކަތަކަށް ވެސް މިނިސްޓްރީން ވަނީ އިޝާރާތްކޮށްފަ އެވެ.

ބަޔާނުގައިވާ ގޮތުން، މި ކަންކަމަކީ އެމެރިކާ ސަރުކާރުން ކުރިންވެސް ރާވައިގެން، ދެ ގައުމުގެ ދެމެދުގައި އޮތް ފަހުމުނާމާއާ ހިލާފުވެ، ހުރްމުޒް ކަނޑުއޮޅީގައި އޮތް އީރާނުގެ އިސްތިގުލާލީ ހައްގުތަކަށް ގޮންޖަހައި، މަސްލަހަތު ގޯސްކުރުމަށް ކުރި ކަންތައްތަކެއްކަން ވަރަށް ސާފުކޮށް އެނގެން އޮތް ހެކިތަކެކެވެ.

ޒަމާންވީ ދުޝްމަންކަން

މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު ހިނގަމުންދާ ކުރިމަތިލުންތަކަކީ އެމެރިކާއިން އީރާނާ މެދު ޒަމާނުއްސުރެ ގެންގުޅެމުންދާ ދުޝްމަންކަމުގެ ތާރީޚީ ސިލްސިލާގެ ބައެކެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ވޮޝިންޓަނުން ދަނީ މުޅި ސަރަހައްދުގައި އިސްތިއުމާރީ ބާރު ފެތުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުމަށާއި، އީރާނުގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށާއި، އިސްރާއީލުގެ ދިފާއުގައި ކުރާ ކަމެއް ކަމަށް ބުނެ އެމެރިކާއިން ދައްކާ ބަހަނާތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އީރާނުން ބުނެ އެވެ.

އެމެރިކާގެ މި ބަހަނާތައް ބާތިލުކުރަމުން މިނިސްޓްރީން ބުނީ، މި އުދުވާނުތަކުގެ އަސްލު ސަބަބަކީ އީރާނުން އެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި ސާބިތުވެ އޮތުމާއި، އެމެރިކާގެ ނުފޫޒުތަކާއި ޑިމާންޑްތަކަށް ބޯނުލެނބުން ކަމަށެވެ.

އދ. ގެ ސަލާމަތީ މަޖިލީހަށް ފާޑުކިޔުން

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ހާލަތަކީ އދ. ގެ ސަލާމަތީ މަޖިލީހުން ތަދައްޚުލުވެ، މި އުދުވާނުތައް ހުއްޓުވައި، މިކަމަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭ ހާލަތެކެވެ.

ނަމަވެސް، އުދުވާނު ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސަލާމަތީ މަޖިލީހުން ފެއިލްވެފައިވާ ކަމަށް ބުނެ މިނިސްޓްރީން ވަނީ ފާޑުކިޔާފަ އެވެ. އަދި މި ހާލަތު އެ މިނިސްޓްރީން އަޅާކިޔާފައިވަނީ 1980 އިން 1988 އަށް އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ހުޅަނގުގެ އެހީތެރިކަމާއެކު އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެ މަޖިލީހުން އަމަލުކުރި ގޮތާއެވެ.

މީގެއިތުރުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް ވެސް، މާނައެއް ނެތް ބައެއް ބަޔާންތައް ނެރުއްވުން ފިޔަވައި، މިކަން ހުއްޓުވުމަށް އެދެވޭ އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާތީ އެ މިނިސްޓްރީން ވަނީ އެކަމަށް ވެސް ފާޑުކިޔާފަ އެވެ.

އެމެރިކާ-އީރާންޑޮނަލްޑް ޓްރަމްޕްއިސްރާއީލްހުރްމުޒް ކަނޑުއޮޅިއީރާން ހަނގުރާމަ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 އޯގަސްޓު 2026

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

01 އޯގަސްޓު 2026
މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި
01 އޯގަސްޓު 2026

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

01 އޯގަސްޓު 2026
ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި
01 އޯގަސްޓު 2026

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

01 އޯގަސްޓު 2026
އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
01 އޯގަސްޓު 2026

އީރާނުން ކުވެއިތައް ހަމަލާދީފި، ވޮޝިންޓަނުގެ "ދިފާއީ އައްޑަނައެއްގެ" ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމެއް "ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި އަނދައިގެންދާނެ" ކަމަށް އީރާނުން ބުނެފި

01 އޯގަސްޓު 2026
އީރާނުން ކުވެއިތައް ހަމަލާދީފި، ވޮޝިންޓަނުގެ "ދިފާއީ އައްޑަނައެއްގެ" ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމެއް "ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި އަނދައިގެންދާނެ" ކަމަށް އީރާނުން ބުނެފި
01 އޯގަސްޓު 2026

ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟

01 އޯގަސްޓު 2026
ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟
01 އޯގަސްޓު 2026

އޮމާން ކައިރިން ދަތުރުކުރި މުދާއުފުލާ ދެ އުޅަނދަކަށް ޓާގެޓްކޮށް ހަމަލާތަކެއް ދީފި

01 އޯގަސްޓު 2026
އޮމާން ކައިރިން ދަތުރުކުރި މުދާއުފުލާ ދެ އުޅަނދަކަށް ޓާގެޓްކޮށް ހަމަލާތަކެއް ދީފި
31 ޖުލައި 2026

ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބާނަމަ ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެއްޖެ

31 ޖުލައި 2026
ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބާނަމަ ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެއްޖެ
31 ޖުލައި 2026

ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ

31 ޖުލައި 2026
ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ
31 ޖުލައި 2026

ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް

31 ޖުލައި 2026
ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް
31 ޖުލައި 2026

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

31 ޖުލައި 2026
އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް