Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

1 އޯގަސްޓު 2026 | ހޮނިހިރު 16:59

އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަވިކަން ކަށަވަރުވުމާއެކު، އެ ގައުމުގެ މަސްރަހު ކޮންޓްރޯލް ކުރުމަށްޓަކައި ފަތިސްވަގުތު އެ ޚަބަރު އިއުލާންކޮށް ރައްޔިތުން މަގުތަކަށް ނުކުތުމަށް ގޮވާލަން ނިންމި ކަމަށް މަޖިލީހުގެ ރައީސް ޣާލީބާފް ވިދާޅުވެއްޖެ. އެހެން ނަމަވެސް އެ ޕްލޭން ފަހުން ބަދަލު ކުރެއްވީ ކަމަށް ވެސް އޭނާ ވިދާޅުވި

ރާއްޖެ އެމްވީ | 1 އޯގަސްޓު 2026 | ހޮނިހިރު 16:59
މުޙައްމަދު ބާގިރު ޣާލީބާފް

މުޙައްމަދު ބާގިރު ޣާލީބާފް | އޭއެފްޕީ

އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އަވަހާރަކޮށްލުމާ ގުޅިގެން، އެ ހާދިސާގެ ފަހަތުގައި ހިނގައިދިޔަ ކަންތައްތަކުގެ ތަފުސީލު، އެ ގައުމުގެ މަޖިލީހުގެ ރައީސް އަދި އިސް މަޝްވަރާވެރިޔާ މުހައްމަދު ބާގިރު ޣާލީބާފް ކިޔައިދެއްވާފައިވާ ކަމަށް އަލް އަރަބިއްޔާ އިން ރިޕޯޓުކޮށްފި އެވެ.

ޣާލީބާފް ވިދާޅުވި ގޮތުގައި، ޚާމަނާއީ ދިރިއުޅުއްވާ ގެކޮޅަށް ދިން ހަމަލާގެ މައުލޫމާތު، އެ ހަމަލާ ދިންތާ ގަޑިއިރެއްގެ ތެރޭގައި ދައުލަތުގެ އިސްވެރިންނަށް ވަނީ ލިބިފަ އެވެ.

އީރާނުގެ ޝޫރާ ކައުންސިލްގެ ކޯޑިނޭޝަން ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި ޣާލީބާފް ވިދާޅުވީ، ބޮން އެޅިތާ ގަޑިއިރެއްގެ ތެރޭގައި އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަވިކަން ކަށަވަރުވި ކަމަށެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚާމަނާއީ އަވަހާރަވި ޚަބަރު ފަތިސްވަގުތު އިއުލާން ކުރުމަށާއި، އަލީ ލަރީޖާނީއާ ގުޅިގެން ރައްޔިތުން މަގުތަކަށް ނުކުތުމަށް ގޮވާލުމަށް އެ ވަގުތު ނިންމެވި ކަމަށް ޣާލީބާފް ވިދާޅުވި އެވެ.

ޣާލީބާފް އިތުރަށް ވިދާޅުވީ، ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ލަރީޖާނީއަށް ބައްދަލުވުމަށް އާދެވުނުއިރު ރޭގަނޑު 8 ޖަހާފައިވާ ކަމަށެވެ. އެހެންކަމުން، ޚާމަނާއީ އަވަހާރަވިކަން އަނެއް ދުވަހުގެ ހެނދުނު އިއުލާން ކުރުމަށް ނިންމުމަށްފަހު، އެ ބޭފުޅުން އަވަހަށް އެ ތަނުން ވަޑައިގަތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ބޭރުގެ މީޑިއާތަކުން އޭރު ޚާމަނާއީ އަވަހާރަވި ޚަބަރު ފަތުރަން ފަށާފައިވާތީ، ކަންކަން ވިލަރެސްކުރުމަށްޓަކައި އެރޭ ދަންވަރު އަލުން ލަރީޖާނީއާ ގުޅުއްވި ކަމަށް ޣާލީބާފް ވިދާޅުވި އެވެ.

"ކުރިން ރޭވި ގޮތަށް ކުރިއަށް ދެވެން ނެތްކަން އަޅުގަނޑުމެންނަށް ވިސްނުނު. އެހެންކަމުން އަޅުގަނޑާއި އަލީ ލަރީޖާނީ ނިންމީ ފަތިސްވަގުތު އެ ޚަބަރު އިއުލާންކޮށް، ރައްޔިތުން މަގުތަކަށް ނުކުތުމަށް ގޮވާލުމަށް،" ޣާލީބާފް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އެގޮތަށް އެ ނިންމުން ނުނިންމި ނަމަ، މަގުމަތީގެ މަސްރަހު ބަދަލުވެގެންދިޔައީސް ކަމަށެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އަލީ ޚާމަނާއީ އަވަހާރަވީ އެ ދުވަހު ދިން ހަމަލާއެއްގަ އެވެ. އޭގެ ފަހުން ދިން އެކި ހަމަލާތަކުގައި އީރާނުގެ މަތީ ފަންތީގެ ގިނަ ވެރިންނާއި ކޮމާންޑަރުން ވެސް ވަނީ މަރުވެފަ އެވެ.

ޚާމަނާއީ އަވަހާރަވުމުން އެ މަގާމަށް ދެން ވަޑައިގަތީ އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އެވެ. ނަމަވެސް މުޖުތަބާ މިހާތަނަށް އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގަންފައެއް ނުވެ އެވެ. އޭނާގެ ފަރާތުން އާންމުންނަށް ދެއްވާ ބަޔާންތައް ޓީވީ މެދުވެރިކޮށް ކިޔައިދެނީ ޕްރެޒެންޓަރުންނެވެ.

ޢަލީ ޚަމަނާއީމުހައްމަދު ބާގިރު ޣާލިބާފްއީރާން-އިސްރާއީލުއެމެރިކާ-އީރާންއީރާން ހަނގުރާމަ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

01 އޯގަސްޓު 2026

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

01 އޯގަސްޓު 2026
އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
01 އޯގަސްޓު 2026

އީރާނުން ކުވެއިތައް ހަމަލާދީފި، ވޮޝިންޓަނުގެ "ދިފާއީ އައްޑަނައެއްގެ" ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމެއް "ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި އަނދައިގެންދާނެ" ކަމަށް އީރާނުން ބުނެފި

01 އޯގަސްޓު 2026
އީރާނުން ކުވެއިތައް ހަމަލާދީފި، ވޮޝިންޓަނުގެ "ދިފާއީ އައްޑަނައެއްގެ" ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމެއް "ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި އަނދައިގެންދާނެ" ކަމަށް އީރާނުން ބުނެފި
31 ޖުލައި 2026

ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ އަސްކަރީ ސާމާނުގެ ތެރޭގައި މިހާރު ސަންދޯއް ހިމެނޭ: އީރާން އިސް ކޮމާންޑަރު

31 ޖުލައި 2026
ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ އަސްކަރީ ސާމާނުގެ ތެރޭގައި މިހާރު ސަންދޯއް ހިމެނޭ: އީރާން އިސް ކޮމާންޑަރު
31 ޖުލައި 2026

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

31 ޖުލައި 2026
އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި
31 ޖުލައި 2026

އީރާނުން ކުވައިތުގެ އެމެރިކާގެ އަހުމަދު އަލް ޖާބިރު އެއާބޭހަށް ހަމަލާދީފި

31 ޖުލައި 2026
އީރާނުން ކުވައިތުގެ އެމެރިކާގެ އަހުމަދު އަލް ޖާބިރު އެއާބޭހަށް ހަމަލާދީފި
31 ޖުލައި 2026

މިސްރަށް ދިން ޑްރޯން ހަމަލާގެ ސަބަބުން އެ ސަރަހައްދު ނުރައްކާތެރި ވެދާނެކަމުގެ އިންޒާރު އެ ޤައުމުގެ ރައީސް ސީސީ ދެއްވައިފި

31 ޖުލައި 2026
މިސްރަށް ދިން ޑްރޯން ހަމަލާގެ ސަބަބުން އެ ސަރަހައްދު ނުރައްކާތެރި ވެދާނެކަމުގެ އިންޒާރު އެ ޤައުމުގެ ރައީސް ސީސީ ދެއްވައިފި
30 ޖުލައި 2026

އީރާނު ހަނގުރާމައިގެ މަގްސަދާ ބެހޭ ގޮތުން ސަރުކާރުގެ އިސްވެރިންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެން ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެ، ހަޑިހުތުރު ބަހުން މުޚާތަބު ކުރައްވައި އަޑުގަދަކުރައްވައިފި

އުރުދުންގެ އެމެރިކާގެ އެއާބޭސްއަށް މިސައިލް ހަމަލާދީ, އެފް-35 މަރުކާގެ ތިން ބޯޓު ސުންނާފަތިކޮށްލައިފި ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި

30 ޖުލައި 2026
އުރުދުންގެ އެމެރިކާގެ އެއާބޭސްއަށް މިސައިލް ހަމަލާދީ, އެފް-35 މަރުކާގެ ތިން ބޯޓު ސުންނާފަތިކޮށްލައިފި ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި
30 ޖުލައި 2026

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

30 ޖުލައި 2026
އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ
30 ޖުލައި 2026

އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

30 ޖުލައި 2026
އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް