Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ މެދު އޮތް ނުތަނަވަސްކަން ބޮޑުވެއްޖެ

4 އޯގަސްޓު 2026 | އަންގާރަ 06:54

އެމެރިކާއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ވަނީ އެކަން ދޮގުކޮށްފައި. ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އަންނަމުންދާއިރު، އީރާނުން މަސައްކަތް ކުރަނީ އެމެރިކާގެ އިގްތިސާދަށް ބުރޫއަރުވައިގެން އެގައުމުގެ ޝަރުތުތަކަށް ދޫދިނުމަށް މަޖުބޫރު ކުރުވުމަށް. މި މައްސަލައިގައި ދެގައުމުގެ ދެބަސްވުންތައް އިތުރުވެ، ސަރަހައްދީ ސަލާމަތަށް ވަނީ ނުރައްކާވެފައި

ރާއްޖެ އެމްވީ | 4 އޯގަސްޓު 2026 | އަންގާރަ 06:54
ދުނިޔޭގެ ހަކަތައިގެ ސަޕްލައިގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކަނޑުގެ މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރަނީ. އޮމާންގެ މުސަންދަމް ޕެނިންސިއުލާ އާއި އީރާނުގެ އައްސޭރިފަށާ ދެމެދު އޮންނަ މި ކަނޑުއޮޅިއަކީ އިސްތިރާތީޖީ ގޮތުން ދުނިޔޭގެ އިގްތިސާދަށް ނުހަނު މުހިންމު ސަރަހައްދެއް

ދުނިޔޭގެ ހަކަތައިގެ ސަޕްލައިގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކަނޑުގެ މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރަނީ. އޮމާންގެ މުސަންދަމް ޕެނިންސިއުލާ އާއި އީރާނުގެ އައްސޭރިފަށާ ދެމެދު އޮންނަ މި ކަނޑުއޮޅިއަކީ އިސްތިރާތީޖީ ގޮތުން ދުނިޔޭގެ އިގްތިސާދަށް ނުހަނު މުހިންމު ސަރަހައްދެއް | އެލަމީ

ފާއިތުވި ފަސް މަސްދުވަހު ކުރިއަށްދިޔަ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާ އާއި އީރާނުން ދެބަސްވާ މޭރުމަކުން ވާހަކަދެއްކުމާ ގުޅިގެން، މިކަމުގައި އޮތް ނުތަނަވަސްކަން އަންގާރަ ދުވަހު ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދަކަށް އެންމެ ފަހުން ދިން ހަމަލާއާއެކު، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ވަނީ ހާމަވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، ރަނގަޅު އެއްބަސްވުމެއްގައި ސޮއިކުރުމަށް ތެހެރާނަށް ލިބޭ މިއީ "ފަހު ފުރުސަތު" ކަމަށް އިންޒާރު ދެއްވާފަ އެވެ. ނަމަވެސް، އެއްވެސް މަޝްވަރާއެއް ކުރިއަށްދާކަން ނުވަތަ އެފަދަ ކަމެއް ރޭވިފައިވާކަން އީރާނުން ވަނީ ދޮގުކޮށްފަ އެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި އިވެންޓެއްގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްވަރާތައް ކުރިއަށްދަނީ އީރާނާއި، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ގަތަރު ފަދަ ގައުމުތަކުގެ އެދުމުގެ މަތިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ރަނގަޅު ލިޔުމެއްގައި ސޮއިކުރުމަށް އެމީހުންނަށް (އީރާނަށް) ލިބޭ ފަހު ފުރުސަތު،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، އީރާނަށް ދިނުމަށް އަމުރުކުރެއްވި "ވަރުގަދަ ހަމަލާތަކެއް" މަޝްވަރާތައް ބޭއްވުމަށްޓަކައި ހުއްޓާލުމަށް މިދިޔަ ހަފުތާ ބަންދުގައި ނިންމެވުމަށްފަހު އެވެ. މިއީ ބޮޑެތި ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވުމަށްފަހު، ފަހު ވަގުތު އެކަން ކެންސަލް ކުރުމަށް ޓްރަމްޕް ގެންގުޅުއްވާ އާންމު އުސޫލުގެ މަތިން ނިންމެވި ނިންމެވުމެކެވެ.

ހޯމަ ދުވަހުގެ ކުރީކޮޅު އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށާއި، އަދި އެފަދަ ބައްދަލުވުމެއް ތާވަލުކުރެވިފައިވެސް ނެތް ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ބޭރުގެ ވަފުދުތަކަށް މަރުހަބާ ކިޔުމަށް ނުވަތަ ގައުމުން ބޭރަށް މަޝްވަރާގެ މަންދޫބުން ފޮނުވުމުގެ އެއްވެސް ޕްލޭނެއް އީރާނުގެ ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބަޣާއީ އިތުރަށް ވިދާޅުވީ، އިރާގަށް ދީނީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ފިޔަވައި، އީރާނުގެ ހުރިހާ މަންދޫބުން ތިއްބެވީ ގައުމުގައި ކަމަށެވެ. މިވަގުތު ކުރިއަށްދާ ހަމައެކަނި މަޝްވަރާއަކީ ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ކުރެވޭ މަޝްވަރާތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ގަލްފް ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ކަންކަން ހުރިގޮތުން ފެންނަނީ ދެގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވަމުންދާ މަންޒަރެވެ. ދުނިޔޭގެ ސާފުނުކުރާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު މަގު، ހަނގުރާމައިގެ ސަބަބުން ބަންދުވުމުގެ ކުރިން އީރާނުން ވަނީ އެ ސަރަހައްދުން ދަތުރުކުރުން ގާތްގަނޑަކަށް ހުއްޓުވާފަ އެވެ.

އޮމާންގެ އައްސޭރިފަށާ ކައިރިން ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި މުދާ އުފުލާ އުޅަނދަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާދީފައިވާ ކަމަށް ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫ.ކޭ.އެމް.ޓީ.އޯ) އޭޖެންސީން ވަނީ ބުނެފަ އެވެ. ކެޕްލާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެގޮތުން ހޯމަ ދުވަހު އެ ސަރަހައްދުން ދަތުރުކުރީ ތިން ޓޭންކަރާއި ތިން މުދާ އުފުލާ ބޯޓާއެކު ޖުމްލަ ހަ އުޅަނދެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު މަދު އަދަދެކެވެ.

ހައްލެއް ލިބޭނެ ކަމުގެ އުންމީދުގައި ހިއްސާގެ ބާޒާރު މައްޗަށް، ތެލުގެ އަގު ދަށަށް

އެމެރިކާ އާއި އީރާނުގެ ނުތަނަވަސްކަން ކުޑަވެދާނެ ކަމުގެ އުންމީދުގައި، ހޯމަ ދުވަހު ތެލުގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ. އަދި ހިއްސާގެ ބާޒާރުގެ މުހިންމު އިންޑެކްސްތައް ވަނީ މައްޗަށް ގޮސްފަ އެވެ.

ބްރެންޓް ކްރޫޑްގެ އަގު ގާތްގަނޑަކަށް 7 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު 83.77 ޑޮލަރަށް ތިރިވިއިރު، ޑޯ ޖޯންސް އިންޑެކްސް ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފަ އެވެ. އަންގާރަ ދުވަހު އޭޝިއާގެ ހިއްސާގެ ބާޒާރާއި ތެލުގެ އަގު ވަނީ ކުޑަކޮށް މައްޗަށް ޖެހިފަ އެވެ.

އޮފިޝަލުންނާއި މުހައްލިލުން ވިދާޅުވާ ގޮތުގައި، އީރާނުން މަސައްކަތް ކުރަނީ މެދުއިރުމަތީގެ ވިޔަފާރި މަގުތަކާއި، ކަނޑުގެ ދަތުރުފަތުރާއި، ހަކަތައިގެ ވަސީލަތްތަކަށް ބުރޫއަރުވައި، އެމެރިކާއަށް ކުރިމަތިވާ ޚަރަދުތައް އިތުރުކޮށްގެން ވޮޝިންޓަނަށްވުރެ ގިނަ ދުވަހު ހިފަހައްޓާލުމަށެވެ.

އީރާނުން އުންމީދު ކުރަނީ މިފަދަ ސިޔާސަތެއްގެ ސަބަބުން، މި މައްސަލަ ކޮންޓްރޯލް ކުރުމަށްވުރެ ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އީރާނުން ކުރާ ޝަރުތުތަކަށް އެއްބަސްވުން އެމެރިކާ އާއި އެގައުމުގެ ބައިވެރިންނަށް މާ ފައިދާ ބޮޑުވާނެކަން ވިސްނައިދެވޭނެ ކަމަށެވެ.

"އެމީހުންނަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ސަރަހައްދީ ގައުމުތަކާއި ދުނިޔޭގެ އިގްތިސާދަށް ގެއްލުން ދިނުމުގެ ގާބިލުކަން ހުރުން،" ވޮޝިންޓަން އިންސްޓިޓިއުޓްގެ މައިކަލް ނައިޓްސް ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ އީރާނުގެ ލީޑަޝިޕަކީ "ގަބޫލުކުރަން ދަތި މިންވަރަކަށް މަކަރުވެރި" ބައެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި އެމީހުން ބައްދަލުވުމަކަށް އެދިފައިވާ ކަމަށާއި، ކުރިއަށް އޮތް "ވަރަށް ގާތް މުސްތަގުބަލެއްގައި" އިތުރު މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާގެ ކަނޑުގެ ސިފައިންގެ އަތްދަށުގައި އޮތް ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ވަނީ ތަކުރާރު ކުރައްވާފަ އެވެ.

"އެމެރިކާގެ ދަގަނޑު ފާރު! އަހަރެމެން ބޭނުންވެގެން މެނުވީ އީރާނަށް އެއްވެސް އެއްޗެއް ނުވެއްދޭނެ. އަދި އެއްބަސްވުމަކަށް ނާންނަނީސް ނުވަތަ ފުރިހަމައަށް އަމާންނުދެނީސް އެއްވެސް އެއްޗެއް އެތެރެއެއް ނުކުރެވޭނެ،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

ތަކުރާރުވަމުންދާ އުސޫލެއް

ހޯމަ ދުވަހުގެ ހާދިސާތަކަކީ، މީގެ ފަސް މަހަށްވުރެ ގިނަ ދުވަސް ކުރިން އިސްރާއީލާ ގުޅިގެން ޓްރަމްޕް ފެއްޓެވި "އޮޕަރޭޝަން އެޕިކް ފިއުރީ" އަށްފަހު ފެންނަމުންދާ އާންމު އުސޫލުގެ ތެރެއިން ކަމެކެވެ. ޓްރަމްޕް އެތައް ފަހަރަކު އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ފަހުން ޑިޕްލޮމެޓިކް ގުޅުންތަކާ ހަވާލާދީ އެ ނިންމުންތައް ބަދަލުކުރައްވަ އެވެ.

ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށްޓަކައި ޖޫން މަހު ދެގައުމުން ސޮއިކުރި އެއްބަސްވުން ޖުލައި މަހުގެ ކުރީކޮޅު އުވާލި ފަހުން، ވޮޝިންޓަނާއެކު މަޝްވަރާ ކުރުމަށް އީރާނުން ވަނީ ފާޅުގައި ދެކޮޅު ހަދާފަ އެވެ.

ހަނގުރާމަ ފެށިއިރު ޓްރަމްޕް ކަނޑައެޅުއްވި މަގްސަދުތައް ކަމަށްވާ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމާއި، ސަރަހައްދީ ގައުމުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ކުޑަކުރުމާއި، އީރާނުގެ ދީނީ ވެރިން ވައްޓާލުމަށް ރައްޔިތުންނަށް މަގުފަހިކޮށްދިނުން ފަދަ އެއްވެސް ކަމެއް އަދި ކާމިޔާބުވެފައެއް ނުވެ އެވެ.

އެމެރިކާއިން އަޅާ ކޮންމެ ފިޔަވަޅަކަށް، އީރާނުން ދަނީ އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންނާއި، ގަލްފުގެ އަރަބި ގައުމުތަކާއި، ކަނޑުދަތުރުފަތުރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި ކޮންމެ ފަހަރަކުވެސް ކަންތައް ނިމިގެންދަނީ ޓްރަމްޕް ފަހަތަށް ޖެހިވަޑައިގަތުމުންނެވެ.

ހުރްމުޒް ކަނޑުއޮޅީގެ މައްސަލައަކީ އަދިވެސް ދެބަސްވުން އޮތް އެންމެ މުހިންމު ކަންތަކެވެ. ވޮޝިންޓަނުން ބުނަނީ ޖޫން މަހުގެ އެއްބަސްވުމުގެ ދަށުން އެ ސަރަހައްދު ހުޅުވާލަން އީރާނަށް ލާޒިމުވާ ކަމަށެވެ. ނަމަވެސް ތެހެރާނުން ބުނަނީ އެ ސަރަހައްދުގެ ދަތުރުފަތުރު ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ބާރު އީރާނަށް އޮންނާނެ ކަމަށް އެ އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅިއީރާން ހަނގުރާމަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

އޮމާން ކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

04 އޯގަސްޓު 2026
އޮމާން ކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި
04 އޯގަސްޓު 2026

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

04 އޯގަސްޓު 2026
ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ
04 އޯގަސްޓު 2026

ޓްރަމްޕް: އީރާނަށް މިއީ "ފަހު ފުރުސަތު"

04 އޯގަސްޓު 2026
ޓްރަމްޕް: އީރާނަށް މިއީ "ފަހު ފުރުސަތު"
03 އޯގަސްޓު 2026

އީރާނަށް އޮތް ގޮތަކީ އެއްބަސްވުމަކަށް އައުން ނުވަތަ މުޅިން އަމާންދިނުން: ޓްރަމްޕް

03 އޯގަސްޓު 2026
އީރާނަށް އޮތް ގޮތަކީ އެއްބަސްވުމަކަށް އައުން ނުވަތަ މުޅިން އަމާންދިނުން: ޓްރަމްޕް
03 އޯގަސްޓު 2026

އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ

03 އޯގަސްޓު 2026
އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ
03 އޯގަސްޓު 2026

އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލައިފި

03 އޯގަސްޓު 2026
އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލައިފި
03 އޯގަސްޓު 2026

އީރާނުން އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރަން: ތަރުޖަމާނު

03 އޯގަސްޓު 2026
އީރާނުން އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރަން: ތަރުޖަމާނު
03 އޯގަސްޓު 2026

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!

03 އޯގަސްޓު 2026
އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!
03 އޯގަސްޓު 2026

މައްސަލަ ހައްލު ނުވާނަމަ ގިނަ ބަޔަކު މަރުވެދާނެ، ގިނަ ބަޔަކު މަރުވުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން: ޓްރަމްޕް

03 އޯގަސްޓު 2026
މައްސަލަ ހައްލު ނުވާނަމަ ގިނަ ބަޔަކު މަރުވެދާނެ، ގިނަ ބަޔަކު މަރުވުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން: ޓްރަމްޕް
02 އޯގަސްޓު 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވި ވާހަކަ ދޮގުކޮށްފި

02 އޯގަސްޓު 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވި ވާހަކަ ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް