Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަމަލާތައް ހުއްޓާލާފައި އޮންނަތާ ތިން ރޭ ހަމަވުމާއެކު އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމުގެ އުއްމީދު ބޮޑުވެއްޖެ

28 ޖުލައި 2026 | އަންގާރަ 08:42

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ކުޑަކޮށް މަޝްވަރާގެ މޭޒަށް ގެންދިއުމަށް މެދުވެރިން މަސައްކަތް ކުރަމުންދާއިރު، އުންމީދީ ވާހަކަތަކެއް ދެކެވެމުންދާ ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައި. ނަމަވެސް ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ދެ ގައުމުގެ މެދުގައި އަދިވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުރި.

ރާއްޖެ އެމްވީ | 28 ޖުލައި 2026 | އަންގާރަ 08:42
މެދުއިރުމަތީގައި އާންމުކޮށް ކުރިއަށްގެންދާ އުދުހުންތަކުގެ ތެރެއިން، އެމެރިކާ އަސްކަރިއްޔާގެ އޭއެޗް-64 އެޕާޗޭ އެޓޭކް ހެލިކޮޕްޓަރެއް އުދުއްސާލަނީ. އެޕާޗޭ ހެލިކޮޕްޓަރަކީ ޖާސޫސީ މައުލޫމާތު އެއްކުރުމާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މިޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދެއް

މެދުއިރުމަތީގައި އާންމުކޮށް ކުރިއަށްގެންދާ އުދުހުންތަކުގެ ތެރެއިން، އެމެރިކާ އަސްކަރިއްޔާގެ އޭއެޗް-64 އެޕާޗޭ އެޓޭކް ހެލިކޮޕްޓަރެއް އުދުއްސާލަނީ. އެޕާޗޭ ހެލިކޮޕްޓަރަކީ ޖާސޫސީ މައުލޫމާތު އެއްކުރުމާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މިޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދެއް | ސެންޓްކޮމް

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަށް މެދުކެނޑުމެއް އައިސްފައިވާތާ ތިން ދުވަސް ވެފައިވާއިރު، ދެ ގައުމު އަލުން މަޝްވަރާގެ މޭޒަށް ގެނައުމުގައި ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުންމީދު މެދުވެރިން ފާޅުކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން ސިއްރުކޮށް ކުރިއަށްދާ މަޝްވަރާތަކުގެ މައުލޫމާތު އެނގޭ މެދުއިރުމަތީގެ އޮފިޝަލުންތަކެއް ނަން ހާމަނުކުރަން އެދި "ދަ އެސޯސިއޭޓެޑް ޕްރެސް" (އޭޕީ) ނިއުސް އެޖެންސީއަށް ހޯމަ ދުވަހު މައުލޫމާތު ދެމުން ބުނެފައިވަނީ، ވޮޝިންޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ނައްތާލުމަށް ގަތަރާއި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ކަމަށެވެ. މީގެ ދެ ހަފުތާ ކުރިން މަސްރަހު ކުއްލިއަކަށް ހޫނުވުމަށްފަހު، އެމެރިކާއިން ދެމުންދިޔަ ހަމަލާތައް މެދުކަނޑާލާފައި އޮތުމާއި ވޮޝިންޓަނުން ދެމުންދާ ބަޔާންތަކުން މި ވާހަކަތަކަށް ބާރު ލިބެއެވެ.

އެހެންނަމަވެސް، އީރާނުން ވަނީ މަޝްވަރާތަކާ ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ މުހިންމުކަން ކުޑަކޮށްލާފަ އެވެ. އެމެރިކާ އާ އެކު މަޝްވަރާ ކުރުމަކީ އީރާނުގެ ޑީއެންއޭ ގައި ހުރި ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެކި މެދުވެރިން މެދުވެރިކޮށްނާއި ސީދާ ގޮތުން ވެސް ބައްދަލުވުމަކަށް އީރާނުން އެދިފައިވާ ކަމަށާއި، އެ ބައްދަލުވުންތައް މިހާރު ކުރިއަށްދާ ކަމަށެވެ. ރައީސްގެ ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިހާރު ވެސް އީރާނާއެކު ވާހަކަދެކެވެމުންދާ ކަމަށާއި، އެއީ އުންމީދީ މަޝްވަރާތަކެއް ކަމަށެވެ.

އެހެންނަމަވެސް، އާންމުކޮށް ވެސް އަމަލުކުރައްވާ އުސޫލުން، އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް އެމެރިކާގެ ރައީސް ވަނީ ދެއްވާފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ތެހެރާނުން އެދިފައިނުވާނެ ކަމަށެވެ. އަދި މެދުވެރިންގެ ފަރާތުން އެމެރިކާގެ މެސެޖުތައް ލިބިދާނެ ކަމަށާއި، ނަމަވެސް އެއްވެސް ސީދާ މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ދުނިޔޭގެ ތެޔޮ ސަޕްލައިގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެން، ދެ ހަފުތާއެއްހާ ދުވަހު މަސްރަހު ހޫނުވެފައި އޮތުމަށްފަހު، އެމެރިކާއިން އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށާއި އުމްރާނީ ވަސީލަތްތަކަށް ދެމުންދިޔަ ހަމަލާތައް ހޮނިހިރު ދުވަހު ވަނީ މެދުކަނޑާލާފަ އެވެ.

އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އެމެރިކާ ސިފައިން ތިބޭ ސަރަހައްދީ ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގައި އުރުދުންގައި ހުންނަ ބޭހަކުން އެމެރިކާގެ ތިން ސިފައިން އަދި އިރާގުން އެކަކު މަރުވެފައިވެ އެވެ.

ހަމަލާތައް މެދުކަނޑާލީ ހަތިޔާރު މަދުވުމުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަތުގައި ތަފާތު ބާވަތްތަކުގެ ގިނަ އަދަދެއްގެ ހަތިޔާރު އެބަހުރި ކަމަށެވެ. އަދި އެމެރިކާގެ ހަތިޔާރުގެ ރަސްމީ ސްޓޮކް އިތުރުކުރުމުގެ ގޮތުން "ޕެޓްރިއަޓް" މިސައިލް އިންޓަސެޕްޓަރުތައް އުފައްދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަތަރުގެ ދޯހާއިން އަލްޖަޒީރާގެ ރިޕޯޓަރު އުސާމާ ބިން ޖާވިދު ބުނި ގޮތުގައި، މެދުވެރިން ދަނީ ދެ ފަރާތުގެ މެދުގައި މެސެޖުތައް ބަދަލުކުރަމުންނެވެ. އަދި ދެ ގައުމު އަލުން މަޝްވަރާގެ މޭޒަށް ގެނެސް، މީގެ ކުރިން އަމަލުކުރަމުންދިޔަ ތާރީޚީ ފަހުމުނާމާއަށް ރުޖޫއަކުރުމަށް މެދުވެރިން ބޭނުންވެ އެވެ. ޖޫން މަހުގެ މެދުތެރޭގައި ސޮއިކުރި މި ފަހުމުނާމާގެ ސަބަބުން، މި މަހުގެ ކުރީކޮޅު މަސްރަހު ހޫނުވުމާ ހަމައަށް ހަމަލާބަދަލުކުރުން އޮތީ ހުއްޓިފަ އެވެ.

އެ ފަހުމުނާމާއަށްފަހު، އޭގައި ހިމެނޭ ކަންކަމާ މެދު ދެ ފަރާތުގެ މެދުގައި ތަފާތު މާނަކުރުންތަކެއް އުފެދިފައިވާއިރު، ހުރްމުޒް ކަނޑުއޮޅީގެ މައްސަލައަކީ އެންމެ ބޮޑު ހުރަހަކަށް ވަނީ ވެފަ އެވެ.

އީރާނުން ބޭނުންވަނީ އުޅަނދުފަހަރު އެ ގައުމުގެ އައްސޭރިފަށާ ކައިރިން ކަނޑައަޅާފައިވާ ވަކި މަގަކުން ދަތުރުކުރުމަށެވެ. އަދި އޮމާންގެ އައްސޭރިފަށާ ކައިރިން ދެކުނު ފަރާތުން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ދަނީ ހަމަލާދެމުންނެވެ. އޮމާންގެ ވެރިރަށް މަސްކަޓުން ހުށަހަޅާފައިވަނީ، ދުނިޔޭގެ ހަކަތައިގެ މުހިންމު މަގަކަށްވާ މި ކަނޑުއޮޅިން ދަތުރުކުރާއިރު އަމިއްލައަށް އިސްނަގައިގެން ފީއެއް ދައްކާ ގޮތަށް ހަމަޖެއްސުމަށެވެ. ނަމަވެސް އީރާނުން ބާރުއަޅަނީ އެއީ މަޖުބޫރު ފީއަކަށް ހެދުމަށެވެ.

"ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނާއި އޮމާނާ ދެމެދު ވެސް ހިޔާލުތަފާތުވުންތަކެއް އެބަހުރި. ނަމަވެސް މިދިޔަ ބަންދު ދުވަސްތަކުގައި މިކަމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނޭ. އެކަމަކު މިކަމުގެ ފަހުގެ ނިންމުން އޮންނާނެ ގޮތަކާ މެދު ދެ ފަރާތުގެ ދެމެދުގައި އަދިވެސް ބޮޑެތި ތަފާތުތަކެއް އެބަހުރި،" އަލް ޖަޒީރާ އިން ރިޕޯޓުކުރި އެވެ.

އަލް ޖަޒީރާ އިން ރިޕޯޓުކުރި ގޮތުގައި، ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުއޮޅީގެ ހާލަތު ހަނގުރާމައިގެ ކުރިން އޮތް ގޮތަށް ބަދަލުނުކުރެވޭނެ ކަމަށް އީރާނުން ބުނެ އެވެ. އަދި އެތަނުން ދަތުރުކުރާއިރު ފީއެއް ނަގާނެ ކަމަށް އީރާނުން ބުނާއިރު، އެއީ ވަންނަ އިރު ނަގާ ފީއެއްތޯ، ނުވަތަ ނުކުންނަ އިރު ނަގާ ފީއެއްތޯ، ނުވަތަ އީރާނާއި އޮމާނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ބަދަލުގައި ނަގާ ފީއެއްތޯ ނިންމުމުގައި އެހެން ހިޔާލުތަކަށް ފުރުސަތު އޮތް ކަމަށް އީރާނުން ބުނެ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހޯމަ ދުވަހު ބުނި ގޮތުގައި، އެ ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރިކުރާ 17 އުޅަނދެއްގެ މިސްރާބު ވަނީ ބަދަލުކުރުވާފަ އެވެ. އަދި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާވޭތޯ ބެލުމަށް، ދެ އުޅަނދެއްގެ އިންޖީނު ހުއްޓުވައި، އިތުރު ދެ އުޅަނދަކަށް ސިފައިން އަރައި ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އީރާނުން ބުނަމުން ގެންދަނީ އެމެރިކާ އިން މި ހިންގަނީ ހަނގުރާމައިގެ އަމަލުތަކެއް ކަމަށާއި، އެކަމަށް ރައްދު ނުދީ ދޫނުކޮށްލާނެ ކަމަށެވެ.

ކުރީގެ ފަހުމުނާމާ އުުވުމާ ގުޅިގެން، އީރާނުގެ ތެޔޮ ވިއްކުމަށް ދީފައިވާ ހުއްދަ އެމެރިކާއިން ވަނީ ބާތިލުކޮށްފަ އެވެ. އަދި އީރާނުގެ ބަނދަރުތަކަށް އުޅަނދުފަހަރު ވަނުން ހުއްޓުވުމަށް ކަނޑުގެ މަގުން ވަނީ ބްލޮކޭޑެއް ނުވަތަ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅިއޮމާންއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

28 ޖުލައި 2026

އީރާނުގެ އަސްކަރިއްޔާ: އީރާނުގެ އުޅަނދުފަހަރަށް އެމެރިކާއިން ދޭ އިންޒާރުތަކަށް ރައްދު ދޭނެ

28 ޖުލައި 2026
އީރާނުގެ އަސްކަރިއްޔާ: އީރާނުގެ އުޅަނދުފަހަރަށް އެމެރިކާއިން ދޭ އިންޒާރުތަކަށް ރައްދު ދޭނެ
27 ޖުލައި 2026

ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައަޅެމުގެ ފުރުސަތެއް އެމެރިކާއަކަށް ނުދޭނަން: އީރާން

27 ޖުލައި 2026
ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައަޅެމުގެ ފުރުސަތެއް އެމެރިކާއަކަށް ނުދޭނަން: އީރާން
27 ޖުލައި 2026

އެމެރިކާ-އީރާން ހަމަލާތައް މެދުކެނޑުމާއެކު ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ

27 ޖުލައި 2026
އެމެރިކާ-އީރާން ހަމަލާތައް މެދުކެނޑުމާއެކު ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ
27 ޖުލައި 2026

އެމެރިކާގެ އަމަލުތައް "މާފިއާ ގޭންގަކާ" އެއްފަދަ، އެމީހުންނާ އެއްވެސް މަޝްވަރާއެއް ނުކުރަން: އީރާން

27 ޖުލައި 2026
އެމެރިކާގެ އަމަލުތައް "މާފިއާ ގޭންގަކާ" އެއްފަދަ، އެމީހުންނާ އެއްވެސް މަޝްވަރާއެއް ނުކުރަން: އީރާން
27 ޖުލައި 2026

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެމެރިކާގެ 18 ސިފައިން މަރުވެ، 624 މީހުން ޒަޚަމްވެއްޖެ: ސީއެންއެން

27 ޖުލައި 2026
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެމެރިކާގެ 18 ސިފައިން މަރުވެ، 624 މީހުން ޒަޚަމްވެއްޖެ: ސީއެންއެން
27 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ނޫން ކަމަށް ސެންޓްކޮމްގެ އެންމެ އިސް ކޮމާންޑަރު ލަފާދީފި

27 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ނޫން ކަމަށް ސެންޓްކޮމްގެ އެންމެ އިސް ކޮމާންޑަރު ލަފާދީފި
26 ޖުލައި 2026

އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށްފަހު، އެހެން ބައެއްގެ ބޮލުގައި ހަނގުރާމަ އަޅުވާ، ހުރިހާ ފައިދާ އެއް އިސްރާއީލުން ނަގަނީ

26 ޖުލައި 2026
އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށްފަހު، އެހެން ބައެއްގެ ބޮލުގައި ހަނގުރާމަ އަޅުވާ، ހުރިހާ ފައިދާ އެއް އިސްރާއީލުން ނަގަނީ
26 ޖުލައި 2026

ޓްރަމްޕް އިރާނަށް ހަމަލާދިނުން މެދުކަނޑާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް: އެމެރިކާގެ ސަފީރު

26 ޖުލައި 2026
ޓްރަމްޕް އިރާނަށް ހަމަލާދިނުން މެދުކަނޑާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް: އެމެރިކާގެ ސަފީރު
26 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ގޮވައިފި

26 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ގޮވައިފި
26 ޖުލައި 2026

އީރާނާއި އެމެރިކާ ހަމަލާތައް މެދުކަނޑާލައިފި

26 ޖުލައި 2026
އީރާނާއި އެމެރިކާ ހަމަލާތައް މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް