Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ، "މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަނީ

12 އޯގަސްޓު 2026 | ބުދަ 05:59

މުހިއްމު މަސައްކަތްތަކެއް ނުނިމި ހުރުމުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ދައުރު ދަންމާލަން ރިޔާސަތުން ވަނީ ހުށަހަޅާފައި. މި ނިންމުމަކީ ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލު ފާސްކުރުމަށް ނިންމި ނިންމުމެއް ކަމަށް ބެލެވޭއިރު، މަޖިލީހުން ހަމައެކަނި ސަރުކާރުގެ މަސްލަހަތު ހިމެނޭ ކަންކަން އަވަސްއަރުވާލައިގެން ކުރާތީ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އޯގަސްޓު 2026 | ބުދަ 05:59
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް | ރާއްޖެއެމްވީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ދަންމާލަން މަޖިލީހުގެ ރިޔާސަތުން ހުށަހަޅައިފި އެވެ.

މުހިއްމު މަސައްކަތްތަކެއް ހުރިކަމަށް ބުނެ ރިޔާސަތުން ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދިގުދަންމާލަން ހުށަހަޅާފަ އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ދައުރުގެ ފަހު ޖަލްސާ ބާއްވަން ޖެހޭނީ ދައުރުގެ އެންމެ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހު އެވެ. އެހެންކަމުން މި ދައުރުގެ ފަހު ޖަލްސާއަކަށް ވާނީ މި މަހުގެ 13 ވަނަ ދުވަހުގެ ބުރާސްފަތި ދުވަހު އޮންނަ ޖަލްސާއަށެވެ. ނަމަވެސް ދައުރު ދިގުދަންމާލުމުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދިގުވެގެން ދާނެ އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ދަންމާލީ ވެސް މުހިއްމު މަސައްކަތްތައް ހުރިކަމަށް ބުނެ އެވެ. ނަމަވެސް އެފަހަރު ވެސް ކުރިއަށް ގެންދިޔައީ ހަމައެކަނި ސަރުކާރުގެ މަސްލަހަތު ހިމެނޭ މަސައްކަތްތަކެވެ. އެގޮތުން ދައުރު ދަންމާލައިގެން ކުރިއަށް ގެންދިޔައީ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މަސައްކަތެވެ.

މި ފަހަރު ދައުރު ދަންމާލަން ހުށަހަޅާފައިވަނީ ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ ކަމަށް ބެލެވެ އެވެ.

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ސަރުކާރުގެ މެންބަރުން ގެންދަނީ އެ ބިލުގައި ހުރި ކަންކަން ދިފާއު ކުރަމުންނެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ގިނަ ޖަލްސާތަކެއް ކެންސަލްކޮށް ހަމައެކަނި ސަރުކާރުން ބޭނުންވާ ވަކި ބިލްތަކުގެ މަސައްކަތްތައް އަވަސްއަރުވާލައިގެން ނިންމަމުންދާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ މަސްލަހަތަށް އިސްކަން ދެމުން ދިއުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ހިމެނޭ އެހެނިހެން މުހިއްމު ކަންކަމަށް ލިބެންޖެހޭ އިސްކަން ނުލިބި ހުއްޓުމަށް މަގުފަހިވެގެންދާކަމަށް ބައެއް މެންބަރުން ފާހަގަކުރެ އެވެ.

ދައުރު ދިގުދަންމާލުމުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބޭނެކަމަށް ސަރުކާރު ފަރާތުން ބުނާއިރު، މި ފުރުސަތު ބޭނުންކުރާނީ ކޮން ކަންކަމަށްކަން ރައްޔިތުން ދަނީ ބަލަމުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްލާމަރުކަޒީ ގާނޫނުކައުންސިލް އިސްލާހު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލެއިން 13،000 އަކަފޫޓުގެ ބިން 13،000 ރުފިޔާއަށް ދީފައި އެބަހުރި: މޭޔަރު އާޒިމް

11 އޯގަސްޓު 2026
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލެއިން 13،000 އަކަފޫޓުގެ ބިން 13،000 ރުފިޔާއަށް ދީފައި އެބަހުރި: މޭޔަރު އާޒިމް
10 އޯގަސްޓު 2026

އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި

10 އޯގަސްޓު 2026
އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި
09 އޯގަސްޓު 2026

ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!

09 އޯގަސްޓު 2026
ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!
08 އޯގަސްޓު 2026

ކައުންސިލްތަކުގެ އިހުތިސާސްގައި ހުންނަ ބިންތަކާއި ތަންތަން ކައުންސިލްގެ ބަހެއް ނެތި ކެބިނެޓަށް ނެގޭ ގޮތަށް ހުށަހެޅި އިސްލާހު، އެލްޖީއޭގެ ސީއީއޯ ނިމާލް ދިފާއުކުރައްވައިފި

08 އޯގަސްޓު 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހުންނަ ބިންތަކާއި ތަންތަން ކައުންސިލްގެ ބަހެއް ނެތި ކެބިނެޓަށް ނެގޭ ގޮތަށް ހުށަހެޅި އިސްލާހު، އެލްޖީއޭގެ ސީއީއޯ ނިމާލް ދިފާއުކުރައްވައިފި
07 އޯގަސްޓު 2026

މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ

07 އޯގަސްޓު 2026
މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ
07 އޯގަސްޓު 2026

ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނަކީ ދާއިރާގެ ރައްޔިތުންނަށް ހުރި ލަދެއް: ތުޅާދޫ އަދި ފެހެންދޫ ކައުންސިލް

07 އޯގަސްޓު 2026
ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނަކީ ދާއިރާގެ ރައްޔިތުންނަށް ހުރި ލަދެއް: ތުޅާދޫ އަދި ފެހެންދޫ ކައުންސިލް
30 ޖުލައި 2026

ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟

30 ޖުލައި 2026
ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟
29 ޖުލައި 2026

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

29 ޖުލައި 2026
މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!
29 ޖުލައި 2026

އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައިގެން: މެންބަރު ޝާޑު

29 ޖުލައި 2026
އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައިގެން: މެންބަރު ޝާޑު
28 ޖުލައި 2026

ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!

28 ޖުލައި 2026
ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް