Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައިގެން: މެންބަރު ޝާޑު

29 ޖުލައި 2026 | ބުދަ 13:09

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ގެންނަ އިސްލާހުތަކާއެކު އަސާސީ ޚިދުމަތްތަކުގެ ފެންވަރު ބެލޭނެ ނިޒާމެއް ގާއިމުވެ، ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވި. މީގެ އިތުރުން، ކުރީ ސަރުކާރުން މަޝްރޫއުތައް ހަވާލުކުރުމުގައި ހުރި އިހުމާލުތަކުގެ ސަބަބުން ޚިދުމަތްތަކަށް ބުރޫއަރާފައިވާތީ، ގާނޫނީ އޮނިގަނޑު އިސްލާހުކޮށްގެން ރައްޔިތުންނަށް ފުރިހަމަ ޚިދުމަތް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖުލައި 2026 | ބުދަ 13:09
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަނީ

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަނީ | ރައްޔިތުންގެ މަޖިލިސް

ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައި ނުވަތަ އުފައްދާފައިވާ ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޝާހިދު ވަނީ ރާއްޖޭގެ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

މެންބަރު ވިދާޅުވީ ޔޫޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ޒިންމާއަކީ ހަމައެކަނި އަގުތަކަށް ބަދަލުކުރުން ނޫން ކަމަށާއި، ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ފެންވަރު ބެލުން ވެސް އެއީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މި ބަހުސްގައި އޭނާ ވަނީ އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އިޝާރާތް ކުރައްވާފަ އެވެ.

ހަމައެކަނި ރެގިއުލޭޓްރީ ބޯޑުގެ ނުވަތަ އޮތޯރިޓީގެ ޒިންމާއަކީ ހަމައެކަނި އެތާ ކަރަންޓު ކުޑަކުރުމާއި ބޮޑުކުރުމެއް ނޫން. އެ ބޭފުޅުން އެ ކަރަންޓު ފޯރުކޮށްދެނީ. އޭގެ އެންމެ ރަނގަޅު ގޮތުގައިތޯ؟ ޓްރާންސްފޯމަރާއި ކޭބަލްތަކާއި ޖެނެރޭޓަރު ހުރީ އެންމެ ރަނގަޅަށްތޯ؟ މި ފެންވަރަށް ބެލެންވާނޭ
މުހައްމަދު ޝާހިދު (ޝާޑު) 

ނިމިދިޔަ ސަރުކާރަށް ފާޑުވިދާޅުވަމުން މެންބަރު ޝާހިދު ވިދާޅުވީ، ހުޅުދޫ މީދޫގައި އިންޖީނުގެ އެޅުމަށް 185 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކުރި ނަމަވެސް، އެ މަސައްކަތް ނިމިފައި ނުވާ ކަމަށެވެ. ފާއިތުވި ސަރުކާރުން މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ކަމަށް ގާބިލު ނޫން ފަރާތްތަކާ ސިޔާސީ މަންފާއަށްޓަކައި ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް މެދުކެނޑެމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން، މެންބަރު ފާހަގަކުރެއްވި ގޮތުގައި ކުރިން އޮތޯރިޓީތަކާއި ބޯޑުތައް އުފައްދާފައިވަނީ ހަމައެކަނި މުސާރަ ލިބޭ މަގާމުތަކެއްގެ ގޮތުގަ އެވެ. ނަމަވެސް މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަގީގީ މާނައިގައި އިސްލާހުތަކެއް ގެނެސް، ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދާއިމީ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަންޓު ވެސް އަންނާނެ. ފެން ވެސް އަންނާނެ. ކުނި ވެސް ނެގޭނެ. ކުނި މެނޭޖު ކުރުމާއި ކަރަންޓު ދިނުމާއި ފެނުގެ ޚިދުމަތް ދިނުމާއި މިފަދަ އަސާސީ ހުރިހާ ޚިދުމަތް ދީ ނިންމުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުން މި ދަނީ ރެޔާއި ދުވާލު މަސައްކަތްކުރަމުން. ކަމާ ގުޅުންހުރި ވުޒާރާތަކާއި ކުންފުނިތަކާއި ސަރުކާރާ އެއްކޮށް މި ދަނީ މަސައްކަތްކުރަމުން. މި ކަންކަމަށް ވަގުތުކޮޅެއް ނަގާނެ. މިއީ މި ދަތިވެގެން އުޅޭ ކަމަކީ. އެހެންވީމާ، މިފަދަ ކަންކަމަށް ރައްޔިތުން ކެތްތެރިވެލައްވާ. މިފަދަ ކަންކަން ކުރެވޭނީ ހަގީގީ މާނައިގައި އަޅުގަނޑުމެންގެ މި މަޖިލީހުން ސަރުކާރަށް، މި ސަރުކާރުން ބޭނުންވާ އިސްލާހުތައް ނޫނީ ގާނޫނުތައް އުފައްދައިގެން، އުފަންކުރުވައިގެން އެހެރީ ގާނޫނުތަކުގައި ހުރި މިފަދަ މައްސަލަތައް ހައްލުކޮށްގެން ނޫނީ މިފަދަ ކަންކަމަށް ދާއިމީ ހައްލެއް ނާންނާނެ
މުހައްމަދު ޝާހިދު (ޝާޑު) 

ޝާހިދު އިތުރަށް ވިދާޅުވީ، މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ވަގުތު ބޭނުންވާނެ ކަމަށާއި ރައްޔިތުން ކެތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީހުން ސަރުކާރަށް ބޭނުންވާ ގާނޫނީ އިސްލާހުތައް ފާސްކޮށްދިނުމުން، ރައީސް ކުރައްވަމުންދާ މަސައްކަތްޕުޅުގެ ދަށުން ރައްޔިތުންނަށް ފެންނަ ތަރައްގީއާއި ދާއިމީ ހައްލު ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މުހައްމަދު ޝާހިދުޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓި20 ވަނަ ރައްޔިތުންގެ މަޖިލީސް

އިތުރަށް ކިޔާލަން

29 ޖުލައި 2026

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް

29 ޖުލައި 2026
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް
29 ޖުލައި 2026

ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު

29 ޖުލައި 2026
ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު
28 ޖުލައި 2026

ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!

28 ޖުލައި 2026
ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!
27 ޖުލައި 2026

މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް

27 ޖުލައި 2026
މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް
26 ޖުލައި 2026

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026
މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު
21 ޖުލައި 2026

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!

21 ޖުލައި 2026
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!
18 ޖުލައި 2026

މަޖިލީހުގައި ރައްޔިތުންނަށް ދަތިވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަނީ އޮޅުވާލައްވައިގެން: މެންބަރު ޝާކިރު

18 ޖުލައި 2026
މަޖިލީހުގައި ރައްޔިތުންނަށް ދަތިވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަނީ އޮޅުވާލައްވައިގެން: މެންބަރު ޝާކިރު
10 ޖުލައި 2026

ޕީއެންސީ މަޖިލިސް މެންބަރުން ތިއްބެވީ ''އެސްކޭޕް ރޫޓެއް'' އިންތިޒާރުގައި: މެންބަރު އަހުމަދު ދީދީ

10 ޖުލައި 2026
ޕީއެންސީ މަޖިލިސް މެންބަރުން ތިއްބެވީ ''އެސްކޭޕް ރޫޓެއް'' އިންތިޒާރުގައި: މެންބަރު އަހުމަދު ދީދީ
08 ޖުލައި 2026

ވަޒީރުން ޖަވާބު ނުދެއްވުމުން އެކަމާއި އުފާފާޅުކޮށް މެންބަރުން އަތް ޖައްސަވާ، މިއީ މަޖިލީހެއްގެ ހަޔާތުގައި ލަދުގަންނަން ޖެހޭ ކަންކަން: މެންބަރު ޒިޔާދު

08 ޖުލައި 2026
ވަޒީރުން ޖަވާބު ނުދެއްވުމުން އެކަމާއި އުފާފާޅުކޮށް މެންބަރުން އަތް ޖައްސަވާ، މިއީ މަޖިލީހެއްގެ ހަޔާތުގައި ލަދުގަންނަން ޖެހޭ ކަންކަން: މެންބަރު ޒިޔާދު
08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް