Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައްޔިތުންގެ މަޖިލިސް

ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!

28 ޖުލައި 2026 | އަންގާރަ 10:00

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުން. ހާއްސަކޮށް ވަޒީފާތަކުން މީހުން ވަކިކުރުމާއި އިގްތިސާދީ ކަންކަމުގައި މެންބަރުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ސަރުކާރަށް އޮތް ތާއީދު އަންނަނީ ކުޑަވަމުން

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 28 ޖުލައި 2026 | އަންގާރަ 10:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ | ރާއްޖެއެމްވީ

ޝައްކެއް ވެސް ނެތް ގޮތުގައި ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެންމެ މުހިންމު އެއް ބާރެވެ. ގާނޫނު ހެދުމުގެ ބާރުން ފެށިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަކީ މަޖިލީހުގެ މެންބަރުންގެ ކިބައިން ރައްޔިތުން އުންމީދުކުރާ އެންމެ އިސް ޒިންމާތަކެވެ.

ނަމަވެސް، ވެރިކަންކުރާ ޕާޓީ ޕީއެންސީގެ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. މަޖިލީހުން ފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ އަޑުތަކަށް ބަލާއިރު، މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް ޖޯކަރެއްގެ ބަސްމަގާއި އަމަލުތައް ހުންނަ ގޮތާ އެއްވެސް ތަފާތެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ކުރިމައްޗަށް ފެންނަން ހުންނަ ކަންކަމުގައި ވެސް ރައްޔިތުންނަށް ދޮގު ހެދުމާއި އޮޅުވާލުމެވެ. މިފަދަ ކަންކަމުގެ ސަބަބުން އެ މެންބަރުންނަށާއި އެ މެންބަރުން ނިސްބަތްވާ ޕާޓީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮންނަ ތާއީދު ވެސް ދަނީ ދުވަހެއް ދުވަހަށް ދަށްވަމުންނެވެ.

އެކަމުގެ އެންމެ ސާފު އެއް ހެތްކަކީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، ރެފެރަންޑަމް އިންތިހާބުގައި ސަރުކާރަށް ބޮޑުތަނުން ލިބުނު ނާކާމިޔާބީ އެވެ. މުޅި ރާއްޖޭގެ މެޖޯރިޓީ އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ ގޮނޑިތައް ވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. ރެފެރަންޑަމް އިންތިހާބުގައި 70 އިންސައްތަ ރައްޔިތުން ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފައިވާއިރު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކަންކަން ވާނެ ގޮތް ދެން ހިތަށް ގެންނާށެވެ.

މި ހިސާބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވާހަކައާއި ހަމައަށް ދަމާ ހިނގާށެވެ. އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ވެރިކަންކުރާ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހީމް ފަލާހު ވިދާޅުވީ މި ސަރުކާރުން ނުހައްގުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށެވެ. ނަމަވެސް، ހަގީގަތް އޮތީ މުޅިން ތަފާތުކޮށެވެ. ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ އާދައިގެ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރަމުންދާއިރު، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މުވައްޒަފުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެހެންކަމުން، ފަލާހު މި ދައްކަވާ ވާހަކައަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ދައްކާ، އެއްވެސް އޮއްޓަރެއް ނެތް ޖޯކު ވާހަކައަކަށް ނޫނީ ނުވާ ކަަމަށެވެ.

ސިޔާސީ މުވައްޒަފުންގެ ވާހަކަދައްކާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ އޭގެން ކޮންމެ މީހެއްގެ މުސާރައަށް މަހެއްގެ މައްޗަށް 25،000 އާއި 50،000 ރުފިޔާއާއި ދެމެދުގެ މުސާރައެއް ލިބޭ ކަމެވެ. އެހެންކަމުން ހަރަދު ކުޑަކުރުމުގެ ނަމުގައި ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަކިކުރުމަށް ފަހު ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު އިތުރުވުމަކީ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ނިޔަތުގައި ކުރަމުން އަންނަ ކަމެއް ނޫންކަން ސާފުކޮށް ޔަގީންވެ އެވެ.

ދެން އޮތީ އިގްތިސާދީ ވާހަކައެވެ. ފަލާހު ވިދާޅުވީ ޕެންޝަން ފަންޑުން ނުވަތަ ބޭންކްތަކުގައި ސޭވްކޮށްފައި ހުންނަ ފައިސާ ނެގުމަކީ ފައިސާ ޗާޕުކުރުން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް، މި ދާއިރާގެ އިލްމު ލިބިފައި ތިބި ތަޖުރިބާކާރުން ބުނަމުންދަނީ އެކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ތަކެތީގެ އަގު އުފުލި، އާދައިގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. ނަމަވެސް މަހެއްގެ މައްޗަށް 80،000 އަށްވުރެ ބޮޑު މުސާރައެއް ލިބޭ މަޖިލިސް މެންބަރަކު އެއްވެސް އިލްމެއް އަދި ތަޖުރިބާއެއް ނެތި މިފަދަ ވާހަކައެއް ދެއްކެވުމަކީ ހިނި އަންނަ ފަދަ ޖޯކު ކަމެކެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ފާހަގަކުރެވިގެން ގޮސްފައިވަނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބަދަލުގައި، ރައީސް މުއިއްޒުގެ ބަސްފުޅުތަކަށް "އާދެ" "ލައްބަ" ކިޔައިގެން ތިބޭ ގޮނޑި ކޮއްކޮތަކެއްގެ ގޮތުގަ އެވެ. ރައީސް މުއިއްޒު ކިތަންމެ ދޯހަޅިކޮށް ކަންތައް ކުރެއްވި ނަމަވެސް، އެމަނިކުފާނަށް ސަނާ ކިޔުމާއި، ސަރުކާރުގެ ކޮންމެ ނިންމުމެއް ދިފާއުކުރުމަކީ މިއަދު އެ މެންބަރުންގެ މައިގަނޑު މަސައްކަތުގެ ގޮތުގައި ކުރަންޖެހިފައިވާ މަސައްކަތެވެ.

ރައްޔިތުން މަޖިލީހަށް މެންބަރުން އިންތިހާބުކުރަނީ ރައްޔިތުންގެ އަޑު އުފުލައި، ސަރުކާރުގެ ދޯހަޅި ސިޔާސަތުތައް އިސްލާހުކުރުމަށް ނަމަވެސް، މިއަދުގެ މަޖިލީހުން ފެނިގެންދަނީ ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި، ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު އޮތް ކަންބޮޑުވުންތަކަށް މަލާމާތްކުރާ މަންޒަރެވެ. މަޖިލިސް މެންބަރުން ދައްކަވާ ވާހަކަތަކަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ދައްކާ ޖޯކުތަކަކަށްވުމަކީ ކަންކަން އިސްލާހުކުރުމަށް ފަހަތަށް އެޅިގެންދާ ފިޔަވަޅެއްގެ ގޮތުގައި ނޫނީ ނުވާނެ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްޕީއެންސީޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

28 ޖުލައި 2026

މުވައްޒަފުން ވަކިކުރާތީ ހުށަހެޅި ޤަރާރު ޖަނާބަށްވީ "ބޭޤަރާރަކަށް"، ވިދާޅުވީ އެ ޤަރާރުގެ ސަބަބުން ވަގުތު ބޭކާރުވާކަމަށް

28 ޖުލައި 2026
މުވައްޒަފުން ވަކިކުރާތީ ހުށަހެޅި ޤަރާރު ޖަނާބަށްވީ "ބޭޤަރާރަކަށް"، ވިދާޅުވީ އެ ޤަރާރުގެ ސަބަބުން ވަގުތު ބޭކާރުވާކަމަށް
27 ޖުލައި 2026

އޮސްޓްރޭލިއާ އިން ހިލޭދިން ޕެޓްރޯލް ބޯޓު ޚިދުމަތައް ނެރެން ގައުމީ ފެންވަރުގެ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި

27 ޖުލައި 2026
އޮސްޓްރޭލިއާ އިން ހިލޭދިން ޕެޓްރޯލް ބޯޓު ޚިދުމަތައް ނެރެން ގައުމީ ފެންވަރުގެ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި
27 ޖުލައި 2026

ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ބާރަކީ އާރްޓީއައި، ނަމަވެސް މައުލޫމާތު ދިނުމަށް ހުރަސް އަޅަނީ ސަރުކާރު ޖަވާބުދާރީ ކުރުވިޔަ ނުދޭން: ފިޔާޒު

27 ޖުލައި 2026
ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ބާރަކީ އާރްޓީއައި، ނަމަވެސް މައުލޫމާތު ދިނުމަށް ހުރަސް އަޅަނީ ސަރުކާރު ޖަވާބުދާރީ ކުރުވިޔަ ނުދޭން: ފިޔާޒު
27 ޖުލައި 2026

ޖަޕާނުން 3.7 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރި މެރިޓައިމް ރެސްކިއު ސެންޓަރުގެ ހުރިހާ ކުރެޑިޓެއް ރައީސް މުއިއްޒު ނަންގަވަން އުޅުއްވައިފި

27 ޖުލައި 2026
ޖަޕާނުން 3.7 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރި މެރިޓައިމް ރެސްކިއު ސެންޓަރުގެ ހުރިހާ ކުރެޑިޓެއް ރައީސް މުއިއްޒު ނަންގަވަން އުޅުއްވައިފި
27 ޖުލައި 2026

މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް

ފޯޅަވަހި ދިވެހިންނާ ހަވާލުކުރެވެން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫން: ރައީސް މުއިއްޒު

27 ޖުލައި 2026
ފޯޅަވަހި ދިވެހިންނާ ހަވާލުކުރެވެން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫން: ރައީސް މުއިއްޒު
27 ޖުލައި 2026

2022 ވަނަ އަހަރު ބިންގާ އެޅި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި

27 ޖުލައި 2026
2022 ވަނަ އަހަރު ބިންގާ އެޅި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
26 ޖުލައި 2026

މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި

26 ޖުލައި 2026
މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި
26 ޖުލައި 2026

ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު

26 ޖުލައި 2026
ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު
26 ޖުލައި 2026

ގިނަ އަދަދެއްގެ ޑިޕްލޮމޭޓުން މިނިވަން ދުވަހުގެ ރަސްމިއްޔާތައް ރާއްޖެ ވަޑައިގަތީ އަދުގެ ސަރުކާރުން ދިވެހީންނަށް އިސްކަން ދިނުމުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް