Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު

ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނަކީ ދާއިރާގެ ރައްޔިތުންނަށް ހުރި ލަދެއް: ތުޅާދޫ އަދި ފެހެންދޫ ކައުންސިލް

7 އޯގަސްޓު 2026 | ހުކުރު 11:55

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެ ބިލު އަނބުރާ ގެންދިއުމަށް ތުޅާދޫ އާއި ފެހެންދޫ ކައުންސިލުން ގޮވާލައިފި. މި އިސްލާހުތަކުގެ ސަބަބުން ރަށްރަށުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ލިބި، ލާމަރުކަޒީ ނިޒާމު ރޫޅިގެންދާނެ ކަމަށް އެ ކައުންސިލްތަކުން ބުނޭ. އެހެންކަމުން، ރައްޔިތުންގެ ބާރުވެރިކަން ގެއްލޭ ގޮތަށް ހުރި މި ބަދަލުތައް ހުއްޓާލުމަށް އެ ދެ ރަށުން ވަނީ ބާރުއަޅާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 އޯގަސްޓު 2026 | ހުކުރު 11:55
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު އަކީ އެ ދާއިރާގެ ރައްޔިތުންނަށް ހުރި ލަދެއް ކަމުގައި ބ. ފެހެންދޫ އަދި ބ. ތުޅާދޫ ކައުންސިލްގެ އިދާރާ އިން ބުނެފި އެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ވަނީ އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ. އެ އިސްލާހުތަކުގައި ވަނީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށެވެ.  

Advertisement - newsAdvertisement

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ، ފެހެންދޫ އަދި ތުޅާދޫ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ގަރާރުގައި ބުނީ އެ އިސްލާހުތަކަކީ، ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައިވާ ރައްޔިތުންގެ ބާރާއި، 8 ވަނަ ބާބުގައިވާ ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަގްސަދާއި ބޭނުމާއި، ރާއްޖެ ހޯދާފައިވާ ޑިމޮކްރެޓިކް ހުރިހާ ކުރިއެރުންތަކަކާ ކަނޑައެޅިގެން ޚިލާފު އިސްލާހުތަކެއް ކަމުގައި ދެކޭ ކަމަށެވެ.

2007 ގައި ތަސްދީގު ކުރެވެނު ފެހި ގާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ރަށްރަށަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ރަށުގެ ކަންކަން ނިންމުމުގައި ބައިވެރިވެ އުޅުމާއި، ރައްޔިތުންގެ ވޯޓުން ރަށް ހިންގާ މީހުން ކަނޑައެޅުމުގެ ބާރު ލިބުމާއި، ރައްޔިތުންނަށް ޖަވާބުދާރީ ވަނިވި އުސޫލުން ރަށުގެ ތަރައްގީގެ ކަންކަން ހިނގާކަން ކަށަވަރު ކުރުން ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ. 

ލާމަރުކަޒީ ނިޒާމު ތައާރަފްވި ފަހުން ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ރަށްރަށުގެ ގާނޫނީ އިހްތިސާސް ކަނޑައެޅި، ރަށްރަށަށް މިލްކުކޮށްދެވުން ކަމަށާއި އަދި މި އިހްތިސާސް ބޭނުންކުރާނެ ގޮތް ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ ތާއީދާއެކު ކަނޑައެޅި ފާސްކުރެވިފައިވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

އެހެން ނަމަވެސް އަލަށް މި ހުށަހެޅުނު އިސްލާހު ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ، ރަށްރަށުގެ އިހްތިސާސްގެ ތެރެއިން ބޭނުން ތަނެއް، ބޭނުން އިރަކު ބޭނުން ގޮތަކަށް މާލޭގައި ތިއްބަވާ މަރުކަޒީ ވެރިންނަށް އަތުލައިގަނެވުމުގެ ޖާގަ ފަހިވެ، ރަށު ރައްޔިތުން އަތުން އިހްތިސާސުގެ މިލްކުވެރިކަން ބީވީ ކަމަށް އެ ދެ ކައުންސިލުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން މި ބިލުގައިވާ ކަމަކާ ދެކޮޅަށް ރައްޔިތުންގެ ފަރާތުން ބަހެއް ބުނެ ދެކޮޅު ހެދުމަކީ ވެސް ކުށްވެރިވާ މަނާ ކަމަކަށް ބަދަލުވީ ކަމަށާއި ރައްޔިތުން އިންތިޚާބު ކުރާ މަންދޫބުންނަށް ފިޔަވަޅު އަޅައި، ސަސްޕެންޑު ކޮށް، ވަކިކުރުމުގެ ބާރު ވެސް މަރުކަޒީ އިދާރާތަކަށް މާ ސާފުކޮށް ލިބިދެވުނީ ކަމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފަ އެވެ. މިއީ ސީދާސާދާކޮށް ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނާއި ރަށުގެ ބާރުވެރިކަން އުވާލުމުގެ އިސްލާހެއް ކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅު ކަމުގައިވާ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކޮށްދެއްވުމާއި، ގާނޫނު އަސާސީ އާއި ކަނޑައެޅިގެން ފުށު އަރާ ގޮތަށް އޮތް އިސްލާހު އަނބުރާ ގެންދިޔުމަށް އެ ދެ ރަށު ކައުންސިލުން ވެސް ވަނީ ގޮވާލާފަ އެވެ. އަދި އެ އިސްލާހު ހުށަހެޅުއްވި މެންބަރަކީ ތުޅާދޫ އަށް ނިސްބަތްވާ އެ ދާއިރާގެ މެންބަރު ކަމަށްވުމީ، ލަދުވެތިކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. ކުރިން ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް އަދި މިފަހަރު ސީދާ ރަށްރަށުގެ ރައްޔިތުންގެ ބާރުވެރިކަމާ ދެކޮޅަށް މެންބަރު ހައްނާނު ސްޕޮންސަރ ކުރައްވައިގެން ހުންނަވާ މަސައްކަތް ކުރެއްވުމަކީ އެ ރަށްރަށާއި އެ ދާއިރާގެ ރައްޔިތުންނަށް ވެވޭ ޚިޔާނާތެެއް ކަމަށް ވެސް އެ ދެ ކައުންސިލްގެ އިދާރާ އިން ވަނީ ބުނެފަ އެވެ. 

އަބްދުލް ހަންނާން އަބޫބަކުރުތުޅާދޫ ދާއިރާލާމަރުކަޒީ ގާނޫނު

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2026

ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓާލަންޖެހޭ: ފުޅަދޫ ކައުންސިލު މެންބަރު

04 ސެޕްޓެމްބަރު 2026
ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓާލަންޖެހޭ: ފުޅަދޫ ކައުންސިލު މެންބަރު
28 އޯގަސްޓު 2026

މި ވެރިކަމުގައި ފެނުނީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހާފައި ތަޅުލި މަންޒަރު: ސަމީރު

28 އޯގަސްޓު 2026
މި ވެރިކަމުގައި ފެނުނީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހާފައި ތަޅުލި މަންޒަރު: ސަމީރު
26 އޯގަސްޓު 2026

ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ފާސްކޮށްފި!

26 އޯގަސްޓު 2026
ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ފާސްކޮށްފި!
26 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް

26 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް
23 އޯގަސްޓު 2026

ބައެއް ކައުންސިލްތަކުން ވަކި ސަރުކާރެއްގެ ގޮތުގައި އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، މެންބަރު ސަލީމް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

23 އޯގަސްޓު 2026
ބައެއް ކައުންސިލްތަކުން ވަކި ސަރުކާރެއްގެ ގޮތުގައި އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، މެންބަރު ސަލީމް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ
23 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު

23 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު
22 އޯގަސްޓު 2026

ސަރުކާރުން ނުފޫޒާއި ވަޒީފާގެ ބިރު ދައްކާކަމުގެ ބޮޑެތި ތުހުމަތުތައް އޮއްވައި، ބިންތައް އަތުލެވޭ އިސްލާހު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނަށް 10،000 ސޮއި!

22 އޯގަސްޓު 2026
ސަރުކާރުން ނުފޫޒާއި ވަޒީފާގެ ބިރު ދައްކާކަމުގެ ބޮޑެތި ތުހުމަތުތައް އޮއްވައި، ބިންތައް އަތުލެވޭ އިސްލާހު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނަށް 10،000 ސޮއި!
19 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ ޕެޓިޝަނަށް 6000ށް ވުރެ ގިނަ މީހުންގެ ސޮއި ހޯދިއިރު، މުވައްޒަފުންނަށް މަޖުބޫރު ކުރާކަމުގެ ތުހުމަތު!

މި ސަރުކާރުން ވަނީ ޕީއެންސީ މެންބަރުންނަށް 60 އިންސައްތައިގެ ޑިސްކައުންޓަކާއެކު ހުޅުމާލެއިން ބިންތައް ދީފަ: މުސްތަފާ

19 އޯގަސްޓު 2026
މި ސަރުކާރުން ވަނީ ޕީއެންސީ މެންބަރުންނަށް 60 އިންސައްތައިގެ ޑިސްކައުންޓަކާއެކު ހުޅުމާލެއިން ބިންތައް ދީފަ: މުސްތަފާ
18 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ގޮތަށް ހުށަހަޅާފައިވާ ބިލަކީ އަލުން މަރުކަޒީ ވުޒާރާތަކުގެ ދަށަށް ބާރުތައް ޖަމާކުރުމަށް ސިޔާސީ މަގުސަދެއްގައި ހުށަހަޅާފައިވާ ބިލެއް: ހޯރަފުށީ ކައުންސިލް

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް