Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި

10 އޯގަސްޓު 2026 | ހޯމަ 07:24

ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގަތުމާ ގުޅިގެން، ކައުންސިލްތަކުގެ ބާރު ކެނޑޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ބާރު ހަނިވެ، މަރުކަޒީ ވެރިންނަށް ބިންތައް އަތުލުމުގެ ފުރުސަތު ލިބޭތީ ބައެއް ކައުންސިލްތަކުން ވަނީ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ގަރާރު ފާސްކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 އޯގަސްޓު 2026 | ހޯމަ 07:24
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ | ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފި އެވެ. 

ހޯމަ ދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ ބިލު ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އަހާފައިވެ އެވެ. އެ ބިލު މަޖިލީހުން ބަލައިގަތީ 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް 8 މެންބަރުން ވޯޓު ދެއްވި އެވެ. 

Advertisement - newsAdvertisement

އެއާ އެކު އެ ބިލު ދިރާސާ ކުރުމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް ފޮނުވާފަ އެވެ. އެ ބިލާ ގުޅިގެން އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން މި އިސްލާހުގައި ހުށަހަޅާފައިވާ ކަންކަމުގެ އާޚިރު ނަތީޖާ އަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރުކެނޑި އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުންކަން ފާހަގަކޮށް، އެ ބިލު އަނބުރާ ގެންދިއުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ. 

އެއާއެކު މި އިސްލާހުތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބޭނެ ކަމަށެވެ. 

އޭގެ އިތުރުން ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމުގެ ހައްގުވެސް ހަނި ވެގެންދާ ކަމަށާއި އެހެންކަމުން ހުށަހެޅިފައިވާ އިސްލާހުތަކަކީ ލާމަރުކަޒީ ގާނޫނު އަދި އެ ގާނޫނޫގެ ރޫހާއި ޚިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނި ކުރާނެ އިސްލާހުތަކަކަށް ވާތީ، އެ ބިލު އަނބުރާ ގެންދިއުމަށް އެ ޕެޓިޝަންގައި ގޮވާލައިފައިވެ އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ، ބ. ފެހެންދޫ އަދި ބ. ތުޅާދޫ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ވެސް ވަނީ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި، ގަރާރެއް ވެސް ފާސްކޮށްފަ އެވެ. އެ ދެ ކައުންސިލުން ނެރެފައިވާ ގަރާރުގައި ބުނީ އެ އިސްލާހުތަކަކީ، ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައިވާ ރައްޔިތުންގެ ބާރާއި، 8 ވަނަ ބާބުގައިވާ ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަގްސަދާއި ބޭނުމާއި ރާއްޖެ ހޯދާފައިވާ ޑިމޮކްރެޓިކް ހުރިހާ ކުރިއެރުންތަކަކާ ކަނޑައެޅިގެން ޚިލާފު އިސްލާހުތަކެއް ކަމުގައި ދެކޭ ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ތައާރަފްވި ފަހުން ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ރަށްރަށުގެ ގާނޫނީ އިހްތިސާސް ކަނޑައެޅި، ރަށްރަށަށް މިލްކުކޮށްދެވުން ކަމަށާއި އަދި މި އިހްތިސާސް ބޭނުންކުރާނެ ގޮތް ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ ތާއީދާއެކު ކަނޑައެޅި ފާސްކުރެވިފައިވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

އެހެން ނަމަވެސް އަލަށް މި ހުށަހެޅުނު އިސްލާހު ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ، ރަށްރަށުގެ އިހްތިސާސްގެ ތެރެއިން ބޭނުން ތަނެއް، ބޭނުން އިރަކު ބޭނުން ގޮތަކަށް މާލޭގައި ތިއްބަވާ މަރުކަޒީ ވެރިންނަށް އަތުލައިގަނެވުމުގެ ޖާގަ ފަހިވެ، ރަށު ރައްޔިތުން އަތުން އިހްތިސާސުގެ މިލްކުވެރިކަން ބީވީ ކަމަށް އެ ދެ ކައުންސިލުން ވަނީ ބުނެފަ އެވެ.

ލާމަރުކަޒީ ގާނޫނުއަބްދުލް ހަންނާން އަބޫބަކުރުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް

10 އޯގަސްޓު 2026
މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް
10 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން

10 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން
10 އޯގަސްޓު 2026

ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސަތައަކީ ބިދޭސީން: މިނިސްޓަރު ގީލާ

10 އޯގަސްޓު 2026
ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސަތައަކީ ބިދޭސީން: މިނިސްޓަރު ގީލާ
09 އޯގަސްޓު 2026

ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!

09 އޯގަސްޓު 2026
ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!
08 އޯގަސްޓު 2026

ކައުންސިލްތަކުގެ އިހުތިސާސްގައި ހުންނަ ބިންތަކާއި ތަންތަން ކައުންސިލްގެ ބަހެއް ނެތި ކެބިނެޓަށް ނެގޭ ގޮތަށް ހުށަހެޅި އިސްލާހު، އެލްޖީއޭގެ ސީއީއޯ ނިމާލް ދިފާއުކުރައްވައިފި

08 އޯގަސްޓު 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހުންނަ ބިންތަކާއި ތަންތަން ކައުންސިލްގެ ބަހެއް ނެތި ކެބިނެޓަށް ނެގޭ ގޮތަށް ހުށަހެޅި އިސްލާހު، އެލްޖީއޭގެ ސީއީއޯ ނިމާލް ދިފާއުކުރައްވައިފި
07 އޯގަސްޓު 2026

ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނަކީ ދާއިރާގެ ރައްޔިތުންނަށް ހުރި ލަދެއް: ތުޅާދޫ އަދި ފެހެންދޫ ކައުންސިލް

07 އޯގަސްޓު 2026
ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނަކީ ދާއިރާގެ ރައްޔިތުންނަށް ހުރި ލަދެއް: ތުޅާދޫ އަދި ފެހެންދޫ ކައުންސިލް
06 އޯގަސްޓު 2026

ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް

06 އޯގަސްޓު 2026
ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް
05 އޯގަސްޓު 2026

މެންބަރުން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ: މެންބަރު ޒިޔާދު

05 އޯގަސްޓު 2026
މެންބަރުން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ: މެންބަރު ޒިޔާދު
05 އޯގަސްޓު 2026

މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް، ކިހާދޫ ކުނީގެ މަރުކަޒުގެ މަސައްކަތް ނުފެށި އޮތީ ޤާބިލު މީހުން ނުލިބިގެންކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

05 އޯގަސްޓު 2026
މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް، ކިހާދޫ ކުނީގެ މަރުކަޒުގެ މަސައްކަތް ނުފެށި އޮތީ ޤާބިލު މީހުން ނުލިބިގެންކަމަށް މިނިސްޓަރު ވިދާޅުވެއްޖެ
04 އޯގަސްޓު 2026

ދީނަށް ލޯބި ކުރާ މީހުންނާއި ތަނަވަސްކަން ހުރި މީހުން ގިނަވާ ވަރަކަށް ހައްޖު ކިޔު ދިގުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

04 އޯގަސްޓު 2026
ދީނަށް ލޯބި ކުރާ މީހުންނާއި ތަނަވަސްކަން ހުރި މީހުން ގިނަވާ ވަރަކަށް ހައްޖު ކިޔު ދިގުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް