Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ

7 އޯގަސްޓު 2026 | ހުކުރު 14:37

ފެހި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކުގެ ފޮނިމީރުކަން ރައްޔިތުންނަށް ނުލިބެނީ، ގާނޫނު ހަދާ މަޖިލީހާއި ސަރުކާރުގެ އިސްވެރިން ގާނޫނުތަކަށް ބޯނުލަނބައި ޒިންމާދާރުކަން ކުޑަވުމުން. ރައީސް އޮފީސް ޖޫރިމަނާކުރުމާއި މަޖިލީހުގެ ގަވާއިދުތަކަށް އަމަލުނުކުރުމަކީ ނިޒާމު ފުނޑުފުނޑުވެފައިވާ ކަމުގެ ހެއްކެއް. އެހެންކަމުން ވެރިން ގާނޫނަށް ނަމޫނާ ނުދައްކާހާ ހިނދަކު ރައްޔިތުން ތިބޭނީ ހައްގުތަކުން މަހުރޫމުވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 އޯގަސްޓު 2026 | ހުކުރު 14:37
ފެހި ގާނޫނު އަސާސީ، ރައްޔިތުންގެ މަޖިލިސް އަދި ރައީސް އޮފީސް

ފެހި ގާނޫނު އަސާސީ، ރައްޔިތުންގެ މަޖިލިސް އަދި ރައީސް އޮފީސް | ރާއްޖެއެމްވީ

މިއަދަކީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ތާރީޚުގައި އުޖާލާ ސަފުހާތަކެއް ލިޔެވި، މިނިވަންކަމާއި އަދުލުއިންސާފުގެ އައު ރޫހަކާއެކު ދިވެހިރާއްޖޭގެ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުނު ދުވަހުގެ އަހަރީ ދުވަހެވެ. މީގެ އަހަރުތަކެއް ކުރިން، 2007 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު އަމަލުކުރަން ފެށި މި ގާނޫނު އަސާސީއަކީ، ދިވެހި ރައްޔިތުންނަށް އެމީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ހަމަހަމަކަން ފުރިހަމައަށް ކަށަވަރުކޮށްދިނުމަށްޓަކައި ގެނެވުނު އިންގިލާބީ ބޮޑު ބަދަލެކެވެ.

ގައުމު ހިންގުމުގެ އެންމެހައި ބާރުތަކާއި އުސޫލުތައް ބައްޓަންކުރެވިފައި ވަނީ ރައްޔިތުންގެ ކިބައިން ފެށިގެން، ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ބައިވެރިވުމާއެކުގަ އެވެ. މި ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި، ދައުލަތުގެ ތިން ބާރު ވަކިކުރެވި، މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ބޭނުންވާނެ އެންމެހައި ގާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތައް ވަނީ ވަރަށް ތަފްސީލުކޮށް ލިޔެވިފަ އެވެ.

ނަމަވެސް، މިއަދު އުފެދޭ އެންމެ ބޮޑު އަދި އެންމެ ހިތާމަވެރި ސުވާލަކީ، މިހާ ފުރިހަމަ ގާނޫނީ ފްރޭމްވަރކް އެއް އޮތްއިރު، އޭގެ ހަގީގީ މަންފާ އާންމު ރައްޔިތުންނަށް ލިބެމުން އެބަދޭތޯ އެވެ؟ ނޫނެކެވެ. މިއަދު ފެންނަމުންދަނީ މި ގާނޫނުތަކާއި ގަވާއިދުތައް އެންމެ ހަރުކަށިކޮށް ތަންފީޒުކޮށް، އަމަލުކުރަން ޖެހޭ ފަރާތްތަކުން، އަމިއްލައަށް އެ ގާނޫނުތަކަށް ބޯނުލަނބައި، ގާނޫނުގެ ބާރު ކަނޑުވާލާ މަންޒަރެވެ.

މިސާލަކަށް ގާނޫނުތަކުގެ މައްޗަށް ރައްޔިތުން އަމަލުކުރުމަށް ބާރުއެޅުމަށް އެއްވެ ތިބި ރައްޔިތުންގެ މަޖިލީހުން ބޭނުންވުމުން ބޭނުންގޮތަކަށް، ކޮންމެ ކަމެއް ވެސް ބަދަލުކޮށްލާ ނުވަތަ މުގުރާލާ ތަނަކަށް މަޖިލިސް ވަނީ ބަދަލުވެފަ އެވެ. ގާނޫނުތައް ހަދައިގެން ސިވިލް ސަރވަންޓުން ވަޒީފާ އަދާކުރަންޖެހޭ ހަރުދަނާ އުސޫލުތަކާއި، މަސައްކަތްތެރިންގެ ހައްގުތައް ކަނޑައަޅާއިރު، ހައިރާންވާންޖެހެނީ އެ ގާނޫނުތައް ލިޔެ، އެމީހުންގެ މައްޗަށް ލާޒިމުކުރާ ވެރިން އަމިއްލައަށް އެ އުސޫލުތަކަށް ނުކިޔަމަންތެރި ވާތީ އެވެ.

އެމީހުން މަޖިލީހަށް ހާޒިރުވަނީ ވެސް އަދި ޖަލްސާތައް ބާއްވަނީ ވެސް އެއްވެސް އުސޫލެއް ނެތި، ހިތަށް އެރި ދުވަހަކު އެވެ. ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި، މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ދުވަސްތަކާއި، މަސައްކަތް ކުރިއަށް ގެންދާނެ ވަގުތުތައް ވަރަށް ސާފުކޮށް ލިޔެފައި އޮތް ނަމަވެސް، އެމީހުންގެ އަމިއްލަ އަތުން ލިޔެފައިވާ އެ ލިޔުންތަކަށް އަމަލުކުރުމަކީ މިއަދު އެމީހުންނަށް ކުޑަކޮށް ވެސް މުހިންމު ކަމަކަށް ނުވެ އެވެ. އެމީހުން ބޭނުންވެއްޖެ ހިނދެއްގައި، އެއްވެސް އަސާސެއް ނެތި ތިން މަސް ދުވަސް ވެސް މަޖިލިސް މެދުކަނޑާލައި ބަންދުކޮށްލަ އެވެ. 

މިއަދު އަޅުގަނޑުމެންނަށް ފެހި ގާނޫނުއަސާސީއެއް ލިބިގެން، އޭގެ މާ ބޮޑު ފޮނިމީރުކަމެއް ލިބެމުންދާ ކަމަށް ބުނެ ސިޔާސީ ވެރިން ވާހަކަދެއްކި ނަމަވެސް، ހަގީގަތުގައި އާންމު ރައްޔިތުންނަށް ލިބުނު ފޮނިކަމެއް އަދި ކުރިއެރުމެއް ވެސް ނެތެވެ. މިހެން ދިމާވަނީ މިއީ ގާނޫނުއަސާސީގައި ނުވަތަ ގާނޫނުތަކުގައި ހުރި މައްސަލަތަކަކުން ނޫނެވެ. މިއީ އެ ގާނޫނުތަކަށް ފުރިހަމައަށް އަމަލުކުރަން ތިބި ވެރިންނާއި، ގާނޫނު ހަދަން ތިބި ފަރާތްތަކުގެ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މި ގާނޫނުއަސާސީއަށް ކުލަކުލައިން ނުވަތަ ތަފާތު ސިފަތަކުގައި ބަދަލުތަކެއް ގެނައި ނަމަވެސް، މިފަދަ މީހުންގެ ވިސްނުމާއި އަމަލުތައް ބަދަލުނުވާހާ ހިނދަކު ރައްޔިތުންގެ ހައްގުތައް ކަށަވަރެއް ނުކުރެވޭނެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ އިތުރުން ސަރުކާރު ހިންގުމުގެ އެންމެ މަތީ އިދާރާ ކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޖޫރިމަނާ ކުރާ ހާލަތަށް ގައުމުގެ ހާލަތު ގޮސްފައި ވުމުން ދެން މި ގައުމުގެ ހާލަތު އިތުރަށް ކިޔައިދޭން ޖެހޭނެ ހެނެއް ހިޔެއް ނުވެ އެވެ. ގައުމުގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތައް ހިންގުމުގައި ނަމޫނާ ދައްކަން ޖެހޭ އޮފީސް މިއޮތީ ގާނޫނާ ޚިލާފުވެގެން އަދަބު ލިބިފަ އެވެ. މިއާ އެކު މި ސަރުކާރުގެ ލެގަސީ އެއޮތީ ގާނޫނާ ގަވައިދާ ޚިލާފުވާ ސަރުކާރެއްގެ ގޮތުގައި ކަޅާއި ހުދުން ލިޔެވިފަ އެވެ.

ގާނޫނަށް ބޯލެނބުމުގެ ނަމޫނާ ދައްކަންޖެހޭ އެންމެ އިސް މަރުކަޒުން ގާނޫނާ ޚިލާފުވެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި ގާނޫނު) "މިސްޔޫސް" ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ނިންމާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) ވަނީ އެ އޮފީސް 2،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. ދެން ކޮން ފޮނިމީރުކަމެއް ތޯ އެވެ. 

އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކަށް ވާންޖެހޭނީ ގާނޫނުތައް ތަންފީޒުކުރަން ތިބި އެންމެ މަތީ ފަރާތްތަކުން އަމިއްލައަށް އެ ގާނޫނުތަކަށް ބޯލަނބައި، ރައްޔިތުންނަށް ނަމޫނާ ދެއްކުމެވެ. ނަމަވެސް ވެރިން ގާނޫނާ ޚިލާފަށް އުޅޭއިރު، އާންމު ރައްޔިތެއްގެ ކިބައިން ގާނޫނަށް ފުރިހަމައަށް ކިޔަމަންވުމަށް އެދުމަކީ އަދުލުވެރިކަމެއް ނޫނެވެ. މިކަން މިހެން އޮތްހާ ހިނދަކު، އާންމު ރައްޔިތަކަށް މި ގާނޫނުތަކުގެ ދަށުން ލިބެންޖެހޭ ފުރިހަމަ ހައްގުތަކާއި މިނިވަންކަން ހޯދުމަކީ ނުވާނެ ކަމެކެވެ. އޭގެ ބަދަލުގައި ރައްޔިތުން ތިބޭނީ އަބަދުވެސް ނިކަމެތިކަމާއި، މާޔޫސްކަމާއި، ހައްގުތަކުން މަހުރޫމުވެފައިވާ ހާލަތެއްގަ އެވެ.

ޤާނޫނުއަސާސީ20 ވަނަ ރައްޔިތުންގެ މަޖިލީސްމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

06 އޯގަސްޓު 2026

މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ އުކުޅަހުގެ 50 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

06 އޯގަސްޓު 2026
މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ އުކުޅަހުގެ 50 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
05 އޯގަސްޓު 2026

ސަރުކާރުން ބޭނުންވާއިރަށް ބަދަލެއް ދިނުމެއް ނެތި ރަށްތަކާއި މުދާ ދައުލަތަށް ނެގިގެން ނުވާނެ: ޝަމްހީދު

05 އޯގަސްޓު 2026
ސަރުކާރުން ބޭނުންވާއިރަށް ބަދަލެއް ދިނުމެއް ނެތި ރަށްތަކާއި މުދާ ދައުލަތަށް ނެގިގެން ނުވާނެ: ޝަމްހީދު
03 އޯގަސްޓު 2026

މި ފެށުނު ދިރާސީ އަހަރަށްވާއިރު، ނާލާފުށީ ސްކޫލުގެ އައު ކްލާސްރޫމްތަކުގެ މަސައްކަތް ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް އެކަންވީ ދެއްކި ހުވަފެނަކަށް!

03 އޯގަސްޓު 2026
މި ފެށުނު ދިރާސީ އަހަރަށްވާއިރު، ނާލާފުށީ ސްކޫލުގެ އައު ކްލާސްރޫމްތަކުގެ މަސައްކަތް ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް އެކަންވީ ދެއްކި ހުވަފެނަކަށް!
01 އޯގަސްޓު 2026

ސަރުކާރުގެ ހިންގުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވެފައިވަނިކޮށް، ކުޑަ މަޖިލިހަކާ ބޮޑު މަޖިލިހެއް ހަދަނީ

01 އޯގަސްޓު 2026
ސަރުކާރުގެ ހިންގުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވެފައިވަނިކޮށް، ކުޑަ މަޖިލިހަކާ ބޮޑު މަޖިލިހެއް ހަދަނީ
01 އޯގަސްޓު 2026

ރައީސްއެވެ. ފުރަތަމަ އިހުތިރާމްކުރުމުގެ ގައުމީ ކެމްޕެއިން ހިންގެވުމުގެ ބަދަލުގައި، މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާށެވެ!

01 އޯގަސްޓު 2026
ރައީސްއެވެ. ފުރަތަމަ އިހުތިރާމްކުރުމުގެ ގައުމީ ކެމްޕެއިން ހިންގެވުމުގެ ބަދަލުގައި، މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާށެވެ!
01 އޯގަސްޓު 2026

ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީ ނުކުރެވޭނެ ކަމަށް

01 އޯގަސްޓު 2026
ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީ ނުކުރެވޭނެ ކަމަށް
31 ޖުލައި 2026

މަދްރަސަތުލް އިފްތިތާހްގައި މިސަރުކާރުން އަޅަން ނިންމި އައު ކްލާސްރޫމް އެޅުމަށް މިހާތަނަށް އެއްވެސް ގަލެއް ބާއްވާފައިނުވޭ

31 ޖުލައި 2026
މަދްރަސަތުލް އިފްތިތާހްގައި މިސަރުކާރުން އަޅަން ނިންމި އައު ކްލާސްރޫމް އެޅުމަށް މިހާތަނަށް އެއްވެސް ގަލެއް ބާއްވާފައިނުވޭ
30 ޖުލައި 2026

ޖޫންމަހުގެ ނިޔަލަށް 34 ބިލިއަން ޚަރަދުކޮށްފި، ހުސްވި އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު!

30 ޖުލައި 2026
ޖޫންމަހުގެ ނިޔަލަށް 34 ބިލިއަން ޚަރަދުކޮށްފި، ހުސްވި އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު!
30 ޖުލައި 2026

ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟

30 ޖުލައި 2026
ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟
30 ޖުލައި 2026

ނައިފަރަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި 26 ވައުދުގެ ތެރެއިން އެއްވެސް މަޝްރޫއެއް ނުހިނގާ: އަބްދުﷲ ރަޝީދު

30 ޖުލައި 2026
ނައިފަރަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި 26 ވައުދުގެ ތެރެއިން އެއްވެސް މަޝްރޫއެއް ނުހިނގާ: އަބްދުﷲ ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް