Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

29 ޖުލައި 2026 | ބުދަ 14:01

އިންތިޚާބުތަކުން ލިބުނު ނާކާމިޔާބީއާއި ސަރުކާރު ހިންގާ ކޯލިޝަނުގެ އެތެރޭގައި އުފެދިފައިވާ ބާރުގެ ކޯޅުންތަކުގެ ސަބަބުން، ސަރުކާރުގެ އިސް ބޭފުޅުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައި. ވަޒީފާތަކުން މީހުން ވަކިކުރުމާއި ރައްޔިތުންގެ ފާޑުކިޔުންތައް އިތުރުވުމާ ގުޅިގެން ސަރުކާރަށް އޮތް އިތުބާރު ކުޑަވެ، ބާރުތައް ގެއްލިދާނެކަމުގެ ބިރުވެރިކަން މިހާރު ވަނީ އިންތިހާއަށް އިތުރުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖުލައި 2026 | ބުދަ 14:01
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވާހަކަ ދައްކަވަނީ | ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅުނު ގަރާރަކާ ގުޅިގެން އުފެދުނު ބަހުސްތަކުން ފެނިގެންދަނީ ސަރުކާރާއި ސަރުކާރު ހިންގާ ކޯލިޝަންގެ އިސް ބޭފުޅުންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަމެވެ. ޚާއްސަކޮށް، މަޖިލީހުގެ ތަޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު)ގެ ހިތްޕުޅުގައި އޮތް ބޭގަރާރުކަމަކީ މިއަދު ފޮރުވޭނެ ހަގީގަތެއް ނޫނެވެ. މި ބޭގަރާރުކަމަކީ ހަމައެކަނި ޒާތީ ކަމެއް ނޫން ކަމަށާއި، މިއީ މުޅި ސަރުކާރުގެ ހާލަތު ރަމްޒުކޮށްދޭ ކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ބޭގަރާރުވުމަކީ ހިތް ނުތަނަވަސްވުމާއި، ހާސްވުމާއި، އަދި ކަންބޮޑުވުން އިންތިހާއަށް ދިއުން ކަމަށްވާއިރު، ސަރުކާރު ބޭގަރާރުވާން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އިންނެވެ. މާލެއާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ ފުލް މެޖޯރިޓީ އިދިކޮޅު ފަރާތްތަކުން ނެގުމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ދިން ވަރުގަދަ ޖަވާބެއްކަން ކަށަވަރެވެ. ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ގާތްގަނޑަކަށް 70 އިންސައްތަ ރައްޔިތުން 'ނޫނެކޭ' ބުނުމުން، ސަރުކާރުގެ އިސް ފަރާތްތަކުގެ ހިތްނުތަނަވަސްކަން އިންތިހާއަށް ވަނީ އިތުރުވެފައިވެފަ އެވެ. 

މީގެ އިތުރުން ވެރިކަން ކުރަމުންދާ އާއިލާގެ ތެރޭގައި އޮތް ބާރުގެ ކޯޅުމަކީ ވެސް މި ބޭގަރާރުކަމުގެ ބޮޑު ބައެކެވެ. މަޖިލީހުގައި ހުންނެވި މެންބަރު ޖަނާބު އަކީ މިސަރުކާރާ އާއިލީ ގޮތުންނާއި ސިޔާސީ ގޮތުން އެންމެ ބާރުގަދަ އެއް ބޭފުޅާ ކަމަށްވާއިރު، ވެރިކަމުގެ ބާރުތައް ގެއްލިދާނެ ކަމުގެ ބިރު ހީވުމަކީ އިންސާނީ ތަބީޢަތުގައިވެސް ބޭގަރާރު ވެދާނެ ކަމެކެވެ. 

ވަޒީފާއިން ވަކިކުރުމާއި އިންސާފުގެ ބަހުސް ގަދަވެފައިވާ މިދަނޑިވަަޅުގައި، ސިޔާސީ ބަދަލުތަކާ ގުޅިގެން އާންމު ރައްޔިތުން ވަޒީފާއިން ވަކިކުރަމުންދާ ދިއުމާ ގުޅިގެން ރައްޔިތުންގެ އަޑު ވަނީ ގަދަވެފަ އެވެ. އަދި ސޯޝަލް މީޑިއާއާއި ރައްޔިތުންގެ ފާޑުކިޔުން އިންތިހާއަށް ދަނީ އިތުރުވަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ކުރެވޭ ކޮމެންޓަކުން ނުވަތަ މަގުމަތީގައި ފާޅުކުރާ ޚިޔާލަކުންވެސް ސަރުކާރުގެ އިސް ބޭފުޅުން ބޭގަރާރުވާ މަންޒަރު ދަނީ ފެންނަމުންނެވެ. އަދި ކޮންމެ ކުއްލި މައްސަލައަކީ ނުވަތަ ކޮންމެ ގަރާރަކީ ބޭގަރާރުކަމުގެ ތެރެއިން އުފަންވާ އެއްޗެއް ކަމަށް ސިފަކުރެވެނީ، ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މިންވަރު ބޮޑުކަމުންނެވެ. އަތުގައި އޮތް ބާރު ގެއްލެން އުޅޭކަމުގެ އިހުސާސްވުމަކީ ކޮންމެ ވެރިއަކު ވެސް ނުތަނަވަސްކުރުވާނެ ކަމެއްނުންތޯ އެވެ. 

ޖުމްލަ ގޮތެއްގައި ބަލާއިރު، މެންބަރު ޖަނާބުގެ ބޭގަރާރުކަމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ނުތަނަވަސްކަމުގެ ރަމްޒެކެވެ. މި ބޭގަރާރުކަމުން އަރައިގަނެވޭނީ ރައްޔިތުންގެ އިތުބާރު ހޯދައި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންގޮސްގެންނެވެ. އެހެން ނޫންނަމަ، މި ބޭގަރާރުކަން ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްޕީއެންސީއިބްރާހިމް މުހައްމަދު (ޖަނާބު)

އިތުރަށް ކިޔާލަން

29 ޖުލައި 2026

އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައިގެން: މެންބަރު ޝާޑު

29 ޖުލައި 2026
އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައިގެން: މެންބަރު ޝާޑު
28 ޖުލައި 2026

ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!

28 ޖުލައި 2026
ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!
28 ޖުލައި 2026

މުވައްޒަފުން ވަކިކުރާތީ ހުށަހެޅި ޤަރާރު ޖަނާބަށްވީ "ބޭޤަރާރަކަށް"، ވިދާޅުވީ އެ ޤަރާރުގެ ސަބަބުން ވަގުތު ބޭކާރުވާކަމަށް

28 ޖުލައި 2026
މުވައްޒަފުން ވަކިކުރާތީ ހުށަހެޅި ޤަރާރު ޖަނާބަށްވީ "ބޭޤަރާރަކަށް"، ވިދާޅުވީ އެ ޤަރާރުގެ ސަބަބުން ވަގުތު ބޭކާރުވާކަމަށް
27 ޖުލައި 2026

މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް

27 ޖުލައި 2026
މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް
26 ޖުލައި 2026

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026
މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު
21 ޖުލައި 2026

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!

21 ޖުލައި 2026
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!
18 ޖުލައި 2026

މަޖިލީހުގައި ރައްޔިތުންނަށް ދަތިވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަނީ އޮޅުވާލައްވައިގެން: މެންބަރު ޝާކިރު

18 ޖުލައި 2026
މަޖިލީހުގައި ރައްޔިތުންނަށް ދަތިވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަނީ އޮޅުވާލައްވައިގެން: މެންބަރު ޝާކިރު
13 ޖުލައި 2026

ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް

13 ޖުލައި 2026
ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް
12 ޖުލައި 2026

ނަމޫނާ ނަގަންވީ ޕީއެންސީގެ ބޮޑު މާރާމާރީންތަ؟

12 ޖުލައި 2026
ނަމޫނާ ނަގަންވީ ޕީއެންސީގެ ބޮޑު މާރާމާރީންތަ؟
10 ޖުލައި 2026

ޕީއެންސީ މަޖިލިސް މެންބަރުން ތިއްބެވީ ''އެސްކޭޕް ރޫޓެއް'' އިންތިޒާރުގައި: މެންބަރު އަހުމަދު ދީދީ

10 ޖުލައި 2026
ޕީއެންސީ މަޖިލިސް މެންބަރުން ތިއްބެވީ ''އެސްކޭޕް ރޫޓެއް'' އިންތިޒާރުގައި: މެންބަރު އަހުމަދު ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް