Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ރާޒުވާ ކުޅުން ކަހަލަ ކަމެއް ކަމަށާއި، މިވަގުތު އެމެރިކާ އިން އަމަލު ކުރަނީ މަޑުމައިތިރި ސިޔާސަތެއްގެ ދަށުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 އޯގަސްޓު 2026 | ހޯމަ 06:51

ޓްރަމްޕް ފާހަގަ ކުރެއްވި ގޮތުގައި މިހާރު ތެލުގެ އަގުތައް ދަށަށް ދަމުންދާތީ، ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ކޮންސިއުމަރުންނަށް ކުރިމަތިވި ތަކުލީފުތައް ވަނީ ކުޑަވާން ފަށާފައި. އީރާން އާއެކު އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިއީ "ޗެސް ގޭމެއް" ފަދަ ކުޅިވަރެއް ކަމަށާއި، ހުރިހާ ކަމެއް ވެސް އެންމެ ފަހުން ރަނގަޅު ވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޯގަސްޓު 2026 | ހޯމަ 06:51
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާން އަށް ކުރިމަތި ކުރަމުންގެންދާ އިގްތިސާދީ ފިއްތުންތައް އިތުރު ކުރުމަށް ތައްޔާރަށް ހުންނެވި ނަމަވެސް، މިވަގުތު އެމެރިކާ އިން އަމަލުކުރަމުން ދަނީ މަޑުމައިތިރި ސިޔާސަތެއްގެ ދަށުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އީރާން އިން ހަރުކަށި ޝަރުތުތަކެއް ކުރިމަތި ކުރަމުންދާ ދަނޑިވަޅެއްގައި، ޓްރަމްޕް މިހާރު ވަނީ އިތުރު އަސްކަރީ ހަމަލާތަކެއް ދިނުމުގެ ވިސްނުންފުޅާ ދުރަށް ޖެހިވަޑައިގެންފައިވާކަން ހާމަކުރައްވާފައި އެވެ.

އޮންލައިން ނޫސް އެޖެންސީއެއް ކަމަށްވާ "އެކްސިއޯސް" އަށް ފޯނުން ދެއްވި ކުރު އިންޓަވިއުއެއްގައި އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވީ، އީރާންގެ މައްސަލައިގައި އެމެރިކާ އިން މިހާރު އަމަލު ކުރަމުން ދަނީ ވަރަށް ބޮޑަށް "ލޯ-ކީ" ކޮށް ނުވަތަ މަޑުމައިތިރިކޮށް ކަމަށެވެ.

މީގެ ހަފުތާއެއް ކުރިން އީރާން އަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވި ނަމަވެސް، ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލްއާ ގުޅިގެން ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކަށް ބާރުއެޅުމުގެ ގޮތުން އޭނާ ވަނީ އެ ނިންމެވުން ފަސްކުރައްވާފައި އެވެ.

ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ވެވޭ އެއްބަސްވުން ލަސްވަމުން ދާތީ، އެކަމާ މެދު ކަންބޮޑުވުމެއް ނެތްކަން ޓްރަމްޕް ވަނީ ހާމަކުރައްވާފައި އެވެ. އީރާން އިން ބުނަމުން ދަނީ އެއްބަސްވުމަކަށް އައުމުގެ ކުރިން، ޖޫން މަހު ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރެވުނު ފަހުމުނާމާއާ އެއްގޮތަށް، އެމެރިކާ އިން އީރާންގެ ބަނދަރުތައް ބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ތެލުގެ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލަން ޖެހޭނެ ކަމަށެވެ.

ހަނގުރާމަ ފެށުނީއްސުރެ، އީރާން އިން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް އުފުލި، ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައި އެވެ. މިއީ އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓާމް އިންތިޚާބާ ކުރިމަތިލާއިރު ޓްރަމްޕްގެ ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައި އެވެ.

ނަމަވެސް ޓްރަމްޕް ވިދާޅުވީ އިރާން އާއެކު ކުރިއަށްދަނީ "ސެމީ-ނެގޯޝިއޭޝަން" ނުވަތަ ފުރިހަމަ ނޫން މަޝްވަރާތަކެއް ކަމަށާއި އެމެރިކާ އިން ބަލަމުންދަނީ އީރާންގެ އިންފްލޭޝަން މަތިވެ، އެ ޤައުމުގެ ފައިސާ ހުސްވަމުންދާ މަންޒަރު ކަމަށެވެ.

މީގެ އިތުރުން ޓްރަމްޕް ފާހަގަ ކުރެއްވި ގޮތުގައި، މިހާރު ތެލުގެ އަގުތައް ދަށަށް ދަމުންދާތީ، ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ކޮންސިއުމަރުންނަށް ކުރިމަތިވި ތަކުލީފުތައް ވަނީ ކުޑަވާން ފަށާފައި އެވެ. އީރާން އާއެކު އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިއީ "ޗެސް ގޭމެއް" ފަދަ ކުޅިވަރެއް ކަމަށާއި ހުރިހާ ކަމެއް ވެސް އެންމެ ފަހުން ރަނގަޅު ވާނެ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

އީރާން ހަނގުރާމައީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ދެބަސްވުމުގެ ސަބަބުން، ތެލުގެ އަގު އުފުލިއްޖެ

10 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ދެބަސްވުމުގެ ސަބަބުން، ތެލުގެ އަގު އުފުލިއްޖެ
10 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް އެމެރިކާގެ ހަނގުރާމަމަތީ 20 އުޅަނދެއް މެދުއިރުމަތީގައި

10 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް އެމެރިކާގެ ހަނގުރާމަމަތީ 20 އުޅަނދެއް މެދުއިރުމަތީގައި
09 އޯގަސްޓު 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ޕްލޭން ފާސްކޮށްފި

09 އޯގަސްޓު 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ޕްލޭން ފާސްކޮށްފި
09 އޯގަސްޓު 2026

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

09 އޯގަސްޓު 2026
ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު
09 އޯގަސްޓު 2026

އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި

09 އޯގަސްޓު 2026
އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި
09 އޯގަސްޓު 2026

އީރާނުގެ ރައީސް ޕެޒެޝްކިއަން އެ ގައުމުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީއާ ބައްދަލުކުރައްވައިފި

09 އޯގަސްޓު 2026
އީރާނުގެ ރައީސް ޕެޒެޝްކިއަން އެ ގައުމުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީއާ ބައްދަލުކުރައްވައިފި
09 އޯގަސްޓު 2026

އެމެރިކާާ އިން ވަގުތީ އެއްބަސްވުމާ ޚިލާފު ވަމުންދާތީ، އީރާން އިން އޮތީ މަޝްވަރާ ކުރުމުގެ ވިސްނުމެއްގައި ނޫން

09 އޯގަސްޓު 2026
އެމެރިކާާ އިން ވަގުތީ އެއްބަސްވުމާ ޚިލާފު ވަމުންދާތީ، އީރާން އިން އޮތީ މަޝްވަރާ ކުރުމުގެ ވިސްނުމެއްގައި ނޫން
09 އޯގަސްޓު 2026

ހުރްމުޒް އިން ފީއެއް ނަގަން ނުވިސްނާ ކަމަށް އީރާން އިން އެމެރިކާ އަށް އެންގި: ނައިބު ރައީސް ވޭންސް

09 އޯގަސްޓު 2026
ހުރްމުޒް އިން ފީއެއް ނަގަން ނުވިސްނާ ކަމަށް އީރާން އިން އެމެރިކާ އަށް އެންގި: ނައިބު ރައީސް ވޭންސް
09 އޯގަސްޓު 2026

އެމެރިކާގެ އަމަލުތައް އިސްލާހު ނުކުރަނީސް ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުގެ ސަލާމަތީ ކަންތައްތަކާ ބެހޭ އެންމެ އިސް އޮފިޝަލް ވިދާޅުވެއްޖެ

09 އޯގަސްޓު 2026
އެމެރިކާގެ އަމަލުތައް އިސްލާހު ނުކުރަނީސް ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުގެ ސަލާމަތީ ކަންތައްތަކާ ބެހޭ އެންމެ އިސް އޮފިޝަލް ވިދާޅުވެއްޖެ
09 އޯގަސްޓު 2026

ހަތިޔާރު މަދުވާކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރުމަށް ޓްރަމްޕް އަންގަވައިފި

09 އޯގަސްޓު 2026
ހަތިޔާރު މަދުވާކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރުމަށް ޓްރަމްޕް އަންގަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް