Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓް އެވޯޑް ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ ކޮން ކުޅުންތެރިންނެއް؟

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓް ހޯދުމުގެ ރޭހުގައި ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ މިހާތަނަށް ހަ ލަނޑާއެކު ތާވަލުގެ ކުރީގައި އުޅޭއިރު، އާލިން ހާލަންޑާއި ވިނީޝިއަސް ޖޫނިއާ ވެސް އަންނަނީ ގާތުން ވާދަކުރަމުން.

ރާއްޖެ އެމްވީ | 1 ޖުލައި 2026 | ބުދަ 17:18
2026 ޖޫން 30 ވީ އާދީއްތަ ދުވަހު، ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި، ފްރާންސާއި ސުވިޑަން ބައްދަލުކުރި މެޗުގައި ފްރާންސްގެ ޖާޒީ ނަންބަރު 10، ކީލިއަން އެމްބާޕޭ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ.

2026 ޖޫން 30 ވީ އާދީއްތަ ދުވަހު، ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި، ފްރާންސާއި ސުވިޑަން ބައްދަލުކުރި މެޗުގައި ފްރާންސްގެ ޖާޒީ ނަންބަރު 10، ކީލިއަން އެމްބާޕޭ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. | ގެޓީ އިމޭޖަސް

 މުބާރާތުގެ ނޮކްއައުޓް ބުރުގެ މެޗުތައް ފެށިގެން ކުރިއަށްދާއިރު، އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށް ކުރާ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ.

މި ރޭހުގެ ތާވަލުގެ ކުރީގައި އުޅެނީ އާޖެންޓީނާގެ ކާމިޔާބު ކުޅުންތެރިޔާ ލިއޮނަލް މެސީ އާއި ފްރާންސްގެ ސުޕަސްޓާ ކީލިއަން އެމްބާޕޭ އެވެ. މީގެ އިތުރުން ނޯވޭގެ އާލިން ހާލަންޑާއި ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ ވެސް އަންނަނީ މި ދެ ކުޅުންތެރިންނާ ގާތުން ވާދަކުރަމުންނެވެ.

ފީފާ ގޯލްޑަން ބޫޓް އެވޯޑަކީ ކޮބާ؟ އަދި މި އެވޯޑް ދޭނެ ކުޅުންތެރިއަކު ކަނޑައަޅަނީ ކިހިނެއް؟

ފީފާ ގޯލްޑަން ބޫޓަކީ މުބާރާތް ނިމޭއިރު އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ އެވޯޑެކެވެ.

މި އެވޯޑް މިހާރު އޮތީ ފްރާންސްގެ އެމްބާޕޭގެ އަތުގަ އެވެ. އޭނާ މި އެވޯޑް ހޯދީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި 8 ލަނޑު ޖަހައިގެންނެވެ.

މުބާރާތް ނިމޭއިރު ދެ ކުޅުންތެރިއަކު ޖެހި ލަނޑުގެ އަދަދު އެއްވަރުވެއްޖެނަމަ، އެވޯޑް ލިބޭނީ އެންމެ ގިނަ އެސިސްޓް (ލަނޑު ޖެހުމަށް އެހީތެރިވެދިނުން) ހެދި ކުޅުންތެރިޔާއަށެވެ.

އެސިސްޓްގެ އަދަދުން ވެސް ދެ ކުޅުންތެރިން ވަކިނުކުރެވިއްޖެ ހާލަތެއްގައި، ގޯލްޑަން ބޫޓް ހަވާލުކުރާނީ އެންމެ މަދު މިނެޓްކޮޅެއްގެ ތެރޭގައި އެ ލަނޑުތަކާއި އެސިސްޓްތައް ހަމަކުރި ކުޅުންތެރިޔާއަށެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަކީ ކޮބާ؟

ކީލިއަން އެމްބާޕޭ (ފްރާންސް) – 6 ލަނޑު، 2 އެސިސްޓް

ލިއޮނަލް މެސީ (އާޖެންޓީނާ) – 6 ލަނޑު، 0 އެސިސްޓް

އާލިން ހާލަންޑް (ނޯވޭ) – 5 ލަނޑު، 0 އެސިސްޓް

އޮސްމާން ޑެމްބެލޭ (ފްރާންސް) – 4 ލަނޑު، 2 އެސިސްޓް

ވިނީޝިއަސް ޖޫނިއާ (ބްރެޒިލް) – 4 ލަނޑު، 1 އެސިސްޓް

މިހާރު ވޯލްޑް ކަޕްގައި ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން ކިތައް ކުޅުންތެރިން ގޯލްޑަން ބޫޓް އެވޯޑް ހާސިލްކޮށްފައިވޭތަ؟

އެމްބާޕޭ އާއި ހެރީ ކޭންގެ އިތުރުން ހޭމްސް ރޮޑްރިގޭޒް އަންނަނީ ދެވަނަ ފަހަރަށް މި އެވޯޑް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ކޭން މި އެވޯޑް ހޯދީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި މުބާރާތުގަ އެވެ. އަދި ކޮލަމްބިއާގެ ރޮޑްރިގޭޒް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގަ އެވެ.

މިހާތަނަށް އެއްވެސް ކުޅުންތެރިއަކަށް އެއް ފަހަރަށްވުރެ ގިނައިން މި އެވޯޑް ލިބިފައެއް ނުވެއެވެ.

މި އަހަރުގެ ގޯލްޑަން ބޫޓް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކާމިޔާބު ކުރެވިދާނެތަ؟

އޭނާއަށް މި އެވޯޑް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެކަން ކުރެވޭނީ ވަރަށް އަވަހަށް އިތުރު ލަނޑުތަކެއް ޖަހައިގެންނެވެ.

ޕޯޗުގަލްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ރޮނާލްޑޯ މި މުބާރާތުގައި މިހާތަނަށް ޖަހާފައިވަނީ ދެ ލަނޑެވެ. މި ދެ ލަނޑުވެސް އޭނާ ޖެހީ ގްރޫޕް ސްޓޭޖުގައި އުޒްބެކިސްތާން އަތުން 5-0 އިން ޕޯޗުގަލް މޮޅުވި މެޗުގަ އެވެ.

ޕޯޗުގަލް އިން މުބާރާތުގެ ފަހު މަރުހަލާތަކަށް ދިއުމަށް އަމާޒު ހިފާފައިވާއިރު، އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯ ޖަހާ ލަނޑުތަކުގެ އަދަދު އިތުރުކުރުމަށް އެ ޓީމުން ބޭނުންވާނެ އެވެ.

އެއް ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ކޮން ކުޅުންތެރިއަކަށް؟

މި ރެކޯޑް އޮތީ ފްރާންސްގެ ފޯވާޑް ޖަސްޓް ފޮންޓެއިން އަތުގައެވެ. އޭނާ ވަނީ 1958 ވަނަ އަހަރު ސްވިޑަންގައި ބޭއްވި މުބާރާތުގައި ހައިރާންކުރުވަނިވި 13 ލަނޑު ޖަހާފަ އެވެ.

މީގެ އިތުރުން ސެންޑޯ ކޮޗިސް ވަނީ 1954 ވަނަ އަހަރު ސްވިޒަލޭންޑްގައި ބޭއްވި މުބާރާތުގައި 11 ލަނޑު ޖަހާފަ އެވެ. އަދި ހުޅަނގު ޖަރުމަނުގެ ގާޑް މުލާ ވަނީ 1970 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގައި 10 ލަނޑު ޖަހާފަ އެވެ.

ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ކޮން ކުޅުންތެރިންނެއް؟

ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފީފާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފީފާ މެންސް ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިން ފެންނަ އިންފޯގްރަފިކް.

ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފީފާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފީފާ މެންސް ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިން ފެންނަ އިންފޯގްރަފިކް. | ގެޓީ އިމޭޖަސް

ލިއޮނަލް މެސީ (އާޖެންޓީނާ) – 19 ލަނޑު

ކީލިއަން އެމްބާޕޭ (ފްރާންސް) – 18 ލަނޑު

މިރޮސްލާވް ކްލޯސާ (ޖަރުމަނު) – 16 ލަނޑު

ރޮނާލްޑޯ (ބްރެޒިލް) – 15 ލަނޑު

ގާޑް މުލާ (ހުޅަނގު ޖަރުމަނު) – 14 ލަނޑު

ލިއޮނެލް މެސީކީލިއަން އެމްބާޕޭއާލިން ހާލަންޑްކްރިސްޓިއާނޯ ރޮނާލްޑޯފީފާ ގޯލްޑަން ބޫޓްފުޓްބޯޅަވޯލްޑް ކަޕް 2026

އިތުރަށް ކިޔާލަން

01 ޖުލައި 2026

ޖަރުމަނުވިލާތުން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑު ބަލައިނުގަތުމަށް ނިންމި ސަބަބު ފީފާއިން ހާމަކޮށްފި

01 ޖުލައި 2026
ޖަރުމަނުވިލާތުން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑު ބަލައިނުގަތުމަށް ނިންމި ސަބަބު ފީފާއިން ހާމަކޮށްފި
30 ޖޫން 2026

ކޭޕް ވާޑުން 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކުރާނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

30 ޖޫން 2026
ކޭޕް ވާޑުން 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކުރާނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
30 ޖޫން 2026

ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި

30 ޖޫން 2026
ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި
30 ޖޫން 2026

ވީއޭއާރުން ޖަރުމަނު ވޯލްޑްކަޕުން ކަޓުވާލީ؟ އެއީ "ލަދުވެތި" ކަމެއް!

30 ޖޫން 2026
ވީއޭއާރުން ޖަރުމަނު ވޯލްޑްކަޕުން ކަޓުވާލީ؟ އެއީ "ލަދުވެތި" ކަމެއް!
29 ޖޫން 2026

ސައުދީ ޓީމު ވޯލްޑް ކަޕުން ކެޓުމުގެ ޒިންމާ އުފުލާ، ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

29 ޖޫން 2026
ސައުދީ ޓީމު ވޯލްޑް ކަޕުން ކެޓުމުގެ ޒިންމާ އުފުލާ، ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި
29 ޖޫން 2026

އަލްޖީރިއާ އާއި އޮސްޓްރިއާ މެޗް އެއްވަރުވުން - ރޭވުމެއްތަ؟

29 ޖޫން 2026
އަލްޖީރިއާ އާއި އޮސްޓްރިއާ މެޗް އެއްވަރުވުން - ރޭވުމެއްތަ؟
29 ޖޫން 2026

ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެ، ގައުމީ ޓީމު ކެޓި ސަބަބު ތަހުގީގު ކުރަން އަމުރު ކުރައްވައިފި

29 ޖޫން 2026
ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެ، ގައުމީ ޓީމު ކެޓި ސަބަބު ތަހުގީގު ކުރަން އަމުރު ކުރައްވައިފި
29 ޖޫން 2026

މެސީ ބޭނުންވީ އެހެން ކުޅުންތެރިންނަށް ވަގުތު ދޭން، އޭނާގެ ކުޅުމާ މެދު މިހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި: ސްކަލޯނީ

29 ޖޫން 2026
މެސީ ބޭނުންވީ އެހެން ކުޅުންތެރިންނަށް ވަގުތު ދޭން، އޭނާގެ ކުޅުމާ މެދު މިހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި: ސްކަލޯނީ
28 ޖޫން 2026

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެން ފިޔާތޮށި ބޫޓަށް އަރައިގެން މިއުޅެނީ ކީއްވެ؟

28 ޖޫން 2026
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެން ފިޔާތޮށި ބޫޓަށް އަރައިގެން މިއުޅެނީ ކީއްވެ؟
28 ޖޫން 2026

ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ނަސީބު ދެރަކޮށް ކެޓި ޓީމަކީ އީރާން ހެއްޔެވެ؟

28 ޖޫން 2026
ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ނަސީބު ދެރަކޮށް ކެޓި ޓީމަކީ އީރާން ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް