Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯޗުގަލް ޤައުމީ ޓީމު

ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި

3 ޖުލައި 2026 | ހުކުރު 06:27

ކަޓިއާ ބުނީ އޭނާ އަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، މިއީ ރޮނާލްޑޯ ޤައުމީ ޓީމަށް ކުޅޭ އެންމެ ފަހު މުބާރާތް. އެގޮތުން ކަޓިއާ ބުނެފައި ވަނީ، މިއީ ރޮނާލްޑޯގެ "ދި ލާސްޓް ޑާންސް" ކަމަށް. އަދި އެއީ ވަރަށް އިތުބާރު ހުރި މައުލޫމާތު ތަކެއް ކަމަށް ވެސް ކަޓިއާ ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖުލައި 2026 | ހުކުރު 06:27
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާާލްޑޯ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާާލްޑޯ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވަރލްޑް ކަޕަށް ފަހު، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޤައުމީ ޓީމުން ރިޓަޔާ ކުރާނެ ކަމަށް އޭނާގެ ދައްތަ ކަޓިއާ އަވެއިރޯ ބުނެފި އެވެ.

ރޮނާލްޑޯގެ ދައްތަ މިހެން ބުނެފައި ވަނީ ފީފާ ވަރލްޑް ކަޕްގައި ޕޯޗުގަލް އިން ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ކުރިންނެވެ. ސްޕޯޓް ޓީވީއާ ވާހަކަ ދައްކަމުން ކަޓިއާ ބުނެފައި ވަނީ، ރޮނާލްޑޯ ޤައުމީ ޓީމަށް ކުޅޭ އެންމެ ފަހުގެ ފެނިލުންތައް ބަލައިގެން، އެންމެން ވެސް ހިތްހަމަ ޖައްސާލުމަށް އެދޭ ކަމަށެވެ. 

ކަޓިއާ ބުނީ އޭނާ އަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، މިއީ ރޮނާލްޑޯ ޤައުމީ ޓީމަށް ކުޅޭ އެންމެ ފަހު މުބާރާތެވެ. އެގޮތުން ކަޓިއާ ބުނެފައި ވަނީ، މިއީ ރޮނާލްޑޯގެ "ދި ލާސްޓް ޑާންސް" ކަމަށެވެ. އަދި އެއީ ވަރަށް އިތުބާރު ހުރި މައުލޫމާތު ތަކެއް ކަމަށް ވެސް ކަޓިއާ ވަނީ ބުނެފައި އެވެ.

އުމުރުން މިހާރު 41 އަހަރު ވެފައިވާ ރޮނާލްޑޯ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އެވެ. މިފަހަރުގެ ވަރލްޑް ކަޕަކީ، ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ކުޅޭ ހަ ވަނަ ވަރލްޑް ކަޕް އެވެ. ރޮނާލްޑޯ އަކީ ހަ ވަރލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ އިތުރުން، ޕޯޗުގަލްގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.

ޕޯޗުގަލްއާ އެކު މިހާތަނަށް ތިން ތައްޓެއް ކާމިޔާބު ކޮށްފައިވާ ރޮނާލްޑޯ، މީގެ ކުރިން ބުނެފައި ވަނީ އޭނާގެ ކެރިއަރުގެ ފަހު ދުވަސްތައް ގުނަމުންދާ ކަމުގެ އިޙުސާސް ކުރެވޭ ކަމަށެވެ. ނަމަވެސް، ރިޓަޔަރ ކުރާނެ ސީދާ ތާރީޚެއް ނުވަތަ އަހަރެއް ރޮނާލްޑޯ ބުނެފައި ނުވެ އެވެ. ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅެ ޕޯޗުގަލް މޮޅުވި މެޗަށް ފަހު ވެސް ރޮނާލްޑޯ ބުނެފައި ވަނީ، މުބާރާތަށް ފަހު އޭނާ މުސްތަޤުބަލާ މެދު ގޮތެއް ނިންމާނެ ކަަމަށެވެ. އަދި އަވަސް އަރުވާލައިގެން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފައި އެވެ. 

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ފަސް ފަހަރު ކާމިޔާބު ކޮށްފައިވާ ރޮނާލްޑޯ އަކީ، ޕޯޗުގަލް ޤައުމީ ޓީމުގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ޕޯޗުގަލް އާއެކު ރޮނާލްޑޯ ވަނީ މިހާތަނަށް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އިތުރުން، ޔުއެފާ ނޭޝަންސް ލީގުގެ ދެ މުބާރާތެއް ކާމިޔާބު ކޮށްފައި އެވެ.

ފީފާ ވަރލްޑް ކަޕް 2026ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމުކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

03 ޖުލައި 2026

ޖަރުމަނުގެ ކޯޗުކަމުން ނާގަލްސްމަން ވަކި ކޮށްފި

03 ޖުލައި 2026
ޖަރުމަނުގެ ކޯޗުކަމުން ނާގަލްސްމަން ވަކި ކޮށްފި
03 ޖުލައި 2026

އަލްޖީރިއާ ބަލިކޮށް، 1954 ވަނަ އަހަރުގެ ފަހުން ސްވިޒަލެންޑަށް ނޮކްއައުޓުގެ ފުރަތަމަ މޮޅު

03 ޖުލައި 2026
އަލްޖީރިއާ ބަލިކޮށް، 1954 ވަނަ އަހަރުގެ ފަހުން ސްވިޒަލެންޑަށް ނޮކްއައުޓުގެ ފުރަތަމަ މޮޅު
03 ޖުލައި 2026

ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ ކަޓުވާލައި ޕޯޗުގަލް ގަދަ 16 އަށް، ވާދަކުރަން ޖެހެނީ ސްޕެއިންއާ

03 ޖުލައި 2026
ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ ކަޓުވާލައި ޕޯޗުގަލް ގަދަ 16 އަށް، ވާދަކުރަން ޖެހެނީ ސްޕެއިންއާ
03 ޖުލައި 2026

އޮސްޓްރިއާ ބަލިކޮށް، ތާރީޚީ މޮޅާ އެކު ސްޕެއިން ގަދަ 16 އަށް

03 ޖުލައި 2026
އޮސްޓްރިއާ ބަލިކޮށް، ތާރީޚީ މޮޅާ އެކު ސްޕެއިން ގަދަ 16 އަށް
02 ޖުލައި 2026

އިންގްލެންޑު އަތުން ބަލިވެ ކެޓި މެޗަށް ފަހު، ކޮންކޯގެ ކޯޗަށް ލިބުނީ ބައްޕަގެ މަރުގެ ޚަބަރު!

02 ޖުލައި 2026
އިންގްލެންޑު އަތުން ބަލިވެ ކެޓި މެޗަށް ފަހު، ކޮންކޯގެ ކޯޗަށް ލިބުނީ ބައްޕަގެ މަރުގެ ޚަބަރު!
02 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!

02 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!
02 ޖުލައި 2026

ޖަރުމަނު ޤައުމީ ޓީމާ ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް!

02 ޖުލައި 2026
ޖަރުމަނު ޤައުމީ ޓީމާ ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް!
02 ޖުލައި 2026

ވަރަށް ހިތްދަތި ވެއްޖެ ކަމަށް ބުނެ، އެކުއެޑޯގެ ކޯޗު އިސްތިއުފާ ދީފި

02 ޖުލައި 2026
ވަރަށް ހިތްދަތި ވެއްޖެ ކަމަށް ބުނެ، އެކުއެޑޯގެ ކޯޗު އިސްތިއުފާ ދީފި
02 ޖުލައި 2026

ބޮސްނިއާ ބަލިކޮށް، އެމެރިކާ ވެސް ގަދަ 16 އަށް

02 ޖުލައި 2026
ބޮސްނިއާ ބަލިކޮށް، އެމެރިކާ ވެސް ގަދަ 16 އަށް
02 ޖުލައި 2026

ފަހަތުން އަރައި ސެނެގާލް ކަޓުވާލައި، ބެލްޖިއަމް ގަދަ 16 އަށް

02 ޖުލައި 2026
ފަހަތުން އަރައި ސެނެގާލް ކަޓުވާލައި، ބެލްޖިއަމް ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް