Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ

6 ޖުލައި 2026 | ހޯމަ 05:45

އެ ސުވާާލަށް ޖަވާބު ދެމުން ރޮނާލްޑޯ ބުނެފައި ވަނީ، އޭނާ ރިޓަޔާ ކުރާނީ އޭނާ ބޭނުންވީމަ ކަމަށާއި، އެއީ އޭނާ އަމިއްލަ އަށް ނިންމާނެ ނިންމުމެއް ކަމަށް. އަދި އެއީ ނޫސްވެރިންނަށް އިނގޭނެ ކަމެއް ނޫން ކަމަށް ވެސް ރޮނާލްޑޯ ބުނި. އެއާ އެކު ރޮނާލްޑޯ ބުނީ، ނޫސްވެރިން އަބަދު ވެސް އޭނާއާ އެ ސުވާލު ކުރާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2026 | ހޯމަ 05:45
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ. | ގެޓީ އިމޭޖަސް

މިފަހަރުގެ ވޯލްޑް ކަޕް އަކީ އޭނާގެ ކެރިއަރުގައި ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ. 

ރޮނާލްޑޯ މިހެން ބުނީ ވޯލްޑް ކަޕްގެ ފަދަ 16 ގައި ޕޯޗުގަލް އިން ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މީގެ ކުރިން ރޮނާލްޑޯގެ ދައްތަ ބުނެފައި ވަނީ، ވޯލްޑް ކަޕަށް ފަހު ރޮނާާލްޑޯ ރިޓަޔާ ކުރާނެ ކަމަށެވެ. 

މިހާރު އުމުރުން 41 އަހަރު ވެފައިވާ ރޮނާލްޑޯ ބުނީ، މިފަހަރުގެ ވޯލްޑް ކަޕް އަކީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށެވެ. ނަމަވެސް، ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗަކީ ވޯލްޑް ކަޕްގައި އޭނާ ކުޅޭނެ އެންމެ ފަހު މެޗަށް ވާން ބޭނުން ނުވާ ކަމަށް ރޮނާލްޑޯ ބުންޏެވެ. ނޫސްވެރިން ވަނީ ވޯލްޑް ކަޕަށް ފަހު އޭނާ ރިޓަޔާ ކުރާނެތޯ ރޮނާލްޑޯއާ ސުވާލު ކޮށްފައި އެވެ.

އެ ސުވާާލަށް ޖަވާބު ދެމުން ރޮނާލްޑޯ ބުނެފައި ވަނީ، އޭނާ ރިޓަޔާ ކުރާނީ އޭނާ ބޭނުންވީމަ ކަމަށާއި، އެއީ އޭނާ އަމިއްލަ އަށް ނިންމާނެ ނިންމުމެއް ކަމަށެވެ. އަދި އެއީ ނޫސްވެރިންނަށް އިނގޭނެ ކަމެއް ނޫން ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ. އެއާ އެކު ރޮނާލްޑޯ ބުނީ، ނޫސްވެރިން އަބަދު ވެސް އޭނާއާ އެ ސުވާލު ކުރާ ކަމަށެވެ. 

ސްޕެއިން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ ވާހަކަ ދައްކަނީ.

ނަމަވެސް ރޮނާލްޑޯ ބުނީ މިވަގުތު އޭނާގެ ސަމާލުކަން އެ ސުވާލަށް ދޭން ބޭނުން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗަށް ފޯކަސް ކުރަން ބޭނުންވާ ކަމަށާއި، އޭނާގެ ހުރިހާ ސަމާލު ކަމެއް ހުރީ އެ މެޗަށް ކަަމަށް ރޮނާލްޑޯ ބުންޏެވެ. ރޮނާާލްޑޯ ބުނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ވަރަށް ގިނަ ކަންކަމާ ކުރިމަތިލާފައިވާ ކަމަށާއި، ފުޓުބޯޅަ އަކީ އޭނާގެ ޙަޔާތުގެ އެއް ބައި ކަމަށެވެ. 

މީގެ އިތުރުން ރޮނާލްޑޯ ވަނީ އޭނާ އަށް ފާޑު ކިޔަމުން އަންނަ ފަރާތް ތަކަށް ވެސް ވަރުގަދަ ރައްދެއް ދީފައި އެވެ. އެގޮތުން މިދިޔަ 23 އަހަރުގެ ތެރޭގައި ވެސް އެ މީހުން މަސައްކަތް ކޮށްފައި ވަނީ އޭނާ "މަރާލަން" ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ. ނަމަވެސް، އަބަދު ވެސް އޭނާ ބޭނުން ވަނީ ޤައުމީ ޓީމަށް ޚިދުމަތް ކުރަން ކަމަށާއި، ދަނޑު މަތީގައި ވިޔަސް އަދި ދަނޑު ބޭރުގައި ވިޔަސް އެކަން ކުރަން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުންޏެވެ. 

ސްޕެއިންއާ ދެކޮޅަށް ޕޯޗުގަލް ނިކުންނައިރު، މި ދެ ޓީމު ވަނީ 2025 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ވެސް ވާދަ ކޮށްފައި އެވެ. ޕެނަލްޓީ އިން މޮޅުވެ، އެ ފަހަރު ޕޯޗުގަލް އިން ވަނީ ނޭޝަންސް ލީގު ކާމިޔާބު ކޮށްފައި އެވެ. އޭގެ ކުރިން ވެސް އެކި ފަހަރު މަތިން މި ދެ ޓީމު ބައްދަލު ކުރިއިރު، 2018 ވަަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕްގައި ވެސް މި ދެ ޓީމު ބައްދަލު ކުރި އެވެ. އެ މެޗުގައި ރޮނާލްޑޯ ވަނީ ސްޕެއިން ކޮޅަށް ހެޓްރިކް ވެސް ހަދައިފަ އެވެ.

ފީފާ ވަރލްޑް ކަޕް 2026ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމުކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

06 ޖުލައި 2026

ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި

06 ޖުލައި 2026
ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި
06 ޖުލައި 2026

ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު

06 ޖުލައި 2026
ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު
06 ޖުލައި 2026

އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް

06 ޖުލައި 2026
އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް
06 ޖުލައި 2026

ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް

06 ޖުލައި 2026
ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި

06 ޖުލައި 2026
ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި
05 ޖުލައި 2026

މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް

05 ޖުލައި 2026
މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް
05 ޖުލައި 2026

މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް

05 ޖުލައި 2026
މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް
05 ޖުލައި 2026

ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!

05 ޖުލައި 2026
ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
05 ޖުލައި 2026

އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"

05 ޖުލައި 2026
އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"
04 ޖުލައި 2026

އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ

04 ޖުލައި 2026
އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް